ޚަބަރު / ހުޅުމާލޭ ޕްރީސްކޫލް

ސަރުކާރުން ހިންގާ ގޮތަށް ހުޅުމާލެ ޕްރީ ސްކޫލު ހުޅުވަނީ

ވިޔަފާރިވެރިއަކު ހުޅުމާލޭގައި ހެދި ޕްރީ ސްކޫލު.-- ފޮޓޯ: މިހާރު

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކުރި ޕްރީ ސްކޫލުގެ ހިންގުމާ ސަރުކާރުން ހަވާލުވެ އަންނަ އޮގަސްޓް މަހު އެތަން ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު "މިހާރު" އަށް މިއަދު ވިދާޅުވީ އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ 10 ކްލާސްރޫމުގެ އިމާރާތުގައި ކިޔަވައިދޭނީ އެލްކޭޖީ އަދި ޔޫކޭޖީއަށް ކަމަށެވެ.

"ކުރިއަށް އޮތް ދިރާސީ އަހަރު ސްކޫލު ހުޅުވުމަށް މަސައްކަތްކުރަމުން ދަނީ،" މުޖާހިދު ވިދާޅުވި އެވެ.

އެ މިނިސްޓްރީން ރޭ ވަނީ ޕްރީސްކޫލް ހުޅުވުމަށް ބޭނުންވާ ފޮޓޯކޮޕީ މެޝިނާއި އެޓެންޑަންސް މެޝިން ހޯދައިދޭނެ ބަޔަކު ހޯދަން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހުޅުވާލައިފަ އެވެ.

ޕްރޮޖެކްޓުގައި ރަޖިސްޓްރީވާން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް މުއްދަތު ދީފައިވެ އެވެ.

ޕްރީ ސްކޫލު ހިންގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެޑިއުކޭޝަން މިނިސްޓްރީއާ އެ ތަން ހަވާލުކުރީ ޖެނުއަރީ 17، 2019 ގަ އެވެ. އެހެންވެ، އެ ތަން ހިންގާނެ ބަޔަކު ހޯދަން އެޑިއުކޭޝަނުން ހަތަރު ފަހަރެއްގެ މަތިން އިއުލާނުކުރި އެވެ. އެކަމާ ގުޅޭ ބައެއް މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހެޅި އެވެ.

ނަމަވެސް ޕްރީ ސްކޫލުގެ ހިންގުން ބަޔަކާ ހަވާލުނުކުރެވި އުޅެނިކޮށް ކޮވިޑު-19 ގެ ބަލިމަޑުކަން ކުރިމަތިވުމުން މިއޮތް ހުރިހާ ދުވަހު އެތަން ބޭނުންކުރީ ފްލޫ ކްލިނިކެއް ގޮތުގަ އެވެ.

އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ މުހައްމަދު ގާސިމް ޕްރީ ސްކޫލް ހިންގަން އެންމެ ފަހުން އިއުލާންކުރުމުން ހަތަަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި އެވެ. އެއީ ބިލަބޮންގް ހިންގަމުން އަންނަ އައިލެންޑާސް އެޑިއުކޭޝަނާއި ހުޅުމާލޭގައި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ހިންގާ ކޮލިޓޭޓް އެޑިއުކޭޝަނާއި އިލްމު އެޑިއުކޭޝަންގެ އިތުރުން އިރުސިޔާދު އިންޓަނޭޝަނަލެވެ.

ކޮމްޕިއުޓަ ރޫމަކާއި ހޯލަކާއި ސްޓާފް ރޫމެއް ވެސް ހިމެނޭ ގޮތަށް ހެދި ޕްރީ ސްކޫލު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޭނުންކުރީ ކެމްޕެއިން ޖަގަހައެއްގެ ގޮތުގަ އެވެ.

15 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްދުބެ

05 June 2021

ތައުލީމީ ދިނުމުގެ ހުރިހާ މަރުހަލާއެއްގައި ސަރުކާރުގެ ކޮންޓްރޯލް އޮތުމާއި އެކު ސަރުކާރުން ޖެހޭ އެފަދަ ތަންތަން ހިންގުމާއި ހަވާލުވާން. ކުރީ ސަރުކާރަކުން ނިއްމި އެލްކޭޖީ ޔޫކޭޖީ ހިންގުން އިމިއްލަފަރާތްކަށް ދޭން.

The name is already taken The name is available. Register?

އަރުތަ

04 June 2021

"ކޮމްޕިއުޓަ ރޫމަކާއި ހޯލަކާއި ސްޓާފް ރޫމެއް ވެސް ހިމެނޭ ގޮތަށް ހެދި ޕްރީ ސްކޫލު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބޭނުންކުރީ ކެމްޕެއިން ޖަގަހައެއްގެ ގޮތުގަ އެވެ". މި އިމާރާތް ކުރިން ބޭނުންކުރީ ކޮން ބޭނުމަކުކަން ނުޖަހާފިއްޔާ ކިތައްމެހާވެސް ރަނގަޅޭ ހިތަށް އަރއިގެން އިނދެ ކިޔަމުންގޮސް ނިންމާލި އިރު މިއޮތީ އެންމެފަހުން އެވާހަކަ ޖަހާފަ، ސާބަހޭ މިހާރު ނޫސް، މިވަރެއް ހަމަ ނެތް، "މިހާރު" ބެސްޓް.......

The name is already taken The name is available. Register?

ބޮޑުމީހާ

04 June 2021

ތިިކަން ވެއްޖެެއްޔާ ރަގަޅު!

The name is already taken The name is available. Register?

