މެމްބަރު އީސަ: އޭނާ ހައްޔަރުކުރަން ދައުލަތުން އެދުނީ އެހެން މައްސަލަތަކުގައި އަމަލުކުރާ ގޮތާ ޚިލާފަށް ކަމަށް ކޯޓުގެ ނިންމުމުގައިވޭ --- ފޮޓޯ/މިހާރު
20 މެއި 2021 - 23:19
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސާގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލާގައި އޭނާ ހައްޔަރު ކުރަން ދައުލަތުން އެދުނީ އެހެން މައްސަލަތަކުގައި އަމަލުކުރާ ގޮތާ ޚިލާފަށް ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބުނެފި އެވެ.
އީސަގެ އަނބިކަނބަލުންނަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވުމުން އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިވަޑައިގަތީ ޕްރޮސެކިއުޓާ ޖެނެރަލެވެ. އެކަމަކު އެ ކޯޓުން މިރޭ ވަނީ އެ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމައިފަ އެވެ.
މައްސަލާގެ ބާވަތާއި ކަން ހިނގާފައިވާ ގޮތުން އީސަ ހައްޔަރުކުރަންޖެހޭ ކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެ އެވެ. އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނިންމުމުގައި ވަނީ ދައުލަތުން އަމަލުކުރި ގޮތް ފާހަގަކޮށްފަ އެވެ. އެ ނިންމުމުގައި ވަނީ މީގެ ކުރިން ކުޑަކުދިންގެ ހިޔާގައި ކުޑަކުދިންތަކަކަށް އަނިޔާކުރި މައްސަލައެއްގައި ދައުވާލިބޭ ހަތަރު މީހަކު ހައްޔަރުކުރަން ކޯޓުގައި އެދިފައި ނެތްއިރު، އެ ބާވަތުގެ މައްސަލައެއްގައި މީހަކު ހައްޔަރު ކުރަން ވޭތުވެދިޔަ ތިން އަހަރު ދައުލަތުން ކޯޓުގައި އެދިފައި ނެތް ކަމަށެވެ. އެހެންކަމުން އީސަގެ މައްސަލާގައި ދައުލަތުން އަމަލުކުރަނީ ތަފާތު ގޮތަކަށް ކަމަށް އެ ނިންމުމުގައިވެ އެވެ.
"މި ހާލަތުގައި އަހުމަދު އީސަ ހައްޔަރު ކުރުމަށް ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން އެދިފައިވަނީ ދިިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 20 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ގާނޫނުގެ ކުރިމަތީގައި އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަވެގެންވާ މީހެއް ކަމަށް އޮންނަ އޮތުމާ ޚިލާފަށް ކަމަށް ޝަރީއަތަށް ބުރަވެވޭ.." ގާޒީ ދީބާނާޒް ފަހުމީ ނިންމެވި އެ ނިންމުމުގައިވެ އެވެ.
ކްރިމިނަލް ކޯޓުން އެ އަމުރާ މެދު ނިންމި ނިންމުމުގައިވަނީ އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ ސަބަބުތަކެއް ހުއްޓަސް، ތުހުމަތު ކުރެވޭ ކަމަކީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ ބޮޑު ކުށެއް ނޫން ކަމަށެވެ. އަދި އޭނާގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށް ބުންޏަސް، އެފަދަ ފުރުސަތެއް އޮންނާނީ ހެކިބަސް ނުނެގި މީހުންގެ މައްޗަށް އެކަނި ކަމަށް އެ ނިންމުމުގައިވެ އެވެ.
ޕީޖީ ޝަމީމް --- ފޮޓޯ/މިހާރު
އެ ނިންމުމުގައި އިތުރަށް ބުނެފައިވަނީ އީސަގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަން އެނގޭނެ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށެވެ. އަދިި ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އޮތްގޮތުން ތަހުގީގުގެ ބޭނުމަށް މީހަކު ހައްޔަރު ނުކުރެވޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
"ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިކަމުގައިވީ ނަމަވެސް ގާނޫނު ނަމްބަރު 12/2016 ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން އަހުމަދު އީސާ ހައްޔަރު ކުރުމުގެ ކޯޓު އަމުރު ނެރެދެވޭނެ ގާނޫނީ ބިނާއެއް ނެތަތީ.." އެ ނިންމުމުގައިވެ އެވެ.
މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނު ބުނާގޮތުން ކުށެއް ކުރަނިކޮށް ފެނިގެން ނޫން ގޮތަކަށް މެމްބަރަކު ހައްޔަރު ކުރެވޭނީ ޕްރޮސެކިއުުޓާ ޖެނެރަލް މެދުވެރިކޮށް ހޯދާ ކޯޓު އަމުރެއްގެ ދަށުންނެވެ.
އެ މައްސަލަ ފެންމަތިވުުމާ އެކު އީސައަށް ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. އަދި މަޖިިލީހުގެ އިޖްތިމާއީ ކޮމެޓީގެ މުގައްރިރު ކަމުން އޭނާ އިސްތިއުފާ ދެއްވާފައިވާއިރު، އެމްޑީޕީގެ ހަރަކާތްތަކުން ވެސް އޭނާ ވަނީ އެކަހެރިކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެމިކަލް ލަބީބް
21 May 2021
އޭ ބަލަ ހަމަ އަންހެނެއް ރިޕޯޓް ކުރާއިރަށް ނުޖެހޭ އެއީ ތެދެއްކަމަށް ގަބޫލު ކުރާކަށް. މީޑިޔާ ތަކުން އެކިގޮތްގޮތަށް ހަބަރު ފަތުރާއިރު އަހާލަންނުވާ ސުވާލެއްތަ އެއަންހެންމީހާ ތެދުތޯ ހަދަނީ. ފެމިނިސްޓް މޫވްމަންޓަކީ ބޮޑު ވަބާޔަކަށް ވެއްޖެކަމެއް. ހެއްކެއް ނެތި އަންހެނަކު އަނގަ ހުޅުވާލަންޖެހޭނީ ފިރިހެންމީހާގެ އަބުރާ ވަޒީފާޔާ ހުރިހާ އެއްޗެއް އެދިޔައީ.
