ފުލުހުން އަތުލައިގަތް 3 ކިލޯގެ މަސްތުވާތަކެތި ހުރި ލަގެޖު.-- ފޮޓޯ: ކަސްޓަމްސް
09 މެއި 2021 - 17:28
އިތިއޯޕިއާ އިން ރާއްޖެ އައި އިނގިރޭސި ވިލާތު މީހެއްގެ އަތުން 3.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ މި މަސްތުވާތަކެތީގެ މަގުމަތީ އަގު 10 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވައިގެ މަގުން އެތެރެވާން އުޅުނު، 30 އަހަރުގެ އެ މީހާގެ އަތުން މަސްތުވާތަކެތި އަތުލައިގަތީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.
އެތަނުން ބުނީ، އޭނާ ރާއްޖެ އައިސްފައިވާ ރޫޓާއި އަމަލުތައް ހުރި ގޮތުން އޭނާއާ މެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖު ބަލައި ފާސްކުރީ ކަމަށެވެ. އޭގެ ތެރެއިން ފެނުނު ތަކެތި ޓެސްޓުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓީވްވެފައިވެ އެވެ.
މި ތަކެތި އެތެރެކުރި މީހާ މިހާރު ވަނީ ތަހުގީގަށް ފުލުހުންނާ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނުބޭބެ
09 May 2021
ދެން އޭނަގެ ހިމާޔަތުގަ ނިކުންނާނެ ގުރޫޕެއް. އޭނަ ރީހެބިލިތޭޓް ކޮށްފަ ގައުމަށްފޮނުވާށޭ ކިޔާފަ. ޑުރަގަކީ ބައްޔެކޯލަ.
އޮނަރަބްލް އަފީފު ދީދީ
09 May 2021
މިފަދަ ކަންކަމުގެސަބަބުން ފަތުރުވެރިކަމުގެވިޔަފާރިއަށް ގެއްލުމެއްނުލިބެނީސް އީޔޫގެ ޤައުމުތަކާއި، ސްވިޓްޒަލެންޑް، އެމަރިކާ، ކެނަޑާ، ޗައިނާ، ޖެޕާން، ސިންގަޕޯރ، ކޮރެއާ، ސައުދީ، ޤަޓަރ، ކުވެއިތު، ޔޫއޭއީ، ސައުތުއެފްރިކާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ރަޝިޔާ، އަދި އިންޑިޔާ އާއި ސްރީލަންކާގެ އޯލްޑިނެރީ ޕާސްޕޯޓް ހޮލްޑަރުންނަށް މެނުވީ އެޑްވާންސް ވީސާނެތި ރާއްޖެނާދެވޭގޮތަށްހަދާ އެހެން ޤައުމުތަކުގެ ރައްޔަތުން ވީސާނަގާންޖެހޭގޮތަށް ޤަވާއިދު ބަދަލުކުރާކަށްނުވޭތޯ؟
އަހުމަދުއަލޯ
09 May 2021
މަވެސް ސައްކުވާނެ އިތިޔޯޕިޔާ މަގުން ޔޫރަޕް ކުއްޖެއް އައީމަ. ގުޑް ވޯކް އިމިގްރެޝަން.
އީނާޒާމު
09 May 2021
މީހާ މަރުވި ފަހުން އެތެރެކުރި ހަބަރު ތިއައީ!
2021
09 May 2021
ތިހެން ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރީމަ ކީއްވެ ޑީމޯޓް ވަނީ
ދޫކޮލާނެ
09 May 2021
ރަގަޅަ ކާންދީފަ ދޫކޮލާނެ
ޖޮބޭ
09 May 2021
މިކަމުގައި އެތައް ބަޔަކު އެބަ ހަރަކާތްތެރިވޭ. މިކަން ހުއްޓުވަން މިފަދަ މީހުންގެ ހަރަކާތަށް ބޮޑައް ސަމާލުވުމަކީ މުހިއްމު ކަމެއް.