ޚަބަރު / ނަސްރީނާ އިބްރާހީމް

ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް. -- ފައިލް ފޮޓޯ: މިހާރު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އޮފިޝަލަކު ވަނީ އުމުރުން 70 އަހަރުގެ ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން "މިހާރު" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް ހާލުކޮޅާ ބެހޭ ގޮތުން ތަފްސީލެއް ނުދެއްވަ އެވެ.

ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެފައި ވިޔަސް މައުމޫން ޕޮޒިޓިވް ނޫން ކަމަށް އެނގިފައިވެ އެވެ.

މިދިޔަ އަހަރުގެ އޯގަސްޓް މަހު މައުމޫން ވެސް ކޮވިޑަށް ޕޮޒިޓިވްވެ ބައްޔަށް ފަރުވާ ހޯއްދެވި އެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި އޯގަސްޓް 25 ގައި ފަރުވާ ދޭން ފެށުމަށް ފަހު ބަލިން ރަނގަޅުވެ ދޫކޮށްލީ ސެޕްޓެމްބަރު 14 ގަ އެވެ.

މައުމޫންގެ ދެކަނބަލުން ކުރިން ވަނީ ކޮވިޑް ވެކްސިން ވެސް ޖައްސަވައިފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވުމަށް ފަހު އެޅި ހަރުކަށި ފިޔަވަޅުތަކާ އެކު މިހާރު ވަނީ ކޭސްތަކުގެ އަދަދު މަދުވާން ފަށައިފަ އެވެ. މިދިޔަ 24 ގަޑިއިރު ތެރޭ ވެސް މުޅި ރާއްޖޭން 295 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެ އެވެ. މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ 13،000 ގަ އެވެ. މިއީ 25،000 އާ ހުރުމަށް ފަހު އައި ދަށްވުމެކެވެ.

11 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 64%
icon angry icon angry 0%
icon wow icon wow 9%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

1976

12 June 2021

އަވަސް ޝިފާއަކަށް އެދެން

The name is already taken The name is available. Register?

ށަވިޔަނި

12 June 2021

شفاها الله عاجلا

The name is already taken The name is available. Register?

މާތްކަލާކޯ

12 June 2021

ޔާމީން ރައްޔިތުންނަށް ހަދާދިން ތަނެއް. ރޯޔަލްސް އިންނަށް.ވަކި ފްލޯއެއް ހަދާގެން ނިކަމެތިން މިލިޓަރީ ފކނ ރެކްރޫޓސް އިން ގިރިފުށިގަވެސް ނުގެންގުޅޭހާ ނިކްމެތިތަނެއް ހުޅުމާލޭގަ ނުނިމި ހުރި އިމާރާތެއް ހަދާގެން ނިކަމެތިން ނިކަމެތި ކްމުގަ ބައިތިއްބަނީ. ޏަޝީދު އަދި އީވާ ފިރިމީހާ ކުޑަވާއިނގިލި ރީހެބްކުރަން ޕްރައިވެޓް ޖެޓުގަ ޖަރުމަނުގަ. މާތްކަލާކޯ މިއޮތީވާ އާއިލާއެއް މަޖިލިހަށް ވެރިވެގަނެފަ.

The name is already taken The name is available. Register?

އަލީރާޖާ

12 June 2021

އަވަސް ޝިފާއަކަށް އެދެން.

The name is already taken The name is available. Register?

ލައިޓް

12 June 2021

މިޖީލުގެ ދިވެހިންގެ މަންމަ ( ޝީ ) އަށް މާްތްﷲ ގެ އިރާދަފުޅުން އަވަސް ޝިފާ އަކަށް އެދެން.

The name is already taken The name is available. Register?

ޅޯކަ

12 June 2021

އަވަސް ޝިފާއަކަށް އެދެން

The name is already taken The name is available. Register?

ހެޔޮއެދޭ

12 June 2021

އެކަމަނާއަށް އަވަސް ޝިފާއަކަށްއެދެން

The name is already taken The name is available. Register?

ސުޖާ

12 June 2021

މިވަރުގަދަ ހިއްވަރުހުރި ކަނބަލަކު އަދި ފަސްޓްލޭޑީގެ މަގާމަށް އައިސްފައިނުވޭ . ސިޔާސީ މައިދާނުގައި ހުންނެވީ އަބަދުވެސް ސާބިތުކަމާއެކު، ހިތްހެޔޮ އޯގާތެރި ހިންގުންތެރި ދުރުވިސްނޭ ކަނބަލެއް ،ހެޔޮހާލުގައި ލެއްވުން އެދި ދުޢާކުރަން

The name is already taken The name is available. Register?

ދުޢާ

12 June 2021

އެކަމަނާއަށް އަވަސް ޝިފާއަށް އެދި ދުޢާކުރަން!

The name is already taken The name is available. Register?

އަލީ1

12 June 2021

ނަސްރީނާ އަށް އަވަސް ޝިފާއަކަށް އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454