އަނިޔާވި މީހާ އަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން. ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ
ލޯންޗްތަކުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ. -- ފޮޓޯ: އެމްއެންޑީއެފް
17 ޖޫން 2021 - 09:09
މާލޭ ދެކުނު ފަރާތު ފަޅުތެރޭގައި އޮތް ތިން ލޯންޗެއްގައި މިއަދު ހެނދުނު އަލިފާން ރޯވެ އަނދައިފި އެވެ.
އެމްއެންޑީއެފުން ބުނީ އަލިފާން ރޯވި ކަމުގެ ރިޕޯޓް ލިބުނީ ހެނދުނު 6:13 ހާއިރު ކަމަށާއި އަނިޔާވި އެކަކަށް އައިޖީއެމްއެޗްގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ.
ސިފައިން ބުނި ގޮތުގައި އަލިފާން ކޮންޓްރޯލް ކުރެވުނީ 6:16 ހާއިރު އެވެ. އަދި ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ 6:45 ގައި ކަމަށް ބުންޏެވެ.
ލޯންޗްތަކުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ. -- ފޮޓޯ: އެމްއެންޑީއެފް
މި ހާދިސާގައި އަނިޔާވި މީހާ ބެހޭ މައުލޫމާތެއް އަދި ނޭނގެ އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި ލޯންޗްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. ބެލެވޭ ގޮތުން މީގެ ތެރޭގައި ފަސިންޖަރުން އުފުލާ ލޯންޗަކާއި ސްޕޯޓްސް ފިޝިން އަށް ބޭނުންކުރާ ދެ ލޯންޗެއް އޮތެވެ.
ލޯންޗްތަކުގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ. -- ފޮޓޯ: އެމްއެންޑީއެފް
ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
މީގެ އަހަރުތަކެއް ކުރިން ވެސް މި ސަރަހައްދުގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައި އުޅަނދުތަކަކަށް ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
17 June 2021
ކޮވިޑް ލޮކްޑައުން އާ ގުޅިގެން ފުލުހުންނާ ސިފައިން ހަވީރު 4 ން ރޭގަނޑު 12 އަށް މާލެ ސަރަހައްދު ދަނީ ބަލަހައްޓަމުން ނެވެ. ދަންވަރު ބާރަ އިން ހެދުނު 6 ށް ފުލުހުންނާ ސިފައިން ނުފެނެ އެވެ. މަގުމަތީ ގޭންގް ތައް އުޅެ އެވެ. ވައްކަން ވެސް ގިނަ ވެއްޖެ އެވެ. ނޫސްވެރީން މިކަމުގެ ހަގީގަތް ބަލާ ދާއިރާ ތަކުގެ ސަމާލު ކަމަށް ގެނެސް ދިނުން އެދެމެވެ.
ގުޅުން؟
17 June 2021
އިހަކަށްދުވަހު މި ނޫހުގަ މި ލޯންޗްތަކާ ބެހޭ އާރޓިކަލެއް އޮތީ. އޭގައި މައުލޫމާތުދީފައިވާ އެކަކުގެވެސް ލޯންޗެއް ތިކަމުގަ ހަލާކުވިތަ؟
ހެޔޮއެދޭ
17 June 2021
ހެކި ނައްތާލީތަ އަނެއްކާ؟
މަސް ބާނަން ހުރި މީހާ
17 June 2021
ހާދިސާ ހިނގި ގޮތަކީ ކުއްލި އަކަށް ފަސިންޖަރުން އުފުލާ ލޯންޗުން އެއްޗެއް ގޮވީ. އެޔަށްފަރު މީހަކު އެތާ ކައިރީ ހޭނެތިގެން ވެއްޓުނީ. ނަސީބަކުން ދުވަން އުޅުނު ސިފައިން އަދި ބައެއް ފުލުހުން ތިބި. އެމީހުން ފުރަތަމަ ބެލީ އެމީހާ ސަލާމަތް ކުރެވޭތޯ. ކުޑަކުޑަކޮށް ދުން އެރި ލޯންޗު އެތެރެއިން. ނަމަވެސް އޭރު ކިރިޔާ ފާހަގަ ވަނީ. އިސާހިތަކު ހުޅުގަނޑަކަށް ބަދަލުވެއްޖެ. ކައިރީ ތިބި ފުލުހުން ހުށިޔާރު ކަމުން ލޯންޗު ތަކުގެ ވާތަށް ކަނޑަމުން އެއްފަރާތް ކުރީ.
