23 މެއި 2021 - 08:27
ޓެސްލާގެ އިލެކްޓްރިކް ވެހިކަލް (އީވީ) ރަޝިއާ އާއި އެ ގައުމާ އަވަށްޓެރި ގައުމުތަކުގައި ވިއްކަން ނިންމާފައިވާ ކަމަށާއި ކުންފުނީގެ ފެކްޓްރީއެއް ވެސް ރަޝިއާގައި ހަދަން ބޭނުންވާ ކަމަށް ވިދާޅުވެ ޓެސްލާގެ ވެރިޔާ އީލޮންސް މަސްކް ދެއްކެވި ވާހަތަކާ ގުޅިގެން އޭނާ އަށް އެ ގައުމުން މަޝްވަރާ އަށް ވަޑައިގަންނަވަން ދައުވަތު ދީފި އެވެ.
ރަޝިއާގެ އިންޑަސްޓްރީ އެންޑް ޓްރޭޑް މިނިސްޓްރީން ހުކުރު ދުވަހު ކުރި ޓްވީޓެއްގައި ބުނީ ޓެސްލާގެ މަސައްކަތްތައް އެ ގައުމުގައި ކުރަން ބޭނުންވާ ނަމަ އެކަމަށް މަރުހަބާކިޔާނެ ކަމަށާއި މަޝްވަރާކުރަން ވަޑައިގަންނަވަން ދައުވަތު އަރުވާ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި ރަޝިއާގައި މިހާރު ވެސް އެ ގައުމުގެ އަމިއްލަ ގިނަ އޮރިޖިނަލް އިކްޕްމަންޓް މެނިފެކްޗަރާ (އޯއީއެމް) އުޅޭ އިރު، ޓެސްލާ އަށް ވެސް ސަރުކާރުން އެއްބާރުލުން ދޭން އޮތީ ތައްޔާރަށެވެ.
ޓެސްލާގެ އުފެއްދުންތައް ވިއްކުމާއި މަސައްކަތްތައް ރަޝިއާގައި ކުރަން ބޭނުންވާ ކަމަށް މަހުޖަނު އީލޮން ވިދާޅުވީ ރަޝިއާގެ ދަރިވަރުންތަކަކާ އެކު "ނިއު ނޮލެޖް" ގެ ނަމުގައި ހުކުރު ދުވަހު 40 މިނިޓަށް ބޭއްވި ވާޗުއަލް އިވެންޓެއްގެ ތެރޭގަ އެވެ. އަދި އޭނާ ރަޝިއާގެ މާކެޓަށް ޝައުގުވެރިކަން ފާޅުކުރެއްވީ އެކަމާ ބެހޭ ގޮތުން ދަރިވަރުންތަކެއް ސުވާލުކުރުމުންނެވެ.
Dear @Elonmusk, we were delighted to learn that you are considering building a factory in Russia. By the way, we have a number of state support measures for local OEMs. Come to see us, we’ll talk about it :)
— Минпромторг России (@minpromtorg_rus) May 21, 2021
Best regards,
Ministry of industry and trade of the Russian Federation pic.twitter.com/hrVtmLhGAa
"އަހަންނަށް ހީވަނީ މިހާރު އަހަރެމެން [ޓެސްލާ] ރަޝިއާ އަށް ދިއުން ވަރަށް ގާތްވެއްޖެހެން. ހަމައެކަނި ރަޝިއާއެއް ވެސް ނޫން އެ ގައުމާ އަވަށްޓެރި މިސާލަކަށް ކަަޒަކަސްތާން ފަދަ ގައުމުތަކަށް އަހަރެމެންގެ ވިޔަފާރި ގެންނަން ބޭނުންވޭ." ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ އީލޮން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ވިސްނުމުގެ ތެރެއިން އެންމެ ބޮޑަށް ކުރެވޭ އުންމީދަކީ ޓެސްލާގެ ފެކްޓްރީއެއް ރަޝިއާގައި ހެދުން ކަމަށެވ..
"އެހެންވީމަ މިކަމަށް ރަޝިއާގެ ސަޕޯޓް ވަރަށް ބޭނުން. އުންމީދުކުރަން ކޮންމެ ވެސް ހިސާބަކުން އަހަރެމެންގެ ފެކްޓްރީއެއް ރަޝިއާގައި ހެދޭނެ ކަމަށް." އީލޮން ވިިދާޅުވި އެވެ.
ޓެސްލާ އަކީ އީވީ އުފައްދާ ދުނިޔޭގެ އެންމެ ވަރުގަދަ ކުންފުންޏެވެ. އެ ކުންފުނީގެ ފެކްޓްރީތައް އެމެރިކާގެ ކެލިފޯނި އާއި ނެވާޑާގެ އިތުރުން ޗައިނާގެ ޝަންހާއީގައި ހުރެ އެވެ. އަދި މިހާރު ފެކްޓްރީތައް ހަދަމުން އަންނަ ތަންތަނުގެ ތެރޭގައި އެމެރިކާގެ ޓެކްސަސް އާއި ޖަރުމަނާއި އިންޑިއާ ހިމެނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ޓެސްލާ އަންނަނީ އިނގިރޭސިވިލާތުގައި ފެކްޓްރީއެއް ހެދޭތޯ މަސައްކަތްކުރަމުންނެވެ.
