ޚަބަރު / ކޮވިޑް-19

ޕާކިސްތާނުގެ މީހުން މާލެތެރޭ ސަލާންޖަހަނީ!

ދަތުރުކުރަން ބޭނުންވާ ޕީސީއާރް ޓެސްޓް ހަދަން ފައިސާ ހޯދަން ބައެއް މީހުން މަގުމަތީ ސަލާންޖަހާ. ބައެއް މީހުންނަށް ނުފުރި ދަތިވެފައި ތިބީ ޓެސްޓުގެ ނަތީޖާ ނުލިބި ލަސްވެގެން.

ސައުދީ އެއާލައިންގެ ޓިކެޓް އޮފީސް ހުންނަ އިމާރާތް ކައިރީގައި ޕާކިސްތާނުގެ މީހުން ކިޔުގައި ޖެހިގެން.

މަގުމަތިން ދިމާވާހާ މީހެއް ގާތު އެ މީހުން އެދެމުން ދިޔައީ ރާއްޖޭން ފުރަން ޕީސީއާރް ޓެސްޓް ހަދަންޖެހޭތީ އެކަން ކުރުމަށް ބޭނުންވާ ފައިސާ ދިނުމަށެވެ. މީގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ވެސް ހިމެނެ އެވެ. އެ މީހުން މާލޭ މަގުމަތީ އެގޮތަށް ސަލާންޖަހަން އުޅެނީ ކީއްވެތޯ ބައެއް މީހުން އެހުމުން ބުނީ އެ މީހުންނަކީ ކަޝްމީރު ބައެއް ކަމަށާއި އަގު ދީގެން ހަދާ ޕީސީއާރް ޓެސްޓަކުން ނޫނީ ދަތުރުކުރުމުގެ ހުއްދަ ނުލިބޭ ކަމަށެވެ.

މާލެ ތެރެއަށް ގިނަވެގެން މި އުޅޭ މީހުންނާއި އެ މީހުން އެހެން އުޅޭ ސަބަބު ބެލި އިރު މިއީ ވޯކް ޕާމިޓުގައި ޕާކިސްތާނުން ސައުދި އަރަބިއްޔާ އަށް މަސައްކަތު ދާން އައިސް އުޅޭ މީހުންކަން އެނގުނެވެ. އަދި ސައޫދީގައި ތިބެފައި އެނބުރި ޕާކިސްތާނަށް ދާން ވެސް، ކޮވިޑްގެ މި ބަލިމަޑުކަމުގެ ތެރޭގައި ފަސޭހަ ޓްރާންސިޓް މަންޒިލަކަށް ރާއްޖެ ވެފައި ވާތީ އެ މީހުން އައިސްގެން އުޅެނީ ކަމަށް ބެލެވެ އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެފައި ވާތީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ސައުދީ ސަރުކާރުން އޮތީ 20 ގައުމަކާއި އެ ގައުމާ ދެމެދު ދަތުކުރުން މަނާކޮށްފަ އެވެ. ރާއްޖޭގެ ނަން އެ ލިސްޓުގައި ނެތަސް ޕާކިސްތާނު ހިމެނެ އެވެ. އެހެންވެ ޕާކިސްތާނު މީހުންނަށް މިހާރު ރާއްޖެ ވެފައި ވަނީ އެ ގައުމާއި ސައޫދީއާ ދެމެދު ދަތުރުކުރަން އޮތް މަގަކަށެވެ.

ޕަކިސްތާނު މީހުންތަކެއް ރައީސް އޮފީހާ ދިމާލުން ބަނދަރުމަތީގައި މަޑުކޮށްލައިގެން.

ރާއްޖޭގައި 14 ދުވަސް ހަމަކޮށްފައި، ނެގެޓިވް ޕީސީއާރް ޓެސްޓެއް ހިފައިގެން ސައުދީއަށް އަދި ޕާކިސްތާނަށް ވެސް ދެވޭނެ އެވެ.

ނަމަވެސް މިއަދު ވަނީ ރާއްޖެ އިން ޕާކިސްތާނަށް ދަތުރުކުރުން ވެސް މަނާކޮށްފަ އެވެ. އަދި މީގެ ކުރިން ޕާކިސްތާނު ވެސް ހިމެނޭ ގޮތަށް، ދެކުނު އޭޝިއާގެ އެއްވެސް ގައުމަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ސާކިޔުލާއެއްގައި ބުނީ، ކޮވިޑް-19އާ ގުޅިގެން ޕާކިސްތާނުން ގައުމުތައް ރޭޓުކުރާ ކެޓަގަރީގެ "ސީ" އަށް ރާއްޖެ ވެއްޓިފައިވާ ކަމަށް، އެ ގައުމުގެ އެމްބަސީން އެ މިނިސްޓްރީ އަށް އަންގާފައިވާ ކަމަށެވެ. އެހެންވެ، މާދަމާ އިން ފެށިގެން ޕާކިސްތާނުން ރާއްޖެ އަށް ދަތުރުކުރުން މަނާވާނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.

