މީހަކު، ސާމްޕަލް ނަގަން ތައްޔާރުވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
17 މެއި 2021 - 22:22
ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ބޭނުންވާ 60،000 ޕީސީއާރު ޓެސްޓު ކިޓް ގެނައުމުގެ ހުއްދަ އިންޑިއާ އިން ދީފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގެ އޮފިޝަލަކު މިރޭ "މިހާރު" އަށް ވިދާޅުވީ، ކޮވިޑަށް ޓެސްޓު ކުރެވޭ މިންވަރު އިތުރުކުރުމަށްޓަކައި އެ ގައުމުން ވަނީ އޭޑީކޭ ހޮސްޕިޓަލުގެ ބޭނުމަށް އާރްޓީ-ޕީސީއާރް ޓެސްޓް ކިޓްތަކެއް އެކްސްޕޯޓް ކުރުމުގެ ހުއްދަ ދީފައި ކަމަށެވެ.
އިންޑިއާގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެ ގައުމުން ވަނީ ކޮވިޑް ވެކްސިނާއި ޓެސްޓިކް ކިޓާއި އަދިވެސް އެހެން ބައެއެއް ބާވަތްތަކުގެ ބޭސްތައް އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން މަޑުޖައްސާލައިފަ އެވެ.
ރާއްޖެ އަށް ޓެސްޓް ކިޓް އެކްސްޕޯޓް ކުރަން އެ ގައުމުން ހުއްދަ ދިނީ ދިވެހި ސަރުކާރުން އިންޑިއާގައި އެކަމަށް އެދިފައިވާތީ ކަމަށް އިންޑިއާ ހައި ކޮމިޝަންގެ އޮފިޝަލް ވިދާޅުވި އެވެ.
މީގެ ކުރިން ވެސް އިންޑިއާ އިން ވަނީ ރާއްޖެ އަށް ކޮވިޑް ޓެސްޓް ކިޓްތައް ހަދިޔާ ކޮށްފަ އެވެ. އަދި އެ ގައުމުގައި އުފައްދާ ކޮވިޝީލްޑް ވެކްސިންގެ 300،000 ޑޯޒް ވެސް ހަދިޔާ ކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރީ
17 May 2021
ފޮޒިވްވާ ކިޓް ނުގެންނާތި. މިހާރު ޓެސްޓް ހަދާ ފިންޔާ ފޮޒިޓިވް
ކޮރަލް
17 May 2021
ވެކްސިން ގަންނަން އެހެން ގައުމު ތަކުން ވެސް ލިބެ އެވެ.
ޢަލީޮ9
17 May 2021
300000 ނުނީ 200000ތަ 200000 ހަދިޔާކުރީ 100000 އެއީ ގަތް އެޗެހި
އެވެކްސިން
17 May 2021
200000 ދިންކަމަށްޓަކައިވެސް ޝުކުރު ކޮށްބަލަ. އެވަރުވެސް ނުލިބޭ ޤައުމުތައް އެބައުޅޭ.
ކަކުނިބޯ
18 May 2021
ބަލަ 2ވަނަ ޑޯޒްމުއްދަތުގައި ނުޖިހެއްޖިއްޔާ ފުރަތަމަޑޯޒް އެއީ ކަނޑުގައި އެޅި ރޮގެއްފަދަ އެއްޗެއް އަނެއްކާ2ޑޯޒް ޖަހަންޖިހޭނީ ރައްޔިތުންގެ ވަގުތާއި ޑޮކްޓަރުންގެ ވަގުތާއި ދިން ހާ އެލަވަންސެއްބޭކާރ އިންޑިޔާއަށްފައިދާ