މަޖިލީހުގެ ޖަލްސާއެއްގައި ސަލީމް ވާހަކަ ދައްކަވަނީ: ދުވަސްވީ މީހުންނަށް ކައުންސިލަށް ވާދަ ނުކުރެވޭ ގޮތަށް ގާނޫނު ބަދަލު ކުރަން އުޅޭތީ ސަލީމާ ޕީޕީއެމްގެ ބައެއް މެމްބަރުން ފާޑު ވިދާޅުވި. --ފޮޓޯ: މަޖިލިސް
23 ނޮވެމްބަރ 2016 - 11:22
އުމުރުން 65 އަހަރުން މަތީ މީހުންނަށް ކައުންސިލް އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅީ ގިނަ ބައެއްގެ ސިޔާސީ ހަޔާތް ދުއްވާލަން ކަމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ. އެކަމަކު މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ސަލީމްގެ ވިޔަފާރީގެ ތެރޭގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން، ދާދިފަހުން ޔާމީން ފެކްޝަނާ އަލުން ގުޅިވަޑައިގެންނެވި ސަލީމް ވިދާޅުވީ ސިޔާސީ މަގާމަކަށް އައުމަށް ބައެއް މީހުން މަސައްކަތް ކުރަނީ އަމިއްލަ ވިޔަފާރިގައި ނުވަތަ ސިވިލް ސާވިސް ތެރޭގައި އެތައް އަހަރެއްވަންދެން މަސައްކަތްކޮށް ތަޖުރިބާ ލިބުމަށް ފަހު ކަމަށެވެ.
"އުމުރު ދުއްވާލައިގެން މަސައްކަތްކޮށް ތަޖުރިބާ ހޯދައިގެން ސިޔާސީ މައިދާނަށް ނިކުންނައިރު ސިޔާސީ ކެރިއަރު މި ދުއްވާލަނީ. އެއީ އެކަން ވާނެ ގޮތެއް ނޫން،" ސަލީމް ވިދާޅުވި އެވެ.
އިސްލާހާ ދެކޮޅަށް ވާހަކަ ދައްކަވަމުން ސަލީމް ވަނީ ބައެއްގެ ސިޔާސީ ހަޔާތް ދުއްވާލަން ކުރާ މަސައްކަތަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެތައް އަހަރެއްގެ ބުރަ މަސައްކަތުން ސިޔާސީ މަގާމަކަށް އަންނަން ބަޔަކު ކުރާ މަސައްކަތް ނާކާމިޔާބު ކުރަން ފުރުސަތު ނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިސްލާމީ ތާރީހުގެ ތެރޭގައި ކަންކަން ހިނގާފައިވާ ބައެއް ކަންކަމުން މިސާލު ނަންގަވަމުން ސަލީމް ވަނީ އެ ކަންކަމުން އިބުރަތް ހާސިލްކޮށް ވިސްނާވަޑައިގަތުމަށް މެމްބަރުންނަށް ގޮވާލައްވާފަ އެވެ. އަދި ހިތަށް އަރާއިރަށް ވިސްނާނުލައި ގާނޫނަށް ބަދަލު ގެނެސްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސަލީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވިސްނުންފުޅާ އެއްގޮތަށް ގައުމު ތަރައްގީވެ، ރައްޔިތުންގެ އަތްމަތި ތަނަވަސްވާން އޭނާ ވެސް ބޭނުންވެ އެވެ. އެކަމަކު އިންސާނުން ގަބޫލު ނުކުރެވޭ ކަންކަމަށް ތާއީދު ކުރެވެން ނޯންނާނެ ކަމަށް ސަލީމް ވިދާޅުވި އެވެ.
އުމުރުން 65 އަހަރުވުމުން ކައުންސިލް އިންތިހާބަށް ކުރިމަތިނުލެވޭ ގޮތަށް ލޯކަލް ކައުންސިލް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވެސް ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އަދި ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް މި އިސްލާހާ ދެކޮޅަށް ވާހަކަ ދެއްކެވި އެވެ.
