ބްރިޖުން ބަޔަކު ދަތުރުކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
15 މެއި 2021 - 23:25
ކޮވިޑު-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދު ހިމެނޭ ގޮތަށް މުޅި ރާއްޖޭގައި އެޅި ހަރުކަށި ފިޔަވަޅުތައް އިތުރު 14 ދުވަހަށް އެޗްޕީއޭ އިން މިރޭ ދަންމާލައިފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި އެންގުމުގެ ދަށުން މި ފަހަރު އިތުރު 14 ދުވަހަށް ދަންމައިލީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި، ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ދަތުރުކުރުމުގައި ދިން ލުއިތައް މެދުކަނޑާލުމާއި މާލެ ސަރަހައްދުގެ ޕާކުތަކާއި މައިޒާންކާއި ކުޅިވަރު ކުޅޭ ތަންތަނާއި ޓްރެކުތައް ބަންދުކުރުން ހިމެނެ އެވެ. އަދި ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވެސް މި މަހުގެ ތިންވަނަ ދުވަހު އެޅި ފިޔަވަޅުތަކުގެ ދަށުން ވަނީ މަނާކޮށްފަ އެވެ.
އޭގެ އިތުރުން އިންޑިއާ އިން ރާއްޖެ އަންނަ ދިވެހިންނާއި ވޯކްޕާމިޓު ހޯލްޑަރުން 14 ދުވަހަށް ކަރަންޓީންކުރުމާއި ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް ފިޔަވައި ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށަށް ދަތުރުކުރުމާއި އެ ރަށް ރަށުން މީހުން ދިރިއުޅޭ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުން ހިމެނެ އެވެ.
ސިނާއީ މަސައްކަތްތައް ކުރާ ރަށްރަށުން އެހެން ރަށްރަށަށް ދަތުކުރާނަމަ 10 ދުވަހަށް ކަރަންޓީނުވާން ވެސް އަންގާފައި ވެ އެވެ.
ނަމަވެސް، މާލެ ސަރަހައްދުގައި މިދިޔަ ބުދަ ދުވަހުން ފެށިގެން ހަވީރު 4 އިން ފަތިހު 4 އަށް އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު އަދި އިތުރެއް ނުކުރެ އެވެ. އެ މުއްދަތު އޮތީ އަދި ހަތް ދުވަހުގެ މުއްދަތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަރުކަށި
17 May 2021
ކުރިޔަށް "ހަރުކަށި" މި ލަފްޒު އައިމަ ޓެރަރިސްޓު ޖާމާއަތަކަށް ވެދާނެ
ޑިޑިން
16 May 2021
ރެސްޓޯރަންޓް ތައް ބަންދު ކުރުމަށް ފަހު ހުޅުވާލަންވީ ދުއްވޭ ގޮތަށް ނޫނީ ހިނގާފައި އުޅެވޭ ގޮތަށް، ބަލި ފެރުތުމުގެ އަސްލަކީ ކޮފީމޭޒުތައް، ބަލި ޖެހިފައި ތިބޭ މީހުން ވަރަށް ގިނަ އިން އެބަ ފެނޭ ކޮފީ މޭޒު ތަކުން.
މެކް
16 May 2021
ދައްމާލި ފަތުރާލި ދިގުކޮށްލި ޖެހުމުގެ ބަދަލުގައި މީނިތާޚްއަކުން މީނިތާޚްއަކަށް ލިޔާނަމަ ފަސޭހައިން އާމްނައް އެގޭނެދޯ
ރޯނުއެދުރުނއ
16 May 2021
އަދި އިންތިހާބެއް ބާއްވަން ހުއްދަ ދީ. ރަނގަޅުވާނެ.
ހިމާރުލްގައުމު
16 May 2021
އެހެން ގައުމުތަކުގަ ސިސްޓަމެޓިކްކޮށް ވެކްސިން ދީގެން (އެއްމު މުހިއްމު މީހުނަށް އިސްކަން ދީގެން) ލުއިތައް ދެނީ. މިތަނުގަ ވެކްސިންވެސް ލިބުނީމަ ބޮޑު މާލޫދުން ބާކީވި އެއްޗެހި ކުކުޅަށް ދިން ހެން ވެކްސިން ތަޅާ ބުރުއްސާލީ. ފުރަަތަމަ ޑޯޒް ޖެހި މީހަކަށް ދެވަނަ ޑޯޒު\ް ނުލިބުނު. ގަވާއިދާ ޙިލާފަށް އުޅޭ ބިދޭސިން ތިނެތި ހަތަރެތި ޖަހައިގެން. ކިހާ ތާހިރު. ކިހާ އޯގަނައިޒްޑް. ދެން ރައްޔިތުން ބަންދުކޮށްގެން އެމީހުން ފެލަނީ ދޮރުން ބޭރަށް ބޯ ދިއްކޮށްލިޔަސް.
