މީގެ އަށެއްކަ މަސް ކުރިން ހެލްތު މިނިސްޓަރުކަމަށް ނަސީމް އައްޔަން ކުރެއްވި ފަހުން އޭނާ ނިއުސް ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތީ އެންމެ ފަހަރަކު. އެއީ ވެސް މިދިޔަ މަހުގެ 25 ގައި ރައީސް ބޭއްވެވި ނިއުސް ބްރީފިންއެއް.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް--
02 ޖޫން 2021 - 17:55
ކޮވިޑަށް ފަރުވާ ހޯދަމުން އައި ފާތިމަތު މިޝްކާ މުހައްމަދުގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗަށް ގެންދަން އެމްބިއުލާންސް ފޮނުވުމުން ލަސްވުމަކީ އެ ކުއްޖާ ނިޔާވުމުގެ ސަބަބު ކަމަށް ތުހުމަތުކޮށް، ބޮޑެތި ފާޑުކިޔުންތައް ކުރިމަތިވެފައި ވަނިކޮށް، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިރޭ ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.
އޭނާ، މިރޭ 10 ޖަހާއިރު ނޫސްވެރިންނާ މި ބައްދަލުކުރައްވަނީ އުމުރުން 10 އަހަރުގެ މިޝްކާ ނިޔާވުމުގައި ސަރުކާރުގެ އިހުމާލު އޮތް ކަމަށް ތުހުމަތު ކުރެވޭއިރު ވެސް، އެޗްއީއޯސީގެ މިއަދުގެ މީޑީއާ ބްރީފިން ކެންސަލް ކުރުމުން ނޫސްވެރިންގެ ސުވާލުތައް ކުރިމަތިވެފައި ވަނިކޮށެވެ. މި ހާލަތުގައި އެޗްއީއޯސީގެ ނިއުސް ބްރީފިން ވާނީ ސަރުކާރު ޖަވާބުދާރީވުމާއި ކަމުގެ ހަގީގަތް އޮޅުން ފިލުވުމަށް މުހިންމު ޕްލެޓްފޯމަކަށް ވިޔަސް އެ ބްރީފިން ކެންސަލް ކުރުމުން ނޫސްވެރިން އައީ ސުވާލު އުފައްދަމުންނެވެ
މިޝްކާގެ ފަރުވާ ލަސްވި މައްސަލައިގެ އިތުރުން ރަޝިއާ ވެކްސިން ގަތުމުގެ މަސައްކަތް ސަރުކާރުން ކުރަނީ 500،000 ޑޯޒް ހަދިޔާ ކުރުމަށް ރާއްޖޭގެ އަމިއްލަ ކުންފުންޏަކުން ހުށަހަޅާފައި ވަނިކޮށް ކަމަށް މިއަދު "މިހާރު" ގައި ރިޕޯޓު ކުރި މައްސަލަ ވެސް ވަނީ ވަރަށް ހޫނުވެފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް ވިދާޅުވީ، އެ މައްސަލައިގައި ވެސް މިނިސްޓަރު ނަސީމް މިރޭ ވާހަކަ ދައްކަވާނެ ކަމަށެވެ.
އޮކްޓޫބަރު 22، 2020 ގައި ހެލްތު މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ނަސީމް އެންމެ ފުރަތަމަ ނިއުސް ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭގަ އެވެ. އެއީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރޭ ރައީސް އޮފީހުގައި ބޭއްވެވި ނިއުސް ކޮންފަރެންސެކެވެ.
އެ ރޭގެ ނިއުސް ކޮންފަރެންސަށް ނަސީމް އެރުއްވީ، ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ކަންކަން ބޮއްސުންލައިގެން ދާއިރު ވެސް އޭނާ ނޫސްވެރިންނާ ބައްދަލު ނުކުރައްވާތީ ފާޑުކިޔުން ބޮޑުވެފައި ވަނިކޮށެވެ.
މިޝްކާ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނިކޮށް، ރޭ އޭނާގެ ހާލު ގޯސްވާން ފެށުމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް އާއިލާ އިން ގުޅި ނަމަވެސް އެމްބިއުލާންސް އައީ ދެ ގަޑިިއިރަށް ވުރެ ގިނައިރު ވީ ފަހުންނެވެ.
އެ މައްސަލަ ހެލްތު މިނިސްޓްރީންް ވެސް ބަލަމުން އަންނަ ކަމަށް ބުނާއިރު މަޖިލީހަށް ވެސް މައްސަލަ ބެލުމަށް ހުށަހަޅާފައިވެ އެވެ. އެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ހެލްތު މިނިސްޓަރު ނަސީމްގެ އިސްތިއުފާއަށް ވެސް ގޮވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯގަންބެ
04 June 2021
ކޮބާ މިހާރު އިނގެ އެންނު ތިޔަ ގޮޑިޔަކީ ހޫނު އެއްޗެއްކަން
ޗޮސްބެ
02 June 2021
ޑެލްޓާ ވަސީމާ އެމްވީކޭ ޝަފީގުފެ ފޭކް ޑޮކިޔުމަންޓް.
