ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއަށް މާލެ ސިޓީން ލިބުނު ކާމިޔާބީ ފާހަގަކުރަން މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވާހަކަދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
21 އެޕްރީލް 2021 - 13:27
ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރެއްވިޔަސް، އެކަމުގައި އިދިކޮޅު ކޯލިޝަނުން އެއްވެސް އެއްޗެކޭ އަދި ނުބުނެ އެވެ.
ގައުމު ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާއި 2023 ގައި ބޮޑުވަޒީރަކަށް ވެ ވަޑައިގަތުމުގެ ޝައުގުވެރިކަން އޮތްް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ދަންނަވައިފަ އެވެ. ޖަވާބުގައި ރައީސް ވިދާޅުވީ ނިޒާމަށް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.
ނަމަވެސް ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމު ބަދަލުކުރަން ބޭނުންވާކަން ނަޝީދު ވިދާޅުވިތާ ތިން ދުވަސް ވެގެންދާއިރު ވެސް އިދިކޮޅު ކޯލިޝަނުން ރަސްމީކޮށް އެއްވެސް އެއްޗެކޭ ނުބުނެ އެވެ. އެ މައްސަލައިގައި ބައެއް މެމްބަރުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރައްވާފައި އެބަހުއްޓެވެ. އެކަމަކު އެއީ ޕީޕީއެމް/ޕީއެންސީގެ ރަސްމީ ސްޓޭންޑެއް ނޫނެވެ.
ތަފާތު އެކި މައްސަލަތަކުގައި އިދިކޮޅު ކޯލިޝަނުން ބަޔާންތައް ނެރެ، އެ ފަރާތްތަކުގެ އަޑު ރައްޔިތުންނަށް އިއްވަ އެވެ. އެކަމަކު ނިޒާމީ ވޯޓުގެ ވާހަކަ އަށް އައިއިރު އެ ކަމެއް ވެސް ނުފެނުނެވެ. އިދިކޮޅު ކޯލިޝަންގެ ވަގުތީ ލީޑަރު، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ގުޅުމުން ޖަވާބެއް ނުދެއްވަ އެވެ.
އިދިކޮޅު ޕާޓީން އިސްކުރި ހިމޭންކަން އެއްބަޔަކު ނެގީ، ނިޒާމީ ވޯޓަކީ މަނީލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ބޭނުންކުރާނެ ވޯޓެއް ކަމަށެވެ.
އެނގިފައިވާ ގޮތުގައި ނިޒާމީ ވޯޓު މައްސަލައިގައި އިދިކޮޅު ކޯލިޝަނުން އަދި ރަސްމީކޮށް މަޝްވަރާއެއް ނުކުރެ އެވެ. ނަމަވެސް ބައެއް މެމްބަރުންގެ ވިސްނުން ހުރީ، ޔާމީން މިނިވަންކޮށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދީފިނަމަ ބަރުލަމާނީ އަށް ތާއީދުކުރާށެވެ.
Verikamah anna bayakah verikan kuran neyngumakee verikamuge nizaamu badhalu kuranjehey sababeh noon. Badhalu kuranjeheynee verikan kuran thibi meehun. Ekan ves kuranvaanee rayyithunge vote akun. Verikamuge nizaamaa beheygothun alhugandu thaaeedhu kuranee rayyithunge nimmumah!
— Adam Shareef Umar (@Adamshareefz) April 20, 2021
އެ މައްސަލައިގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ވެރިކަންކުރަން ނޭންގުމަކީ ނިޒާމު ބަދަލުކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. ބަދަލުކުރަން ޖެހޭނީ ވެރިކަން ކުރަން ތިބި މީހުންކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަން ވެސް ކުރަން ވާނީ ރައްޔިތުންގެ ވޯޓަކުން. ވެރިކަމުގެ ނިޒާމާ ބެހޭގޮތުން އަޅުގަނޑު ތާއީދުކުރަނީ ރައްޔިތުންގެ ނިންމުމަށް،" އާދަމް ޝަރީފްގެ ޓްވީޓުގައި ވެ އެވެ.
މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެއީ ދެ ރައީސާއި ސަރުކާރަށް ވާގަވެރިވާ ފަރާތްތަކުގެ ހޭލުންތެރި ރޭވުމެއް ކަމަށެވެ. އެކަމުގައި ޓިއުޝަން ނަގައިދެނީ "އެފްއެމް ވެރިރަށަށް ހާޒިރުކޮށްގެން" ކަމަށާއި ރައީސާއި ސަރުކާރު އެކަން ދޮގެއް ނުކުރާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚަލޯ ގޔާ
23 April 2021
ޢިދިކޮޅުން އެއްޗެއް ބުނަންޖެހޭ ކމެއް ނުދެނަހުރިން. މޮޔަސޮރަކު ހަމަ އެއޗެއް ބުނާ އިރަށް އެކަމަށް ރައްދު ދޭކަށް ނުޖެޔޭ. ޏޫސްވެރިން އެަޮރު ފަހތުން ދުވާތީ އޭ މި ގައުމު ހަލާކުވަނީ
ދޮގެއްތަ؟
23 April 2021
އަނެއްކާ އަނެއް ވާހަކަ! އެމީހާ އެއްޗެކޭ ބުނާއިރަށް ކަލޭމެން ތެޅިއަރުވަބަލަ. ދެން ހަމަ އޭނަ ދައްކާހާ ބޭކާރު ގަޅި ވާހަކަތަކުން ސަލާމަތް ނުވެގެން އެންމެން އުޅޭނެ ކަމަށް ކަލޭމެން ހީކުރާނެ ކަމަކު ނެތެވެ.
