ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން އެ ޕާޓީގެ ހަރުގޭގައި ވޯޓުލަނީ
19 ނޮވެމްބަރ 2016 - 14:43
އަންނަ ޖެނުއަރީ މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބު މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ނުބޭއްވޭނެ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.
އެމްޔޫއޯ އިން ލޯކަލް ކައުންސިލް އިންތިހާބަށް ވަމުން އަންނަ ތައްޔާރީތަކާ ގުޅޭ މައުލޫމާތު ދޭން އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ އިލެކްޝަންސް ކޮމިޝަން އިން މަސައްކަތް ކުރަމުން ދަނީ ވަކި ކޮޅަކަށް ބުރަވެގެން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޔޫއޯއިން ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންނަށް ބިރުދައްކަ އެވެ. އަދި އިންތިހާބު ކާމިޔާބުކުރަން ސަރުކާރުން ކަޅު ފައިސާ ބޭނުންކުރާކަމުގެ ތުހުމަތު ވެސް އޭނާ ކުރެއްވި އެވެ.
އަލީ ޒާހިރު ވިދާޅުވީ ވަކި ފަރާތްތަކެއް ބޭނުންހާ ގޮތަކަށް ކަންކަން ކުުރުމުގެ ފުރުސަތު ދޭން ރާއްޖޭގެ މިނިވަން މުއައްސަސާތަކުން ވެސް ބައިވެރިވާ ކަމަށެވެ.
"ހަމަ އާއި އިންސާފަކުން ނޫން މިހާރު ކަންތައްތައް މިދަނީ،" އަލީ ޒާހިރު ވިދާޅުވި އެވެ.
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ ލޯކަަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އަންނަ ބުރާސްފަތި ދުވަހު އައްޑޫގައި ރަސްމީކޮށް ފަށާނެ ކަމަށެވެ. އެ ޖަލްސާ ބާއްވަން ކާނިވާ ސަރަހައްދު ދޫކޮށްދޭން އެދި ހައުސިން މިނިސްޓްރީގައި ދެ ހަފުތާ ކުރިން އެދިފައި ވިޔަސް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"[މިއީ] ރާއްޖޭގައި އަދުލުގެ ވެރިކަމެއް ގާއިމްކުރުމަށް އަދި ކައުންސިލްތައް ބާރުވެރި ކުރުވުމާއި، ވެރިކަމުގެ ބާރުތައް ލާމަރުކަޒީ ކުރުމާއި އަދި މުއައްސަސާތަކުގެ މުސްތަގިއްލުކަން ކަށަވަރުކުރުމަށް [ހިންގާ ކެމްޕޭނެއް]. މައިގަނޑު މި ހަތަރު ޝިއާރާ އެކު ލާމަރުކަޒީ ރާއްޖެ އަށް އަޅުގަނޑުމެން ކެމްޕޭން ފަށަނީ،" ޝިފާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކިތައްމެ ޝަކުވާއެއް ހުރި ކަމަށް ވިއަސް ވޯޓު ލާން ޖެހޭނެ ކަމަށާއި ރައްޔިތުންގެ ގެއްލެމުން ދާ ހައްގުތައް ހޯދައިދޭމް މަސައްކަތް ވެސް ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރުކުކުރި
02 January 2017
މިފޮޓޯ ފެންނަ ކޮންމެ ފަހަރަކު ބޮލަށް އުދަގޫވަނީ. މިފޮޓޯ ބަދަލު ކޮންބަ. ޕ
އަލީ
05 December 2016
ރަގަޅު ވާހަކައެއް. އެކަމަކު އަހަންޖެހޭ ވާޙަކަ އަކީ، އިންސާފް ވާންޖެހޭ ހެއްޔޭ؟ އިންސާފް އަކީ ދަޅައެއް. ގުދްރަތީ ގޮތުންވެސް ނެތް ތިކަމެއް. އެއްބަޔަކު ބަލި، އަނެއްބަޔަކު މުއްސަދި، ރީތި، ހުތުރު، ލަކީ، .. އެއްބަޔަކައް ކެންސަރު، އަނެއްބަޔަކު ލޭފެންނަ އިރައް ފިޔުޒް ދޭ.... އިންސާފް އަކީ ދަޅައެއް!
އިބިރިހިން ބެއްޔާ
02 December 2016
ކޮން އެމް އޯ ޔޫ އެއްތޯ؟ އެމްޑީޕީ އަކީ އެމްޑީޕީ. މަދު ގޮޑިކޮޅެއް ދީފައިވަނީ އަދާލަތަށް.