ޓެސްލާ އަކީ 2003 ގައި ވުޖޫދަށް އައި ކުންފުންޏެވެ. އެ ކުންފުނީގައި 70،750 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
23 May 2021
ރަޢްޖެއިން ކީއްވެބައި އިންޑަސްޓުރިއަލް ޓޫރިޒަމް ބޭސް ކޮށް ވިސްނާ މިފަދަ މީސްމީހުންނަށް ދައުވަތު ނުދެނީ، މިސާލަކަށް ޢަހަރުމެން އަތުގައި ހުރީ ރައްތަށް އެރައްތަށް ޓެސްލާ މައިކްރޯ ސޮފްޓް އެމޭޒަން ފަދަ ކުންފުނިތަކަށް ދީ އެވެރީންގެ ރިސާޗް ސެންޓަރ ފަދަ ސައިންސިސްޓުން މަސައްކަތުގެ މާހައުލަކަށް މިރައްތަށް ބަދަލް ކުރުމުގެ ފުރުސަތު އޮތްކަން ހާމަކޮށް ދައުވަތުދޭން ނުވިސްނަނީ ؟ މިސާލަކަށް ބޮޑެތި ކުލަބުތަށް ޕުރެސްޓިސް ކުރާ ދަނޑުތަށް އަޅައި ކޭމްޕް ހަދަން
ރަފައިދާ
23 May 2021
ތި ކަމުގައި އެންމެ ފަހުގެ ނިންމުން ނިންމާނީ ރަދީފު
ކަޅުއޮށްފުންމި
23 May 2021
ރާއްޖޭގަ މެނުފެކްޗަރިންގް މަސައްކަތް ނުފެށެނީ ރާއްޖެއަށް އެއްޗިހި ގެންނަން އަގުބޮޑު ވީމަ. ދަގަނޑާއި ލޮއެ އަދި ތެޔޮ އަގުބޮޑުކޮށް ޓްރާންސްޕޯޓު ކުރަން ޖެހެނީ ކަނޑުމަގުން.
ސިޔާސީހާސަރު
23 May 2021
ރާއްޖޭގެ ސިޔާސީ މާހައުލު ތިކަމަށް ތަސައްރަފު ނުފުދޭ. އެއް ސަރުކާރެއް އޮންނައިރު ގެންނަ ބަޔަކު އަނެއް ސަރުކާރުން ބޭރުކުރާނެ. ގެންނާނީ ރިޝްވަތަށް ފައިސާ ދީގެން. ބޭރުކޮށްލާނީ ރައްޔިތުންގެ ފައިސާއިން.
ބަޑީ
24 May 2021
ކުރުގޮތަކަށް ބުނަންޏާ ބުނަންޖެހޭނީ، ކާކުހޭ "ހޯރަ" ގަޑަކަށް ކަމެއްކުރަން އަންނާނީ!! ތިބުނާ މީހުން ކަންކަންކުރަން ދާނީ "ވަޞީލަތް" ތައް ހުންނަ ތަންތަނަށް، ޗީޕްލޭބަރ، ނެޗަރަލް ރިސޯސަސް، ކަރަންޓާ ފެން، ބޮޑެތިބިންބިން، ހަމައެއާއެކު ހަދާ/އުފައްދާ އެއްޗެއް ވިއްކިދާނެ މާރކެޓެއް އޮތުން...
ދއިރީ
24 May 2021
މިކަހަލަ ބައިވަރު ރައްތަ އެބަހުރި. ޢެތަނުން އެއްތާކުވެސް ތިބުނާކަހަލަ އިންވެސްޓްމަންޓް ތަކެއް ނުފެނޭ. ރަސިޔާއައް އެ ސައުގުވެރިކަން ފާޅުކުރަނީ. ޢެމާކެޓް ބޭނުމުގަ. ޗައިނާއައްވެސް އެމަރިކާ ކުންފުނިތަކުން އަބަދުވެސް ހުންނާނީ ލޯ އަޅާލަ އަޅާ. އިންޕޯޓް ޓެކްސް ވަރަށް ބޮޑުބަޔެއް ކުޅާނެ. ދެން ރިސޯސް. ދަގަޑު. ލޭބަރުން. މީން އެކައްޗެއްވެސް ނެއި ރާއްޖެޔަކު. ދެން ދަނޑުގަ ވާގޮތަކީ. ޓީމްތަ ބޭނުންވޭ ސޮޕިންކޮއްލަންވެސް.