ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަނީ--ފޮޓޯ:މިހާރު
21 އެޕްރީލް 2021 - 16:05
ކޮވިޑާ ގުޅިގެން އެއް އަހަރުގެ ތެރޭގައި 3.8 ބިލިއަން ރުފިޔާ އޯވާޑްރޯ ނުވަތަ އިތުރަށް ޗާޕްކޮށްފައިވާ ކަމަށާއި އަންނަ އަހަރު އެ ގޮތަށް ފައިސާ އޯވާޑްރޯ ކުރަން ނުވިސްނަވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކުރުމަށް ދީފައިވާ މުއްދަތު އިތުރު އެއް އަހަރަށް އެކްސްޓެންޑް ކުރުމަށް ފިނޭންސް މިނިސްޓްރީން އެދުމާ ގުޅިގެން މަޖިލީހުގެ ހާއްސަ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އޯވާޑްރޯ އެއް އަހަރަށް އިތުރު ކުރި ނަމަވެސް 4.4 ބިލިއަން ރުފިޔާ އަށް ވުރެ އިތުރަށް ފައިސާ ނުނެގޭނެ ކަމަށެވެ. މި ވަގުތު 3.8 ބިލިއަން ރުފިޔާ އޯވާޑްރޯ ކުރި ނަމަވެސް ކޮންމެ ދުވަހަކު ވެސް ޕަބްލިކް އެކައުންޓަށް ފައިސާ ވަންނަ ވަރަކުން އެ އަދަދު އަންނާނީ ސެޓްލްވެ ބަދަލުވަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އޯވާޑްރޯ ކުރާ ވަރު ކޮންމެ ދުވަަހަކު ވެސް [ކޮންމެވެސް ވަރަކަށް] ސެޓްލްވާނެ. މިއަދަށް ސެޓްލް ނުވެ މިހާރު އެބަހުރި ގާތްގަނޑަކަށް 3.8 ބިލިއަން ރުފިޔާ އެބަހުރި،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވީ، މި ވަގުތު ހާލަތުއޮތް ގޮތުން ޕަބްލިކް އެކައުންޓުން އޯވަޑްރޯ ނުކޮށް ދައުލަތުގެ ހަރަދުތައް މެނޭޖްކުރެވެން ނެތް ކަމަށެވެ.
"ޕްރިފަރަބަލް އޮޕްޝަނަކީ ޖަމާވަމުން ދާ ވަރަކުން ސެންޓުލްވެގެން މިކަންކަން ނިންމާލުން،" އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް ވިދާޅުވީ އޯވާޑްރޯ ކުރާ ވަރު އެއްފަހަރާ ސެޓުލް ކުރެވެން ނެތީ އެކަން އެގޮތަށް ކޮށްފި ނަމަ ސަރުކާރުގެ އެހެން ހަރަދުތައް މެނޭޖްކުރަން ދަތިވާނެތީ ކަމަށެވެ.
"އެއީ އަޅުގަނޑުމެންނަށް މި ވަގުތު ނެގެން އޮތް އޮޕްޝަނެއް ގޮތަކަށް އަޅުގަނޑު ނުދެކެން. ސަބަބަކީ ޕްރައިވެޓް ވެންޑާސް ނުވަތަ ދައުލަތަށް ހިދުމަތް ދޭ ފަރާތްތައް ދައްކަން ޖެހޭ ބިލްތައް ގަވައިދުން ދެއްކިފައި އޮތުމަކީ ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
އަންނަ ހަފްތާގެ ތެރޭގައި ޖީއެސްޓީ ފައިސާ އަނެއްކާ ވެސް ދައުލަތަށް ލިބުމުން މިހާރު އިން 3.8 ބިލިއަން ރުފިޔާގެ ބެލެންސް ވަރަށް ބޮޑަށް ތިރިވާނެ ކަމަށް ސަރުވަޝް ވިދާޅުވި އެވެ. އެހެން ނަމަވެސް އަންނަ ހަފްތާގައި ޖީއެސްޓީ ފައިސާ ލިބެންދެން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ އަދަދު ނުދައްކާ ހުރުމުން އެ ފަރާތްތަކަށް އިތުރު އުނދަގޫތަކާ ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މި ހާލަތުގައި އޯވާޑްރޯ ކުރެވެން އޮތުމުން ހަރަދު މެނޭޖްކުރަން ވަރަށް ބޮޑަށް ފަސޭވާނެ އެވެ. އޭނާ ވިދާޅުވީ، އެއްވެސް ހާލެއްގައި ދާއިމީ ގޮތެއްގައި އޯވާ ޑްރޯ ކުރަން ނުވިސްނަވާ ކަމަށެވެ.
އަމީރު ވިދާޅުވީ އިގްތިސާދަށް ހެޔޮ ބަދަލުތައް ފެންނަމުން އަންނަ ކަމަށެވެ. އަދި އުންމީދަކީ މި އަހަރު ނިމޭ އިރު އޯވަޑްރޯ ސުމެއްގައި ހުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ މާނައަކީ އޯވަޑްރޯ ކުރި ވަރު އަނބުރާ ދައްކާ ސެޓްލް ކުރެވިފައި ހުރުމެވެ.
