އެޗްއާރުސީއެމް އިން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/އެޗްއާރްސީއެމް
21 ޖޫން 2021 - 17:32
ރާއްޖޭގައި ރުގްޔާ ކުރުން ވަކި ގަވައިދަކަށް ފެއްތުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.
އެހެންވެ، އެ ކޮމިޝަނުން ފުލުހުންނާއި ޖެންޑާ މިނިސްޓްރީ އަދި އިސްލާމިކް މިނިސްޓްރީއާއެކު ކޭސް ކޮންފަރެންސެއް ވެސް އިއްޔެ ވަނީ ބާއްވައިފަ އެވެ.
އެޗްއާރުސީއެމުން ބަލަމުން އަންނަ ބައެއް މައްސަލަތަކާ ގުޅިގެން މައުލޫމާތު ހޯދުމުގެ އިތުރުން ރުގްޔާ ކުރުން ރެގިއުލޭޓް ކުރުމާ ގުޅޭ މަޝްވަރާ ވެސް މި ބައްދަލުވުމުގައި ކުރި ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.
ކޮމިޝަންގެ މެމްބަރު ޝިފާއަތު އަބްދުއްރައްޒާގު "މިހާރު" އަށް މިއަދު ވިދާޅުވީ، އެކި ފަހަރު މަތިން އަނިޔާ ލިބުނު މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދީފައިވޭތޯ އާއި މައްސަލަތައް މިހާރު އޮތް ހިސާބާ މެދު މަޝްވަރާ ކޮށްފައި ވާނެ ކަމަށެވެ. އަދި މި މައްސަލަތަކާ ގުޅޭ ހުރިހާ ކަމަކާ މަޝްވަރާކުރި ނަމަވެސް، މައްސަލަތަކުގެ ބާވަތުން ވަކިވަކި ކޭސްތަކުގެ ތަފުސީލު މީޑިއާއާ ހިއްސާ ކުރެވެން ނެތް ކަމަށް ޝިފާއަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރުގްޔާ އާއި ދީނުގެ ނަމުގައި ނުވަތަ ދީނީ ފަރުވާ ދިނުމުގެ ނަމުގައި އަންހެނުން އަދި ކުޑަކުދިންނަށް އަނިޔާކުރާ ކަމުގެ އެކި މައްސަލަތައް ފާހަގަވެފައިވާ ކަމަށެވެ. އަދި އިޖުތިމާއީ އެކި މައްސަލަތައް ވެސް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި މަހާނަ ކޮނުން ފަދަ ހާދިސާތައް ފާހަގަވާ ކަމަށް ޝިފާއަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ރުގްޔާ ކުރުން ރެގިއުލޭޓް ކުރުމުގެ މަޝްވަރާކުރީ އެއީ ކޮންމެވެސް ހައްލެއް ލިބޭނެ ކަމެއް ކަމަށް ގަބޫލު ކުރެވޭތީ އެވެ.
ރުގްޔާ ކުރުމުގެ ނަމުގައި މީހުންނަށް އަނިޔާ ކުރާ އެކި މައްސަލަ، އަދި މަކަރާއި ހީލަތުގެ އެކި މައްސަލަތައް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. މިދިޔަ އަހަރު ރުގްޔާގެ ނަމުގައި އަންހެނަކާއި އޭނާގެ ހަތަރު ދަރިން ރަހީނުކޮށް، ހަތް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ވެސް ފަޅާއަރާފައިވެ އެވެ.
މި މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ދެ މީހަކަށް ދައުލަތުގެ ފަރާތުން ދައުވާ ކޮށްފައިވެ އެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލައިގެ ޝަރީޢަތް މިހާރު ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔަހުޔާ.
22 June 2021
މިރާއްޖޭ މީހުން އިސްލާމްދީން ގަބޫލުކުރީ އިއްޔެއަކު ނޫނެވެ. ފަންޑިތަ ހަރާމް. ރުގުޔާ ހުއްދަ. އޫރު ހަރާމް. އޭގެ މަސް ހުއްދަ. މަރުވެފައިވާ މައިންބަފައިންގެ މައްޗަށް ފާތިހާ ކިޔެވުން ހަރާމް. އެކަމަކު އެމީހުނަށް ހެއުދުޢާ ކުރުން ހުއްދަ. މީ ކޮންގޮތަކުން ދިން ކިއެވި މުއްލާތަކެއްތޯ. ތިއަ ރުގުޔާއެއް އެއްކޮން މަނާކުރަންވީ. ތިއީ މީހުން ފިތުނަކުރާ ލާރި ހޯދަން ބަޔަކު ކުރާ މުޑުދާރު ކަންތައްގަޑެއް.
