ސޭވް އައްޑޫ: މިއީ އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި އެޅުމާ ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތެއް.
04 ޖޫން 2021 - 20:59
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓު ގާއިމުކުރުމާ ދެކޮޅަށް، ޒުވާނުންތަކެއް އިސްވެ "ސޭވް އައްޑޫ" ގެ ނަމުގައި ޚާއްސަ ކެމްޕެއިނެއް ސޯޝަލް މީޑިއާގައި ފަށައިފި އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި އައްޑޫގެ ޒުވާނުން އިސްވެ، މި ކެމްޕެއިންގެ ދަށުން ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އަންނަނީ ރާވަމުންނެވެ.
އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރުމަށް އެ ގައުމުގެ ކެބިނެޓުން ފާސްކުރީ މިދިޔަ މަހު 25 ގަ އެވެ. މިކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން ބުނެފައި ވަނީ އިންޑިއާގެ ސަރުކާރުން އެގޮތަށް ފާސްކުރިޔަސް އެކަމަށް އަދި ހުއްދަ ނުދޭ ކަމަށެވެ.
އިންޑިއާގެ ނިންމުމާ ދެކޮޅަށް އައްޑޫގެ ގިނަ ބަޔަކު ފެށުނީއްސުރެ ވަނީ އަޑުއުފުލަން ފަށައިފަ އެވެ. އަދި ކޮންސިއުލޭޓް ގާއިމުކުރުމާ ދެކޮޅު ޕެޓިޝަނެއް ވެސް އަންނަނީ ތައްޔާރު ކުރަމުންނެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު މަގުސަދަކީ މިފަދަ ހަރަކާތްތަކުން އައްޑޫ މީހުން މިކަމަށް ހޭލުންތެރިކުރުވުން. މިކަމުގެ ފަހަތުގައި އަޑި ނޭނގޭ ސިއްރުތަކެއް ހުރުމުން މީގެން އަޅުގަނޑުމެން އައްޑޫގެ ރައްޔިތުން މިއަދު ނޫނަސް، މުސްތަގުބަލުގައި ކުރިމަތިލާންޖެހިދާނެ ހިތްދަތި ތަޖުރިބާއަކުން ސަލާމަތްވުމަށް މިހާރުއްސުރެ މަސައްކަތްކުރުން،"
"އަޅުގަނޑުމެންގެ ތެރެއިން ގިނަ ޒުވާނުންނަކީ ކުރިން ދިމާވެ، ވާހަކަ ދައްކައި އުޅުނު ވެސް ބައެއް ނޫން. އެކަމަކު އަޅުގަނޑުމެންގެ އުފަންވި ބިމުގެ ހިމާޔަތުގައި އެންމެ އެކީގައި ތެދުވަނީ،" ސޭވް އައްޑޫ ޓީމުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
ޓުވިޓާއިން ފެށި މި ކެމްޕެއިން، މިދުވަސްކޮޅު ކޮވިޑާ އެކު ހާލަތު ހުރި ގޮތުން ކުރިއަށް ގެންދިއުމަށް ނިންމައިފައި ވަނީ ހަމައެކަނި ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. މި ކެމްޕެއިންގެ ދަށުން އައްޑޫގެ ކަމުވޮށިގެންވާ ބައެއް ބޭފުޅުންގެ ޚާއްސަ ޕެނަލް ޑިސްކަޝަންއެއް މިރޭ 9 ޖަހާއިރު އޮންނާނެ އެވެ.
#SaveAddu Panel Discussion
— #SaveAddu 🇲🇻 (@SaveAddu) June 3, 2021
Date: 04 June 2021 (Friday)
Time: 9pm
Discussions will be Live streamed via
Facebook: @saveaddumv
Twitter: @SaveAddu pic.twitter.com/bfjScPDSek
މި ޕެނަލް ޑިސްކަޝަންގައި އައްޑު އަށް ނިސްބަތްވާ ޕްރޮފެސަރު ހުސައިން އުގެއިލާއި އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާނާއި އައްޑޫގެ ކުރީގެ ޑެޕިއުޓީ މޭޔަރު ހަސަން ޝާހިދާއި ރާއްޖޭގެ ހާރިޖީ ދާއިރާގައި 18 އަހަރު މަސައްކަތް ކުރައްވާފައިވާ މުހައްމަދު ނާޝިދު އަދި ސޯޝަލް ސެކްޓާ އެޑްވޮކޭޓް މުހައްމަދު ޝިހާބު ބައިވެރިވެވަޑައިގަންނަ ވާނެ އެވެ. މި ޕެނަލްގައި ހިމެނޭ ނާޝިދު ފިޔަވައި އެހެން ހުރިހާ ބޭފުޅުން ނިސްބަތްވަނީ އައްޑު އަށެވެ.
