ކޮލަމްބޯގެ ޕިލިޔަންދަލާގައި މީހަކު ފޭސް މާސްކް ވިއްކަނީ: ލަންކާގައި ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން. --ފޮޓޯ:އޭއެފްޕީ
19 މެއި 2021 - 22:28
ސްރީ ލަންކާގައި އާދަޔާ ހިލާފު ބާރު ސްޕީޑެއްގައި އަނެއްކާވެސް ކޮވިޑް-19 ފެތުރޭތީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެ ގައުމަށް އެއްވެސް ބަޔަކު އެތެރެވުން މަނާކޮށްފައިވާކަން އަންގާފައިވާ ކަމަށާއި އެހެންވެ އެކަމަށް ސަމާލުކަން ދިނުމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ އެދިއްޖެ އެވެ.
އެ މިނިސްޓްރީން ބުނީ، ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަަކައި ލަންކާ އިން އަޅާ ފިޔަވަޅުތައް ވަރުގަދަކޮށް، އަންނަ ހުކުރު ދުވަހުގެ ރޭ 11:59 އިން މި މަހުގެ 31 ވަނަ ދުވަހުގެ 11:59 އާ ހަމައަށް އެ ގައުމަށް އެއްވެސް ބަޔަކަށް އެތެރެނުވެވޭނެކަން ލަންކާ ސަރުކާރުން އަންގާފައިވާ ކަމަށެވެ. އެކަމަކު، ލަންކާ އިން އެހެން ގައުމުތަކަށް ދަތުރުކުރެވޭނެ އެވެ.
"ވީމާ ސްރީ ލަންކާ އަށް ދަތުރުކުރައްވަން ގަސްދު ކުރައްވާ ދިވެހިންގެ ސަމާލުކަމަށްޓަކައި މި ވާހަކަ ދެންނެވީމެވެ،" ފޮރިން މިނިސްޓްރީން ބުންޏެވެ.
ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ލަންކާގައި މިހާތަނަށް ކޮވިޑް ބަލީގައި ހާހަކަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އެ ބައްޔަށް މިހާރު ވެސް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 28،000 އިން މަތީގައި އުޅޭއިރު ކޮންމެ ދުވަހަކު އެ ގައުމުގައި އަލަށް އެ ބަލި ޖެހޭ މީހުންގެ އަދަދު އުޅެނީ 3،000 އިން މަތީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޯމޭން
20 May 2021
22 މިލިއަންގެ އާބާދީއަކުން ދުވާލަކު 3000 ޕޮޒިޓިވްވެގެން ގިނަވެގެން އުޅޭތީ އަޅުގަނޑުހައިރާންވަން. 5 ލައްކައިގެ އާބާދީގަ ތީގެ ދެބައިކޮށްފަ އެއްބައި ޕްޒިޓިވްވާއިރުވެސް މިތާނގެ ވެރިން އަދިވެސް މަސައްކަތު ރަސްމީގަޑިތައް އިތުރުކުރުމުގަ.
އަލިފުޅު22
20 May 2021
ވިޔަފާރިވެރިންނަށް ވާފައިދާއަށްވުރެ ޤައުމުގެ އެންމެހާ ރައްޔިތުންނަށް ވިސްނާ ސަރުކާރެއްނަމަ ބޯޑަރު ބަންދުކުރާނެ. ދިވެހިސަރުކާރަކީ މިވިސްނުމެއް އެއްވެސް އިރަކު އޮތްތަނެއްނޫން. އިޓަލީ، އިނގިރޭސި އަދި އިންޑިއާ ވޭރިއެންޓް ދިވެހިންތެރޭގަ ފެތުރިގަތީމަ އެޤައުމުތަކުގެމީހުން އައުންމަނާކުރީ.
އަހުމަދުބޭ
20 May 2021
އަލިފުޅާ ގައުމުގެ އުފެއްދުންތެރިކަން ހުރިގައުމުތަކާ މި ދިވެހިރާއްޖޭއާ އެއްވަރުކޮއްގެން އަލިފުޅު ކައިގެން ބޮއެގެން އުޅުނަސް އެއްވެސް ގޮތެއްނެތް އަދި އަމިއްލަ ވިޔަފާރި ތަށް ބަންދު ކުރަން މަޖުބޫރުވެފައިވާ ފަރާތް ތަކާދޭތެރޭ ވިސްނާލަބަލަ،
އިޔެ1
19 May 2021
ސަރުކާރަކަށް އެއްވެސް ކަމެެއް ނުކުރެވި އޮއްވާ ޔޫރަޕު ހުޅުވާލައި ފަތުރުވެރިން އެހެން ޤައުމުތަކަށް ދާންފަށައިފި. އަދި ރާއްޖެއަށް އާންމުކޮށް ފަތުރުވެރިން އަންނަ ގިނަ ޤަޢުމުމުތަކުން ރާއްޖެ ބްލެކްލިސްޓު ކޮށްފި. މުޅިދުނިޔޭގައި އެންމެ ނުރައްކާތެރި އިންޑިޔާ ވޭރިޔަންޓު އަދި ޑޮލަރު ހިފައިގެން އަންނަންވީ. ކޮވިޑްއަށް އޮތް އެންމެ މޮޅު ވެކްސިނަކީ ސަރުކާރު އިސްތިއުފާ ދިނުން.
އަރުތަ
20 May 2021
ސަރުކާރު އިސްތިއުފާ ދިނީމަ މުޅި ދުނިޔެއިންވެސް މިބަލި ފިލާދާނެ އުތަ، ކޮންޒާތެއްގެ ކޮށި ވިސްނުމެއް ތިހުންނަނީ، މައިމޫނާގެ ގައިޑްލައިން ކަމުނުގޮސްގެންތަ މުޅި މެލޭޝިއާ އެއްކޮށް ލޮކްޑައުން ކޮށްގެން އެއުޅެނީ، ސްރީ ލަންކާގަ ކަރފިއު ހިންގައިގެން އެއުޅނީވެސް ހަމަ މައިމޫނާ ކަންތައްދޯ، ތަންކޮޅެއް ފުންކޮށް ވިސްނާލަބަލަ، ސަރުކާރުން ހުރިހާ ކަމެއް ރަނގަޅަށް ކުރާ ވާހަކައެއް ނޫން އެކަމަކު...........
ގުލްޒާރު
19 May 2021
މިވީ ހާދަ ދެރަގޮތެކޭ.