މި މައްސަލައިގައި ހައްޔަރު ކުރި 18 އަހަރުގެ މީހަކާއި 24 އަހަރުގެ މީހެއް. އެ ދެ މީހުންގެ ބަންދަށް މީގެ ކުރިން ދީފައި ވަނީ ފަސް ދުވަހުގެ މުއްދަތެއް.
ރޭޕް ކުރަން އަންހެން މީހާ ގެންދަނިކޮށް ފެންނަ ވީޑިއޯއެއްގެ ސްކްރީންޝޮޓެއް.
22 އެޕްރީލް 2021 - 17:38
މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރޭޕްކުރަން އުޅުނު މައްސަލައިގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފި އެވެ.
ލެމަންގްރާސް ހުންނަ މަގުގައި ރޭގަނޑު 8:20 ހާ އިރު މަގުމަތިން ދިޔަ އަންހެނަކު ހިފަހައްޓައި ހަނި ގޯޅިއެއްގެ ތެރޭ ހުރި ކޮޓަރިއަކަށް ވައްދައި ރޭޕްކުރަން އުޅުނު މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންގެ ބަންދަށް ކުރިންވަނީ ފަސް ދުވަސް ދީފަ އެވެ. މި މުއްދަތު ހަމަވާތީ އަލުން ކޯޓަށް ގެންދިއުމުން އިތުރު 10 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް އެ އިދާރާއަކުން ނުދެ އެވެ.
ގަދަކަމުން އެ އަންހެން މީހާ ގެންދާ ވީޑިއޯ އާންމުވެފައި ވާއިރު އެއިން ފެންނަނީ އުފުލައިގެން އެ އަންހެން މީހާ ގޯޅި ގަނޑަކަށް ވައްދަނިކޮށެވެ. އެކަމަކު އެ ތަނުގައި ތިބި މީހުން އަޅައެެއް ވެސް ނުލަ އެވެ.
މަންޒަރު ދުށް މީހަކު މީގެ ކުރިން "މިހާރު" އަށް ކިޔައިދިން ގޮތުގައި އެ އަންހެން މީހާ ސަލާމަތްކޮށް ދިނީ އެ ވަގުތު ނަމާދުން ފޭބި މީހުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުއްދޫސް
22 April 2021
ފުލުހުން މަގުމަތީ މީހުންނަށް ފާރަލަމުންގޮސްވެސް ބަލަނީ ކަންފަތުގައި އެއްޗެއް ޖަހާފައި ހުރިތޯ، ކަފަބުރެއް ނަމަވެސް ކަންފަތްމަތީ ބާއްވައިގެން އޮޅިގެން ދެވުނަސް ސިއްރުސިއްރުން ފަހަތުން ގޮސް އެމީހާ މަޑުކުރުވާ ޖުރިމާނާއެއް ކުރެވޭތޯ.ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ވުރެން އިސްކަންދެނީ އާއްމު ރައްޔިތުމީހާ މަޅިއެއްގަ ބައްދައިގެންޖުރިމާނާ ކުރެވޭތޯ.ފުލުހުން ތަހުޒީބުވާން އެބަޖެހޭ. އާއްމު މަސްލަހަތުހިމާޔަތްކޮށް ރައްޔިތުންގެލާބައަށް މަސައްކަތްކުރަންޖެހޭ
1828
23 April 2021
ތިޔަ ބުނާކަމަކީ ރައްޔިތުންގެ ރައްކާތެރިކަމަށް ކުރާކަމެއްނޫން ތޯ؟
މަދީހު
22 April 2021
ނަމާދުނުކޮށް ތިބިމީހުން މަންޒަރު ބަލަން ތިބީ ކީއްވެ؟ ހަލާކު ހުރި.
ދިވެހި55
22 April 2021
ޚަބަރުގެ ފަހު ޖުމުލަ ކިޔައެއް ނުލަން ދޯ!
މުންޑުބުރި
22 April 2021
ބަންދަށް 10 ދުވަސް. ތަހުގީގު ނިމިއްޖެ. ބަންދުން ދޫވެއްޖެ. ޕީޖީ މައްސަލަ ދިރާސާކުރަނީ. އުންސުރު ހަމަނުވޭ. އަލުން ބަލަނީ. އުންސުރު ހަމަވެއްޖެ. ޝަރީޢަތަށް ހުށަހަޅައިފި. ގާނޫނީ ވަކީލުން ފޫގަޅައިފި. ގާޒީ މައްސަލަ ބަލަނީ. ޗެއިން އޮފް ކަސްޓަޑީ ހަމަނުވޭ. ބައެއް އުންސުރު ބާޠިލުވެއްޖެ. ޙުކުމް ސާބިތުވެއްޖެ. ކުޑަ ހުކުމެއް. ޖަލުގައި 3 ހަތްދުވަސް. އިންސާނީ ހައްގު. ދޫކޮށްލީ، މާދަމާ އެކަލޭގެ ހަތްމީހުން ނޮޅާލީ. ފުލުހުން އެތައް ކުށެއްގައި ހާޒިރުކޮށްފައިވާ މީހެއް.