އާންމުންނަށް ވެސް ބެލޭނެ ގޮތަށް ސޯޝަލް މީޑިއާ އާއި ބައެއް ޓީވީ ޗެނަލްތަކުން ވެސް ލައިވް ކުރާ މި ޕެނަލް ޑިސްކަޝަންގައި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމުން އެ ސިޓީ އަށް އަތުވެދާނެ ބަދަލުތަކާއި މިކަމާ ރައްޔިތުން ދެކޮޅުވާ ސަބަބާއި ދެކޮޅު ހަދަންވީ ސަބަބުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށް، މައުލޫމާތު ދޭނެ އެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު މަގުސަދަކީ މިފަދަ ހަރަކާތްތަކުން އައްޑޫ މީހުން މިކަމަށް ހޭލުންތެރިކުރުން. މިކަމުގެ ފަހަތުގައި އަޑި ނޭނގޭ ސިއްރުތަކެއް ހުރުމުން މީގެން އަޅުގަނޑުމެން އައްޑޫގެ ރައްޔިތުން މިއަދު ނޫނަސް، މުސްތަގުބަލުގައި ކުރިމަތިލާން ޖެހިދާނެ ހިތްދަތި ތަޖުރިބާއަކުން ސަލާމަތްވުމަށް މިހާރުއްސުރެ މަސައްކަތް ކުރުން،" އޮފިޝަލް ވިދާޅުވި އެވެ.
މި ހަރަކާތުގެ އިތުރުން ވެސް "ސޭވް އައްޑޫ" އިން އިތުރު ކަންކަން އަންނަނީ ކުރަމުންނެވެ. އެގޮތުން އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އެޅުން ހުއްޓުވުމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯހިލަށް 1،000 މީހުންގެ ސޮޔާ އެކު ޕެޓިޝަނެއް ފޮނުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
Addu gai India ge Consulate hedhumaa dhekolhah petition eh
The most trusted news source in the Maldives
Mihaaru
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމާ ދެކޮޅަށް ޕެޓިޝަނެއް ހުޅުވާލީ މިދިޔަ މަހުގެ 27 ވަނަ ދުވަހު. މި ޕެޓިޝަނަށް 1،000 މީހުންގެ ސޮއި ބޭނުންވޭ.
"ކުއްލިއަކަށް އިންޑިއާގެ ކެބިނެޓުން މި ކަހަލަ ނިންމުމެއް ނިންމާނީ ދިވެހި ސަރުކާރާ ވެސް މަޝްވަރާނުކޮށޭ ބުނުން ގަބޫލުކުރަން އަޅުގަނޑުމެންނަށް ވަރަށް ދަތި،" ވަރަށް ކަނބޮޑުވެފައި ހުރި ޒުވާނަކު އޭނާގެ ޚިޔާލު ހުރި ގޮތް ކިޔައިދިނެވެ.
"މިހާރު ވެސް އައްޑޫގައި އިންޑިއާގެ މިލިޓަރީ ޕްރެޒެންސެއް އޮއްވައި، ކޮންސިއުލޭޓެއް އަޅަން އުޅުނީމާ އެ މީހުންގެ [އިންޑިއާގެ] އިންޓެންޝަންއާ މެދުގައި އެބަ ސުވާލު އުފެދޭ. އެ މީހުން ބޭނުންވަނީ ކަންނޭނގޭ މިތާ އިންޑިއާ މީހުން ވަޒަންވެރި ކުރުވަން. މިތާ [އައްޑޫގައި] އިންޑިއާ ސިފައިން އެބަތިބި އަދި އިންޑިއާ އިން މިހާރު ދަރަންޏަށް ބައިވަރު ޕްރޮޖެކްޓުތައް ވެސް އެބަ ހިންގާ،" އޭނާ ބުންޏެވެ.
