ރައީސް އާއި މޭޔަރު ބައްދަލު ކުރައްވަނީ: މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި --- ފޮޓޯ/ރައީސް އޮފީސް
27 މެއި 2021 - 15:11
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު، މިއަދު އޮތީ އުންމީދީ ބައްދަލުވުމެއް ކަމަށާއި ރައީސް ދެއްވީ ވެސް އުންމީދީ ޖަވާބުތަކެއް ކަމަށް މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މި މަހުގެ 17 ވަނަ ދުވަހު މާލޭގެ މޭޔަރުކަމާ ހަވާލުވެވަޑައިގެންނެވި މުއިއްޒު، ރައީސާއެކު އޮތް ބައްދަލުވުމަށް ފަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ ބިނާކުރުވަނިވި ބައްދަލުވުމެއް ކަމަށެވެ.
"ދެއްވި ވަގުތާއި އުންމީދީ ޖަވާބުތަކަށް ޝުކުރު ދަންނަވަން،" އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް އިންތިހާބު ކޮށްފައިވާ މުއިއްޒު ވިދާޅުވި އެވެ.
ކުރީގެ ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވިގޮތުގައި ރައީސާ ބައްދަލުކުރެއްވީ، މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނާ ހިއްސާ ކުރެއްވުމަށާއި ކަންކަން ތަންފީޒު ކުރުމުގައި ބޭނުންވާ އެހީތެރިކަން ހޯއްދެވުމަށެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި، މާލެއަކީ އަމާން ތަނަކަށް ހެދުމަށް އެޅެން ހުރި ފިޔަވަޅުތަކާ ބެހޭގޮތުން އެ ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ސަރުކާރާ ގުޅިގެން ކަންކަން ކުރިއަށް ގެންދަން ބޭނުންވާ ކަމަށާއި ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ ވާހަކަފުޅުގައި ވެސް، މާލޭ ސިޓީ ކައުންސިލަށް ސަރުކާރުން ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިދިޔަ މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ މޭޔަރު ކަމާއި މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ހޯދީ ޕީޕީއެމުންނެވެ. މިއީ މާލޭ ސިޓީ ކައުންސިލްގެެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ގެއްލުނު ފުރަތަމަ ފަހަރެވެ.
މުއިއްޒު އަބަދުވސް ވިދާޅުވަމުން ގެންދަވަނީ އޭނާގެ އެހީތެރިކަން ސަރުކާރަށް އަބަދުވެސް ލިބޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހީމާއިބުރޭ
28 May 2021
މުއީޒްގެ ޤާބިލްކަމާ ކެރުން މުއީޒްގެ ދުޝްމަނަކަށް ހަދާނެ ބަޔަކު އުޅޭނެކަން ދަންނައްޗެވެ2023އޭ ކިޔާފަ މުއީޒްއަށް ހުރަސްތައް ޕާޓީތެރެއިންފެންމަތިކުރުވަންވެސް ބަޔަކު އުޅެފާނެއެވެ. މުއީޒްގެ މަސައްކަތުގެ ސްޕީޑް މިސަރުކާރަކު ނެތެވެ ދެންވާނީ ކިހިނެއް މުއީޒްއަށް ފުރުސަތު ދީގެން ރައީސް އިބޫ ކަންކަން ކުރައްވާނެހެންހީވެއެވެ މިތިބީ ބަލާށެވެ. އެއްކޮޅަސް އިދިކޮޅަސް ޚިދުމަތްކުރަނީ ޤައުމަށެވެފުރުސަތުއަތުލުން އެންމެ ގާތުން ތަޖުރިބާކުރެއްވި ބޭފުޅަކަށް މޭޔަރުވާނެދޯ
އަލް އުސްތާޒު
28 May 2021
2018 ގެ އިންތިޚާބުގައި ޕޕމ އަށް ވޯޓު ނުދެވުނީތީ މިހާރު އަހަރެން ދެރަވޭ. މޑޕ އިން މުޅި މިޤައުމު އިންޑިއާއަށް ހިބަ ކޮއްފަ ދީފި. ޕޕމ އިރުގަ ޗަައިނާއިން އެހާ ގިނަ އެހީ ހޯދި އިރުވެސް ޗައިނާގެ ސިފައިންގެ މީހެއް މި ޤައުމަކަށް ނުގެނޭ. މިއަދު ހަމަ އަސްލަށްވެސް ދެރަވޭ.
