ފުލުހުންގެ މައި އިދާރާ ---ފައިލް ފޮޓޯ: މިހާރު
13 މެއި 2021 - 16:34
ކޮވިޑުން ރައްކާތެރިވާން ހެލްތްު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވައިލާފައިވާ ގައިޑްލައިނާ ހިލާފަށް ހުޅުމާލޭގައި ބޭއްވި ސައިކަލު ބުރެއް ފުލުހުންް މިއަދު ހުއްޓުވައިފި އެވެ.
ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގަައި ބޭއްވި ސައިކަލު ބުރެއް ހުއްޓުވާފައިވޭތޯ ސުވާލުކުރުމުން، ފުލުހުން މީޑީއާތަކަށް މައުލޫމާތު ދޭން ހާއްސަ ކޮށްފައިވާ ވަޓްސްއެޕް ގްރޫޕްގައި ބުނީ، އެޗްޕީއޭގެ މިންްގަނޑުތަކާ ހިލާފަށް ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ، ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ހުއްޓުވާފައިވާ ކަމަށެވެ.
އިރުމަތީ ގުދުސްގައި އިޒްރޭލުން ފަލަސްތީނުގެ އެތައް ބަޔަކަށް ދެމުންދާ ހަމަލާތައް މުސްލިމުން އަންނަނީ ކުށްވެރި ކުރަމުންނެވެ. ހުޅުމާލޭގައި މިއަދު ބާއްވަން އުޅުނީ އިޒްރޭލުގެ އެ ލާއިންސާނީ އަމަލުތަކާ ދެކޮޅު ސައިކަލް ބުރެކެވެ.
ފުލުހުން ވަނީ ކޮވިޑްގެ-19 ގެ ހާލަތު އިންތިހާ އަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި، އެޗްޕީއޭގެ ގަައިޑްލައިންތައް ތަންފީޒުކުރަން ކުރަމުންްދާ މަސައްކަތްތަކަށް އާންމުން އެއްބާރުލުން ދިނުމަށް އެދިފަ އެވެ.
ރާއްޖޭގެ ކޮވިޑްގެ އަދަދުތައް މިއިން ދުވަހަކު އިތުރު ނުވާ މިންވަރަށް އިތުރު ވެފައިވާތީ ފިޔަވަޅުތައް ވަރުގަދަކޮށް، އެ ފިޔަވަޅުތައް ތަންފީޒު ކުރޭތޯ ބަލަން ފުލުހުން ވަނީ އަނެއްކާ ވެސް ނުކުމެފަ އެވެ.
ހުޅުމާލޭގައި އޮތް ސައިކަލު ބުރަށް ފުލުހުން ހުރަސް އެޅިއިރު، ޓެރަރިސްޓް ހަމަލައިން ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ އަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު ޖަރުމަނަށް ފުރާވަޑައިގަންނަވާތީ، އެ މަނިކުފާނަށް ތާއީދުކުރާ ގިނަ ބަޔަކު އޭޑީކޭ ހޮސްޕިޓަލް ކައިރި އަށް ޖަމާވި އެވެ. މަޖީދީ މަގާއި ސޯސަން މަގު ގުޅޭ ކަން މައްޗަށް ޖަމާވި އެ މީހުން ތިބީ އެއްވެސް ގައިދުރުކަމެއް ނެތި އެވެ. ނަމަވެސް އެ މީހުން އެ ސަރަހައްދުން ފޮނުވާލައި، އެޗްޕީއޭގެ ގައިޑްލައިނަށް ކަންކަން ފައްތަން ފުލުހުން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. މި ކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން ވަކި ޖަވާބެއް ނުދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފައްސިމޭން
14 May 2021
ގައިމު ރައީސް ނަޝީދު ފުރާވަޑައިގަންނަވަންވެގެން ބޭއްވި ވެހިކަލް ބުރެއް ނުހުއްޓުވި. ހަމަ އެހެން ބަޔަކު ބުރެއް ޖަހާލީމާ ފުލުހުންވެސް ތިޔަ ހުއްޓުވީ
ހަސަނު
14 May 2021
ރަގަޅު....
އަލިފުހާ
14 May 2021
އެޗް.ޕީ.އޭ ގެ ގައިޑްލައިނަށް ޢަމަލުކުރަންޖެހޭނީ ވަކި ބައެއްނޫން އެންމެން. އެންމެން ހަމަހަމަ ވާންޖެހޭނެ. ތަފާތު ކުރެވޭނަމަ ޤާނޫނުތަކާ ޤަވާޢިދުތަކުގެ ބޭނުމަކީ ކޮބާ
ދޯރި
13 May 2021
ސައިކަލް ބުރުގަ ބައިވެރިވާން އުޅުނު މީހުންނަން ވަކިވަކިން ފާރަލާ އެމީހުންގެ ހަރަކާތްތައް ގާތުން ބަލަންޖެހޭ. ތިއީ ނުރައްކާތެރި ވިސްނުމެއް ގެންގުޅޭ ބަޔަކަށްވުން ވަރަށް ކައިރި.