މިޚަބަރު ކިޔަން އިން މީހާ
17 June 2021
ސަޅި އިނގޭ! މަސްބާނަން ހުރި މީހާ ތިވަނީ، ކަން ހިނގި ވަގުތު ފެނުނު ކަންތައް މި ޚަބަރަށްވުރެ ތަފްޞީލުކޮށް، ލޮލަށް ފެންނަ ފަދައިން ކިޔައިދީފަ އެވެ. ޝުކުރިއްޔާ އިނގޭ!
ރަދީފްއޮފިޝިއަލް
17 June 2021
މާލޭގެ ފަޔާ ސްޓޭޝަނާ ރޯވި ލޯންޗް ހުރިތަނާ ދެމެދު ހުންނާނީ ގާތް ގަނޑަކަށް 600 ޕްލްސް ފޫޓް.ނަމަވެސް އަލިފާން ނިއްވާލެވުނުއިރު ލޯންޗްތައް އެވަނީ މުޅިން ހަލާކުވެފަ.ކިހާ ކޮލިޓީ ދޯ.
ާްއަޒްނާ
17 June 2021
ކައިރިވިޔަސް ބަލަ އަލިފާން ފަސޭހައިން ހިފާ ޒާތުގެ މެޓީރިއަލް ވީމާ ކުރެވޭނެ މާ ބޮޑު ކަމެއް ނެތް. ފައިބަރ ޕުލަސް ޕެޓްރޯލް. ސައިންސް ސްކޫލްގައި ނުކިޔެވީމަ ވާ ނޭގޭނެ.
ސައިކޯ
17 June 2021
ކަލޭތީ ސިކުޑީގެ މައްސަލައެއް އުޅޭ މީހެއްތަ؟ އެއްވެސް ކަމެއްގެ ފޮސިވިޓް ސައިޑެއް ނުފެނި އަބަދު އިދިކީލިވެފަ ތިހުންނަނީ. ތީ މީހުން އުޅޭ ފާޑެއްނޫން. ތަންކޮޅެއް ތަޞައްރަފު ފުދެން އެބަޖެހޭ.
ރަދީފްއޮފިޝިއަލް
17 June 2021
ޑިސްލައިކް ޖަހައިގެން މިކަން ދޮގުކުރެވޭނެ ބާ؟؟ ހެހެހެހެހެެހެ
ރަދީފްއޮފިޝިއަލް
17 June 2021
ހެހެހެހެހެ.އަލިފާން ހިފާ އެއްޗެހިކަން މަށަށް ވެސް އެނގޭ.ގައުމުތަކުގަ ހުންނަ އޮއިލް ފީލްޑް ތަކުގަ ރޯވީމަ މަނިކްފާނު ތިބުނާ ގޮތުން މުޅި ސަރަހައްދު އެކީގަ އަޅިއަށް ވެ ނިމޭފަހުން ތާ ނިއްވާލެވޭނީ.ދެން އެމީހުން ބުނަންވީ އަލީފާން ރޯވީ ކޯރެއްހެން އޮތް ތެޔޮ ގަނޑެއްގަ އޭ!! ލޮލް. މަ ބޭނުން އެއްޗެއް މަ ލިޔާނީ.މާއްދާ27
އެބީ
17 June 2021
ލޯންޗްފަހަރުން ވައްކަންކުރާ ވާހަކަ އޮތް ވަރަށްފަހުން ލިޔެފަ. މިހާުރު މިއޮތީ ރޯވެފަ