މަބުނީ
28 May 2021
މަބުނީ ތިވާހަކަ ރައީސް ޔާމިން އަރިހުގަ ދަންނަވާލަ ދެންވިދާނެތޯއޭ؟ މާލެ ސިޓީ ކައުންސިލް ގަނަތަޅުވައި ގުދަނެއްގައި މާލެ ސިޓީ ކައުންސިލް ބޯޑު އެޅުވި އޭރުގެ ހައުސިންމިނިސްޓަރު ކުރީގެ ރައީސް ޔާމިން ހަނދުމަފުޅު ހުންނަވާނެ ކަންނޭގެ އޮތަ ؟
ޥާދަވެރިޔާ
28 May 2021
ސިޔާސީ ޥާދަވެރިެއް އަމިއްލަ އިހްތިޔާރު ކޮއް ދުރާލާ އުފެއްދުމަކީ ވަރައަ މޮޅު ކަމެއް.
ޕޯސް
28 May 2021
ނަސީދުގެ ސަޕޯރޓަރުން އަށް މި މަންޒަރު ހަޖަމެއް ނުވި.. ވަރަށް ސަލާން
ޗޭންޖްއިޓް
28 May 2021
ރައީސާއި ޑރ. މުއިއްޒުގެ ފުރަތަމަ ބައްދަލުވުން ބޭއްވި އަދި އުއްމީދީ ވާހަކަ ތަކެއް ޚާއްސަ ކޮށް މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކައިގެން މާލެ ސަރަހައްދަށް ރާއްޖޭގެ އާބާދީ އެއްކޮށް ބަދަލު ކޮށްލާ އަދި މާލެ ސަރަހައްދުގެ ވިޔަފާރި ވެރިންނަށް މާލެ ސަރަހައްދުގައި ވިޔަފާިރ ކުރުމަށް ބޮޑެތި ބިން ތައް ހިލޭ ދިވެހި ކުންފުނި ތަކަށް ދޭން މާލޭގެ މޭޔަރާއި ރައީސް އިބޫ މަޝްވަރާކުރެއްވުން އެއީ އުފާ އުފާ އުފާ ކުރާ ކަމެކޭ ޗޭންޖް އިޓް އީވެން ވެލް އިނަފް
އ
27 May 2021
ތި ދެމީހުން ގިސްލަގިސްލާފަ ރުއީތަ? އާއ. ތި ވ މަޑުމައިތިރި ރައްޔިތެއް
ހަލުއިދާ
27 May 2021
ތިތާ ތިތިއްބެވީ މިހާރުގެ ރައީސްއާއި މުސްތަޤުބަލުގެ މިޤަޢުމުގެ ރައީސް.
ރައްޔިތުސޮރު
27 May 2021
ވަރަށް އެއްގޮތް ސިފަތައް ގިނަ ދެބޭފުޅުން ތިއީ. ދެބޭފުޅުންނަކީވެސް ވ.މަޑުމައިތިރި އެކަމަކު ހިޔަޅުވައްތަރު ދެބޭފުޅުން. އެއްބޭފުޅަކު ވ.ސުލޯވާނެ އަނެއްބޭފުޅަކު އަޑިންދާ ޕްރޮޖެކްޓްތައް ހިންގަން ވ.ހަލުވިވާނެ.
ވައިހައްނާޅި
27 May 2021
ދެން އޮއްނަ ރިޔާސީ އިންތިހާބެއްގައި ތި ދެބޭފުޅުން ކުރިމަތިލިޔަސް ރައްޔިތުންގެ ވޯޓެއް ނުލިބޭނެ. އެކަމަކު ސިޔާސީދާއިރާއަށް އާ ޒުވާން ތައުލީމް އާއި ކަންކުރެވޭ ޒާތުގެ މީހަކުކުރިމަތި ލައިފިއްޔާ ވޯޓް ލިބޭނެ.