ްދަސްކުރޭ
22 June 2021
ރުޤްޔާ ކުރުމަކީ ތިމާ އަމި އްލަ އަށް ކުރަން ޖެހޭ ކަމެ އް. އަމި އްލަ ައށް ނުކުރެވޭނަމަ އެންމެ ގާތް މީހުން ކޮށްދޭނީ.ރުޤްޔާ ކުރުމަކީ ޤުރް އާން ކިޔެވުމާ ޝިފާ ދެ އްވުން އެދި ދުޢާ ކުރުން.މީހަކު ގެނެސްގެން ޖިންނި އާ ވާހަކަ ދެ އްކުމެ އް ނޫން ރުގްޔާ ކުރުމަކީ.ވާހަކަ ލިޔާ މީހުންނާ ފިލްމު ހަދާ މީހުން ދަ އްކަ އި ދެނީ ރަގަޅު އެ އްޗެ އް ނޫން
ށަވިޔަނި
22 June 2021
އެއްވެސް ސިފައެއްގައި ހުއްދަ ދޭން ޖެހޭކަމެއްނޫން. ތި މުއްލާއިން ހުއްޓުވަންވީ. ތިކަހަލަ މުއްލާއިންގެ ސަބަބުން މިގައުމުގައި އުފެދުނު ބައިބައިވުންތައް ކުޑަތަ؟ ރުޤްޔާ ޝަރްޢިއްޔާ އޭކިޔާފަ ޢިލްމުވެރިން ދައްކާފަ ހުރިވާހަކަތަކުން ކަނުނޫން މީހަކަށް އެނގޭނެ. އެއީ ދުޢާކަން. ދުޢާކުރާކަށް މުއްލާއަކު ގެންނަން ނުޖެހޭ.
ޖުހާބެ
22 June 2021
ޢެއްވެސް ކަމަކަށްވާ ކަހަލަ ކަމެއް ނުކުރޭ
ކީކޭބުނާނީއަޅެ
21 June 2021
ގާނޫނު ހެދިދާނެ އެކަމަކު މީހުން މިނަށް ވުރެ ގަމާރުވީމައި ކުރެވޭޭނެ ކަމެއް ނޯންނާނެ، ހުއްދަ އޮންނަ މީހުން އަންހެނުންނާ ކުޑަކުދިންނަށް އަނިޔާ ނުކުރާނެ ކަމެއް ކިހިނެއް އެނގެނީ، ކުޑަކުދިންނާ އަންހެނުންނަށް ގޯނާކުރުން މިހާރުވެސް މަނާ، އަދަބުވެސް ލިބޭ، އެއީ ގާނޫނަކުން މަނާ ނުކުރާތި ކުރާކަމެއް ނޫން، އަނިޔާވެރި ކަމާ ވަހުޝީކަން އެއީ
ހަސަން އައްޑޫ
21 June 2021
މިބޭފުޅުން މުވައްޒަފުންގެ ޙައްޤުތައް ނިއުޅައިގަނެ މީޑިއާ އަރާ މޮޅެތި ވާހަކަ ދައްކަނީ. އެޗްއާރްސީއެމްގެ މުވައްޒަފުން ކަނޑާ ބޭނުން ބަޔަކު، މެންބަރުންގެ ތައްޕާހުގައި އުޅޭ މުވައްޒަފުން ވަޒީފާތަކަށް ނަގާ މީޑިއާގަ ބަޔަކު އުޅޭކަން އަންގަން މޮޅެތި ވާހަކަ ދައްކަނީ
އެކްޓިވިސްޓު
21 June 2021
އަޅެ ތިބޭފުޅުން ކަމެއްނުކޮށް ތިހާ ބޮޑެތި މުސާރަ މަސްނިމިގެން ގެންދާއިރު ހިތަށް އެއްޗެކޭ ނާރާތަ؟ އަމިއްލަ ނަފްސުދެކެ ކުޑަވެސް ލަދެއްނުގަނޭތޯ! އަހަރެމެން ކޮންމެދުވަހަކު ހުސްވަގުތެއްނެތި ރިސެޕްޝަންގައި އަންނހާ އެކިވައްަތރުގެ މީހުންނާ ކުރިމަތިލާފަ ބޯގޮއްވައިހގެންވެސ ލިބެނީ 7000 ރުފިޔާ ކިރިޔާ
އަޝަރަފު
24 June 2021
މަވެސް ރުގިއްޔާ ދަސްކެރަންވީ ތޯއްޗެއް، އޭރުން 30،000 މަސްނިމޭއިރު ނެގޭނެ
ދެން އަތްޖަހާ
21 June 2021
މި ބޭފުޅުން ނޫސްތަކަށް އަރަން މާދަމާ ދައްކަވަން ރާވާފައި ހުރީ ކޮން ވާހަކަތަކެއްބާ. ޒިންމާ އަދާނުކުރާ ވާހަކަ އެކި ދިމަދިމާލުން ދައްކަން ފެށީމަ އެކަން އޮބި އަޅުވާލަން ކުރާ ކަމެއް މިއީ.
ބޮޑުވަޒީރު
21 June 2021
މުވައްޒަފުންނަށް ގޯނާކޮށް ޖެއްސުންކުރާނެ ގޮތުގެ ގަވާއިދެއް ހަދަން އެޗްއާރސީއެމް ވަރަށް ރަނގަޅުވާނެ.
ރަދުން
21 June 2021
ބޮޑު މުސާރަކާލައިގެން ތިބެވޭތޯބަލަ.