ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވާހަކަދައްކަވަނީ. ހުޅުމާލެ މެޑިކަލް ފެސިލިޓީގެ މައްސަލަތައް ހައްލުކުރަން ގޮވާލައި އޭނާ މިއަދު މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވި
26 މެއި 2021 - 11:09
ކޮވިޑް-19 ޖެހިގެން ފަހަކަށް އައިސް އެންމެ ގިނަ މީހުން މަރުވީ ހުޅުމާލޭ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ކަމަށް ވާތީ، އެ ތަނުގައި ހުރީ ކޮންކޮން މައްސަލަތަކެއްތޯ ބަލައި އެ ކަންތައްތައް ހައްލުކުރަން ސަރުކާރަށް ގޮވާލައި، ރައްހޔިތުންގެ މަޖިލީހަށް މިއަދު މައްސަަލަައެއް ހުށަހަޅަައިފި އެވެ.
ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި އެ މައްސަލައިގައި އެދިވަޑައިގަތީ ހުޅުމާލެ ފެސިލީޓީގައި ހުރި މައްސަލަތައް ދެނެގެނެ ހައްލުކުރުމަށް ސަރުކާރަށް ގޮވައިލުމުގެ އިތުރުން މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީން އެކަން ބެލުމަށެވެ.
މަޖިލީހަށް މިދިޔަ ހޯމަ ދުވަހު ހުށަހެޅުއްވި މައްސަލައިގައި، މިއަދުގެ ޖަލްސާގައި ޝިޔާމް ވިދާޅުވީ، މި މަސް ފެށުނު ފަހުން އެ ދުވަހާ ހަމައަށް ކޮވިޑްގައި މަރުވި 41 މީހުންގެ ތެރެއިން 27 މީހަކު މަރުވީ ހުޅުމާލޭ ފެސިލިޓީގައި ކަމަށެވެ. ނަމަވެސް އެ ފެސިލިޓީގައި މަަސައްކަތް ކުރާ ފްރޮންޓްލައިން މަސައްކަތްތެރިންގެ މަސަައްކަތް ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 40 މެމްބަރުންގެ ތެރެއިން 35 މެމްބަރުންގެ ވޯޓުންނެވެ.
މައްސަލައިގެ ބަހުސްގައި ޝިޔާމް ވިދާޅުވިގޮތުގައި، ކޮވިޑަށް ފަރުވާ ދޭ ފެސިލިޓީތަކުގައި ވަސީލަތްތަކުގެ ދަތިކަން ކުރިމަތިވެފައި އޮތް އިރު، މި ބަލިމަޑުކަމުގެ ކަންކަމަށް ހަރަދުކުރަން ސަރުކާރަށް 700 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ، ހިލޭ އެހީގެ ގޮތުގައި ވެސް ލިބިފައިވެ އެވެ. އޭނާ ހަވާލާދެއްވީ ރައީސް އޮފީހުގައި ރޭ ބޭއްވި މީޑިއާ ބްރީފިންގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއްމުކުރެއްވި ތަފާސްހިސާބުތަކަށެވެެ.
"ގާތްގަނޑަކަށް 400 މިލިއަނެއްހާ ޑޮލަރު މި ވަނީ ލޯނު އެހީގެ ގޮތުގައި އަދި މި ދެންނެވިހެން 772 މިލިޔަން ޑޮލަރު މިވަނީ ހިލޭ އެހީގެ ގޮތުގައި ލިބިފައި. މިއީ ގާތްގަނޑަކަށް 18 ބިލިޔަނެއްހާ ދިވެހި ރުފިޔާ. އޭގެ އިތުރުން މިދިޔަ އަހަރުގެ އާމްދަނީގެ ގޮތުގައި ވެސް އެބައޮތް 14 ބިލިޔަން ރުފިޔާ. އާއްމު ގޮތެއްގައި ދައުލަތަށް އާމްދަނީ ނުވައްދާ ވަރަށް 2020 ވަނަ އަހަރު މިއޮތީ އާމްދަނީ ވަދެފައި. ގާތްގަނޑކަަށް 32 ބިލިޔަން ރުފިޔާ، [ވަނީ ލިބިފައި،]،" ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާާޅުވީ އެ އަދަދަށް ފައިސާ ލިބުނު އިރު، ކޮވިޑް ފެސިލިޓީތަކުގައި ވަސީލަތްތައް ނެތިގެން، އެކަށީގެންވާ ފަރުވާ ނުދެވި ބަޔަކު ވަަކިވެވި ދިއުމަކީ ރައްޔިތުން އެކަމާ ސުވާލުކާ ކަމެއް ކަމަށެވެ. އެ ތަންތަނަށް ވަސީލަތް ފުރިހަމަ ކޮށްނުދެވެންވީ ކީއްވެތޯ ވެސް ރައްޔިތުން ސުވާލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.،
ކޮވިޑްގެ ބަލިމަޑުކަމުގެ ކަންތަކުގައި އޮތީ ހުރި ވަސީލަތްތައް މެނޭޖް ނުކުރެވުމުގެ މައްސަލަ ކަމަށް ވިދާޅުވެ އެކަން ހައްލުކުރަން މަސައްކަތްކުރަން ޝިޔާމް ގޮވައިލެއްވި އެވެ.
ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންމެވެސް ވަރަކަށް މަޑުޖެހުމަށް ފަހު މިހާރު އަނެއްކާވެސް އެބަލި ފެތުރެމުން ދަނީ ވަރަށް ބާރަށެވެ. އެ ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 24،042 އަށް އަރައިފަ އެވެ. މަރުވި މީހުންގެ އަދަދަކީ 144 އެވެ. މިއީ ކޮވިޑް ބަލީގައި އެއް މަހެއްގައި އެންމެ ގިނަ މީހުން މަރުވި މަހެވެ. މި މަހުގެ މިހާތަނަށް އެކަނިވެސް ކޮވިޑް ބަލީގައި 70 މީހަކު މަރުވެއްޖެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްދޭ
26 May 2021
ހުޅުމާލެ ފެސިލިޓީގެ މަސައްކަތް ރަނގަޅުކުރަން މަޖިލީހާ ހަވާލުކުރުމަކީ މަމެން އުފާކުރާ ކަމެކޭ, ރައްޔިތުންގެ ޓެކުސް ފައިސާއިން ބޮޑުހަރަދުކުރާ މުއައްސަސާއެއްގަތިބިބަޔަކު ލައްވާ ކުރުވަންވީ ތިޔަމަސައްކަތް އެކަނިނޫނޭ, ވެމްކޯ މުވައްޒަފުންނަށް އެހީ ވާން އަދި ފުލުހުންނާ ސިފައިންގެ ފުލެޓުތަކުގެ މަސަކަތަށްވެސް ތިޔައިގެތެރެއިން ބަޔަކުނެރެގެންވިޔަސް އެފުލެޓުތަކުގެ މަސައްކަތްވެސް އަވަހަށްނިންމާ ހައްގުވެރިންނާ ހަވާލުކުރަންވީއޭ..
ވަން ނޭމް
26 May 2021
އާން ކަލޭމެން ތިޔަތާތިބެ ފެލުނީމަ ވަސީލަތްތަކާއި ޙިދުމަތްތައް އުތުރި އަރާނެ. ބާރު ލިބޭ ދުވަހު ކީއްވެތަ ތިޔަހާ އޯގާތެރިވެގެން ރައްޔިތުންނަށް ކަންކަން ކޮށްދޭން ނޫޅެނީ،
އެކީއްކުރަން
26 May 2021
ޕީޕީއެމުން ވާހަކައެއް ބުނެފިއްޔާ އެކަމުގެ އިދިކޮޅަށް ހިފާލުމަށްޓަކައި ރައްޔިތުންގެ ފުރާނަ ދާ ވަރުގެ އިހުމާލު މި ސަރުކާރުން ކުރަމުންދިއަސް އެކަން އޮންނާނީ ވޯޓް ލީ ކުދިންނަށް ނުފެންނަ ކަމަކަށްވެފައި.
ޟ އަސްލު
26 May 2021
ޔާމީން ވެރިކަމުގަ ފަސްބިލިއަން ރުފިޔާ ދިވެހި ދައުލަތުން އެންމެ އިމާރާތެއް އަޅަން ޚަރަދު ކުރެއްވި އިރު މީހުން ބިނާކުރުމަށާ ރައްރަށުގައި ހުރރރިތަންތަން ރަގަޅު ކުރުމަށް ގޮވާލާ ގަރާރެއް ލީނަމަ ހާދަރަގަޅުވީސް އޭހިތަންއަރާ، މިއޮށް ދަތިދުވަސް ވަރު ވެސް ވިސްނުންތެރިކަމާއެކު ސަރުކާރުން ވަނީ ހުޅުމާލެ ފެސިލިޓީއެއް ގާއިމް ކޮށްފަ، އިމާރާތެއް ނެތަސް ފަރުވާދެވޭނެ ސާމާނާ މީހުން މިދިޔަ ދައުރުގަ އުފެއްދިނަމަ ގައުމަށް ރައްޔަތުންނައް ރަގަޅު ވީސް...........
ރިއަލީ؟
26 May 2021
ވިސްނުންތެރިކަމާއެކު ގާއިމުކުރި ފެސިލިޓީގަ އެންމެ ހައިރިސްކް ކްރިޓިކަލް މީހުންނަށް ފަރުވާދޭން 20، 30 މީހުންނަށް އެންމެ ނަރުހެއް ލީމަ ހާދަ މޮޅޭ. މިދިޔަ ސަރުކާރުގަ އެޅި ދަރުމަވަންތަ ހޮސްޕިޓަލް ފަޅަށް 2 އަހަރު ބަހައްޓައިގެން އުޅުނީ މިސަރުކާރަށް މާބޮޑަށްވެސް ކަންކަންކުރަން އެނގޭތީ އަދި މިހާރުވެސް އެތަނުގެ ކެޕޭސިޓީއާ އެއްވަރަށް ކަންކުރަން ނޭނގިގެން އުޅެނީ ހަމަ މާމޮޅުކަމުން.
