ފިނޭންސް މިނިސްޓްރީގެ އިމާރާތް. ސަރުކާރު ހިއްސާވާ 25 ކުންފުންޏަކުން ނެގި ލޯނަށް ސަރުކާރުން ގެރެންޓީދީފި
07 ޖޫން 2021 - 11:31
ސޮވެރިން ގެރެންޓީ ދީގެން ސަރުކާރުގެ ތިން ކުންފުންޏަކުން ނެގި ލޯނު އަނބުރާ ދެއްކުމުގައި ސަރުކާރުން އެހީވާން ފަށައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ފިސްކަލް ރިސްކް ސްޓޭޓްމަންޓް"ގައި ވާ ގޮތުން ލޯނުތަކަށް ގެރެންޓީ ދިނުމުގައި އޮތް އެންމެ ބޮޑު ރިސްކަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ލޯނު ނުދެއްކޭ ހާލަތަށް ދިއުމެވެ. އެ މިނިސްޓްރީން ބުނީ މި ވަގުތު ސްޓެލްކޯ އާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނަގާފައިވާ ލޯނުތައް އެ ކުންފުނިތަކަށް ނުދެއްކިގެން، ދައުލަތުން މާލީ އެހީީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެހެންނަމަވެސް އެއީ ކޮންކޮން ލޯނުތަކެއް ކަމެއް ފިނޭންސުން ހާމަައެއް ނުކުރެ އެވެ. އަދި ލޯނު ދެއްކުމަށް ސަރުކާރުން އެ ތިން ކުންފުންޏަށް ދިނީ ކިހާ ފައިސާއެއް ކަމެއް ވެސް ފިނޭންސަކުން ނުބުނެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުން ސްޓެލްކޯ އިން 75 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ގެ ލޯނެއް 2017 ވަނަ އަހަރު ނަގާފައިވެ އެވެ. އަދި 2018 ވަނަ އަހަރު މާލެ އާއި ހުޅުލެ އާއި ހުޅުމާލެ އެއް ކަރަންޓް ވިއުގައަކުން ގުޅުވައިދޭން "ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑް ޕްރޮޖެކްޓް" އަށް 35 މިލިއަން ޑޮލަރު (600 މިލިއަން ރުފިޔާ) ގެ ލޯނެއް ނެގި އެވެ. އެ ދެ ޕްރޮޖެކްޓް ހިންގުމަށް އެ ކުންފުނިން ނެގި ދެ ލޯނަށް ވެސް ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވެ އެވެ.
ގަން އިންޓަނެޝަނަލް އެއާޕޯޓު ތަރައްގީ ކުރަަން އޭއައިއޭ އިން 17 މިލިއަން ޑޮލަރު (262 މިލިއަން ރުފިޔާ) ގެ ލޯނެއް 2015 ވަނަ އަހަރު ނަގާފައިވަނީ ވެސް ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެންނެވެ.
އެޗްޑީސީއިން ނަގާފައިވާ 10 ލޯނަކަށް ސަރުކާރުން ގެރެންޓީދީފައިވެ އެވެ. މީގެ ތެރޭގައި ފޭސް ޓޫގެ މަގު ހެދުމާއި 7،000 ފްލެޓް އެޅުމާއި ހުޅުލެ އާއި ހުޅުމާލޭގެ ލިންގް ރޯޑް ހެދުމުގެ މަސައްކަތް ކުރުމަށް ވެސް ލޯނު ނަގާފައިވެ އެވެ. އެ ކުންފުނިން ނެގި ލޯނުގެ އަދަދު 796 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އެޗްޑީސީއަކީ މިދިޔަ ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން އެންމެ ގިނައިން ލޯނުތައް ނަގާފައިވާ ކުންފުންޏެވެ.
މިދިޔަ އަހަރުގެ ނިޔަލަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނެގި 25 ލޯނަކަށް ދައުލަތުން ސޮވެރިން ގެރެންޓީ ދީފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރުން ލޯނު ގެރެންޓީ ދޭ އުސޫލަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި ލޯނަށް ގެރެންޓީ ދިނުމުގައި ބަލާނެ މިންގަނޑުތަކާއި މާލީ ހާލަތަށް ބެލުމަށް ހަމަޖެހިފައިވެ އެވެ. އަދި އެސެސްކޮށް ކުންފުނީގެ ހާލަތު މޮނީޓާ ކުރުމުގައި އަމަލުކުރާނެ އާ ގޮތްތަކެއް އެކުލަވައިލާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޑިއްކެ
09 June 2021
ލޯނު ނުދެއްކޭނެ ވަރުގެ ބަޔަކަށް ސޮވެރިން ގެރެންޓީ ދިނީ ކީއްވެ. ތީ އަމީރުގެ ވަރަށް ބޮޑު މައްސަލައެއް.
ތިމާވެށި
08 June 2021
ނެގިލޯން ހަރަދު ކުރި ގޮތް ރަނގަޅަށް ނުބަލާއަނެއްކާ ފައިސާ ދެނީ އެވެ.
އެމްސް
08 June 2021
ސަރު ކާރު ކުންފުންޏެއް ވިއްޔާ މެނޭޖްމެންޓް ޚަރަދުވެސް އުޅޭނީ އިންތިހާގަ!