ދިމް
16 May 2021
ދަންމާފަ ބަހައްޓާ 2023. ރައްޔިތުން ފެލައިގެން ލައްކަ ލާރި ލިބެއެއްނު. އެއް ހަފްތާއިން 50 މިލިއަން.
ފަހުދު
16 May 2021
އެމެރިކާ ފަދަ އެންމެ މުއްސަންދި ގައުމުތަކައްވުރެ ބޮޑު ޚަރަދުކޮއް އެހީއައް ލިބުނު ފައިސާކޮޅައް ދަންދެން ކަޅާކޮއްލާފަ ހިލޭލިބުނު ދައްފެންވަރުގެ ވެކްސިން ޖެހީމަ ވާނެހައެތި މިއޮތީ ވެފަ. މިހާރު އެމެރިކާއިން އެގައުމުގެ ރައްޔިތުންނައް ރަންގަޅު ވެކްސިނެއްދީ މާސްކްވެސް ނަގަން އަންގައިފި.
އަލި
16 May 2021
ރައްޔިތުން ހަނާކުރަނީއޭ ބުނެ ކޮމެންޓް ތިކުރަނީ އަމިއްލަ ފައިދާ އަށް އެއްކޮޅަށް ވިސްނައިގެން. ހަގީގަތަކީ ފިޔަވަޅުތައް އިތުރަށް ވަރަގަދަ ކޮށްގެން ނޫނީ އަދިވެސް ކޮވިޑް ކޭސަސް މަދުކުރެވެންނެތް. ސިއްހީ ދާއިރާ އަށް އޮބިނޯވެގެން މިދަނީ މިހާރުވެސް. ބަލިމީހަކަށް އެޓެންޑްވާން ދެތިން ދުވަސް ނަގާފަހަރު ވެސް އެބައާދޭ. އެހެން ކަމުން ބަޔަކަށް ލިބޭ އާންމުދަނީ އަކަށް ބުރޫ އަރާތީ ހުރިހާ ރައްޔިތުން ގުރުބާނެއް ނުކުރެވޭނެ.
އުމަރުބެ
16 May 2021
ތިކަމުގައިވެސް އިހުމާލުވީ އެޗްޕީއޭ. ފިޔަވަޅުތައް އަޅާ ބަންދުކުރަންވީ ވާނެ އެއްޗެއްވެ ނިމުނީމައެއްނޫން. ޓެސްޓްކުރާ ކޮންމެ 5 މީހަކުން 3 މީހުން ޕޮސިޓިވް ވާންފެށީމަ ކޮންމެ ފިޔަވަޅެއް އެޅިޔަސް ވާނެ އެއް ވެސް ފައިދާއެއް ނޯންނާނެ. އޭރު ތިބޭނީ%80 މީހުނަށް ބަލި ޖެހިފަ. އެއްވެސް ފިޔަވަޅެއް ނޭޅިޔަސް ދެން ނަމްބަރު މައްޗަށް ދާނެކަމަކަށް ގަބޫލެއް ނުކުރެވޭ. ޙަގީގަތުގަ މިގޮތަށް 4 ން 4ށް ބަންދުކޮއްލީމަ މާބޮޑަށް ތޮއްޖެހޭނެ.
ރަށްއިތުމީހާ
16 May 2021
މައިމޫނާއަށް ބޮނޑް މުސާރައާއި ކޮވިޑް އެލެވަންސާ އުޅޭނި ތަން ލިބިފަ ހުއްޓަސް އަހަރަމެން އަތާ އަގަޔާ މި ދިމާވަނި. އަބިދަރިން ބަޑުފުރާ ކާނެއެއްޗެއް ވަރު މި ހޯދަނި ރެޔާދުވާލު ކުރާ ބުރަމަސައްކަތުން. ތި ހެން ތިން ހަތަރު ހަފްތާ ލޮކުޑައުން ތި ކުރަނި އަހަރަމެން އާއިލާތަން ނިކަމެތި ކުރަންތަ? ޖަވާބު ދީބަލަ. ކެށްކުރެވޭނި ވަކި ވަރަކަށް އެގޭ.
އިސްތިއުފާދޭށޭ
16 May 2021
އެޗްޕީއޭގެ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ މައިމޫނާ އިސްތިއުފާ