އޯވާޑްރޯ ފެސިލިޓީ ފަހުން ބޮންޑަކަށް ބަދަލުވެދާނެތޯ މެންބަރަކު އެއްސެވުމުން މިނިސްޓަރު ވިދާޅުވީ، ނޯމަލް ހާލަތަށް ދާ އިރު އޯވާޑްރޯ އަށް ފައިސާ ނުދެއްކި ސެކިއުރިޓައިޒް ނުވަތަ ބޮންޑަކަށް ބަދަލު ކުރަން ޕަބްލިކް އެކައުންޓުގައި ފައިސާ ހުންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ސަބަބަކީ ކޮންމެ ދުވަހަކު ވެސް ދައުލަތަށް ވަންނަ ފައިސާ އިން ޕަބްލިކް އެކައުންޓް ސެޓުލްވުމެވެ.
މިނިސްޓަރު ވިދާޅުވީ، އުންމީދު ކުރައްވަނީ އާމްދަނީ ލިބޭ ވަރަކުން ފައިސާ ދެއްކުން ކަމަށެވެ.
ސަރުވަޝް ވިދާޅުވީ، މި އަހަރު އޯވާޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކުރަން ބޭނުންވަނީ ކޮވިޑްގެ ހާލަތުން މުޅިން އަރައި ނުގަނެވޭތީ ކަމަށެވެ.
"އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ އިގްތިސާދު އިޔާދަވާނެއޭ އަންނަ އަހަރުގެ ކޮންމެވެސް ހިސާބެއްގައި. އޭރަށް ވާއިރަށް އެބަ ޖާގަ ލިބޭ ބަދަލުކުރަން ކަންކަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރުގެ އޭޕްރީލަށް ޕަބްލިކް އެކައުންޓް ބެލެންސް "ޒީރޯ" ކުރުމަކީ އަމާޒް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯދީ
22 April 2021
އިންޑިޔާ އިން ފައިސާޖަހާ މެޝިނެއް ގެނެސްގެން އަމުރު ބޭނުންވަރަކަށް ފައިސާ ޗާޕްކޮށް މެރުން ނޫންގޮތެއް މި މިނިސްޓަރަކަށް ނެތް . ބޮލާ ފޮށާ އެޅި ނިމުނީ . ތިހުރީ ފިނޭސް މިނިސްޓަރުކަމާ ކުރެވި ފަ.
އެލޯވެރާ
21 April 2021
އަމީރުއަކީ މި ރާއްޖެ ދުށް އެންމެ ނާގާބިލު ފިނޭންސް މިނިސްޓަރ... އަނގައިން އެއްވަނަ ކަމުން ސުމެއް.
ހަސަނު
21 April 2021
ކުރެޑިޓު ކާޑުން ދިރިއުޅެންފެށީމާ ވާކަހަލަ ގޮތެއް އެއީ...
ބޮޑުމީހާ
21 April 2021
ފްލެޓް ލިސްޓެއް އިސްލާހުކުރަން ކޮމިޝަނެއް ހަދައި 3 އަހަރުންވެސް ނުނިމުނު ވެރިކަމެއްގައި ތިކަހަލަ އެތައް މަންޒަރެއް ފެންނާނެ! ދެން ގެންނާނީ ލާރިޖަހާ މެޝިން
އަފުރާސިޔާބު
21 April 2021
ޚަރަދު ހަމަޖެއްސޭނެ ގޮތެއް މަ ބުނަންތަ؟ ފުރަތަމަ ކަމަކީ ދައުލަތުގެ އޮފީސްތަކުގެ ބަޖެޓުން އެސްޓީއޯ އަށާއި މެޑްލެބަށާއި މެޑްޓަކަށާއި މެޑްކްއިޕަށް ތިކުރާ އެތައް ބިލިއަން ރުފިޔާގެ ޚަރަދު ހުއްޓާލުން. ދެވަނަ ކަމަކީ ދައުލަތުގެ ނަމުގައި އެކިކުންފުނިތައް ހަދައި އެތަންތަނުގެ ކެޕިޓަލްގެ އިތުރަށް ތިކުރާ ޚަރަދު ހުއްޓާލުން. ތިންވަނަ ކަމަކީ ކޮރަޕްޝަންގެ ހާލިތައް ދޮވެ ސާފުކުރުން. ހަތަރުވަނަކަމަކީ ޓޫރިސްޓް އެދުވިއްކައިގެން ލިބޭ ހުރިހާފައިސާއެއް އެމްއެމްއޭއަށްލުން
އެމްޑީޕީ މެމްބަރު
21 April 2021
ފައްޔާޒާއި އަމީރު ހިތުހުރިގޮތަކަށް އަނބުރާން ތިޔައީ ދައުލަތުގެ ފައިސާއެވެ. ވަރުތަ މުދަލެއް ނޫނެވެ! އިބޫ ހޭވެސް އަހާނުލައި ގޮނޑީގައި ހުރެވޭތީ ހުންނަނީތާއެވެ! އަދި މިޤައުމުގެ ރައްޔިތުންގެ ފުރާނަވެސް އެބަހުއްޓެވެ. ކޮންމެވެސް ގޮތަކަށް އުޅެންވާނެތާއެވެ. އަންނަ އިންތިޚާބުގައި ކުޅިދައްކާލާނަމެވެ.
