ޚަބަރު / މޫސުން

ސަލްޓަންޕާކުގެ ގަހަކުން ބައެއް ވެއްޓި ލިލީމަގު އެއްކޮށް ބަންދުވެއްޖެ

ވައިގަދަވެ، ސަލްޓަން ޕާކުގައި ހުރި ބޮޑު ގަހެއްގެ ބައި މަގުމައްޗަށް ވެއްޓިފައި

ގަދަވަޔާ އެކު، ސަލްޓަން ޕާކުގެ ގަހެއް ވެއްޓި، ލިލީ މަގު އެއްކޮށް ބަންދުވެއްޖެ އެވެ.

މާލޭ ސިޓީގެ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ސަލްޓަން ޕާކުގެ ބޮޑު ގަހެއް ގޮފިތައް ބިނދިގެން ވެއްޓުމާ ގުޅިގެން މުޅި ލިލީ މަގުގައި ދަތުރު ނުކުރެވޭ ގޮތަށް އޮތީ ބަންދުވެފަ އެވެ. ގަހުގެ ގޮފިތައް ވެއްޓުނީ މިއަދު ހެނދުނު 9:30 ހާއިރު އެވެ.

ލިލީ މަގުން ސަލްޓަން ޕާކަށް ވަންނަ ދޮރާ ދިމާލުގައި ހުރި ބިޔަ ގަހެއްގެ ގޮފިތަކެއް މަގުމައްޗަށް ވެއްޓި މުޅި މަގު ބަންދުވެފައިވާއިރު އެ މަގަކީ ދެކޮޅަށް ދުއްވޭ މަގެކެވެ. އެހެންވެ، ގަސް ނަގައި މަގު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެ ސަރަހައްދަށް ގަސް ވެއްޓިފައި އޮތް މަންޒަރު ފެންނަ ފޮޓޯއެއް މުއިއްޒު ހިއްސާކުރެއްވިއިރު އެއިން ފެންނަ ގޮތުގައި ސަލްޓަން ޕާކުގެ ކުރިމައްޗަށްވާ ގޮތަށް ހުންނަ، ސެންޓަ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގެ ފުރާޅަށް ވެސް ކޮންމެވެސް ވަރަކަށް ގަހުގެ ގޮފިގަނޑު ވެއްޓިފައި އޮތެވެ.

ވައިގަދަވެ މާލޭގެ އިތުރު އެހެން ސަރަހައްދަކަށް ގެއްލުންވިކަން އަދި ސާފެއް ނުވެ އެވެ.

ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކުރާ ގޮތުގައި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ އެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މިވަގުތު އޮތީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ.

7 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 17%
icon angry icon angry 17%
icon wow icon wow 50%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސްޕީޑް

28 May 2021

ސުޖާބެ ބުނީ މަގު ސާފުކުރީ ޔާނު ސްޕީޑްގައި ކަމަށް. ސާފުކުރަން ވަރަށް އަވަހަށް ފަށާނެކަމަށް މޭޔަރ މުއީޒް ޓްވީޓް ކުރީ 10:19 ގައި. ހުކުރު ދުވަސް ވީމަ ނިދާ ނުހޭލެވުނީ ތޯއްޗެއް؟

The name is already taken The name is available. Register?

އަހާ

28 May 2021

ވެއްޓުނު ގަސް ކޮވިޑަށް ޓެސްޓްކުރަންޖެހޭ. މިހާރު ހުރިހާވެސް ކަމަކީ ކޮވިޑް.

The name is already taken The name is available. Register?

އުޕްސް

28 May 2021

އޯނޯ......ބޭޑް ލަކް އައި ގެސް.......

The name is already taken The name is available. Register?

ހގފ

28 May 2021

ތީ މުއިއްޒު އަށް އައި އިމްތިހާނެއް.

The name is already taken The name is available. Register?

ހައު؟

28 May 2021

އެ އަނެއްކާ ކޮންކަހަލަ އިމްތިހާނެއްތަ؟ ގަސް ވެއްޓުނީމަ އެހެން މީހުން ހަދާހެން މުއިއްޒުވެސް އެ ތަނުން ގަސް ނަގާނީ ކަމަށް އެންމެ ބޮޑަށް ލަފާކުރެވެނީ.

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

28 May 2021

މިމޫސުމްގައި ވެއްޓިދާނެ ގަސްތައް ބައްލަވާ މިކަމަށް ވެސް މޭޔަ ޕްލޭން ހައްދަަވންޖެހޭ . ނަމަ ނަމަ ކުރީ ސަރުކާރުން އުދަގޫވެދާނެތީ މަގުބަންދުކޮށް ޓައިލްސް ޖައްސަވާހެން ގަސްކަނޑުއްވާ ނުލައްވާތި. ކައުންސިލްގެ މަސައްކަތަށް ބަރަކާތް ލައްވާށި އާމީން!

The name is already taken The name is available. Register?

ފަހުދު

28 May 2021

މިއަދަކީވެސް ތާރީޚީ ދުވަހެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454