އޭނާ ތުހުމަތުކުރި ގޮތުގައި އިންޑިއާ އެގްޒިމް ބޭންކުން ދަރަންޏަށް ފައިސާ ނަގައިގެން އައްޑޫގައި ވަރަށް ގިނަ ޕްރޮޖެކްޓުތައް ހިންގާއިރު، އެ ގައުމުގެ ކޮންސިއުލޭޓެއް އައްޑޫގައި ގާއިމުކުރަން އުޅެނީ އޭގެ ބަދަލުގެ ގޮތުގައި "އައްޑޫ ގުރުބާން" ކޮށްލުމަށެވެ.
އައްޑު އަށް އުފަން ބައެއް ޒުވާނުން އެ ސިޓީގައި ދިރިނޫޅުނަސް، އައްޑޫގެ އެތެރޭގެ އިގުތިސާދުގައި މިހާރު ވެސް އެ މީހުންގެ ވަރަށް ބޮޑު ދައުރެއް އޮންނަ ކަމަށް އެހެން މީހަކު ބުންޏެވެ. އެ މީހުން ވެސް މިކަމާ ދެކޮޅަށް އަޑުއުފަލަނީ އެހެންވެ އެވެ. އިންޑިއާ އިން އައްޑު އަށް އަތްގަދަކޮށްފި ނަމަ، މިހާރު އެ މީހުންނަށް އައްޑޫގެ އިގުތިސާދުގައި ލިބިފައި އޮތް ފުރުސަތު ވެސް ގެއްލި ދިއުމަކީ މާ ދުރުގައި އޮތް ކަމެއް ނޫން ކަމަށް އޭނާ ގަބޫލުކުރެ އެވެ.
މިއީ އިޖުތިމާއީ ގިނަ މައްސަލަތަކެއް ވެސް ނުކުންނާނެ ނިންމުމެއް ކަމަށް ބައެއް ޒުވާނުން ފާހަގަކުރި އެވެ.
India ge beynumakee dhekunah aiygadha kurun?
The most trusted news source in the Maldives
Mihaaru
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމާ ގުޅޭ ގޮތުން "މިހާރު" ގައި ލިޔެފައިވާ ތަފްސީލީ ރިޕޯޓެއް.
މި ސަރުކާރުގެ ފަޅީގައި ތިއްބެވި ސިޔާސީ ބޭފުޅުންނާއި އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވަމުން ގެންދަވަނީ އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމު ކުރުމަކީ އެ ސިޓީގެ ތަރައްގީއާ ގުޅިފައިވާ ކަމެއް ކަމަށެވެ. އޭގެ ސަބަބުން އައްޑު އަށް ވިޔަފާރި އާއި އިންވެސްޓު ކުރުމުގެ ފުރުސަތު ފަހިވާނެ ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. ރައްޔިތުންގެ މަޖިލީހުގައި އައްޑޫގެ ދާއިރާތައް ތަމްސީލު ކުރައްވާ ހުރިހާ މެމްބަރުން ވެސް ވަނީ އިންޑިއާއާ އެއްކޮޅަށް މި މައްސަލައިގައި އަރުއްވައިފަ އެވެ.
ނަމަވެސް އައްޑޫގެ ގިނަ ރައްޔިތުން މިކަމާ ދެކޮޅު ހަދަމުން އަންނައިރު، މިކަމުގެ ފަހަތުގައިވާ ކަންކަން ސާފުކޮށްދިނުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވެސް ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.
މި ސަރުކާރަށް ތާއީދުކުރައްވާ އައްޑޫގެ އިސްބޭފުޅުންގެ ވިސްނުމުގައި ނަމަ އިންޑިއާގެ ކޮންސިއުލޭޓާއެކު، އެ ސިޓީ އަށް ތަރައްގީ އަންނާނެ އެވެ. ވިޔަފާރީގެ ފުރުސަތުތައް ފަހިވާނެ އެވެ. އެހެންވެ، އައްޑޫގައި ގާއިމުކުރާ އެހެން ގައުމެއްގެ ކޮންސިއުލޭޓަކާ، އައްޑޫގެ ތަރައްގީ ގުޅުވާތީ ބައެއް މީހުންނަށް އެއީ ވަރަށް ޖޯކު، ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ.