އުދުވާނު
14 May 2021
އެއްކަލަ އެލެކްސް ދޯ!
ދަތުރު
13 May 2021
ނޫސްވެރީން ވެސް ލިޔާއިރު ދެކޮޅަށް ބަލާފައި ލިޔާށެވެ. ނަޝީދު އަށް ދެކެލާށާ އިޚުތިރާމު އަދާކުރުމުގެ ގޮތުން އެތަނަށް ދިއުން މައްސަލައެއްނެތެވެ. އެހެންނަމަ ވެސް ގައިލައިންނާ އެއްގޮތަށް އަމަލު ކުރުން މުހިއްމުއެވެ. ނަމަވެސް ސައިކަލް ބުރަކީ ސިޔާސީ ކަމެއްކަމަށް ބެލެވެއެވެ. އެކަމުގައި ތިބީ ސިޔާސީ ވަކިބައެކެވެ. އެކަމަކު ފަލަސްތީނު ރައްޔިތުންނާ ސަޕޯޓްކުރާ ގޮތަށް ކަމާބެހޭ އިދާރާތްކުން ނަގަންޖެހޭ ހުއްދަ ނަގައިގެން ކުރިނަމަ ރަގްޅުވާނެއެވެ.
ދަރުތުނާމާ
14 May 2021
އެޗްޕީއޭ އިން ހުއްދަޔެއް ނުދޭ ގައިދުރުމިން ނޯންނަ ގޮތަށް، އެގޮތަށް އެއްވާކަށް. ކޮންމެ ބަޔަކު ކުރި ކަމަކަސް. ފުލުހުން "ސިޔާސީ" ނުފޫޒުން މިނިވަން ކުރުން މުހިންމު.
މަލާ
13 May 2021
އެޗްފީއޭ އަކަށް ނުފެނޭ އޑކ ހޮސްޕިޓަލް ކައިރީ މީހުން އެއްވެފައި އޮތްތަން. އެޗްޕީއޭއަކީ މޑޕ ގެ އެޖެންޓެއް
އުދުހޭ
13 May 2021
އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީ ކުރަންވީ.
އެދުރުކަލޭގެފާނު
13 May 2021
ޖަޒުބާތުގައި ގޮސް ސައިކަލް ބުރު ބާއްވައި ރ.ނަޝީދު ފުރާތީއޭ ކިޔަމުން މާލެތެރެއަށް އެއްވާނަމަ އެދެކަމަކީވެސް އެއްވަރު ދެކަމެވެ. ނަޝީދުގެ އާއިލާއާއި މަޖިލިސްއިން ރ.ނަޝީދުއަށް މިވަގުތުގެ ހާލަތަށް ބަލާފައި ޒިޔާރަތް ކުރުމާއި އަދި އެމަނިކުފާނުގެ އިސްތިގުބާލަށް ނުދިއުމަށް ދެންނެވީމައި އެޗްޕީއޭގެ ގައިޑުލައިނާއި ޚިލާފަތް އެކަން ކުރިބަޔަކު އެތަނަށް ތިމާ ދިޔަކަން ނަޝީދަށް އެނގޭނެ ކަމަށްތޯއެވެ. ތިޔަކަހަލަ ކަންތަށް ކުރާ މީހުންނަށް ކިޔަނީ ރޮނގާލިފަަތި އެވެ.
އ
13 May 2021
އަމިއްލަ ހާލަތާމެދު ފުރަތަމަ ވިސްނާލަ ބަލަ. ތިބާވަތުގެ ކަންކަމަކީ މިގައުމުގައި އެއްއިރެއްގައިވެސް ކޮށްއުޅުނު ކަންކަމެއްނޫން. މިއީ ސުލްހައަށް ލޯބިކުރާ ބަޔަކު އުޅުނު ގައުމެއް. ހަގުރާމައަށް ގޮސް ނޫޅޭ..
ހުސްނުހީނާ
13 May 2021
ކޮއްމެވެސް ބަހަނާއެއް ދައްކައިގެން ސަރުކާރުގެ އުސޫލުތަކާއި، ގާނޫނުތަށް މުގުރާ، ކޮއްމެވެސް ޖެއްސުމެއް ކޮށްލެވޭތޯ އުޅޭ ބައިގަނޑެއް. ފުލުހުން އަދާކުރީ އެމީހުންގެ ވާޖިބު. ރަނގަޅު. ދެރައީ ގާނޫނުތައް މުގުރާ މީހުން ދޫވެފަތިބޭތީ.
ފިކުރީ
13 May 2021
ދެރައީ އެމްޑީޕީ އިން އުސޫލާ ހިލާފުވާއިރު ފިޔަވަޅު ނާޅާތީ.
އެމްސް
13 May 2021
ކޮންމެ ކަމެއް ފުލުހަކު ބަހައްޓައިގެން ކުރަން ވެއްޖެއްޔާ ނަމާދަށް އަރަނީ ވުޟޫކޮށްގެންތޯ ބަލަންވެސް ފުލުހުން ބައިތިއްބަން ޖެހޭ ހިސާބަށް ކަންކަން ގޮއްސާނެ!