ޖާބެ
02 June 2021
2023 އަންނަ އިރުވެސް މިކަން އޮ އްނާނީ މިހެން ، ނާޤާބިލް ސަރުކާރު 2022 ގަ ސަރުކާރު ބަދަލްވާނެގޮތެ އް އެބަ އޮތްބަ ، ކޯލިޝަން ލޯޑަރުންނާ ނުލާ މިފަހަރު މިކަން ވާނެކަން މުޖަ އްރިބު
ރގނގ
02 June 2021
ނަސީ.މަކީ ހިންގުންތެރި ގާބިލް ބޭފުޅެއް. މި ދަނޑިވަޅު ފާޑު ކިޔާނެ. ކުރިއަށް.
މުޖޭޑް
03 June 2021
ވަރަށް ޤާބިލު، މީހުން އަންތަރީސްވެފަ، އަމިއްލަ އިހުމާލެއް އޮތްތޯ އަމިއްލައަށް ބަލާނެ ކަމަށް ވިދާޅުވި.
ކަރުނަ
02 June 2021
ވަގުތުން އިސްތިއުފާދީފަ ގެެއައްދޭ. އަހަރެމެންގެ ޖީއެސްޓީ ލާރިކޮޅުން އަހަރެމެނައް ހަރަދުކުރުމުގެ ބަދަލުގައި ތިމީހުން ނުވެސް ހަފާ ފެންފޮދެކާވެސް ނުލާ ތިދިރުވާލަނީ ހަމަ އެހެންދުވަހެއް ނާންނާނެކަމައް ދެކިގެންތޯ؟ ހަމަހިލާ އެހެނެއް ނުވާނެ ބިރުވެތިވޭ.
ކެރަފާ
02 June 2021
ކޮބައިތަ ނިއުސް ކޮންފަރެންސްގެ ޚަބަރަކީ؟ އެ އަޑުއަހަންވެގެން ނުނިދާ މިއުޅެނީ
ރަތްބެ
02 June 2021
ހޫން، ކަލޭ ރައްޓެހި ޑެލްޓާ ވަސީމް ފޭކް ޑޮކިޔުމަންޓްތަކެއް ހުށައަޅައިގެން އެބުރި ގޭސްގަޑެކޯ. ރަށެއް ދަމައިގަންނަންކަންނޭގެ.
ޝޯމޭން
02 June 2021
އަމީނު ކަމުނުގޮސްގެން ނަސީމު މިނިސްޓްރީއާ ހަވާލުވެގެން ތިތަނުގެ ހިންގުމަށް ވަކި ކުރިއެރުމެއްއައި ތަނެއް އަޅުގަނޑަކަށް ނުފެނުނު. ނުވިތާކަށް މިޑްލް މެނޭޖުމަންޓު ބޮލަށްޖަހާފަ ނަސީމު މީޑިއާ ކުރިމައްޗަށް އަރަން ފޫކަހާކަންވެސް ފާހަގަކުރެވޭ. އަޅުގަނޑުމިއީ އެމް.ޑީ.ޕީ މީހެއް. އެކަމު އަޅުގަނޑަށް އަޅުގަނޑުގެ ޕާޓީގަވެސް ގޯސްކަންކަންފެނޭ. އަޅުގަނޑުކަހަލަ ބައިވަރު މީހުން ތިޕާޓީގައުޅޭ. ހިތައްއަރާ ޕާޓީގެ ބޮޑުންނަށް މިކަން ވިސްނޭނީ ކޮންއިރަކުންބާއޭ.
ލަކީބާ
02 June 2021
ނާގާބިލް ކެރަފާ ނަސީމުމެން އިސްތިފުއާދިނުން ރަނގަޅީ، އިންޑިއާއަށްވިކިފަ ތިބިބައިގަނޑެއްތީ. ދިވެހިންނަށް ރަނގަޅުވެކްސިންއެއް ހޯދުމުގެ ޢިޚްތިޔާރު ނެތް އިންޑިއާއިން ހުއްދަނުދޭތީ ...ކީކޭބުނާނީ، މުގާބޭމެންވެސް މިޔަށްވުރެ ރަނގަޅު ރައްޔިޔުނަށް. ހަމައެކަނި ހުޅަގުގެ ސެކިއުލަރިސަމްގެ ފިކުރުނޫންކަމެއް މިބައިގަނޑަކަށް ނެތް.
އަލި
02 June 2021
ތި އަޑުއަހާކަށް ނެތިން.
ސުވާލު
02 June 2021
މި ސުވާލު މިރޭ ކޮށްދެއްވާ! ރަށްރަށުގައި ތިބި ކޮވިޑްޖެހޭ މީހުން އަމިއްލައަށް ބޭސް ގަންނަންޖެހެނީ ކީއްވެ؟ ކޮވިޑް ޖެހިފައި ތިބޭ ޢާއިލާއަށް އަމިއްލައަށް 350 ރުފިޔާ ދީފައި ދުވާލަކުން ދެތިންފުޅި އިންހޭލާ ގަންނަން ޖެއްސުމަކީ މަލާމާތެއް ނޫންތަ. ޓެކްސް ފައިސާ ރައްޔިތުން ދައްކަމުންދާއިރު ރައްޔިތު މީހާ ނިކަމެތިވާ ދުވަހު މިވަރު އަރުވާލުމަކީ ހައްގުވާ މިންވަރުތަ.