އައިޖީއެމްއެޗް އިމާރާތް.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
19 މެއި 2021 - 11:17
ކޮވިޑްގައި ރާއްޖެއިން މިއަދުގެ މިހާތަނަށް ހަ މީހަކު މަރުވެ ރެކޯޑަކަށް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މިއަދު މަރުވެފައިވާ އެކަކީ އައިޖީއެމްއެޗުގެ އިމަޖަންސީ ރޫމަށް ގެންދިޔަ އުމުރުން 73 އަހަރުގެ ފިރިހެނެކެވެ.
މިއަދު ހެނދުނު 7:25 ހާއިރު އެ މީހާ މަރުވެފައިވާއިރު އޭގެ ފަހުން، ހެނދުނު 8:44 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 51 އަހަރުގެ އިންޑިއާ ފިރިހެނަކު ވެސް މަރުވެފައިވެ އެވެ. އަދި 8:30 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 63 އަހަރުގެ ދިވެހި އަންހެނަކު ވެސް މަރުވެފައިވެ އެވެ.
ދެން މަރުވެފައިވާ މީހާއަކީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 66 އަހަރުގެ އަންހެނެކެވެ.
މިއީ މިއަދުގެ ކޮވިޑްގެ ހަ ވަނަ މަރެވެ. މިހެންކަމުން، މިއީ އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު މަރުވި ދުވަހެ އެވެ.
މިއަދު ވަނީ ލ. ގަމު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި ދެ މީހަކު މަރުވެފަ އެވެ. އޭގެ ތެރެއިން، އުމުރުން 87 އަހަރުގެ ފިރިހެން މީހާ ރޭ ދަންވަރު 1:00 ހާއިރު މަރުވިއިރު 66 އަހަރުގެ އަންހެން މީހާ މަރުވީ ދަންވަރު 3:00 ހާއިރު އެވެ.
މިއާ އެކު މިމަހުގެ ތެރޭގައި ކޮވިޑްގައި މަރުވި މީހުންގެ އަދަދު 37 އަށް އެރީ އެވެ. މިއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށީއްސުރެ އެއް މަހެއްގައި އެންމެ ގިނަ ބަޔަކު މަރުވި މަހެވެ.
ރާއްޖޭގައި ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު 111 އަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންމަނިކް
19 May 2021
މަރުވާ މީހުންގެ ވެކްސިން ހިސްޓްރީއާ ބެހޭގޮތުން ނޫސްވެރިން ސުވާލުކުރުމުން ބުނާނެ، ތިޔަ މައުލޫމާތު ބަލާލެވިފަ ނެތޭ، ހޯދާލާށޭ ޖެހޭނީ.
ތީނަ112
19 May 2021
މަރުވި މީހުންގެ ތެރެއިން ވެކްސިން ޖަހާފަ ތިބީ ކިތަށް މީހުންބާ؟
އިމް
19 May 2021
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މީހުން މިހާރު އެހާ ގިނައިން މަރުވަނީ ހަމަ ބަލީގެ ސަބަބުންތޯ ނޫނީ ކުރިން ދެވޭ އަޅާލުމާ ފަރުވާ ނުދެވޭތީތޯ ކޮންމެވެސް ވަރަކަށް ހިތަށް އަރާ. އެއްފަހަރާ އެހާ ގިނަ މީހުންނަށް ފަރުވާދޭން ފުދޭވަރަށް ސިއްހީ މީހުން ނެތްއިރު އެހެންވެސްވެދާނެ. އެއީކީ ގަސްތުގައިވާ އިހުމާލެއް ނޫން. ނަމަކަށް ފެސިލިޓީގަ މީހުން ބޭތިއްބިއަކަސް ފަރުވާއެއް ނުލިބޭނެހެން ހީވަނީ.
ަހަސަންމަނިކް
19 May 2021
އެވާހަކަތާ ހެލްތު މާހިރުން ގޮވަމުން އައީ، ގައި ދުރުކުރާށޭ، ވައިބުރު ޖަހަން، ކޮފީތަކަށް، މުޒާހަރާއަށް ނުދާށޭ، މާމަ، މަންމަ، ބައްޕަ ނުވަތަ ކާފަގެ މަރުބައްޔަކީ ދަރިފުޅު ގެއަށް ގެނެސްދިން ކޮރޯނާކަމަށް ނުހަދާށޭ!
ވަހީދު
19 May 2021
އަހަރެންގެ ހިތައް ވެސް އަދި ގަބޫލު ކުރެވޭ ގޮތުގައި ރައްޔިތުންގެ ހިތަށް ވެސް މާކަބޮޑު އެއްޗެއް ނާރާނެ. ރައްޔިތުންނަށް އޮތޯ އެގޮތް. ޑޯޒު ފުރިހަމަ ނުވާ ގޮތަށް ބޭސް ކުރުމަކީ ސިކުނޑީގެ ކިރިޔާ ތެތްކަމެއް ހުރި ބަޔަކު ކުރާނެ ކަމެއްނޫން. އެކަމަކު އެކަން ވެސް ކޮށްފައި މިތިބީ.
