ޕީޖީ ޝަމީމް ބައްދަލުވުމެއްގައި -- މިހާރު ފައިލް ފޮޓޯ
02 ޖޫން 2021 - 20:55
އިންޓެލިޖެންސް މެކޭނިޒަމްގައި ހުރި މައްސަލަތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އިންޓެލިޖެންސް އޮޑިޓް ކޮމިޓީ (އައިއޭސީ) އިން ޕްރޮސެކިއުޓާ ޖެނަރަލް، ހުސެއިން ޝަމީމްއާ މިއަދު ބައްދަލުކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމީ އިންޓެލިޖެންސްގެ ނިޒާމުގައި ހުރި މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފެއްޓެވި މަސައްކަތުގެ ދަށުން އައިއޭސީން ޕްރެސެކިއުޓާ ޖެނަރަލްއާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވި ގޮތުގައި އިންޓެލިޖެންސް އާއި ތަހުގީގުތަކާއި ދައުވާކުރުމުގެ ނިޒާމުގައި ހުރި ކަންކަމާ ގުޅިގެން އެ ބޭފުޅުންގެ މެދުގައި މަޝްވަރާކުރި އެވެ.
As part of the inquiry initiated by Pres @ibusolih into the national intelligence mechanism, the IAC met with the Prosecutor General today, to discuss systematic issues identified by PGO in relation to intelligence, investigations and prosecutions.
— Mabrook Azeez (@MvSpokesperson) June 2, 2021
ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ އާ ގުޅިގެން އިންޓެލިޖެންސްގެ އޮޑިޓެއް ހެދުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލީ، މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.
ރައީސް އޮފީހާއި އެޓާނީ ޖެނަރަލްގެ އޮފީސް ހިމެނޭހެން ޓީމެއް އެކުލަވާލައި، ނޭޝަނަލް އިންޓެލިޖެންސް މެކޭނިޒަމްގެ އޮޑިޓެއް ހަދަމުން އަންނައިރު ނަޝީދުގެ ފުރާނަފުޅަށް ގެއްލުން ދިނުމަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބިފައި ނުވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި އެވެ. އެހެންވެ، އެވަރުގެ ބޮޑު ހާދިސާއެއް ހިނގިއިރު އިންޓެލިޖެންސް ފެއިލްވި ސަބަބު ބަލަންޖެހޭ ކަމަށާއި އެމްއެންޑީއެފާއި ފުލުހުންގެ އިންޓެލިޖެންސްގެ އޮޑިޓެއް ހަދާނެ މިދިޔަ މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އިންޓެލިޖެންސް މައުލޫމާތު ނުލިބުނު މައްސަލަ ބަލަމުން ދާއިރު، ނަޝީދު އަވަހަރާކޮށްލަން ދިން ހަމަލާގެ ކުރިން، އެފަދަ އަމަލެއް ހިންގަން ބަޔަކު ރާވާ ކަމުގެ މައުލޫމާތު ލިބިގެން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު އެމްއެންޑީއެފަށް އަންގަވާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މައުލޫމާތު ލިބުނީ އާންމު މީހެއްގެ ފަރާތުންނެވެ. އަދި އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އަންގާފައިވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އެ މައުލޫމާތާ އެކު ނަޝީދުގެ ސަލާމަތީ ފިޔަވަޅުތައް އެންމެ މައްޗަށް ޖައްސާފައިވާ ކަމަށް މާރިޔާ ވެސް ވިދާޅުވި އެވެ. އެކަމަކު ސަލާމަތީ ކަންކަން ހުރި ގޮތުންނާއި ނަޝީދުގެ ސަލާމަތަށް އެކަށީގެން ފިޔަވަޅެއް އެޅިފައި ނުވާކަން އެނގޭކަން ބުނެ ޑިފެންސް މިނިސްޓަރު މާރިޔާ އާއި ސިފައިންނަށް ވަނީ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޓް އިސް ވަޓް އިޓް އިސް
10 June 2021
އިންޓެލިޖެންސް މެކޭނިޒަމްގައި ހުރި މައްސަލަތައް ހުރި ވާހަކައާ އެ މައްްސަލަތައް ހައްލު ނުކުރެވޭ ވާހަކަ ދެއްކޭ. އެކަމަކު އެކަންކަން ހައްލު ކުރަން އެއްވެސް މަސައްކަތެއް ނުކުރެވޭ. ދިވެހިރާއްޖޭގެ މައިގަނޑު ތިން އިންޓެލިޖެންސް އިދާރާ އޮންނަ އިރު އެއިން އެއްތާކުވެސް އެބަ ތިބިތައް މަޤާމުގެ މައްސޫލިއްޔަތު އަދާކުރުމުގެ ޤާބިލްކަން ހުރި މީހުން. ކޮންމެ ތަނެއްގަވެސް ތިބީ ވެރިކަން ކުރާ ޕާޓީއަށް ބަލަދު އަރާ މީހުން.