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވިދާޅުވެފައި ވަނީ ސަރުކާރަށް ނިސްބަތްވާ ސިޔާސީ ބޭފުޅުންނަށް ހީވަނީ، އައްޑޫގައި ގާއިމުކުރަން އުޅޭ އިންޑިއާގެ ކޮންސިއުލޭޓަކީ ޝޮޕިންމޯލެއް ކަމަށާއި އެއީ އެ ބޭފުޅުންގެ ނަޒަރުގައި ވިޔަފާރިއެއް ކަމަށެވެ.
އުމަރު މިދިޔަ ހަފުތާގައި އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވެފައި ވަނީ، އެ ކޮންސިއުލޭޓް އޭނާ އަށް ސިފަކުރެއްވެނީ ކަސްޓަމްސް އަށް އޮޅުވާލައިގެން ފަހަރަކު ބައެއް ރާއްޖެ އެތެރެކުރުން ކަމަށެވެ. އެެ އަށް ބާރު ދެއްވަމުން އުމަރު ވިދާޅުވީ، އޭނާ އަށް ފެނިވަޑައިގަންނަވަނީ އައްޑޫގައި "މިލިޓަރީ މަރުކަޒެއް" އިންޑިއާ އިން ރާވާ މަންޒަރު ކަމަށެވެ.
"ފުރަތަމަ އައްޑު އަށް [އިންޑިއާ އިން] ގެނައީ ހެލިކޮޕްޓަރަކާއި ސިފައިން. ދެން ގެނައީ ރާޑާ ސްޓޭޝަން. ދެން އެޅީ މިލިޓަރީ ބޭސްއަކަށް ބޭނުންކުރެވޭ ވަރުގެ ވަރުގަދަ އިމާރާތެއް. ޑިޕްލޮމެޓިކް ކަވަރު ދިނުމަށްޓަކައި މިހާރު މި ގެންނަނީ ކޮންސިއުލޭޓް އޮފީހެއް،" ކަމުގެ ނުރައްކާތެރިކަމާއި ރޭވެރުންތެރިކަން ހާމަކޮށްދެއްވަމުން އުމަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުއްތު
06 June 2021
ހަދިޔާއެކޭކިޔައި އޮޅުވާލައިގެން ހެލިކަޕްޓަރއެއް ގެނެ ސް އެބެލެހެއްޓުމަށް އެތައް ސަތޭކަ ބޭރުގެ ސިފައިން މިތާ ޤާއިމްކުރުވި، ބަނދަރެކޭ ، ކޮންސިއުލޭޓޭ ، ޓްރެއިނިން ސްކޫލެކޭ، ތަރައްޤީއޭ ކިޔައިގެން އަނެއް ދޮގު މިއޮތީ ހަދާފަ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ވެރިކަމުގެ ވާދަވެރިކަން ބޮޑުވެ ކޮންމެ ބަޔަކުވެސް ބާރުވެރިކަމުގައި ތިބެން ބޭރު ޤައުމުތަކުން ރިޝްވަތުގެ ގޮތުގައި ފައިސާނަގާ މިފަދަ ޖަރީމާތައް މިދަނީ ހިންގަމުން،
އަލް އުސްތާޒު
05 June 2021
ޤައުމުގެ ކަންކަން މިހާރު މިއޮތީ ބޮއްސުންލާފަ. އައްޑޫ އެކަންޔެއް ނޫން. ބޮޑު ތިލަދުންމަތީގައިވެސް އިންޑިއާގެ ނުފޫޒު އެހާ ގަދަ. މިހެން މިކަންކަން ހިނގުމުގައި އިދިކޮޅު ޕާޓީ ވެސް ޒިންމާ ވާންޖެހޭނެ. އެމީހުންގެ ޒިންމާ އެމީހުން އަދާ ކުރާ ތަނެއް ނުފެނޭ. ޕޕމ އަށް ޔާމިން މިނިވަން ކުރަން ގޮވުން ފިޔަވާ އިތުރު ކަމެއް ވާތަނެއް ނުފެނޭ. މިހާލަތުގައި ޕޕމ މަޑުން އޮވެގެން ނުވާނެ
ދެރަ
05 June 2021
ހަނުހުންނަ މީހާ ދިރިއުޅެނީ ކެނެޑާގަ ދެން ދިވެހިންނަށް ކޮންއުނދަގުލެއް ތިޔަކިރަނީ.
