ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، އެޕާޓީގެ އޮފީހުގައި މީޑިއާއާ ވާހަކަދައްކަވަނީ. އެމަނިކުފާނު މިއަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ހޯދަން ގްރާންްޓް ތޯންޓަން އިން މަސަައްކަތްތަކެއް ކޮށްފައިވާ ކަމަށް. ފޮޓޯ: ނިޝާން އަލީ/މިހާރު
06 މެއި 2021 - 16:19
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދައިދޭން ގްރާންޓް ތޯންޓަން އިންޓަނޭޝަނަލް އިން މިހާރު ވެސް ބައެއް މަސައްކަތްތައް ކޮށްދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ގްރާންޓް ތޯންޓަން އިންޓަނޭޝަނަލް އަކީ އިނގިރޭސިި ވިލާތުގައި މަރުކަޒު ކޮށްފައިވާ ބައިނަލްއަގުވާމީ އެކައުންޓިން އަދި ކޮންސަލްޓިން ފާމެކެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ނަޝީދު ރާއްޖޭގެ ރައީސް ކަމުގައި ހުންނެވި އިރު، އޭގެ ކުރީގެ ސަރުކާރުގައި އެސްޓީއޯ އިން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ ބަލަަން ހަވާލުކުރީ ވެސް އެކުންފުންޏާ އެވެ.
އެކަމުގައި ބޮޑު ތުހުމަތެއް އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ. ކުރީގެ ރައީސް މައުމޫނުގެ ދުވަސްވަރު ޓްރޭޑް މިނިސްޓަރަކަށް ހުންނެވީ ޔާމީނެވެ.
އެމްޑީޕީގެ އޮފީހުގައި މިިއަދު ބޭއްވި މީޑިއާ ބްރީފިންގައި ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅޭ މައުލޫމާތުތައް އެ މަނިކުފާނަށް ލިބިވަޑައިގަންނަވަން ފެށުމުން ގްރާންޓް ތޯންޓަން އާ އެ މައުލޫމާތު ހިއްސާ ކުރައްވާފައިވާނެ ކަަމަށެވެ.
"އަދި އެ ކުންފުނިން އަޅުގަނޑަށް ކޮންމެވެސް ވަރަކަށް އެ މަަސައްކަތް ކޮށްދެއްވި. އެ ކޮށްދެއްވި މަސައްކަތް ވާނީ ބަންޑާރަ ނައިބު އޮފީހަށް އަޅުގަނޑު ފޮނުވާފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
"އެކަމެއް ކުރެވެން އޮތް އެއް ގޮތަކުން އެކަމެއް ނުވީމާ، ދެން އެހެން ގޮތެއް ހޯދައިގެން ވެސް އެކަމެއް ކުރެވޭތޯ އަޅުގަނޑު ބަލަން"---ނަޝީދު
އެމްއެމްޕީއާރުސީގެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމުގެ މަަަސައްކަތް ގްރާންޓް ތޯންޓަންއާ ހަވާލު ކުރެވިދާނެ ކަމަށް ނަޝީދު ކުރިއްސުރެ ދައްކަވަމުން ގެންދަވާ ވާހަކަފުޅު މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ. އެ މަނިކުފާނު ވަނީ މީގެ ކުރިން އެތައް ފަހަރަކު ރައްޔިތުންގެ މަޖިލީހުގައި ވެސް އެ ވާހަކަފުޅު ދައްކަވައިފަ އެވެ.
"އިތުރަށް އެ ކުންފުނިން ނުވަތަ އެ ބާވަތުގެ އެހެން ކުންފުންޏަކުން މިކަހަލަ މަސަައްކަތެއް ކުރިއަށް ގެންދިއުމަށް، އެއީ ސަރުކާރަކާ ގުޅިގެން، ސަރުކާރުތަކުން ނުވަތަ ދައުލަތްތަކުން ހިންގޭނެ މަސައްކަތެކޭ،" ނަޝީދު ވިދާޅުވި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ގެއްލުނު ފައިސާ ހޯދުމުގެ ވާހަކަ ނަޝީދު އަނެއްކާވެސް ފައްޓަވާފައި މިވަނީ އިންތިހާބެއް ކައިރިވުމުންނެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކައިރިވެފައި ވަނިކޮށް، އެ ޕާޓީގެ ގައުމީ މަޖިލީހަށް ނަޝީދު ހުށަހެޅުއްވި ގަރާރެއްގައި ގޮވައިލެއްވީ ދައުލަތަށް ގެއްލުނު ފައިސާ ހޯދަން ބޭރުގެ ކޮންސަލްޓެންޓަކު ބައިވެރިކޮށްގެން މަސައްކަތް ކުރުުމުގެ ބާރު ޕާލަމެންޓްރީ ގްރޫޕަށް ދިނުމަށެވެ.