ތާޓީ
21 May 2021
ޕާޓީ ޕީޖީން ހެކިނުދައްކައިގެން ޕާޓީ ގާޒީ ކޯޓުގައި ޕާޓީ މީހާ ސަލާމަތްކޮށްދީފަ އެއޮތީ.
ޖާބެ
21 May 2021
މިއީ ކޯޓުތަކަ ޕީ.ޖީ އަދި ތަހުޤީޤީ ވުޒާރާތަކުން އެކުގަ ކުޅޭ ގޭ މެއް މައްސަލަ އިޖްރާއަތްތަކުގަ މައްސަލަ ޖެހޭހެން ފޮނުވައި މިކަން ފުރިހަ މަ ނުވާކަން ދައްކަން އެކަ މަކު ތި މަންނާ މެން މަސައްކަތް ކުރީ މޭ ބުނަންވެގެން، އަލީ ވަހީދު ކޭސްގަވެސް މިހެން ހެދީ ދެން ދަން މާނީ ދިގު ... ރައްޔިތުން ލޮލުގަ އަދުންއަޅުވާ ގުނބޯ ހެއްދުން މިޔައް ކިޔަނީ ދެން ދުއްވާނީ ދެބޯގެރި
ދޮންބޭ
21 May 2021
އިއްޔެ އެގޮތަށް ނުކުރީމާ މިއަދު އެގޮތަށް ކުރާކަށް ނުޖެހޭ. ސާބަސް
ސަމާމު
21 May 2021
ޥަރިވެފަ ތިބި ދެމިހެއްގެ ދޭތެރޭގަ މައްސަލަތަކެއް ހުންނާނެ، މެޑަމް ކީއްވެބާ އީސަގެ އެޕާޓްމެންޓެއްގަ އެހާދަންވަރު އިނީ؟ ޖެހިގެން ހުރި އެޕާޓްމެންޓްގަ އިންމީހާ އަށް އަޑު އިވުނީ ހަމަ އެކަނި އެރޭ ގަތޯ؟ މީހެއްގެ ކިބައިން ބަދަލުހިފާ، އޭނާގެ އަބުރު ގެއްލުވާލަން ވެސް ކަމެއް ކުރެވިދާނެ. މިކަން ފުލުހުން ރަގަޅަށް ބެލުމަށްފަހު ނޫނީ އެއްކޮޅަކަށް ބުރަވެވިގެން ނުވާނެ.
އުމަރުބެ
21 May 2021
ނުފޫޒުގަދަ މަގާމެއްގަ ހުންނަ މީހެއްގެ ކޮއްކޮއެއް، ނުވަތަ ވަޒީރެއްގެ އަންހެނުންގެ ކޮއްކޮއެއް ބުނާ ކޮންމެ ވާހަކަޔަކީ ތެދުކަމަށް ނުވެދާނެ. ފުރިހަމަ ތަހުގީގެއް ކުރެވިގެން ނީނީ ތިކަމުގައި ގޯހީ ކާކުކަމެއްނޭގޭނެ.
ވަލުކަލޯ
21 May 2021
ހިސާން މެންތިބީ ހަނު, ހިސާން މެން އައްޔަންކުރި ދީބާނާޒުއަށް ވާނީ އެވަރު. އިންސާފް ހަހހަަ
ދޯކާ
21 May 2021
ތިކަމެއް ނުވާނެ. ތިއީ ބވ ފަޅީގެ މީހެއް. ޖޭއެސްސީން ފިޔަވަޅު އަޅާނެ.
އެލެކުސް އޮބި
21 May 2021
މަގާމާ ހައިސިއްޔަތުގެ ގޮތުން އެހެން މީހުންނާ ހިލާފަށް އީސަ މިކަމުގައި ހެކިނައްތާލާށައި ނުފޫޒުގެ ބޭނުން ކޮށްފާނެ ކަމަށް އިއްޒަތެރި ގާޒީ ވިސްނާނުލެއްވީ ކީއްވެބާ؟ހާލަތާ މީހާގެ އަމަލުތަކަށްވެސް ރިޔާއަށް ކުރެން ނުހެހޭތޯ؟
މޮޅުކަން
21 May 2021
ގާޒީއަށް އެއްގޮތަކަށްވެސް ވިސްނާލާކަށް ނޭނގުނު ބިރުދެއްކި މީހަކު އަލުން ބިރުދައްކަފާނެކަމަކަށް. ޖެހިމީހަކު އަލުން ޖަހާފާނެކަމަކަށް. އަދި އެންމެ މުހިއްމުކޮށް މީޑިޔާއާ ހަމައަށް މައްސަލައެއް ދިއައިމަ އެކަން އޮއްބާލަން މަގާމުގެ ނުފޫޒު މާބޮޑަށް ބޭނުންކޮށްފާނެކަމެއް. ބަޔާނުގައި އެހާ ތަފްސީލުކޮށް ކަންކަން އޮތްއިރުވެސް ވާނެ ގޮތް އަންދާޒާކޮށްލަން ނޭނގޭވަރުގެ ގާޒީއެއް.
ސޯބު
21 May 2021
މީގެ މާނައަކީ މިބާވަތުގެ މައްސަލައެއްގެ ތުހު މަތުގައި މީހަކު ހައްޔަރެއް ނުކުރެވޭނޭތަ؟