ފޫހި
05 June 2021
ކަލޭ އަކީ ކޮވެެއްޔެއް އެހެންވީމާ ގައުމިއްޔަތެއް ނުހުންނާނެ. ކޮވެލި ބިރިޔާނީކައިގެން ގެތި ޔޫރިން ބޮެއިގެން މުޅިގައިގަ ގެރިގުއި އުނގުޅައިގެން ހުރޭ.
ގުދުގުދާބެއްޔާ
05 June 2021
މިތިބަ ރައްޔިތުންގެ މަޖިލިސްގައި ތިބި ބީތާވެފައިތިބި މެންބަރުން އެބަޖެހޭ ބީތާކަން ކަޑުވާލާފައި ގައުމަށް ކަމެއް ކޮއްދެން! މިދިވެހިރާއްޖޭގައި ގައުމީސަލާމަތައްޓަކައި ވަކި ސަރަހައްދުތަކެއް ކަނޑައަޅަން އަބަޖެހޭ. އޭގެ ތެރޭގައި އައްޑު އަތޮޅާއި ތުރާކުނު ، ފަދަ އަތޮޅުތައް ކަނޑައަޅަން އެބަޖެހޭ! މިހާރުވެސް އިންޑިޔާގައި އެފަދަ ސަރަހައްދުތައް ކަޑައަޅާފައި އެބައޮތް މަލިކުއެއީ ސަރަހައްދެއް. ދާދިފަހަކާޖެހެންދެން މަލިކަށް ދިވެހިންނަށް ނޭރޭ!
ކޮވެލި
05 June 2021
ބަންގާޅު އައުޓޭ ކިއަންވީ އެއް ނުން. ބޮންދުން އޮތީ މިގައުމު ހިފާފަ. އެކަމަކު އިންޑިޔާ އައުޓް. އިންޑިޔާ ފިޔާ އަލުވި ބިސް ހަވާދު ހަނޑޫ ހަކުރު ފުށް ޕާޕަރު ފިލްމް ކަސޯޓީ އަދި ލޯނު އޯކޭ. އެކަމަކު އިންޑިޔާ އައުޓް. ކުރަފި ވިސްނުން ތިބޭ ބަޔަކު ކުރާ ކަމެއް މީ.
ޙުއްތު
06 June 2021
ޤައުމިއްޔަތެއް ، ވަތަނީ ލޯތްބެއް ނެތިގެން ތިޔައުޅެނީ ކޮންތަރައްޤީއެއް ނުލިބިގެންބާ
ކައުންސެލަރު
05 June 2021
މާރިޔާބުނީ އިންޑިޔާ ސިފައިން އައިސް މިތަން ހިފިދާނެކަމަށް. މިހާރުވެސް ކިޔާބަލަ ތިޔަކިޔާ އެްްޗެއް. އެބީދައިން އިންޑިޔާ ސިފައިން މިތާތިބި އަދަދު ނުބުނެވުނީ. ? #އިންޑިޔާއައުޓް
އައްޑޫ ސަލާމަތް ކުރާނެ ކަމެއް ނެތް
05 June 2021
ފުރަތަމަ ކަމަކަށް އައްޑޫއަކީ އެމްޑީޕީގެ މެޖޯރިޓީ ސިޓީއެއް. އެމްޑީޕީއަކީ ވުޖޫދުވުމުން ފެށިގެން އިންޑިޔާއަށް ސަޕޯޓްކުރާ ޕާޓީއެއް. ކެރަފާ އާއިލާއަކީ ރާއްޖެ އިންޑިޔާއަށް ވިއްކާލަން ބޭނުންވާ ބައެއް. މިހުރިހާ ކަމެއް އެނގިހުރެ 2018ގައި އެމްޑީޕީ ސަރުކާރެއް އިންތިހާބުކޮށް އެއަށް ފަހު މަޖްލީހުގެ މެޖޮރިޓީވެސް އެމްޑީޕީއަށް ދިނީ. މައްސަލައެއް ނެތް މިސަރުކާރަކީ 50-50 އޮންނަ ސަރުކާރެއް ނަމަ. އެކަމަކު ކީއްކުރާނީ. މަޖްލީހުން ފާސްކުރި ގޮތް މިއީ. ޑިލްވިތުއިޓް.
