ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަަޑައިގަންނަވަނީ. ފައިސާ ޗާޕްކުރުމުގެ ހުއްދައިގެ މައްސަލަ ކޮމިޓީއަކަށް ގެންދަން މިއަދު ފާސްކުރި
21 އެޕްރީލް 2021 - 11:23
މަރުކަޒީ ބޭންކް އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ނުވަތަ އިތުރަށް ފައިސާ ޗާޕްކުރަން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދޭން ފިނޭންސް މިނިސްޓްރީން އެެދިފައިވާ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްް އަލުން އެޖެންޑާކޮށް، ޚާއްސަ ކޮމިޓީއަކަށް ފޮނުވަން މިއަދު ފާސްކޮށްފި އެވެ.
ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ހޯމަދުވަހު މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައި އޮތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) ސަސްޕެންޑް އެއް އަހަރު ދުވަހަށް ސަސްޕެންޑް ކުރުމަށްް މަޖިލީހުން މިދިޔަ އަހަރު ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދިނުމަށެވެ. ކޮވިޑްގެ އިގުތިސާދީ އަދި މާލީ ގެއްލުމާއި ހެދި މިދިޔަ އަހަރު އެ ހުއްދަ ދިނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ހުއްދައިގެ މުއްދަތު އިތުރުކޮށްދޭން ފިނޭންސުން އެދުނީ އަންނަ ހޯމަ ދުވަހު އެ ހުއްދައިގެ އެއް އަހަރު ހަމަވާތީ އެވެ.
ރިޔާސަތުން އަންގާ އެންގުމެެއްގެ ގޮތުގައި އެޖެންޑާކޮށްގެން އިއްޔެ އާއި އޭގެ ކުރީ ދުވަހު ފިނޭންސްގެ ސިޓީގެ މައްސަލަ ކުރިއަށް ގެންދިޔަ ނަމަވެސް އިއްޔެގެ ވޯޓުގަޑިއާ ހަމައަަށް އައި އިރު އެ މައްސަލައިގައި ތާއީދު ލިބިފައި އޮތީ އެންމެ ހުށަހެޅުމެކެވެ. އެއީ އެ މައްސަލަ ހާއްސަަ ކޮމިޓީއަކަށް ގެންގޮސްގެން ބަލަން، ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ހުށަހެޅުއްވި ހުށަހެޅުމެކެވެ. އިއްޔެގެ ޖަލްސާގައި އެ ހުށަހެޅުން ފާސްނުވުމުން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުން ބެލެވުނީ މައްސަލަ ވަކިގޮތަަކަށް ފާސްނުވެ ނިމިގެން ދިޔައީ ކަމަށެވެ.
ނަމަވެސް މަޖިލީހުގެ މިއަދު ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރެއްވުމަށް ފަހު އެ މަނިކުފާނު ވިދާޅުވީ އެ މައްސަލަ ކުރިއަށް ގެންދެވޭނީ މެމްބަރުން ހުށަހެޅުއްވުމެއް ހުށަހަޅުއްވައި ފާސްކޮށްގެން ކަމަށެވެ.
މައްސަލަ ކުރިއަށް ގެންދިއުމަށްޓަކައި އަލިފުށީ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވީ ނުވަ މެމްބަރުންގެ ވަގުތީ ކޮމިޓީއަކުން މަސައްލަ ދިރާސާކުރުމަށް ފަހު ގޮތެއް ނިންމުމަށެވެ. މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ތާއީދުކުރެއްވި އެ ހުށަހެޅުން ފާސްކުރީ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 51 މެމްބަރުންގެ އިއްތިފާގުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
7777777
21 April 2021
ކަލޮޔާ މިމިހުން ބާލަން އެބަޖެހޭ. ގައުމު ހުސްކޮށްފި
ކޮރަލް
21 April 2021
މަޖްލީހުގެ ރައީސް ގެ ހަރުދަނާ ކަމެއް ނެތެވެ. ވާހަކަ އެއް ބުނެފަ އިރުކޮޅެއް ވާ އިރަށް އެވާހަކަ އިދިކޮޅަށް ބަދަލު ކޮށް ދައްކަ ފާނެ އެވެ. ސްޓޭބަލް އެއް ނޫނެވެ.