"އޭޓީއެމްއެއް ކައިރިން އިއްޔެ ދިމާވީ ޕާކިސްތާނުގެ ބަޔަކާ. އެ މީހުން ބުނީ ޕީސީއާރް ޓެސްޓް ހަދަން ފައިސާ ނެތިގެންނޭ ތިމަންނަމެން މިއުޅެނީ. ދެ ތިން ދުވަހުގެ ތެރޭގައި ފުރަންޖެހެޔޭ، ފައިސާއެއް ނެތޭ،" ސަލާންޖަހާ މީހަކާ ދިމާވި މީހަކު ކިޔައިދިނެވެ.

ޕާކިސްތާނުގެ މީހެއް މާލެ މަގުމަތީގައި ހިނގައިފައި ދަނީ.

މާލޭގެ ބައެއް ސަރަހައްދުތަކަށް ގޮސް ބެލި އިރު މީގެ އެތައް ބަޔަކު ފެނުނެވެ.

މާލޭގައި ހުންނަ ސައުދީ އެއާލައިންގެ ޓިކެޓް އޮފީސް ކައިރިން ދިމާވި ޕާކިސްތާނުގެ ބައެއް މީހުން ވެސް ބުނީ އެ މީހުން ރާއްޖެ އައީ ސައުދީއަށް ދާން ރާއްޖޭގައި 14 ދުވަސް ހަމަކުރަން ކުރުމަށެވެ. ނަމަވެސް މިއަދު ދިމާވި އެއްވެސް މީހަކު ފައިސާ ނެތިގެން އުޅޭ ވާހަކައެއް ނުބުނެ އެވެ. އެކަމަކު ޕީސީއާރް ޓެސްޓްގެ ނަތީޖާ ނުލިބި ލަސްވާ ކަމުގެ ޝަކުވާކުރި އެވެ.

"މާދަމާ ސައުދީއަށް ފުރަން ޓިކެޓް ނަގަން އައިސް މި ހުރީ،" އުރުދޫ ބަހުން ވާހަކަދެއްކި ފިރިހެނަކު ބުންޏެވެ.

"ޕީސީއާރް ޓެސްޓް ނަތީޖާ އަދިވެސް ނުލިބޭ. މާދަމާ ފުރަންވެގެން ޕާކިސްތާނުކޮޅުން ޓިކެޓް ބުކިން ވެސް ހަދައިގެން މިކޮޅަށް އައީ،" އެހެން މީހަކު ބުންޏެވެ.

ދުވަސް ހަމަކުރަން އެ މީހުން ތިބެނީ މާލޭގެ ގެސްޓް ހައުސްތަކުގަ އެވެ. އެހެންވެ ޓެސްޓުގެ ނަތީޖާ ލަސްވުމުން އަތްމަތިދަތިވެ ބައެއް މީހުން އެހީ އަށް އެދި މަގުމައްޗަށް ވެސް ނުކުމެ އެވެ.

ޕަކިސްތާނު މީހުންތަކެއް ހުޅުލޭ ފެރީ ފުރާ ސަރައްހަދުގައި މަޑުކޮށްލައިގެން.

ސައުދީ އެއާލައިންގެ ޓިކެޓް އޮފީހުގައި ވެސް ތިބީ ހުސް ޕާކިސްތާނު މީހުންނެވެ. އަދި މީހުން ގިނަކަމުން އެ ތަނުގެ އެތެރެއަށް ނުވެސް ވަދެވެ އެވެ. އެ އިމާރާތުގެ ތިރީގައި ވެސް ބޮނޑިވެގެން، ކިއުގައި ބައެއް މީހުން އެބަ ތިއްބެވެ.

މާލޭގެ ބައެއް މީހުން ފާޅުކުރި އެންމެ ބޮޑު ކަންބޮޑުވުމަކީ ޕާކިސްތާނަކީ ވެސް ކޮވިޑްގެ ހާލަތު ވަރަށް ގޯސްވެފައި ގައުމަކަށް ވާއިރު، އެ ގައުމުން އަންނަ މީހުން ކަރަންޓީނުވުމެއް ވެސް ނެތި މާލޭގެ މަގުތަކުގައި ގިނަވެފައިވުމެވެ. އަދި މީގެ ތެރެއިން ގިނަ މީހުން އުޅެނީ ވެސް މާސްކު ނާޅައި، އިޖުތިމާއީ ގައިދުރުކަން ނުބަހައްޓާ ކަމަށެވެ.

