މި މައްސަލައިގެ ތަހުގީގު މިހާރު އެއްކޮށް ވަނީ ނިމިފައި. ދައުވާކުރަން ފޮނުވުމުގެ އެންމެފަހުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން.
މެމްބަރު އީސަ: ލޯނު ދެއްކުން ފަސްކޮށްދޭން ވާނީ ކުލި ކުޑަކުރަން ޝަރުތު ކުރުމަށް ފަހު ކަމަށް ވިދާޅުވި. -- ފޮޓޯ/މިހާރު
31 މެއި 2021 - 13:58
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާގެ ފަރާތުން އޭނާގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމާއި ދަރިފުޅަށް ގެވެށި އަނިޔާ ލިބުނު ކަމަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު އެއްކޮށް ނިންމައި، ދައުވާކުރަން ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އަސްރާ އަމިއްލަ އަށް ފުލުހަށް ހުށަހެޅުއްވި މި މައްސަލަ ކުރިއަށް ނުގެންދިއުމަށް އޭނާ ފަހުން އެދިވަޑައިގެންފައިވީ ނަމަވެސް، ފުލުހުން ނިންމީ އެ ތަހުގީގު ކުރިއަށް ގެންދިއުމަށެވެ. މި މައްސަލަ ނުބަލަން އަސްރާ އެދިވަޑައިގަތީ ކީއްވެ ކަމެއް ސާފެއް ނުވެ އެވެ.
ފުލުހުން އޭރު ބުނެފައި ވަނީ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވެގެން ހުށަހެޅިޔަސް، ޖިނާއީ މައްސަލަތައް ތަހުގީގުކުރާއިރު، މައްސަލައިގެ ތަހުގީގު ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ މި މައްސަލައިގެ ތަހުގީގު މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. މައްސަލައިގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަން ފެށިގެން އަޔަސް، އީސަ ވަނީ މި ތުހުމަތުތަކަށް އިންކާރުކުރައްވައި ބަޔާނެއް ނެރުއްވައިފަ އެވެ. އީސަގެ ދޮށީ ދަރިފުޅު ވެސް ބައްޕަގެ ދިފާއުގައި ވާހަކަ ދައްކާފައިވެ އެވެ.
ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވުމާ އެކު ފުލުހުން ވަނީ އީސަ ހައްޔަރުކުރުމުގެ އަމުރެއް ހޯދަން ޕީޖީ އޮފީހުގައި ވެސް އެދިފަ އެވެ. އެ އަމުރު ހޯދުމަށް ކޯޓަށް ހުށަހެޅި ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ، އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަބަބުތަކެއް ހުރި ނަމަވެސް، ގާނޫނީ އެކި ސަބަބުތައް ހުރުމުން އަމުރު ނެރެދެވެން ނެތް ކަމަށެވެ.
އީސަ ހައްޔަރުކުރަން ޖެހޭ ސަބަބުތަކުގެ ތެރޭގައި، މި މައްސަލައިގައި ހެކި ބަސް ދޭން ތިބި މީހުންްގެ ތެރެއިން ބަޔާން ނުނެގި ތިބި މީހުންނަށް އޭނާ ނުފޫޒު ފޯރުވައިފާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޕީޖީން ބުނެފައި ވިޔަސް، އެހެން ބުނުން ފިޔަވައި އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅައިފައެއް ނުވެ އެވެ. ޕީޖީން ބުނެފައި ވަނީ އީސަ ދޫވެފައި ހުރެއްޖެ ނަމަ، މި މައްސަލައިގައި ހެކި ބަސް ދޭން ތިބި މީހުންނަށް އޭނާގެ ފަރާތުން ނުފޫޒު ފޯރުވައިފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
Asra edhenee geveshi aniyaage massala nubalan; Ekamaku fuluhun balaane
The most trusted news source in the Maldives
Mihaaru
ގެވެށި އަނިިޔާގެ މައްސަލަ ކުރިއަށް ނުގެންދަން އަސްރާ އެދިވަޑައިގަތް ނަމަވެސް އެއީ ކީއްވެ ކަމެއް ސާފެއް ނުވޭ.
އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުން އެދިފައި ވަނީ، އަސްރާގެ ގައިގައި ގަދަކަމުން އަތްލައި، ތަޅައި މާރާމާރީ ހިންގައި އަދި އެ މީހުންގެ ދަރިފުޅު ގަދަކަމުން އަތުލައި، ގޭގެ ބެލްކަނިން ބޭރަށް މަގުމައްޗަށް ދިއްކޮށް، ކުއްޖާ މަގުމައްޗަށް ވައްޓާލައި، މަރާލާނެ ކަމަށް ބުނެ ކުއްޖާގެ ކަރާމާތަށް ގެއްލުންވާނެހެން އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
މި މައްސަލައާ ގުޅިގެން އީސަގެ އިސްތިއުފާ އަށް ވެސް ގިނަ ބަޔަކު އައީ ގޮވާލަމުންނެވެ. މައްސަލަ ފެންމަތިވުމުން އޭނާ ވަނީ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން އިސްތިއުފާ ދެއްވައިފަ އެވެ. އަދި މަޖިލީހުގެ ޖެންޑާ ކޮމިޓީން ވެސް މި މައްސަލަ ބެލި އެވެ. ނަމަވެސް އެ ކޮމިޓީން ބައްދަލުވުން ސިއްރުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޑަފި
01 June 2021
ގޮތް ދައްކާ ރައްޔިތުން ލޮލުގަ އަނދުން އެޅުވައި، ކޯޓުތަކުގެ ވަގުތު ނަގާލުމަށް ބޭކާރު މައްސަލަތައް ކޯޓުތަކަށް ހުށަނޭޅުމަށް ގޮވާލަން، އަނިޔާ ލިބުނު ފަރާތުން އަދި ކަން ހިނގިގޮތް ކޯޓުގައި ކިޔާދޭން ހުރި މީހާ، ކޮންމެ ސަބަބަކާ ލައިގެން ނަމަވެސް އެބުނަނީ މައްސަލަ ކުރިއަށްގެންދަން ބޭނުން ނޫންކަމަށް، ރޯޔަލް ބޭފުޅުންވީމާ ކުޑަކޮށް މިކަލަ ކަންކަން ހުންނާނެއެވެ.
ކުދުބެއްޔާ
31 May 2021
މަވެސް މި އުޅެނީ ޒީރޯ ޓޮލެރެންސް ނުފެނިގެން. އަޅެ ނިކަން އެގޭ ކުއްޖަކު ބުނެދީބަލަ.
2000000
31 May 2021
ގާނޫނަކީ ނިކަމެތިން ބަދެލަން ހަދާ މޮޅެތި މީހުން މޮޅުގޮތް ހަދާ އެއްޗެއް
އައިސް
31 May 2021
ކޮބާހޭ ކޮބާހޭ މަގޭލޯބި ރޯޔަލް ރޭޕްގެ މައްސަލަ މާދުރުގައި އޮވެގެން އުންސުރު ހަމަނުވެގެން ވިރިވިރި ހުސްވީ
މިއަދު
31 May 2021
ދައުވާ ކުރަން ފޮނުވަންޖެހޭވަރުގެ ކަމެއްނެތީމަ ތިމައްސަލަ ޕީޖީން އަނބުރާފޮނުވާނެ
އުދުހޭ
31 May 2021
ހަމަބުއްދި ހުރި އެއްޗެސް އިންސާނަކު ގަބޫލެއް ނުކުރާނެ މިކަމުގައި އީސަށް ހުކުމެއް އައިސްދާނެކަމަކަށް. މިރާއްޖޭގައި އައުލުއިންސާފު ގާއިމްކުރުމުމުގައި އެމްޕީޑީ ވަނީ ފެއިލްވެފަ. ޒީރޯޓޮލަރެންސްވެސް ވީތަނެއް ނޭންގޭ.
ނިމުނީ
31 May 2021
ވަލަޒިކިރުﷲ އަކުބަރު. ވﷲ ޔައުލަމުމާ ތަސްނައޫން.
ޒިންދަގީ
31 May 2021
ތިޔަ މައްސަލައިގެ ތެރެއަށް އަޑުބަރޭ ތަދައްޚުލްވެ، އުންސުރު ހަމަނުވެއްޖެއްޔާ ދެނޯ!!؟ މިބުނަނީ މީގެކުރިން ތަޖުރިބާކުރެވިފަ ހުރި އެއްގޮތްކަންތައް..
ޢާދަނުބެ
31 May 2021
މިމީހުންނަށް ދައުވާކުރަން ތީ ނޫވާނެކަމެތް މިގައުމުގަ މަ ލޮނުލައިގެން ބަތްކެއުން ހުއްޓާލާނަން އީސަޔައް ދައުވާއެތްކޮށް އަދަބެއްލިބިއްޖާ
އަބުދުލް ޤާދިރު
31 May 2021
ތި މައްސަލައިގެ އުންސުރެއް ހަމައެއް ނުވާނެ.