ހަދީޖ1
08 June 2021
ކޮބާ ސަން ސިޔާމް - ކުންފުނި 135މިލިއަން $ ސަރުކާރު ހިއްސާ ނަގަންޖެހޭ ....
އަލީޔޫ
07 June 2021
އާދައިގެ މީހަކު ލޯނު ނުދެއްކިގެން ތެޅިފޮޅުނަސް ނުފެންނާނެ, ކިތައްމީހުނތޯ ލޯނު ނުދެއްކިގެން ގެދޮރު އަތުލީ ކީއްވެތޯއެހީނުވަނީ, މުއްސަނޖަކައް މަހުޖަނަކައް ނުވާތީ,!
އަލީޔޫ
07 June 2021
އާދައިގެ މީހަކު ލޯނު ނުދެއްކިގެން ތެޅިފޮޅުނަސް ނުފެންނާނެ, ކިތައްމީހުނތޯ ލޯނު ނުދެއްކިގެން ގެދޮރު އަތުލީ ކީއްވެތޯއެހީނުވަނީ, މުއްސަނޖަކައް މަހުޖަނަކައް ނުވާތީ,!
ފިނޭންސް
07 June 2021
މިއީ ދެން ކިހާ ބޮޑު ބލއެއް. އޭޕްލަސް ކެޓަގަރީގެ ކުންފުނިތަކަށް ހަދާފައި، އޭޕްލަސް ވީމާ ތަނުގެ ޗެއަރމަނަށް 100،000ރ. ގެ މުސާރަދޭ. ބަލަ ތަންހިންގަން އެމީހުންނަށް ނޭގޭތީއޭ ލޯނު ނަގާފައި ފައިސާ ނުދެއްކެނީ. ދެން އެމީހުން ވަކިކުރާކަށް މަޖިލީހުން ނުވޭތަ؟ ހަމައެކަނި ވަޒީރުންތަ (އެވެސް އެމްޑީޕީ ނޫން) ޖަވާބުދާރީވާން މިޖެހެނީ؟ ވަޒީރުގެ މުސާރައަކީ 67،000ރ. ހެޔޮނުވާނެ ކަމެއްކުރަން އެނގޭމީހުން މަޖިލީހަށް ލާބަލަ ރައްޔިތުން ވެސް.
ދުއްޕާން
07 June 2021
މިއަދު އުމަރު ދެއްކި ވާހަކައިގެން ހަގީގަތް މި ފެންނަނީއެވެ. ރަށްތަކާއި,ފަޅުތަށް,ގިރިތަކާއި,ހާހާތަށް ވިއްކާލާފައި އެޅީ ސިޔާސީ މީހުންގެ ޖީބަށެވެ. ރައްޔިތުން ނަމުގައި ލޯނުނަގާފައި ޗައިނާއާއި ހަވާލުކޮށް އެފައިސާ ދައްކަންވީމާ މަންމަގެ ފައްޓަރުބައި ވެސް ދެންޖެހޭނީ ވިއްކާލާށެވެ. ތަރައްގީތަށް ކޯދުލާފައި އަރާތަށް ތި ފެންނަނީ ހަލާލެއް ހަރާމެއް ނުބަލާ ޖެހުނު ތާކުން ކާށެވެ. ދެންވެސް އަތްޖަހާށެވެ. އެމް އެމް ޕީ އާރުސީގެ ފައިސާ ނެގިމީހުންނަ އަދަބު ނުލިބޭނެއެވެ.
ައަހާ
07 June 2021
ސްޓެލްކޯގައި ރައްޔިތު މީހާ ހުށަހަޅާ ބިލަށްވެސް ފައިސާ ދެވޭނެގޮތެއް ނެތް. 2013 ވަނައަހަރުގެ ބިލަކަށްވެސް މިއުޅެނީ ފައިސާނުލިބިގެން. އެތަން ހިންގަން ހުޜީ މާމޮޅުމީހެކޯ. 2 ދުވަހުން އެއްދުވަހު ނޫސްތަކަށް މޮޅެތި ހަބަރުތައް ދީގެން އިސްތިހާރުވާން އުޅޭމީހެއް
1234
07 June 2021
ވެރިންްވާންޖެހެނީ އިލްމާ ހިލްމު ހުތި ކެރޭ އެނގޭ މީހުނަށް. ގައުމަކާ ހަވަލުވަނީ އެގައުމެއްގެ ދަރަންޏަ އަރަންޏާ އިޖްތިމާއީ އިގްތިސާދީ ހުރިހާ ކަމެއްވެސް ކުރެވެންޏާ. ހަމަ އެކަނި މާލިއްޔާތުގައި ޖުމްލަ ހުރި 1.4 މިލިއަން ޑޮލަރު ބަހާ ހުސްކޮށްލުމަކުން އެއީ ،ިންމާ އަދާ ކުރެވުނީއެއްނޫން. އަދި މިހާލަތުގައި ކުރީ ސަރުކާރިތަކުން. މޑޕ ހިމެނޭ ގޮތުން ކުރިކަންކަމަށް އެއްޗެހި ކިޔާކަށްވެސް ނުޖެހޭ. ފެންނަނީ ނާގާބިލްކަން.