އިސްލާހު ހުށަހެޅުއްވި ޝުޖާއު ވިދާޅުވި ގޮތުގައި އުމުރުން 65 އަހަރުވުމުން ރައްޔިތުންގެ މަސްލަހަތު ހިމެނޭ ޒިންމާއެއް އެންމެ އެކަށީގެންވާ ވަރަށް ނުއުފުލޭނެ އެވެ. ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޒުވާނުންނަށް ފަހިކޮށްދޭން ޖެހޭތީ އިސްލާހު ހުށަހެޅުއްވީ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަަައަލީ
23 November 2016
މަޖިލީހުގެ މެންބަރުން އަދި ކޯޓުތަކުގަ އުޅޭ މީހުން ނަށްވެސް 65 އަހަރު ވުމުން ކުރިމަތި ނުލެވޭ ގޮތަށް މަގިލީހަށް ބިލެއްވައްދަން ސުޖާ އަށް ކެރޭނެތޯ''' އަސްލު ވެސް މީ ކުރަން ޖެހިފަ އޮތަ ކަމެއް. އަދި މަޖިލީހުގަ މާ ގިނަ މިހާރު ވެސް މެންބަރުން. އެ އަދަދު މަދު ކުރަން ވެސް ވޯޓެއް ފާސް ކޮއްދިނުމަށް ވެސް ދާއިރާގެ މީހެއްގެ ހައިސިއްޔަތުން ވަރަށް އެދެން
ރާޢްޖެތެރެ
23 November 2016
"މީހުން ހުރިހާ މާނައެއްގައި ފުރިހަމަށް ކޮންޓްރޯލް ކުރަން އޮތް އެންމެ މޮޅު އުކުޅަކީ ހިނދު ކޮޅުކޮޅުން އެމީހުންގެ މިނިވަންކަމުން ކުޑަ މިންވަރެއް އަދި އެމީހުންގެ ހައްގުތަކުން ފަހަރަކު ކުޑަ މިންވަރެއް، އެމީހުންނަށް އެކަން ފުންކޮށް އިހްސާސް ނުވާނެގޮތަށް، ނިގުޅައި ގަންނަމުން ދިއުމެވެ. މިހެން ހެދުމުން، މިވަނީ ކީކަން ވިސްނޭއިރު، ހައްގު ތަކާއި މިނިވަންކަން އަނބުރާ ނުލިބޭ ހިސާބަށް އޮންނާނީ ގޮއްސައެވެ" މާތް ރަސްކަލާންގެ ރަސްކަން ފުޅައްޓަކައި ތިބާ ނިންމާ ކޮންމެ ނިންމުމެއް ﷲ އަށް ބިރުވެތިވެ މިގައުމު ސަލާމަތްކުރުމަށް ކެރިގެން ނިންމާށެވެ.
ބ ބ
23 November 2016
ސިޔާސީ ހަޔާތް ދުއްވާލީމަ ތިބޭނެ އެއްފަޅިޔަކަށް އަރައިގެން އަގަބަންދު ކޮއްގެން
Mishy
23 November 2016
ފާޑުފާޑުގެ އިސްލާހްތައް ހުށަނާޅައި ތި މަޖްލީސްތެރެ އިސްލާހް ކުރަން ހުށައަޅާބަލަ....އަހަރުމެން ކުރިންވެސް ބުނަންތާ، މަޖްލީހަށް ކުރިމަތިލެވެންޖެހޭނީ ތައުލީމީ ޤާބިލްމީހުންނަށޭ... ޤާނޫނު ހަދަން ހޮވާފައި މިތިބަ މީހުންގެ ތެރެއިން 1/2 މީހުން ގެއަތުގައިވެސް ޑިގްރީގަނޑެއް އޮތްކަމެއްނޭގެ...ކީއްކުރާނީ، މިރާއްޖޭގައި އެންމެ މުހިއްމުމީ މީހާގެ ދެދުނިޔޭގެ ހަލާކުކަމުގައިވާ ފައިސާ....
ލަކުޑި ހަމީދު
23 November 2016
ބަރާބަރު! ރައީސުލްޖުމްހޫރިއްޔާއާ ކައުންސިލަށް ތި 65 ލީމަ ވާނީ ރަގަޅު! މަޖިލިސް މެންބަރުންނާ ކޯޓުތަކުގެ މީހުންނަށްވެސް ތި 65 އަހަރު ކަޑައަޅަންވީ!
ދޮންދީނި
23 November 2016
މިއީ 2 އަނގައިން ވާހަކަ ދައްކާމީހެއްދޯ!
ހޯރަފުށީ
23 November 2016
މިރަށު ޢަލީނަޞީރަށްވެސް ދެން ކުރިމަތި ނުލެވޭނެ ކިހާދެރަ
ސުވަދީވް ރަދުން
23 November 2016
ޝުޖާއު ތިހުށަހެޅުށްވި އިސްލާހަކީ މިހިންދުން މިހިންދަށްވެސް ބޭނުންވެފައިވާ އިސްލާހެށް
ޒެޑްސް
23 November 2016
ރައްޔިތުންގެ މަޖިލީހަށް ވެސ 65 އަހަރު ވީމަ ކުރިމަތި ލެވިގެން ނުވާނެ. އަދި 65 އަހަރުވީމަ، ވޯޓު ލުމުގައި ވެސް ބައިވެރިވެވިގެން ނުވާނެ.
ޓެކްސް ދައްކާމީހާ
23 November 2016
65 އަހަރުން މަތީގެ މީހުންނަށް ވޯޓް ނުލެވޭގޮތްވެސް ހަދަންވީނުން.