ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް: ސްޓައިރަފޯމް އެތެރެކުރުން މަނާކުރާ ތާރީހު މިހާރު ވަނީ ފަސްކޮށްފައި.-- ފޮޓޯ: ދަ ކައުންޓާ
01 ޖޫން 2021 - 11:08
އެއްފަހަރު ބޭނުން ކޮށްފައި އުކައިލާ ޕްލާސްޓިކް އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން، މަނާކުރާ ބައެއް ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރާ ތާރީޚު ފަސްކުރަން ނިންމައި މިއަދު ގެޒެޓްކޮށްފި އެވެ.
ތާރީހު ފަސްކޮށްފައި ވަނީ މިއަދުން ފެށިގެން ރާއްޖެ އެތެރެކުރުން، ކުރިން މަނާކޮށްފައިވާ ސްޓައިރަފޯމާއި 500 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތަކެވެ.
ޕްލާސްޓިކްގެ ބައެއް ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާކުރަން އިއުލާންކުރި ތާރީޚުތަކަށް ބަދަލު ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އިގްސާދު މަޑުޖެހުމަކަށް އައިސްފައިވާއިރު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ގެއްލުންވަމުންދާތީ އެކަމަށް ރިއާޔަތް ކުރެއްވުމަށް ފަހު އެވެ.
ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ރާއްޖެ އެތެރެކުރުން މާނާކުރާ އާ ތާރީޚެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައި ވަނީ ޑިސެމްބަރު 31، 2021 އެވެ. ސްޓައިރަފޯމް އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ކާބޯތަކެތި ބަންދުކުރުމަށް ވަރަށް ގިނައިން ރާއްޖޭގައި ބޭނުންކުރާ އެއްޗެކެވެ.
ގެޒެޓްކުރި އާ އިގުރާރުގައި ވަނީ ކުރިން އެއް ބާވަތެއްގެ ގޮތުގައި މަނާކުރަން ކަނޑައަޅާފައިވާ އޮތް ބާވަތެއް ވަކިކޮށް، ދޭއްޗެއްގެ ގޮތުގައި، މަނާކުރާ ތާރީޚަށް ބަދަލު ގެނެސްފަ އެވެ. އެއީ ރާއްޖެ އެތެރެކުރާ 500 މިލިލީޓަރަށް ވުރެ ކުދި ފުޅީގައި ބަންދުކޮށްފައި ހުންނަ ފެނާއި ލުއިބުއިމެވެ. މީގެ ތެރެއިން 500 މިލިލީޓަރަށް ވުރެ ކުދި ފެން ފުޅި މިއަދުން ފެށިގެން މަނާ ވާނެ އެވެ. އަދި 500 މިލިލީޓަރަށް ވުރެ ކުދި ލުއިބުއިން ހުންނަ ފުޅި މަނާ ވަނީ ޖޫން، 1، 2022 ގަ އެވެ.
1- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި.
2- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓުކުރާ ސުޕާރީ.
3- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ދިނުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު.
4- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު.
5- 250 މިލި ލީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި.
6- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު.
7- ރާއްޖެ އަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން.
8- ރާއްޖެ އަށް އިމްޕޯޓުކުރާ 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނި ފުޅި.
އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ އެކު ރާއްޖެ އެތެރެކުރުން މަނާވާނެ ބައެއް ތަކެތި.-- ފައިލް ފޮޓޯ / މިހާރު
1- ކާބޯތަކެތި ބަންދުކުރާ ސްޓްއިރަފޯމް ފޮށި. (މަނާވާނީ ޑިސެމްބަރު 31، 2021 ގެ ފަހުން)
2- ރާއްޖެ އަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ފުޅީގައި ބަންދުކޮށްފައި ހުންނަ ލުއި ބުއިން. (މަނާވާނީ ޖޫން 1، 2022 ގެ ފަހުން)
1- ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު (މަނާވާނީ 1 ޑިސެމްބަރު 2022 ގެ ފަހުން)
2- ރާއްޖެ އަށް އިމްޕޯޓުކުރާ 50 މިލިމީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޝޭމްޕޫ ފުޅި އާއި ސައިބޯނިފުޅި (ރާއްޖެ އެތެރެކުރުން މަނާވާނީ ޑިސެމްބަރު 1، 2022 ގެ ފަހުން)
3- ރާއްޖެއަށް އިމްޕޯޓުކުރާ 1 ލިޓަރާއި ލިޓަރަށް ވުރެ ކުދި، ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން. (ރާއްޖެ އެތެރެެކުރުން މަނާވާނީ ޑިސެމްބަރު 1، 2023 ގެ ފަހުން)
Plastic madhukuraa iru Dhivehin dhookollan jeheyne echchehi
The most trusted news source in the Maldives
Mihaaru
އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ ގުޅޭގޮތުން ލިޔެފައިވާ ތަފްސީލީ ރިޕޯޓެއް.
ކަސްޓަމްސްގެ އިދާރާ އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ އެކު މިއަދުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކޮށްފައިވާ ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން އެއްވެސް ބާވަތެއް މި ތާރީޚުގެ ކުރިން ރާއްޖެ ގެންނަން ހުއްދަ ހޯދާފައިވާ ނަމަ، އެ މުދަލެއް އެތެރެ ކުރުމުގެ ހުއްދަ އަދިވެސް ދޭނެ ކަމަށެވެ.
އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ އެކު ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް ރާއްޖެ އެތެރެކުރުން މަނާކުރިއިރު، ސަރުކާރުން އަންނަނީ އެއްފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އޭގެ ތެރޭގައި، މިދިޔަ އަހަރު ސަރުކާރުގެ ބައެއް އޮފީސްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓައިލުން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
03 June 2021
ތިގޮތަށް ސިނގެރޭޓް އެތެރެކުރުންވެސް ހުއްޓުވާލަބަލަ. މުޅި މަގުތަށް މަތީގައި ސިނގެރޭޓް ފޮށި، ސިނގެރޭޓް ފިލްޓަރުތަށް.
މައެ
01 June 2021
ކަޑަ ?އެހެންއެޗިހި މަނާ ކުރިޔަސް ސުޕާރިއަށް ވަރު ނާރުވަބަލަ... ދެޓްސް ވަޓް އައި ދޫ މެޓާ???
ރިހާބް
01 June 2021
ސްޕާރީ މިހާރުވެސް މަނަލޭ؟؟ބޭރުމީހުން ކޭޝިއަރުންނަށް ތިބުން މަނާ ގޮތައް ދޯ..
ސަލީމު އިދުރީސް
01 June 2021
ކަމަކައް ކަމެއްކުރާބަޔެއް!އެއްފަހަރު ބޭނުއްކުރެވޭ ފެންފުޅި އުފައްދައިގެން ރާއްޖެކަނޑުތަކާވަލުތާކަ ކުނިގޮނޑަކައް ހަދައިބަޔަކު އެތައްމިލިޔަނުން ފައިދާނެގުން ހުއްޓުވާބަލަ! ފުލާސްޓިކުފުޅި ވިއްކާކޮންމެ ފިހާރަޔަކައް އެއްރުފިޔާއަކައް ފުޅިބަލައިގަންނަ ގޮތްހަދާ!ބޭރުދުނިއޭގަ ފުޅިތައްމެސެނައް އެޅީމަފައިސާގެ ރަސީދުކޮޅު ވަގުތުންލިބޭ! ގައުމު ތަރައްގީކުރަން ބޭންވަނީ ހަމައެކަނި ބިލިޔަންޑޮލަރުގެ އަގުހުރި ރައްތުނައް ޑާޓާވިއްކައިގެން ރައްތުންފެލާ ކުންފުނިތަކެއްނޫން
ކެންދޫ
01 June 2021
ކޮބާ ހާއްސަ ހުއްދަ.
އަހުމަދު
01 June 2021
ރަނގަޅު ނިންމުމެއް މިވަގުތައް