ބޭބެ
19 May 2021
އިންޑީޔާމީޙުންނަށް ކަރަންޓީނު މަންޒިލަށް ރާއްޖެ ހެދުމުގެ ނަތީޖާ
ނައްޓު
19 May 2021
ގައުމު ވަނީ ވެންޓިލޭޓަރ ތަކަށް ބޭނުންވެފައި، ކޮބާ އެއެޗެހި. އެކަން ކުރި މީހުން މިހާރު ވަޒީފާގަ ވެސް ނެތް. މޮޅުވީ އެމީހުންނަށް. ރައްޔިތުން ހާލުގައި ޖެހެނީ.
ނީރާ
19 May 2021
އަޅުގަނޑުމެންގެ ތެރެއިން އެއްމެ މީހެއް މަރުވިޔަސް އެއީ ވަރަށް ހިތާމަވެރިކަމެއް. އެކަމަކު ކިތައް ދުވަސް ވަންދެންތޯ ގައުމު ހުއްޓުވައިގެން ލޮކްޑައުންކޮށްގެން ތިބެވޭނީ. މިއާއެކު އުޅެވޭނެ ގޮތެއް ހޯދަންވީ. ވެކްސިން ޖަހައިގެން އެހެން ގައުމުތައް އިފެކްޓިވް މިތަނުގަ ކިހިނެއް މިވަނީ
ސަރީފު
19 May 2021
އިންޑިއާގެ ކޮވިޓް ސީލްޓް އެފްރިކާއިން ވެސް އަބުރާ ފޮނުވާނީ އިފެކްޓިވް ނޫންވީމާ . ގިނަ މީހުން ޖެހީ ކޮވިޓް ސީލްޓް އެހެން ވީމާ އަސަރު ކުޑައީ...
ހިމާރުލްގައުމު
19 May 2021
އެހެން ގައުމުތަކުގަ ވެކްސިން ޖެހީ ޕްލޭނަކާ އެކު ވަރަށް އޯގަނައިޒްޑްކޮށް. ސިޔާސީގޮތުން އަންބާ ކިޔާފަ މަ މޮޅޭވާކަށް ނޫން. އެއްމެ ރިސްކު ބޮޑުމީހުންނަށް އިސްކަން ދީގެން. ފުރަތަމަ ޑޯޒް ޖެހި މީހުންނަށް ދެވަނަ ޑޯޒް ބަހައްޓައިގެން އެކަން ކުރި އިދާރާތަކުން ދެވަނަ ޑޯޒް ޖަހަންޖެހޭ ޑޭޓް ޑިއުވީމަ މީހުން ކައިރިއަށް ގޮސްގެން. މިތަނުގަ އެހެންތަ؟
ޙިނި
19 May 2021
މަރުވެސް ގިނަވާނެ މިއުޅެނީ ޕެންޑެމިކެއް ތެރޭގަ، އަމިއްލަޔައް ރައްކާތެރި ކަންހޯދާ، ނޫނީ ސަރުކާރުން ކޮވިޑް19 ޖެހޭ ކޮންމެ މީހެއް ބަލަހައްތަން ނަރުހަކާ އަދި މަސްކު އަޅާ ގައިދުރުކަން މަހައްޓާތޯ ބަލަން ފުލުހަކު ދީ
އިލް
19 May 2021
ސިޔާސީ ލީޑަރުންގެ ނުފޫޒާއިހެދި ގައުމު މިފަދަ ބޮޑެތި މުސީބަތްތަކަށް ވެއްޓެނީ އިލެކްސަނަށް މުޅިގައުމު ދޫކޮއްލުމާއި އިންޑިޔާމިހުންގެ ކަރަންޓީނު ހާއްޔަކަށް ގައުމު ހަދާލުން ، ހުރިހާ ދެރައެއް ނިކަމެތި މީހާ އަށް ވެރިނަ ބަރާބަރަށް ބައިތުލް މާލުން ބޮޑުމުސާރަ ނަގާނެ
ސައިމާ
19 May 2021
ހަގީގަތަކީ މުޖުތަމައެއްގޮތަށް ކޮވިޑާދެކޮޅަށް ހަގުރާމަކުރަން ދިވެހިން ފެއިލްވެފައިވާކަން. ވަކި މީހެއް ނުވަތަ ގުރޫޕެއްގެނަން ކިޔާނެކަމެއްނެތް. ސިޔާސީ ލީޑަރުންގެ ނުފޫޒާއި، މީޑިއާތަކުން އޮޅޭގޮތަށް ފެތުރި ޚަބަރުތަކާއި، ރެސްޓޯރަންޓްތަކާއި ވިޔަފާރިވެރިންގެ ނުފޫޒާއި އަދި އާއްމު ފަރުދުންގެ ޒިންމާދާރުކަންކުޑަކަން އޮތީ ފެންނާން. އަދިވެސް އެއްބައިވެ، ކަންތައްތައް ހަމަމަގަށް އެޅުވެންއެބައޮތް.