މިކަމާ ގުޅިގެން ސައުދީ އެމްބަސީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ހަފުތާގައި އެކަނި ވެސް ޕާކިސްތާނުގެ 200 އަށް ވުރެ ގިނަ މީހުން ރާއްޖޭން ސައުދީއަށް ގޮސްފައިވެ އެވެ.

69 ކޮމެންޓް, 76 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 17%
icon angry icon angry 78%
icon wow icon wow 1%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަވާޒުު

26 May 2021

ޕާކިސްތާނު އެމްބަސީއާ ހަވާލު ކޮއްބަލ. ހިތު ހުތި ގޮތަކަ\ށް މިތަނުގަ އުޅުނަދީގެން ނުވާނެ

The name is already taken The name is available. Register?

ވަހީދު

26 May 2021

މިތާނގައި ސަރުކާރެއް ނެތީބާ؟ ފޮރިން މިނިސްޓަރު ކޮބާ؟ ދެން ޕާކިސްތާނު މީހުން ނުކުމެ ދިވެހި ފުލުހުންނާއި އަރައިރުންވާ ހިސާބަށް މިކަން ދާނެބާ؟

The name is already taken The name is available. Register?

ނާނީ

26 May 2021

ދިވެހި ރާއްޖެއަކީ، ބަންގާޅީންގެ ހާއްޔެއް، ދުނިޔޭގެ އެއްމެ ނުބައި ޖާހިލުމީހުންގެ ގޮތުގައި ލޭބަލްވެފައިވާ ބަންގާޅިން ހިތުހުރިގޮތަކައް މިގައުމުގައި އެބައުޅެވޭ، ހަމަ އެހެނަ ތިމީހުންވެސް އުޅެގަންނަންވީ، މި އޮތީވާ ގައުމެއް،

The name is already taken The name is available. Register?

ތީގެ މީހެއް

26 May 2021

ތީގެ މީހެއް އަހުރެން ކައިރިއަށް ވެސް އައި ދުވަސް ކޮޅެއްކުރިން، އެނަގެ އަންހެނުންނާއި 2 ކުދިން ވެސް ގޮވާގެން އުޅުނީ، ވަރަށް ރީތިކޮށް ވާހަކަ ދައްކާފައި ބުނީ ވަޒީފާ ގެއްލިޖެއޭ އޭނަ ފުރަން ރެޑީ ވެގެން އައީމަ، ދެން ބުނަނީ އޭނަ ހުންނަނީ ހުޅުމާލޭގެ ގެސްޓް ހައުސް އެއްގައޭ ލާރި އެއް ނެތޭ. އަހުރެން 20 ރުފިޔާ ދިނީމަ ބުނީ އޭނަ އަކީ ބެގާރ އެއްނޫނޭ 20 ރުފިޔާ އަކުން ނުވާނެއޭ ރޫމް ފީ އަކީ ވަރަށް ބޮޑު އެއްޗެކޯ އެހެންވެ އޭނަ ޑިމާޑް ކުރަނީ ރޫމްފީ އަށް.

The name is already taken The name is available. Register?

ނަވާޒު

26 May 2021

ޕާކިސްތާނު އެމްބަސީ އަށް އަންގާ.

The name is already taken The name is available. Register?

މަރޭ

26 May 2021

ފައިސާދީގެންވެސް ތިމީހުން އަވަހަށް ފުރުވާލަންވީ ،

The name is already taken The name is available. Register?

mRNA vaccines

26 May 2021

ތިމީހުން ރާއްޖޭގައި އުޅޭ ފަޓާނީންނާ ހަވާލު ކުރޭ. ފަޓާނީންގެ ބޮޑު މީހާގެ ޓުވިޓަރ އެކައުންޓު މިހާރު ރަގަޅު ކަމަށް ފެންނަނީ، އެހެންވީމަ އޭނަޔަށް ތިކަން އަންގާލާ

The name is already taken The name is available. Register?

ޖޯން

26 May 2021

ފަޓާނީން ގެ މާނައަކީ ކޮބާ؟ ނޭގޭ ބަހެއްވީމަ.

The name is already taken The name is available. Register?

ގެރިބޯ

26 May 2021

ޢެމީހުންނާ ކަލޭ ހަވާލުވިއްޔާ ރަގަޅުވާނެ.

The name is already taken The name is available. Register?

