ރާޖް އަދި ދިލިޕް.
04 ޖޫން 2021 - 08:03
ޕާކިސްތާނުގައި ހުރި، އިންޑިއާގެ ދެ ލެޖެންޑުން ކަމަންވާ ރާޖް ކަޕޫރާއި ދިލިޕް ކުމާރުގެ އާއިލީ ގެތައް ސަރުކާރުން ގަނެ، އެ ގެތައް ދާރުލްއާސާރުތަކަކަށް ބަދަލުކުރަން ނިންމައިފި އެވެ.
މީގެ ކުރިން އެކި ފަހަރު މަތިން މައްސަލަ ވެސް ހޫނުވެފައިޒާ ޒަމާންވީ ދެ ގެ މިއުޒިއަމަށް ބަދަލުކުރަން ޚައިބަރު ޕަޚްތުންޚުވާގެ ޕްރޮވިންޝަލް ސަރުކާރުން ނިންމީ މި މަހުގެ 1 ވަނަ ދުވަހު އެވެ. މިގޮތަށް ނިންމި އިރު އެ ގެތައް ވިއްކާލުމާ ދެކޮޅަށް ކުރިން ހުށަހެޅި މައްސަލަތަކެއް ޕިޝާވަރު ޑިސްޓްކްރިޓް ކޮމިޝަނަރު ބާތިލް ވެސް ކޮށްފައިވެ އެވެ.
ޕާކިސްތާނުގެ ކޮމިއުނިކޭޝަން އެންޑް ވޯކްސް ޑިޕާޓްމަންޓުން ބުނި ގޮތުގައި ޕާކިސްތާނުގައި ހުރި ރާޖްގެ ގޭގެ އަގަކީ 150,00,000 ރުޕީސް އެވެ. އަދި ދިލިޕްގެ ގޭގެ އަގު 8،056,000 ރުޕީސް އަށް އަރަ އެވެ. ކުރިން ބުނެފައިވާ ގޮތުގައި ރާޖްގެ ގޭގެ އަގު 200 ކްރޯޑު ރުޕީސް އަށް އަރާ އިރު، ދިލިޕްގެ ގޭގެ އަގު 25 ކްރޯޑް ރުޕީސް އަށް އަރަ އެވެ.
The #Pakistan government would preserve both the buildings to make the people aware of the contribution made by #DilipKumar and #RajKapoor in the film industry, said Director Archaeology and Museumshttps://t.co/aOsy1wGeQy
— Firstpost (@firstpost) June 2, 2021
ހިންދީ ސިނަމާގެ އެންމެ ނުފޫޒު ގަދަ އާއިލާގެ މައި ތަނބު ކަމަށްވާ ރާޖް މަރުވީ 1988 ގަ އެވެ. އަދި އުމުރުން މިހާރު 98 އަހަރުގެ ދިލިޕަކީ ބަލިކަމުން ތަންމަތީގައި އޮންނަ މީހެކެވެ.
Thank you for sharing this. Requesting all in #Peshawar to share photos of my ancestral house (if you’ve clicked the pic) and tag #DilipKumar https://t.co/bB4Xp4IrUB
— Dilip Kumar (@TheDilipKumar) September 30, 2020
ޕާކިސްތާނުގެ ގިއްސާ ޚުވާނީ ބާޒާރުގައި ހުރި ދިލިޕާއި ރާޖްގެ ގެތަކަކީ އިންޑިއާ އަށް 1947 ގައި މިނިވަންކަން ލިބުމުގެ ކުރިން ގައުމު ފަޅިފަޅިވެ ޕާކިސްތާން އުފެދުމުގެ ކުރިން އެ މީހުންގެ އާއިލާތައް ދިރިއުޅުނު ކާބަފައިންގެ ގެތަކެވެ.
އެ މީހުންގެ ގެތައް ސަރުކާރަށް ގަނެ، ދާރުލްއާސާރުތަކަކަށް ބަދަލުކުރަން ނިންމި އިރު، ދިލިޕްގެ ގެ އަކީ ޚާޖީ ލާލު މުހައްމަދު 2005 ގައި 51 ކްރޯޑް ރުޕީސް އަށް ގަނެފައިވާ އެކެކެވެ. ރާޖްގެ ގެ ހަވޭލީގެ ވެރިޔަކީ އަލީ ގާދިރު ކިޔާ މީހެކެވެ.
ދެ ގެ އަކީ ވެސް ޕާކިސްތާނުން 2014 ގައި ގައުމީ ތަރިކައިގެ ގޮތުގައި ހިމަނާފައިވާ ދެ ގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފު ދަ ރަންނަމާރި ®™℠©℗
04 June 2021
މައުމޫނު ކުރިން އުޅުނު ކިނބިގަސްދޮށުގެ ވެސް ދާރުލްއާސާރަކަށް ބަދަލުކުރަން މާލެސިޓީގެ މޭޔަރަށް ގޮވާލަން. މަގުމަތިން ދާއިރު އެތަން ފެންނަނީ ވަރަށް އާސާރީގޮތަކަށް. ލަފާކުރެވޭ އެތެރެވެސް ވަރަށް އާސާރީވާނެހެން. ސިޓީކައުންސިލުން ޓޫރިސްޓް އެޓްރޭކްޝަނަކަށް ހަދާލަން ރަނގަޅުތަނެއް. ޗައިނާގެ ޓޫރިސްޓުން އައިސް ކަޕުނޫޑުލިސް ކާލަން ތިބެލަން ރަނގަޅު ތަނަކަށް ވާނެހެންހީވޭ.®™℠©℗
މުހައްމަދު..
05 June 2021
ތިޔައީ އިހްލާސްތެރިކަމާއެކު ލިޔެފަ އޮތް ކޮމެންޓެއްތަ ނޫނީ މަލާމާތުގެ ކޮމެންޓެއްތަ؟ ހަގީގަތަކީ މާލޭގަ މިހާރު ތަޅާލާފަ އުސްކޮށް ނުހަދާ ހުރީ ވަރަށް މަދުގެއެއްކަން. ގެދޮރު އިމާރަތްކުރުމުގެ ދިވެހި އާކިޓެކްޗަރ ދަނީ ނެތެމެން. މިއީ ރިސާރޗްކޮށް ރެކޯރޑްކުރެވެންވީ އެއްޗެއް.