ބައިރޯ
21 April 2021
ބަލަ ފައިސާ އަކީ ތިގޮތަށް ހިތައް އަރާގޮތަކަށް ޗާޕުވާ އެއްޗެއް ނޫނޭ، ތިހެން ތިކަން ކުރަންވެއްޖެޔާ ފައިސާގެ އަގުވެއްޓި ޕާންގަޑެއް އެއް މިލިއަނެއް އަރާފާނެ ނޫން
ޙިނި
21 April 2021
މި ރާއްޖޭގެ އިކޮނަމީ އިންދަޖެނުހީ ރައްޔިތުން ތައުލީމާ ފަންނާ ބިންވެރިކަމުން މަހުރޫމްމުކޮއް ޓޫރިޒަމައް މުޅި ގައުމު ބަރޯސާވީމަ.. އަދި ކުރިޔައް އޮތްތާގަ ފެތުރޭނީ ކޮންކަހަލަ ބަލިމަޑުކަމެއް ކަން އަދި ނޭންގެ. ޔޮއްޖެހިފަވާ މި ގޮނޑު މުޑުދާރު މާލެ ގޮތައް އެހެން ރައްތައް ވެސް އެބައްޓަންކުރަނީ... ހަމަ ކުރިޔައްވެސް އޮތީ ބަލިމަޑުކަން މިފެންނަނީ
ފަރަހާ
21 April 2021
ކޮންމެ ގޮތެއްހަދައިގެން ވެސް ރުފިޔާ ޗާޕް ކުރާނެ.މީ އަހަރުމެން ބުނާ ވާހަކަޔަކީ ވެރިކަންކުރާ ޕާޓީއަށް މެޖޯރިޓީދިނީމަ ބޭނުންހާ އެއްޗެއްހަދާނީ.އިދިކޮޅުން ކިތެންމެވަރަކަށް އުޅުނަސް.މިވެރިކަން ނިމެންދެން ތިބޭނީ ރުފިޔާ ޗާޕް ކޮށްކޮށް.ވެރިކަމުގަ ބަގުޑި ބައްދަން ލާޗާރު ބިޗާރަށް ރުފިޔާ ތަޅާހުސްކުރީ.ޕާޓީ އިސްވެރިން އަތްޖެހުނުތަނަކަުން ކަމުން ދިޔައީ.ޕާޓީގެ އެކުޓިވިސްޓުންގެ ކުންފުނިތަކަށް ނުހައްގުން ބަދަލު ދެމުން ދިޔައީ.
އައްނީސާ
21 April 2021
އުނބަށް ޖެހީ ދޯ
ާކައުސަރު
21 April 2021
ފައިސާ ޗާޕްކުރައްވަނީ އަނެއްކާ ކާކަށް ބަދަލުދޭން؟ ހެޔޮނުވާނެ ދައުލަތުގެ ފައިސާއަށް ޚިޔާނަތްތެެރިވުން ނޫންކަމެއް ފައްޔާޒަށް އެނގިނުލައްވަނީތޯ؟ މިދިޔަފަހަރުވެސް ފައިސާ ޗާޕްކޮށްގެން ސަރުކާރުގެ ކުންފުނިތަކުގެ މުއައްޒަފުން އަތުން ކެނޑިމުސާރަ އިއާދަ ނުކޮށް ބޭބޭފުޅުގެ ކުންފުންޏަށް ބަދަލޭ ވިދާޅުވެ މިލިއަނުންދީ، އަދި އަމީރުއާއި އަމީންވެގެން ވެންޓިލޭޓަރޭ ވިދާޅުވެ މިލިއަނުން ކާލީއެވެ. ތިޔަ ފައިސާ ޗާޕްކުރަން ހުއްދަދޭންވާނީ ފުރިހަމަ ނިޒާމެއްގެ ތެރެއިން.
އަހުމަދުބޭ
21 April 2021
އާޒިމާ އަންނިއާ ދެމީހުން ހިތުން މިކުޅޭ ގޭމް ރައްޔިތުންނަކަށް ނޭގޭނެ، ތިމާމެންމީ ވަރަށް ބުއްދި ހުރިމީހުން، މިފަދަ ކޮންމެ ގޭމެއްގައި ބޯޅަތިޔަވަންނަނީ ބައިކޮޅަށް، ބޮޑުވަޒީރު ގޮވައިގެން ލައްކަ ގޭމްކުޅޭނަމޭ ހިތާދޯ ތިޔައުޅުއްވަނީ، މިގައުމަށް ބޭނުންވަނީ ރިޔާސީ އަދި ކީއްކުރަން ބަރުލަމާނީއެއްވެސްނޫން، ބޭނުންވަނީ ސީދާ ކޮމިއުނިސްޓު ސަރުކާރެއް، އޭރުން މިސިޔާސީވެގެން އުޅޭ މީހުން މައިތިރި ކުރެވޭނީ،
އަޑަފި
21 April 2021
ސަރުކާރަކާ ނުކުޅެވޭނެ އިނގޭތޯ. މަޖިލިސްގެ ރައީސާ މެމްބަރުންކޮޅު ސައިޒުވީތޯ
އޮޅުވާލު
21 April 2021
އަބަދުހެން ރައްޔިތުންގެ ބޮލުގައި ތެއްގޯނި އަޅުވާނަމޭ ހިތާ ތިތާންގައި ތިދަނީ ރޯދައަށް ތިބެ ޑްރާމާ ކުޅެމުން ހިތަށް އަރާ ހަމަ ހެއްދެވި ފަރާތުގެ މަތިން ހަދާން ނެތެނީބާވައެވެ. ތިވަރުގެ ބޮޑެތި އޮޅުވާލުންތަ އޮޅުވާލަން ތިޔައުޅެނީ