ނަޖްވާ

27 May 2021

އާނ ބޮޑު ފަޓާނީ ކަލޭގެ ގެ ޓުވިޓަރު އެކައުންޓު މިހާރު އަނބުރާ ދީފިޔޯ އެހެންވީމަ އޭނައަށް މިހާރު ޓުވީޓު ކުރެވޭނެ ކަމަށް މި ބަލަނީ! އެ ކަލޭގެ އަށް ޓުވީޓު ކުރަހަށޭ ބުނަންވީ އެ މީހުން ގާތުގަ! އޭނާ އާ ސައުދީ އާ ވަރަށް ގުޅުން ރަނގަޅުވާނެ ކަމަށް މި ބަަލަނީ!

The name is already taken The name is available. Register?

އަރުތަ

26 May 2021

ހާލުގަ ޖެހިގެން އުޅޭ ޕާކިސްތާނު މީހުންގެ ކަންތަކާ ހަވާލުވެ އެމީހުންގެ ބޭނުންތައް ފުއްދަދޭންޖެހޭނެ ކަމަށް ފެންނަނީ ރާއްޖޭގަ ހުންނަ ޕާކިސްތާނު ހައިކޮމިޝަނުން، ސްރީލަންކާގަ ދިރިއުޅޭ ދިވެހިންނަށް ދިމާވާ ހުރިހާ މައްސަލައެއްގަވެސް އެމީހުން ޑިމާންޑްކުރަނީ އެތާހުންނަ ދިވެހިރާއްޖޭގެ އެމަބަސީން އެކަންކަން ފުރިހަމަ ކޮށްދޭން، ނުކޮށްދިނަސް އެތާއުޅޭ ދިވެހިން މަގުތަކަށް ނުކުމެ ސަލާމެއް ނުޖަހަ.............

The name is already taken The name is available. Register?

ވިސްނާލުމަށް އެދެމޭ

26 May 2021

ކާކު ޒިންމާވާންޖެހެނީ...ބޯހަލާކު...މީއަޅެ ދައުލަތެއްގަ ސަރުކާރެ ހިންގާ ތަނެއްތަ...ކަޝްމީރުގެ އެއްފަޅި ޕަންޖާބުގަވެސްއޮތީ...އަސްލު ވަކިވާވަރަށްވުރެ ގަޑުބަޑުވެފަ..އަފުއާނު މީހުންވެސް ހެދުންއަޅަނީ ތިގޮތަށަ..ހެދުމާ ވާހަކަދައްކާގޮތް ޕާކިސްތާނުފަޅީގެ ކަޝްމީރުމީހުންނާ އިންޑިޔާގެ ޕަންޖާބު ކަޝްމީރު މީހުންގެވެސް...ސަރުކާރު ހޭލާންނުވޭތަ އަދިވެސް.. ދުނިޔޭގެ އެއްމެންނަ ހިތަކަށް އުޅެވޭ ދިވެހިރާއްޖޭގަ...

The name is already taken The name is available. Register?

އެރޭންޖް

25 May 2021

އެމީހުނަށް އަޅާލަންޖެހޭ. އަދި ޓެސްޓް ހިލޭ ހެދޭނެގޮތް ހަމަޖައްސަންޖެހޭ

The name is already taken The name is available. Register?

ކޮވިޑް

26 May 2021

މުޅިދުނިޔެ އިން ތަހައްމަލް ކުރާ މި ބަލިމަޑު ކަމުގައި މިގައުމުގެ ރައްޔިތުންނަށް ނުވާ ހަމްދަރުދީ ދިވެހިން މަރުވާ ވަގުތެއް ގަ ތި މީހުންނަށް ވުން ލާޒިމެއްނޫން އެމީހުން ގެ ގައުމުގައި ވެސް އޮންނަނީ މިއުސޫލު.

The name is already taken The name is available. Register?

45688095

25 May 2021

ސަލާންޖެހުން ދިފާއުކޮއް ވާހަކަ ދައްކާކައް ނެތީން. ސަލާންޖަހާމީހުން ނޫން ބައެއް އެކަމުގެ ޒިންމާވެސް ނަގާނެކަމެއް ނެތް.ސަލާންޖެހުމަކީ ވަރައްް ދަށުދަރަޖައިގެ ކަމެއްްް. ސަލާންޖަހާ މީހުނާ މީހުން ގުޅުންވެސް ބާއްވާނެކަމެއް ނެތް. ދުވަހަކު އެކަން ކޮއްފަހުރި މީހަކުވިޔަސް ބާކީވެސް ކުރަންވީ.އަދި ހާއްސަކޮއް އެއްވެސް އިރެއްގަ ފަތްބޯން ސަލާންޖެހި މީހެއްގެ ވިއްޔާ ދަފްތަރެއްވެސް އެކުލަވާލަންވީ .އެކަން އެނގޭމީހުން އެވާހަކަ ގިނަަަގިނައިން ދައްކަންވީހަމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454