އެމްއޭސީއެލްގެ އެކައުންޓުސް އޮފިސަރެއް
21 April 2021
ދައުލަތުގެ ކުންފުނިތަކަށް ފައިނޭންސުން މިލިއަނުން ދައްކަން އެބައޮތެވެ. އަދި އެކުންފުނިތަކުން ޚިދުމަތް ހޯދި ވެންޑަރސްއަށް ކުންފުނިތަކުން ލާރި ދޫކުރަނީ ހިތުހުރި ގޮތަކަށެވެ. އަމީރުއާއި ފައްޔާޒާއި ނުރުހޭ ޕޮރޮޖެކްޓެެއް ނުވަތަ ނުރުހޭ އެމްޑީއެއް ހުރިނަމަ އެކުންފުންޏެއް އިނދެ ޖައްސާލައެވެ. ކޮންމެހެން މަޖިލީހަށްގޮސް ދޮގު ބައިވަރެއް ހަދާނެ ކަމެއްނެތެވެ.
ާމުޖޭ
21 April 2021
ދައުލަތަށް އޮބިނޯންނަވަރަށް ސަރުކާރު ބިޔަވެ އެކިއެކި ނަންނަ މުގައި ކުންފުނިތަކާއި ސިޔާސީ މަގާ މުތައް އުފައްދައިގެން ގައު މުގެ އާމްދަނީ ބައި އަޅާ ހުސްކޮށްލާ ނާޗަރަންގީ ކުޅެނީ. ވަޒީފާ ގެއްލުނު ދިވެހިންނާ އާން މު ރައްޔިތުންނަށް ކުރި ރާހަތެއްނެތް. ސަރުކާރުން ބެލީ ދިވެހިރައްތިތުން ގެއަށް ފޮނުވާލާފަ ބިދޭސީންގެ މުސާރައާއި ބަތްޕާރުސަލަދީ މަހުޖަނުންގެ ކަންކަން ލުއިކޮށް އެއްޗެއް ދެވޭތޯ. ބަލި މަޑުކަ މުގެ ތެރޭގައިވެސް ރޯދަ އިނާޔަށް ދިނު މުގައިވެސް ބޭއިންސާފު
ސަލީމު އިދުރީސް
21 April 2021
ކޮންގައުމެއްގަތޯ މިހާރުފައިސާ ޗާޕުނުކޮއް ހިންގަނީއެކަމަކު އެހެންގަމުތަކާ މިގައުމާ ހުރިތަފާތަކީފައިސާ ހޭދަކުރާގޮތް! އެހެންގައުތަކުގަ ބެލީ ކުތި އަދި މެތުފަންތީގެ ވިއަފާރިތައް ބަނގުރޫވިއަ ނުދޭން ފައިސާ ހޭދަކުރަން! މިގައުމުގަ ފައިސާ ހޭދުކޫރީ ފައިސްޓާ ރިސޯޓުތަކުގަމީހުން ކަރަންޓީނުކޮއް އެއާޓެކުސީގަ މީހުން އުފުލާ މަހެއްހާ ދުވަސް ތެރޭ އެތައް ބިލިޔަން ރުފިޔާ ބޭކާރު ގޮތުގަ ތަޅާ އަރުވަން! މިހާރުވެސް އެވައިރަސް މިއޮތީކީއްވެބާ މިހާރު ހޯމްކަރަންޓީނުން ފުދެނީ1
އަފުރާސިޔާބު
21 April 2021
ހޯމް ކަރަންޓީނުގައި އެންމެން ބައިތިއްބިޔަސް ކުށްޔަށް ހިފާފައިވާ ތަންތަނެއް ދަރުބާރު ގެއެއް ދުލެއް ނުކުރެވޭނެ. ހާދަ ފައިދާއެކޭ ޖީބަށް އެވަންނަނީ. ދޮގާ މަކަރާ ޙީލަތް ހަދައިގެން ކޮވިޑް އިތުވަނީއޭ ކިޔާ މީހުން ބިރުގަންނަވައި ފައިސާ ނެގުން ކުރާކަމަކީ.
ސީޒަން ޖެކުހަން
21 April 2021
މިވަރަށް ލާރިޖަހަންޖެހޭކަމަށްވަންޏާ ލާރިޖަހާމެޝިނެއް ގެންނަންވީނޫންތޯ؟
ހެހެ
22 April 2021
ބޭންކް އޮފް މޯލްޑިވްސް އަކީ ތިބުނާ ކަހަލަ މެޝިނެއް.