ޚަބަރު / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ކޮވިޑް-19: ކޭސްތަކުގެ އަދަދު މަދުވާން ފަށައިފި

ކޮވިޑް ކޭސްތައް އިތުރުވުމުން މާލޭގައި ކާފިއު ހިންގުމަށް ފަހު ފުލުހުން އެ ފިޔަވަޅު ދަމަހައްޓަން މަސައްކަތްކުރަނީ. ކޭސްލޯޑް މިހާރު ވަނީ ދަށްވާން ފަށާފައި.-- ފޮޓޯ:އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

މިދިޔަ 24 ގަޑި އިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދާއި އެކްޓިވް ކޭސްތަކުގެ މިދިޔަ ދެތިން ހަފްތާއަކާ އަޅައި ބަލާއިރު ދަށަށް ހިނގައްޖެ އެވެ.

ހެލްުތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި މައުލޫމާތުގައިވާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ޓެސްޓްކުރި 4،356 ސާމްޕަލްގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 780 ސާމްޕަލް އެވެ.

އެ 24 ގަޑި އިރުގެ ތެރޭގައި 1،081 މީހަކު އެ ބަލިން ރަނގަޅުވެ، އެކްޓިވް ކޭސްތަކުގެ އަދު ވެސް ވަނީ ދަށްވެފަ އެވެ. މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 24،205 އެވެ. މި 24 ގަޑިއިރުގެ ކުރިން 24،507 އެކްޓިވް ކޭސް އޮތެވެ.

އެޗްޕީއޭގެ ހިސާބުތައް ދައްކާގޮތުން މިދިޔަ ތިން ދުވަހު ވެސް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަށް ވުރެ، އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު ގިނަ އެވެ. އެގޮތުން އިއްޔެ ހަވީރު 6:00 އަށް ނިމުނު 24 ގަޑިއިރުގެ ތެރޭގައި އެ ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދަކީ 10،62 ކަމަށް ވާއިރު ރަނގަޅުވީ މީހުންގެ އަދަދަކީ 1.371 އެވެ. ހުކުުރު ދުވަހުގެ ހަވީރަށް ނިމުނު 24 ގަޑިއިރުގެ ތެރޭގައި 901 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު ރަނގަޅުވި މީހުންގެ އަދަދަކީ 1،497 އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންނަށް ވުރެ އެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު މަތީގައި ހިފެހެއްޓިފައި ހުރުމުން، އެ ބަލީގައި ހާލުބޮޑުވާ މީހުންގެ އަދަދު ވެސް ވަނީ ދަށަށް ދާން ފަށައިފަ އެވެ. ކޮވިޑަށް ފަރުވާ ކުރުމަށް ޓަކައި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންގެ އަދަދު ވެސް ވަނީ މިއާ އެކު ދަށް ވެފަ އެވެ. އެގޮތުން މިހާރު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފައި ތިބީ 218 މީހުންނެވެ.

ކޮވިޑްގެ ކޭސްލޯޑް ދަށްވާން ފަށާފައި މިވަނީ ކޭސްތަކުގެ އަދަދު ކުއްލިއަކަށް އިތުރުވުމުން، ކޮންޓްރޯލްކުރަން ފިޔަވަޅުތައް ވަރުގަދަކުރިތާ ދުވަސްކޮޅެއް ފަހުންނެވެ.

ރާއްޖޭން މިހައިތަނަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލައަކީ 63،686 އެވެ. އެބަލީގައި ރާއްޖޭން 158 މީހަކު ވަނީ މަރުވެފަ އެވެ.

7 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 9%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗޮސްބެ

31 May 2021

މާލޭ އޭރިޔާގެ އެންމެނަށް ޖެހުނީމަ ދަށްވާނެކަން އެގޭ. ރޯދަމަސް ނިމުނުއިރު އެންމެނަށް ކޮވިޑް ޖެހިއްޖެ. އޭގެ ފަހުން ފެންނަންފެށީ އޭރު ބަލިޖެހިފަތިބި މީހުންގެ ނަމްބަރުތައް. މިހާރު މި އަޅާފައޮތް ފިޔަވަޅުތައް ނޭޅިޔަސް ދެން އިރާދަކުރެއްވިއްޔާ ދާނީ ދަށަށް.

The name is already taken The name is available. Register?

ވާން

31 May 2021

އެތައް ހާސް ބަޔަކު ގޭ ބަންދުވެގެން ތިބެ ތިކަމަށްޓަކައި ގުރުބާންވާއިރު އަދަދުތައް ދަށަށް ދާންޖެހޭނެ. ނުދާނަމަ އެއީ މައްސަލައެއް.

The name is already taken The name is available. Register?

1976

31 May 2021

އަވަހަށް ސިނޯފާމް ވެކްސިންކޮޅު ޖަހާ ހުސްކޮއްލާ.ސްޕަޓްނިކް ވެކްސިން އަންނަން ވާއިރައް އެޕޯއިންޓްމެންޓްދީ ހަމަޖައްސާލާ.

The name is already taken The name is available. Register?

ރަހީމްބެ

31 May 2021

މުޒާހިރާ އެއް ނެތްތަ.

The name is already taken The name is available. Register?

ބަންނި

31 May 2021

އިންތިޚާބެއް ނެތްތަ

The name is already taken The name is available. Register?

ޔާމީން 2023

31 May 2021

ޝުކުރިއްޔާ ރައީސް ޔާމީން

The name is already taken The name is available. Register?

އިއްސެ

30 May 2021

މާދަމާ ރައްޔިތުން ނުނުކުންނާނެބާ އުފާފާޅުކުރާން މަގުތަކަށް؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454