ގައްބަރޭ
05 June 2021
ހުސެންސަމީމުއާ ޕުރޮސަކިއުޓާޖަނަރަލްއާތަފާތު ރަސްމީ އޮފީހުގަ އިންނަވާއިރުއެއީ ޕ.ޖަނަރަލްއެކަމަކު އޮފީހުންބޭރުގައުޅުއްވާއިރުއެއީ ހުސެންސަމީމުއެވެ.ވީމާތިކަަމުގާ ހީގަނެފަމާރިޔާކައިރީ ބުނީމަކާއިލްޔާސްްލަބީބުއައްއޭނާގެވާޖިބުއަދާކުރެވުނީކީނޫނެވެ.ވީމާލްޔާސްލަބީބުްކައިރީތިވާހަކަބުނިމީހަޔާވެސް އެތިބީޤާނޫނީ ބޮޑަތިކުއްވެރިންނެވެ.ތިވަރުބޮޑުކަމެއް ބަޔަކުހިންގަންެއުޅޭކަންއެގިތިބެ މިއިންއެއްވެސްފަރާތަކުންޤާނޫނީފިޔަވަޅުއަޅާފައެއްނެތެެވެ.ރަސްމީގޮތުންޕޮލިހަކައްވެސް,އެމްއެންޑީއެފަކައްވެސްއިިލްޔާސްލަބީބުވެސްދެންހުރިމީހާވެސްނާންގާ އެންގިނަމަތިހާދިސާނުހިގީސް!!
ރައްޔިތުމީހާ
05 June 2021
ސެކިއުރިޓީއަކީ ކޮންއެއްޗެއްކަމާ ސެކިއުރިޓީގެބާރާ އަގުވަޒަންކުރަންނޭގޭ މީހުންގެސެކިއުރިޓީކަޑާލަންވީ ތިޔަކަމައް އޮޑިޓެއްހެދުމުގެބޭނުމެއްނެއް އިސްތިހާރުވާން އުޅޭމީހަކައް އިސްތިހާރުވެވޭނީ އިސްތިހާރުވާން ދޫކޮއްލީމަަ އިންޓެލިޖެންްސަކީ ރާއްޖޭގަހިގާ ހުރިހާކަމެއްއެގޭތަނެއްހޭ???
ރަދުން
04 June 2021
ހުސްއަނގަތަޅާމީހެއް.ކުރެވުނު ހަމައެއްކަމެއްވެސްނެތް.މިފަދަ މަޤާމެއް ފުރުމުގެ ބުއްދިއެއްނެތް.
މާސްކް
03 June 2021
ކޮބާ މާސްކް
ގެދާނޯމޮސް
02 June 2021
އިންޓެލިޖެންސްގެ ޚާައްސަ އޯޑިޓެއް ކުރަން މި ޖެހެނީ ދީނާގައުމަށް ޓަކައި މަތް ﷲ ގަންދީހުވާ ކޮށްގެން ތިބި ފުލުންނަށް އިތުބާރު ކުޑަވެގެންނެވެ. ދިވެހި ފުލުހުންނާއި ސިފައިންގެ އިތުބާރު ތިބަޔަކަށް ނުކުރެވިގެން އިންޑިޔާގެ ނުފޫޒު ވައްދާކަން އެމީހުން މީގެކުރިން އެމްޑީޕީގެ ދިދަހިފައިގެން އިންޑިޔާގެ ރައްޔިތުން ކުރިމުޒާހަރާ ތަކުން ދިވެހީންނަށް ބިރުހީވެފަ އެބައޮތެވެ. ދިވެހި ފުލުހުންނާއި ސިފައިން ތިބީ މި ރައްޔިތުންނާއި އެކުކަން ހަނދާން ކޮށްލާށެވެ.
ނިރު
02 June 2021
ސިއްހީ ނިޒާމް ފެއިލްވެގެން ގޮސްސަވާރިރުވެސް ތިކަމާގެން ކުރިއަށް ވަޑައިގަންނަވާ.. ދައުލަތުގެ ފައިސާއެއް ހުރިއްޔާ ތިކަމަށް ހުސްކޮއްލާތި ނެތިއްޔާ އަލުން ޗާޕް ކޮއްގެން ގެނޭ
ގެދާނޯމޮސް
02 June 2021
މިކަން ބެލޭވަރަށް ނެތިގެން ނެވެ.
އަފުރާސިޔާބު
02 June 2021
އިންޓެލިޖެންސް. ދެން އިތުރަށް ކިޔާނެ ކަމެއްނެތް!