02 މެއި 2021 - 13:15
މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ދެކޮޅަށް ރޭ ކުރި ސުލްހަވެރި މުޒާހަރާގައި ފުލުހުން ކުރި އަނިޔާ ތަހުގީގުކޮށް އަދި މިފަދަ މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަމާބެހޭ އިދާރާތަކަށް ގޮވާލައިފި އެވެ.
އެމްޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުންކޮށްގެން ނޫސްވެރިންނަށް ހުރަސް އަޅާފައިވާ ކަމުގެ ރިޕޯޓުތައް އެ އެސޯސިއޭޝަނަށް ލިބިފައިވާ ކަމަށެވެ.
މި ބަޔާނުގައި ވަނީ ރޭގެ މުޒާހަރާގައި ނޫސްވެރިންނަށް ކުރިމަތިކުރުވި ހުރަސްތައް ތަހުގީގުކޮށްދިނުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ހޯމް އެފެއާސް މިނިސްޓަަރު އިމްރާން އަބްދުﷲގެ އިތުރުން ފުލުހުންގެ އިސްވެރިންނަށް ވެސް ގޮވާލައިފަ އެވެ.
މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ހުރަސްއެޅުމުގެ ސަގާފަތެއް ދިވެހި ފުލުހުންގެ މެދުގައި އޮންނަ ކަމަށާއި މަސައްކަތަށް ހުރަސްއެޅުމުގެ އިތުރުން ހަޑިހުތުރު ބަހުން މުއާމަލާތްކުރުމާއި އަދި އަނިޔާކުރާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.
އެ އެސޯސިއޭޝަނުން ބުނީ މުޒާހަރާ ކަވަރުކުރާ ނޫސްވެރިންނަށް ހުރަސްނޭޅުމަށް މީގެ ކުރިން ވެސް ތަކުރާރުކޮށް ފުލުހުންގެ ފަރާތުން އެދިފައިވާނެ ކަމަށެވެ. އެހެން ނަމަވެސް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި މި އަމަލުތައް ފުލުހުން ތަކުރާކުރަމުން އަންނާތީ ކަންބޮޑުވުން ފާޅުކުރި އެވެ.
📢 MJA calls on President Ibrahim Mohamed Solih and Minister of Home Affairs Imran Abdulla and Police leadership to investigate last night's police abuse and ensure safe working environment for journalists while covering protests. pic.twitter.com/99O8E7o9Yi
— Maldives Journalist Association (@mjamaldives) May 2, 2021
ރޭގެ މުޒާހަރާ ރޫޅާލައިފައި ވަނީ، ގަދަ ބާރުން، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެން ކަމަށް ބުނެ އާންމުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ. އަދި މުޒާހަރާގެ ބައިވެރިންގެ މޫނަށް ޕެޕާސްޕްރޭ ޖަހައި އަނިޔާވެރިކަމާ އެކު ދުރުކުރާ ތަން ފެންނަ ވީޑިއޯއެއް ވެސް އަންނަނީ ދައުުރުވަމުންނެވެ.
މުޒާހަރާގެ ބައިވެރިންނަށް ފުލުހުން ކުރި އަނިޔާ މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބިރު
02 May 2021
ކެމެރާއަކާއި މައިކަކާއި ހިފައިގެން ކޮޅުކޮޅަށްދުވާ ކޮންމެ މީހަކީ ޕްރޯ ނޫސްވެރިއެއްނޫން މިރާއްޖޭގައި ނޫސްވެރިއެކޭ ބުނެވޭވަރުގެ ނޫސްވެރިން ވަރަށް މަދު . ގިނަމީހުން ލިޔަނީވެސް ފެންވަރުދަށް ތަކެތި އޭގެސަބަބުން ގައުމުވަނީ ހަލަބޮލި. ނޫސްވެރިން ނުޖެހޭ ވަކިއަތަކަށް ބުރަވާކަށް. މުހާރު ހުރިހާއެންމެން މިތިބީ ޕާޓޭމެންގެ ހިމާޔަތުގައި.
އަލިބޭ
02 May 2021
ގިނަ ނޫސްވެރިންގެ އެއްވެސް ފެންވަރެއްނުހުރޭ އަދި އަހުލާގީ ފެންވަރު ވ ދަށް. ޒިންމާ ދާރު ނޫސްވެރިކަމަކީ ކޮބާ ކަންވެސް ނޭގޭ
އުމަރުބޭ
02 May 2021
އެސޯސިއޭޝަނުން ފުރަތަމަ ނޫސްވެރިކަން ދަސްކޮއްދީބަލަ ގިނަ ނޫސްވެރިކަން ކުރާ މީހުނަކީ އެއްވެސް ފެންވަރެއްނެތި އަދި ހަހުލާގީ ގޮތުންވެސް ވވވ ފެންވަރު ދައްބަޔެއް . މިސާލަކައްބަލަމާ ސަންގު ޓީވީ ،ޗެނަލް13 މީ މުޅިން ވެސް ބޭކާރު އަގަތަޅާ މީހުން އަރަނީ މަސްހޫރުކަން ހޯދަންވެގެން
1235
02 May 2021
އާންމުން ފާޑެއްނުކިޔާ.. ހުރިހާ ފިތިނައެއް ތިއުފައްދަނި ނޫސްވެރިން.. ރޯދަމަހު ތިހެންނޫޅެ ބަސްނާހާ ތަންތަނަށް އެއްވާކުދިންނަށް ނަސޭހަތްދީ ޤާނޫނާ ޚިލާފަށް އާއްމު އުނދަގުލަކަށްވާގޮތަށް އުޅުނުވާހަކަ ލިޔަން ނުކެރެނި ކީއްވެ؟