ހެލްތު މިނިސްޓަރު ނަސީމް: ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިތުރު 30 ދުވަހަށް ދަންމައިލީ އަދިވެސް ކޮވިޑްގެ ނުރައްކާ ބޮޑުކަމުން.
04 މެއި 2021 - 16:40
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މިދިޔަ އަހަރުގެ މާޗުގައި އިއުލާން ކޮށްފައިވަ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ މަހުގެ ތިނަކާ ހަމައަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ދަންމަވާލައްވައިފި އެވެ.
އޭނާ ސޮއިކުރައްވައި ނެރުއްވި އެންގުމުގައި ވިދާޅުވީ، ރާއްޖޭގައި ފުޅާދާއިރާއެއްގައި އަދިވެސް ކޮވިޑް އިތުރަށް ފެތުރުމުގެ ނުރައްކާ އެބައޮތް ކަަމަށާއި އެހެންވެ، މާޗު 12، 2020 ގައި އިއުލާން ކޮށްފައިވާ ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އަންނަ ޖޫން މަހުގެ ތިނަކާ ހަމައަށް ދަންމަން ނިންމާފައިވާ ކަމަށެވެ.
މި ހާލަތުގައި، ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، މި ކުއްލި ހާލަތުގައި އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އަޅަމުން ގެންދެވުމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް މިނިސްޓަރު ނަސީމް ވަނީ އަންގަވައިފަ އެވެ.
އިތުރު 30 ދުވަހަށް ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު ދަންމައިލިއިރު، ރާއްޖޭގެ ކޮވިޑް ޖެހޭ މީހުންގެ އަދަދު އަނެއްކާވެސް ވަރަށް ބޮޑަށް އިތުރުވެ، ކުރިއަށް ވުރެ ބޮޑަށް ހާލަތު ވަނީ ގޯސްވެފަ އެވެ. އެއް ދުވަހެއްގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދު 500 އިން މައްޗަށް އިއްޔެ ވަނީ އަރައިފަ އެވެ. އަދި މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށަށް ވެސް އެ ބަލި ވަނީ ފެތުރި ބިރުވެރިކަން ބޮޑުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝެލަރީ
03 June 2021
އިސްތިއުފާ ކެރަފާ ނަސީމް އިސްތިއުފާ ކޯއްޗެއް އެގިގެން ކޯއްޗެއް އެނގޭތީތޯ ޝައްކެޔޮގަހައް އަރާ ތިއިންނެވީ
ޔައުނީ
05 May 2021
މަބުނީ، މިކަލޭގެ މަޖިލީހަށް ހާޒިރުކޮށްލާކަށްވެސް ނުކެރޭދޯ.
އެދުރުކަލޭގެފާނު
04 May 2021
ރައްޔިތުން މިކަމުން ނަޖާވެވެން އޮތީ ރަށްބޭރު ފާރުގައި ބޮޑު ތަޅުއަޅުވައިގެން ނަމަ އެކަންވެސް ކުރައްވަންވީއެވެ. ދަންްނަވަންތޯއެވެ؟ ކުރީގައިވެސް ފުރަބަންދު ކޮށްގެން ތިއްބަވައިގެން ކަންކުރެއްވި ގޮތަށް ދައުލަތުގެ ޚަޒާނާ ހިތްޕަވައިގެން ގެއަށް ވަޑައިގަންނަވާނީ ކީއެއްނޫނެވެ. ނަސީމުގެ ތެދުވެރިކަން ގަބޫލުކުރަމުއެވެ. އެކަމަކު ކުރީން ކަންތައްވީގޮތް ހިތަށް އަރައިގެން ހަމަ މިހެން ބުނެވެނީއެވެ. މަނިކުފާނަށް ފާގަތި ދިގު އުމުރެއް ދެއްވާށިއެވެ.
މިވަރެއްނެތް
04 May 2021
މިނިސްޓަރު ނަސީމު ވަރުގެ ބޮޑު ފެއިލިއަރަކު ދުނިޔޭގެ މަދުވާނެ. މީނާއަކީ މީގެ 48 އަހަރު ކުރިން ކޮލިމޮހޮދޭ އާއެކު ރާއްޖޭގެ އެންމެ ފުރަތަމަ ޓްރެވެލް އެޖެންސީ ހަދާ ފަތުރުވެރިކަމުގެ މަސައްކަތް ފެށިމީހެއް. މޮހެދޭމެން މިއަދު ހޯދާނުފެނޭ. ނަސީމަކަށް ވީކަމެއް ހޯދުނު ކާމިޔާބީއެއް ނެތް. ބޯހަމަޖެހޭ މީހަކު މިވަރުގެ ބޮޑު ފެއިލިއަރަކު ކޮވިޑުތެރޭގައި ސިއްހީ ކަންކަން ބަލަހައްޓަން ހަވާލުނުކުރާނެ ދޯ؟
މިވަރެއްނެތް
04 May 2021
ކޮވިޑަކީ ނާގާބިލު ވެރިންނާއި ހުދުމުހުތާރު ވެރިންގެ ވެރިކަން ދަމަހައްޓަން މިއަދު ބޭނުންކުރާ އެންމެ ބޮޑު ހަތިޔާރު. ރިޔާސީ ދައުރު ނިމެންދެން ސިއްހީ ކުއްލިނުރައްކަލުގެ ހާލަތު އިބޫ ދަމަހައްޓަން ބޭނުންވާނެ ކަން މަށަށް ޔަގީން.
ފަހުދު
04 May 2021
މިހާރުމިހިރީ ވައްކަމަކީ ކިހިނެއް ކުރާކަމެއްކަންވެސް ނޭންގޭމީހެއް
ޢަގަ
04 May 2021
ޢަނގައިން ކޮންމެކަމެއްވެސް ކޮއްފާނެމީހެއް. ޢާވެކްސިންއެއްވެސް ތައްޔާރުކޮެްފާނެ. ޢެމްޑީޕީވެސް ފޭކު ކޮއްފި
ކަކުނިބޯ
04 May 2021
2023 ނޮވެ މްބަރ 11އަށް ދަން މާލިނަ މަ ސްވީޓްވާނީ
2222
04 May 2021
ފެއިލް ސަރުކާރުގެ ފެއިލް މިނިސްޓަރ
ސަނޫހާ
04 May 2021
މި ކީއްކުރާ މީހެއްތަ؟ ޕްރެސް ގަނޑެއްވެސް މެނޭޖް ނުކުރެވޭ