މިއަދުގެ ބްރީފިން ގައި އެ މަނިކުފާނު އެދިވައިގަތީ ކޮރަޕްޝަނުގެ ތުހުމަތު އެޅިފައިވާ މީހުން، އެމްޑީޕީގެ މަގާމުތަކަށް ނުގެނައުމަށެވެ. އެފަދަ މީހުން މަގާމުތަކަށް ގެނައުމުން އެމްޑީޕީގެ އަސާސްތައް ގެއްލޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ކުންފުނިން އަޅުގަނޑަށް ކޮންމެވެސް ވަރަކަށް އެ މަަސައްކަތް ކޮށްދެއްވި. އެ ކޮށްދެއްވި މަސައްކަތް ވާނީ ބަންޑާރަ ނައިބު އޮފީހަށް އަޅުގަނޑު ފޮނުވާފައި،" ---ނަޝީދު
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ ތަކުރާރުކޮށް ދައްކަވާފައި، ނަތީޖާއެއް ނުނެރުއްވޭތީ އަމާޒުވާ ފާޑުކިއުންތަކަށް ވެސް ނަަޝީދު މިއަދު ރައްދު ދެއްވި އެވެ.
ނަޝީދު ވިދާޅުވިގޮތުގައި، ތަކުރާރުކޮށްް އެއް ވާހަކައެއް ދެއްކެވުމަކީ އެ މަނިކުފާނު ކުރިން ވެސް ކުރައްވާ ކަމެކެވެ. އެކަމެއް ވަންދެން އެ ވާހަކައެއް ދައްކަވާނެ ކަމަށް ވިދާޅުވި އެވެ.
"އަދި އެކަމެއް ކުރެވެން އޮތް އެއް ގޮތަކުން އެކަމެއް ނުވީމާ، ދެން އެހެން ގޮތެއް ހޯދައިގެން ވެސް އެކަމެއް ކުރެވޭތޯ އަޅުގަނޑު ބަލަން،" ނަޝީދު ވިދާޅުވި އެވެ.
ގްރާންޓް ތޯންޓަން އާއި ނަޝީދުގެ ވެރިކަމުގައި ހަވާލުކުރި މަސައްކަތް ހުއްޓުވައިލެއްވީ ކުރީގެ ރައީސް މުހައްމަދު ވަހީދު ކަމަށް ކުރައްވާ ތުހުމަތު މިއަދު ވެސް ނަޝީދު ތަކުރާރުކުރެއްވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ގައި ވެސް އެމަނިކުފާނު މީގެ ކުރިން އެ ވާހަކަ ދެއްކެވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިނގިރޭސިވަގު
06 May 2021
މީނަ މީ އިނގިރޭސިންނަށް ރާެްޖޭން ޑޮލަރުދޭން ފޫގަޅާފަ ހުންނަ މީހެެއްތަ؟ އެއަރޕޯރޓުގަވެސް ލައްކައިން ޑޮލަރުން މުސާރަ ދޭ އިނގިރޭސި 10 ވަރަކަށް "ވެރިން" މިގާރުވެސް ގެނެސްފި. ޢެއީވެސް ދިވެހި މުވައްޒަފުންނަށް ދިން ޑޮލަރުކޮޅު ކަނޑާލާފަ. މިހާރު މ8 ވިއްދަނީ މީނާގެ ރަެްޓެހި އެކައުންޓިންގ ފާމަކަށް ސަރުކާރުން ބޮޑު ޕްރޮޖެކްޓެެް ދޭންވީއޭ ކިޔާގެން. ޢަޖައިބު ހީވޭ.
ޒީނިޔާ
06 May 2021
ރައީސް ސާލިހު ވެސް ރައީސް ޔާމީނު ކޮޕީ ކުރައްވައިގެން އަދީބުއަކާއި ނޭޅޭ ފަދަ ބޭފުޅަކު އުފައްދަވައިފިއެވެ. ދެން ހަމަ ކުރަނީ އެއްކަމެކެވެ. ކުންފުނިތަކުގެ ވެރިންނަށް ބިރު ދެއްކުމާއި، ދައުލަތުގެ މުދާ އެކި ނަންނަމުގައި ގެއަށް އުފުއްލުމާއި، ގަދަ ބަސް ވިދާޅުވުމާއި، ހަޑި ހުތުރު ބަހުން ރައްޔިތުންނާއި މުޚާތަބު ކުރުމާއި، މިފަދަ އެތެއްކަމެކެވެ. އަދީބަކަށް މިދީބުން ފައްޔާޒު ޚިޔާރުކޮށްފިއެވެ. ދެން ތިޔަ ފައިސާ ފެންނާނެ ގޮތެއް އެބައޮތް ތޯއެވެ؟
ނަންނަން
06 May 2021
އަދީބު ރަސްމީ ހެކި ދިނުމުގެ ކޯޓާ ހަމަވީތަ ބޭރުގެ ބަޔަކު ތިޔަ ދޭތެރެއަށް ތި ވައްދަނީ؟ އަދީބަކީ ފެއްޓުމާ މެދުތެރެއާ ނިމުމުގައި އުޅުނު މައިގަނޑު މީހާ. އޭނައަށް ނޭނގޭ ކޮން އެއްޗެއް ތޯންޓަނަށް އެނގޭނީ؟ ތޯންޓަނުން ތިކަން ބަލާ ނިންމިއަސް އަދަބު އަންނާނީ ހަމަ އެކަނި ޔާމީނަށް.