ހަކެޑި
22 April 2021
މި ޕީ.ޕީ މީހުނާށް ވަރިހަމަ ޔާމިނު މިނިވަން ވީމަ. މީ ޔާމިނަށް ކޮއްދޭ ކަމެއްދޯ!! އެހެންވެ މަ ތި ބައިގަނޑަށް ތާއީދު ނުކުރާނީ.
ނުޖެހޭ
22 April 2021
ނުޖެހޭ މީހަކު ހަވާސާގަ ނުހުންނަން ބޮޑުވަޒީރު ކަން ބޭނުންވެގެން ބެރު ޖަހާ އިރަށް އެއަށް ނަށާކަށެއް.
ކެkuh ެކެ
23 April 2021
ނަޝީދު ބޮޑުވަޒީރުކަން ބޭނުމޭ ބުނީމަ ގައުމުގެ އެންމެން އެކަމާ އުޅެގަންނަންވީ ކަމަށްތާ ތިހީކުރަނީ! ނުވާނެ ތިކަމެއް. ހަނދާން ނައްތާލާ އޭނައަށް ސަމާލުކަންދޭ ބަޔަކު ނޫޅޭ.
ހަސަނު1
21 April 2021
އަނގަމަޑުން ލާނެތާ އެމީހުންވެސް ޔާމީނު މިނިވަންކުރުމުގެ ނަމުގައި ގައުމު ވިއްކާލަން އެތިބީ ތައްޔާރަށް ވިއްޔަ. އަންނިއަށް އެކަން އެބަ އިނގޭ... އެހެންވެ އެވާހަކަ ދައްކަނީ.. އެންމެ ފަހަރަކު އަންނި ބުނަންޖެހޭނީ ޔާމީނު މިނިވަންކުރާނަމޭ ބަރުލަމާނީއަށް ފުރޮޅާލާށޭ.. ރައްޔިތުންގައިގައި ކޮޅުފައިން ޖަހާފަ ޕީޕީއެމް މެމްބަރުންވެސް އެކަން ކުރާނެ.. ތި ސިޔާސީ މީހުންނަކީހުސް އޮޕޮޗުނިސްޓުން. ސަހަލަު އެކަކުވެސް ނުހުންނަނާނެ.
ދޮގެއްތަ؟
23 April 2021
ތިހެން ތިކަން ވާން އޮތިއްޔާ ތިގޮތުންވެސް އެމީހާ ބޮޑުވަޒީރުކަން ބޭނުންވާނެ. ވެރިކަމާހުރެ ހޭބަލިވާ މީހެއް.
ބޮޑުމީހާ
21 April 2021
އިދިކޮޅޭ އެއްކޮޅޭ ކިޔާނެ ކަމެއް ނެތް. ތިހުސް އެކައްޗެއް. ދައުލަތުގެ ބަޖެޓް ޖީބަށް ކަހާލެވޭތޯ ބަލަނީ. ކިރިޔާވެސް ގައުމިއްޔަތެއް ހުރި ނަމަ އެމްއެމްޕީއާރުސީގެ މައްސަލަ ބަލާ ނިންމީސް
ހށނ
21 April 2021
ނަމެއްގަ ރިޔާސީ ކިޔަސް، މިދައުރުގެ މިހާތަނަށް ސަރުކާރު ހިގަމުންމިދަނީ ބަރުލަމާނީ ނިޒާމުގެ ތެރެއިން. ރޖ އޮން ރެސްޓް މޯޑުގަ.
ދިޔަރެސް
21 April 2021
އަންނިއާ ޔާމީން އާ ކޯލިސަންހެދީބާ. 2009 ގަވެސް މިކަހަލަ ކަމެއްކުރި.
މިއަދު
21 April 2021
ނިޒާމީ ވޯޓްގެ ވާހަކައަކީ ރައިސްޔާމީނު މިނިވަންކުރަން އިދިކޮޅުން އިއްވާއަޑު ހުއްޓުވަން ޖައސާގޭމެއް މިވެރިން ގަބޫލުރާގޮތުން ރޔ މިނިވަންކުރުމަށް ގޮވާލާ ދައުލަތަށް އިއްވާއަޑު ހުއްޓާފައި ނިޒާމީވޯޓޭ ކިޔައިގެން އުޅެންވިއްޔޯ . ހެހެހެ
އަޑަފި
21 April 2021
ޔާމީންއަކީ ބޭބެއާ ދެކޮޅަށް ބަރުލަމާނީއަށް ތާއީދުކުރެއްވި ބޭފުޅެކެވެ. ޖަލުން ސަލާމަތްވުމަށް ޑީލެއްގެ ގޮތުގައިވެސް ބަރުލަމާނީއަށް ތާއީދުކުރާނެއެވެ.
ލާހޫރެ
21 April 2021
އަމާޒު ލާހޫރޭ ބަޔަކަށް އެއްވެސް ކަމެއްގަ ނެގޭނެ ސްޓޭންޑެއް އޮންނާނެތަ؟