މޭން

04 June 2021

ސަރުކާރުން ފްލައިން ސްކޫލް ވެސް ތިތާ ހިންގުން ކިހިނެއްތޯ؟

The name is already taken The name is available. Register?

ފަޒާ

04 June 2021

އެލް.ކޭޖީ، ޔޫކޭ.ޖީ އަށް ސަރުކާރުން ކިޔަ ވައިދޭ ގޮތަށް ހަމަޖައްސާފައި ވަނީ 2016 ވަނަ އަހަރުން ފެށިގެން ރައީސް ޔާމީން ވެރިކަމުގައި

The name is already taken The name is available. Register?

އަރުތަ

04 June 2021

އެހެންވެގެންތާ 2018ވަނަ އަހަރުގެ ރިޔާސީއިންތިޚާބުގެ ކެމްޕޭނުތެރޭ ޕޕމގެ ފަރާތުން އެތާ ޕްރީ ސްކޫލް ހިންގީ، ވަރަށް ރީތި ވާހަކައެއް ހިތުން މޮޅުވާން ތިބުނެލީ.

The name is already taken The name is available. Register?

ބޯވަ ހުޅުމާލެ

04 June 2021

ރައީސް ޔާމީނު ދެންވެސް ތިތަން ބޭނުން ކުރާނީ ކެންޕޭނު ޖަގަހައަކަށް. ކިހާ ގަޓް ހުރީމަ އެކަން އެގޮތަށް ކޮށްލީ

The name is already taken The name is available. Register?

އަރުތަ

04 June 2021

ރަނގަޅު ވާހަކައެއް ތިބުނީ، ގަޓު ހުރިކަން އެނގުނީ، އުމަރު ބުނިބަހާ ދިމާވީމަ، އެއީ ތިޖޫރި ހުރިތާ ހުންނާނީ ވަޅުގަނޑެއް ކަމަށް އުމަރުބުނީ، ހަމަ އެހެންވީ، ގަޓު ހުރީމަ އެވަރު ކަމެއް ކޮށްލެވޭނީ.

The name is already taken The name is available. Register?

ކަކުނިބޯ

04 June 2021

ޢެހެންވިއްޔާަ ތިޔަތަނަށް ހަރަދުކުރަންޖެހޭނެ ނާސަރީ ސްކޫލްތަކުން ޗާޗްކުރާވަރަށް ވުރެދެގުނަ އިތުރަށް އަދި ކިޔަވަދިނުމުގެ ފެންވަރު ދެގުނަ ދަށްވާންޖެހޭނެ އަދި މެޑަމް އަށް ޕްރިންސިޕަލް ކަންހަވާލުކުރަން ފެނޭ

The name is already taken The name is available. Register?

އަމަލީ

04 June 2021

5 ފަހަރު ބިޑުކުރަން ހުޅުވާލާފައި ސަރުކާރުން ހިންގަން މިއޮއް ނިންމީ!

The name is already taken The name is available. Register?

އެމްސް

04 June 2021

ބޭސިކް އެޑިއުކޭޝަން ފްރީވާން ޖެހޭ! ސަރުކާރު ޢިމާރާތްތަކުގަ ހިންގޭ ޕްރައިވެޓް ސްކޫލްތައް، ނަމަށް އިންޓަނޭޝަނަލް ލާފަ ކުރަމުންދާ ބޮޑު ވިޔަފާރިތައް ހުއްޓުވަން ޖެހޭ!

The name is already taken The name is available. Register?

އަމާނު

04 June 2021

ސަރުކާރަށް ތިކަން ވަންޔާ ރަނގަޅުވާހަކައެއް.ކޮންމެ 5 އަހަރަކުންޕޮލިސީ ބަދަލުވެ ސަރުކާރު ބަދަލުވަންޔާ ތައުލީމީ ދާއިރާއެއް ކުރިއަކަށް ނާރާނެ.ޕްރައިވެޓު ސްކޫލުތަށް ނެތްނަމަ ގޮތް ހުސްވެފައިތިބި އެތަށް ބެލެނިވެރިންނެއް ތިބޭނެ.ވިޔަފާރިއެއްކަމަކު ހިދުމަތް ރަނގަޅުވީމާ އެތަންތަން ކޮވިޑުތެރޭގައިވެސް އެއޮތީ ފުރިފަ.ސަރުކާރަށްނުވޭ!އެތަންތަނުން ކިޔެވުމުގެ ސްޑެބިލިޓީ އަދި ކޮލިޓީ މިލެބެނީ!ހުރިހާސްކޫލެއ ޕްރައިވެޓައިޒް ކޮއްފަ ސަރުކާރުން ހިންގާ ފަރާތަށް ލާރިދޭންވީ

The name is already taken The name is available. Register?

ސަލްމާ101

04 June 2021

އެއްވެސް މީހެއް އެ ޕްރައިވެޓް ސްކޫލް ތަކަށް ކުދިން ނުފޮނުވަބަލަ. އޭރުން އެތަންތަނެއް ބޮޑު އަގު ނަގައިގެން ނުހިންގޭނެ

The name is already taken The name is available. Register?

ޖމލު

04 June 2021

މާދަން ހެނދުނު. މި ނިންމުމުން ލަސްކޮށްފި.

The name is already taken The name is available. Register?

އަރުތަ

04 June 2021

އަމާނު، ސަރުކާރު ހިންގުން ޕްރައިވަޓައިޒް ކުރުން ކިހިނެއް ވާނެ، އޭރުން ހުރިހާ ކަމެއް އެއްފަހަރުން ނިމުނީނު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454