އައްޑޫމީހާ
20 November 2016
އިންސާފުވެރި ނުވާނެކަން އެނގިތިބެ ބައިވެރިވަނީ ކީއްވެ؟ ހަމަމަގުން ނުދާނެ ކަން އެނގިތިބެ އެކަމެއްގައި ބައިވެރިވުމަކީ އެކަމަށް ހިތްވަރު ދިނުން، ވާގިވެރިވުން ކަން ޔަގީން. މިއަދު އެމްޑީޕީ ވެސް މިވަނީ ހަލާކުވެ ނެތިގެން ގޮސްފައި. ބަޔަކު ބޭނުން ގޮތަކަށް ދީލާލާ ބަޔަކަށް އެމްޑީޕީ މިއަދު ވެއްޖެ. ކީއްކުރާނީ ރައީސް ނަޝީދު ޕާޓީއިން ބޭރު ކުރީ މިބޭނުމުގައި، ޕާޓީގެ ކަންތަކުގައި ގްރައުންޑްގައި އެމަނިކުފާނު ހުންނެވިނަމަ މިކަހަލަ ނޭއްގާނީ ޖަރީމާތަކަށް ފުރުސަތު ނުދެއްވާނެ ކަން ޔަގީން. ވައި ނޮްޓް ބޮއިކޮޓް ދި އިލެކްޝަން؟؟
މެންޓަލިސްޓް
19 November 2016
ދެންތިހަހެއްވެއްޖިއްޔާމުން ބައިވަރި ނުވާންވީނޫންތޯ ؟ އޭރުން ތިޔަމައްސަލަ ހައްލުވީއެއްނޫންތޯ ؟ މައްސަލަ ބަލާނެ ކޯޓެއް ފުލުހެށްމިތާކުނެތް ،،، ދެންއެންމެ ބުއްދިވެރިވާނީ އިންތިޙާބް ބޯއިކޮޓްކުރީމައި ، ،،، އޭރުން ދުނިޔެއަށްވެސް ރަގަޅު މެސެޖްއެއް ދެވޭނީ ،،، އެކަމު އެހެންވެސް ނުހަދާނެ ، އެންމެ ފަހުގަޑީގައި ރައީސްނަޝީދުއާޢި ޔާމިންއާވެސް ކޮންމެވެސް ޑީލްއެއް ހަދައިގެން ގޭސްގަނޑެއްއަނބުރާނީ ،،، ދެން ހުރިހާ ގެއްލުމެއް ލިބޭނީ ރައްޔަތުންނަށް ،،، ވަރަށްވެދުން ،
ކެރަފާފާ
19 November 2016
ތިޔަބެއިފުޅުންނަށް އިންސާފެއް ދުވަހަކުވެސް ހިޔެއް ނުވޭ ލިބޭނެ ހެނެއް. ތިޔަ ބޭފުޅުން ގަބޫލުކުރާ ތިޔަބޭފުޅުން ބޭނުންވާ ތިޔަބޭފުޅުން ޖީބު ބަރުވާ ގޮތަށް ނުނިމޭ އެއްވެސް ކަމެއް އިންސާފު ކަމަކަށް ތިޔަ ބޭފުޅުން ގަބޫލެއް ނުކުރާނެ. ޝުކުރިއްޔާ!
ގާސިމް
19 November 2016
އެމީހުން އެކިޔާއެއް ޗެއް އެއްގޮތަކަވެސް އަހަރެމެންނަކައް ސާފެއްނުވެއެވެ ކަންޑައެޅިގެން ގަވާއިދާ ހިލާފައް ކަންތައްކުރާނަމަ ދެން ވޯޓްލާންދާންޖި ހޭނެ އެއްވެސް ސަބަބެއްނެތެވެ ލޯކަލް އިންތިހާބު އެމް ޔޫ އޯއައް ކާމިޔާބު ނުވާނެ ތީ ކޮންމެވެސްބަހަނާއެއް ދައްކަނީ ހެއްޔެވެ
ގުއިދުއް
19 November 2016
ތިއުޅުއްވަނީ އިންސާފުވެރި ނުވާނެތީއެއްނޫން. ކާމިޔާބުވާނެކަން ޔަގީންނުވާތީ.
ތަމް
19 November 2016
ތިޔަ އިލެކްޝަނުގެ މީހަކު ޓީވީއަށް އަރާފަ "އެބައިގަނޑޭ" ކިޔާފަ އިދިކޮޅުފަރާތްތަކަށް މުޙާތަބްކޮށްފަ ވާހަކަ ދެއްކީ. މިހިރީ ފެންވަރު.