ސީޒަން ޖެކްޝަން
26 May 2021
ޝިޔާމުމެން ލަދުގަންނަންޖެހޭނެ ތިބާވަތުގެ ކުއްލުމައްސަލަ ގެންނަން. ޔާމީނު ގެއަށްގެންނަން ރައްޔިތުން ނުރައްކަލަށް ވައްޓާލިބައެއްތީ. މިހާރު ކަލޭމެން ބޭނުންކަންތައް ވެއްޖެ. އެހެންވީމާ ދެންވެސް ހައްޕުކިޔައިގެންހުރޭ.
Happy 123
26 May 2021
މަޖިލިސް ފެސިލިޓީއަކަށް ހަދަންވީނުން... އަދި މެމްބަރުން އެހީތެރިންގެ ގޮތުގައި ބައިތިއްބާނީ
ޖަމާލު
26 May 2021
މަޖުލިސްވެސް، ސަރުކާރުވެސް، ޕާޓީންވެސް މީހުންނަށް އަޅާނުލާހެން ހީވަނީ. ނޫނީ ހެލްތުގެ ނުވަތަ އެޗް ޕީ އޭ މައްސަލަ އެއްބާ.
ބހލކ
26 May 2021
ހުލުމާލެ މެޑިކަލް ފެސިލިޓީ ގަ ހުރި މައްސަލަތަައް އިންގޭނެ އެތާ އުޅޭ މަސަކަތު މީހާ އައްވެސް،ނަރުހުން އަށް ވެސް، އެތާ އުޅޭ ޑރ އަށް ވެސް. އެއިން މީހަކު ވައިރީ އަހާލިންތަ؟
ކނހލކއ
26 May 2021
މި ސަރުކާރުގެ ބޮޑެތި މީހުންނަށް ނޭނގުނުތާ އެތަނުން ބައިބައިބަޔަށް މީހުން މަރުވަމުން ދިއައިރު އެއީ އެތަނުގަ އަޅާލާނެ މީހުން ނެތިގެން ވާކަމެއްކަން.
އެދުރުކަލޭގެފާނު
26 May 2021
ހުޅުމާލެ ފެސިލިޓީ ރަނގަޅުކުރަން ނޫންތޯ މާސްކު ނާޅައި މަގުތަކަށް މީހުން އެއްކޮށް، މުޒާހަރާ ބާއްވައި، ކޮވިޑުން ލިބޭ ގެއްލުމަށް ވުރެން ސަރުކާރަށް ދުއްޕާން ކުރުން ރަނގަޅުވާނެ ކަމަށް ރައްޔިތުންނަށް ވަސްވާސް ދެމުން ޕީޕީއެމް ލީޑަރޝިޕް ބޭފުޅުން އުޅުއްވީ! ތިޔަ ބޭފުޅުން މިބަލީގެ ނުރައްކާ ޤަބޫލު ކުރެއްވީ އަބްދުއް ރަހީމް ބައްޔަށް ފައްސިވުމުންނެވެ. އިދިކޮޅު ބޭފުޅުން މިހާވަރަށް ޒިންމާދާރުކަން ކުޑަ ޢަމަލުކޮށްފައި މިހާރު ތިޔަވާހަކަ ދެއްކުމުގެ ރީއްޗެއްނެތެވެ.
ގެދާނޯމޮސް
26 May 2021
މީހުންގެ ދޫ ދޫ މަތިން އިވޭއަޑުތަކުން އެނގޭގޮތުގައި މަރުވާރޭޓް މައްޗަށް ދަނީ އާއިލާ ތަކާއި އެކަހެރި ކޮށް އެބަޔަކާއި ނުގުޅި ބާއްވާތީ ކަމުގަ ވެއެވެ. ހިތާމައެއް ލިބުނީމާ ދިރިހުރުމުގެ އުންމީދު ކުޑަވާނެ ނޫންތޯއެވެ. މިފަދަ ހާލަތުގަ ކަންތަށް ކުރެވޭ ގޮތް ކަމުނުދާތީ ދޮށީއުމުރުގެ މައިން ބަފައިން ލޯމަތިން ގެއްލެނީ އެވެ. އަދި މީގައި އެނދެއްގެ މަތީ ކޮޅަށް ލެނގިލައިިގެން ބައިންދާފަ އޮކްސިޖަން ދޭނަމަ ހިންދަމާލަން ފުރުސަތު ދެވޭނެ އެވެ. އޮތުމަކީ ފުށްޕާމޭގެހަލާކެވެ