ރިޕީޓަރ
06 May 2021
ކޮންމެ ވެރިކަމެއްގައިވެސް ޔާމީން ފަހަތުން އުޅޭހާ މިމީހުންވަނީ.
ދޮންބެއަލީ
06 May 2021
ކިހާބޮޑު ކަމެއްތޯ ތިބޭފުޅާ ތިކުޅުއްވާކުޅިއަކީ ބަލަ ރައްޔިތުން ބޮޑު ބިރުވެރިކަމަކަށް ވައްޓާލާ ބޮޑާ ކިބުރުވެރި ބަސް ބުނެ އުޅެފައި ވޯޓުން ބޮޑުތަނުން ރައްޔިތުން ނޫނޭކޭ ބުނީމަ މައިތިރިވެގެން ނުހުރެ ކޮން ކަމެއްތޯ ތިޔަކުރައްވާ ކޮންމެ ކަމަކުން ރައްޔިތުންގެ ތާއީދުވަނީ ކުޑަ މާތް ކަލާކޯ ބަޔަކަށް ލާރިގަޑެއް ނުދީ ހިމޭނުން ހުރެބަލަ ތިބޭފުޅުން ތިކަމަށް ޤާބިލު ނޫންކަން ރައްޔިތުން ދަނޭ މިހާރު...
ކަރީމުއްދީން ބާޝާ
06 May 2021
ބުޅާގަނޑު ތިއޮށް ގޯނިން ބޭރުވަނީ. ދެންވެސް އަނގަމައިތިކޮށްގެން ހުރެވޭތޯބަލާ. ނޫނީ "އަދީބުއަކީ ތިމަންމެންގެ ފަންޏެކޭ" ބުނުމަށްވުރެ ބޮޑުއެއްޗެއް އޮންނާނީ ބުނެވިފާ.
ްސީދިބެ
06 May 2021
ބަލަގަ ނަޝީދެވެ. ރައްޔިތުން ގުބޯ ހައްދަން ނޫޅޭށެވެ. ވަކި ކުންފުންޏެއްގެ ނަން ތިޔަހެން ބުނެ އެމީހުން ލައްވައި ތިޔަކަމެއް ކުރަން ތިޔަ ދައްކާ ވާހަކަތަކަކީ ކޮރަޕްޝަން ނޫން ދެން ކޮންއެއްޗެއްތޯއެވެ. ތިޔަބުނާ ހިޔާނާތުން ފައިސާތެކެއް މަނިކުފާނު މިގައުމަށް އެތެރެ ކުރަން އެކިގޮތްގޮތުން ހޭދަކުރިކަން އެއީ ދިވެހިން ދެނަހުރިކަމެކެވެ. ކޮބާ އަދީބު.
ކޮރަލް
06 May 2021
ވާހަކަ ގިނަ ކަމެއް ނުވާމީހެކެވެ. އެމްޑީޕީ އަށް އާ ރައީސަކު ބޭނުން ވެ އެވެ.
ސޮނިބެ
06 May 2021
ނާގާބިލްމީހުން އުޅޭނީ ކަޓްލިބޭ ގޮތައް ގައުމުން ބޭރުގެ މީހުންނާ މަސައްކަތް ތައް ހަވާލު ކޮށްގެން
ޢަބްދުލް ސަމަދު
06 May 2021
ނަޝީދުގެ ވައްތަރު މިހާރު އެގިއްޖެ. ޥިސްނުމުގަ ވެރިކަން ކުރުމާ ޚުދުމުޚްތާރުކަން ނޫން އެއްވެސް ކަމެއްނެތް. އަމިއްލައެދުމުންފޯވެ ހެދޭނުހެދޭ ހިސާބުގަ ހިނދުކޮޅުގަ ހުންނަމީހެއް.