އޮނަރަބްލް އަފީފު ދީދީ
05 June 2021
ދިޔަދޮވީގެ ދެކޮޅުން ފެން ނުފައިބާނެކަމަށާއި ކ.އަތޮޅުމާލެއިން ދުރުގައި ރިސޯޓްހެދުމުން ކޯފާ ބާވައިލައްވާނެކަމަށް ފަތުވާދިންމީހުންއެތިބީ 10 ބުރީގެގޭގައި ލިބޭކުލިން އަރާމްދިރިއުޅުމުގައި. # މިފަދަމީހުނަށް އައްޑޫގައި އެއްވެސްކަމެއްކުރާކަށް ތާއީދެއްވެސްނުކުރެވޭނެ. އަދި އަމުދުން ކޮންސިއުލާރ އޮފީހެއްފަދަ ދުނިޔޭގެ ޗާރޓްގައި އަނެއްކާވެސް އައްޑޫ ފާހަނގަކުރެވޭނެ ނިޝާނެއް އިތުރު ވުމަކީ އެމީހުން ރުހޭނެ ކަމެއްނޫން. ކޮންސިއުލަރ އަށް އައްޑޫ ރައްޔިތތުންވެސް ތާއީދު.
ކކކކ
05 June 2021
އިންޑިޔާ އައުޓް! ސޭވް އައްޑޫ!
ގުދުގުދާބެއްޔާ
05 June 2021
ކަލޯ އޮނަރަބްލް އަފީފު ދީދީ ކަލޯމެންގެ 10 ބުރީގެއިމާރާތް މާލޭގަ ގިނައީ، ކަލޯމެން 30 އަހަރަށް ކުއްޔަށް ނަގައިގެން ހަދާފައި ތިތިބީ ސިންގަޕޫރުގައި. ހަޔާތުގެ ކުޑަކަން ފުޅެއްވެސް ނެތް!
ރިޔާޒު ރަށީދު
06 June 2021
މާލެ އަކީ ކ އަތޮޅުގެ ރަށެއް ނޫން. ގާނޫނު އަސާސީ ވެސް ކިޔާލަން މަސައްކަތަކަށް ހިތުހުރި ގޮތަކަށް ލިޔަނީ. މާލެއަކީ ދިވެހިރާއްޖޭގެ ފަހުރުވެރި ޒަމާންވީ ވެރިރަށް. ކޮންމެ ގައުމެއްގައިވެސް ވެރި ރަށެއް އޮވޭ. މިބުނީ އެހެން ތަންތަން ތަރައްގީ ވާން ނުޖެހޭނެއެކޭ ނޫން.
މ އަސްލު
05 June 2021
އިންޑިޔާ ބެންކް އެއް އައްޑޫސިޓީގައި އެބަހުރިތޯ؟ މުސްތަގުބަލުގައި ގެސްޓްހައުސް ހަދަން ފަސޭހައިން ލޯނުތަށް ލިބޭގޮތަށް ހަމަޖެއްސިދާނެ، ކޮންސޮއުލޭޓެއް ގާއިމްކޮށްފަ އިންޑިޔާގެ ބޮޑުއާބާދީގައި އައްޑޫ ސިޓީ އިޝްތިހާރުކޮށް އިންޑިޔާގެ ގެސްޓުން ގެނަޔަސް ތަރައްގީ ފެނިދާނެ ވަރަށް ފަސޭހަކޮށް... އިންޑިޔާ އައުޓް ކިޔާ ހަޅޭލަވަން ހުއްޓަ ބޮލުގައި ރިއްސަން ފެށީމަ ޑޮކުޓަރަށް ދިޔައީ ޑޮކުޓަރ އަކަށް ނަރުހަކަށް ވެސް ހުރީ އިންޑިޔާމީހުން.......