ޚަބަރު / މިސްކިތްތައް

ހުޅުމާލޭގެ މިސްކިތެއްގެ ތެރޭގައި އަވަގުރާނަ ގޮވައި، މާރާމާރީ ހިންގި މައްސަލައެއް ބަލަނީ

ހުޅުމާލޭ ވަގުތީ މިސްކިތުގައި މާރާމާރީ ހިންގަނީ--

ހުޅުމާލޭގެ ވަގުތީ މިސްކިތުގެ ތެރޭގައި ހަޑިހުތުރު ބަހުން ހަޅޭއްލަވައި، ރޭ މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ހުޅުމާލޭގެ ރެޑްވޭވް ފިހާރަ ކައިރީގައި ހުންނަ ވަގުތީ މިސްކިތުގެ ތެރޭގައި ފިރިހެނަކު އަވަގުރާނަ ގޮވައި، މާރާމާރީ ހިންގާ ތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމު ވެފައި ވާއިރު، އެ މީހާ ހަޅޭއްލަވަނިކޮށް މިސްކިތުގައި ހުރި އެހެން މީހަކު ވަނީ އޭނާގެ ބޮލުގައި ޖަހައިފަ އެވެ.

އެއާއެކު ޖެހި މީހާއާ ދިމާއަށް "އަވަގުރާނަ" ގޮވަމުން ގޮސް، އެ މީހާގެ ގައިގައި ކޮޅުފައިން ޖަހާ ތަން ވީޑިއޯ އިން ފެނެ އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ދެ މީހުން ވެސް ވަނީ މާރާމާރީ ހިންގައިފަ އެވެ.

އެ މީހުންގެ މެދުގައި ޖެހުނީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެ އެވެ. އެކަމަކު އެ ވީޑިއޯއަށް ކޮމެންޓްކުރި ބައެއް މީހުން ބުނިގޮތުގައި ނަމާދަށް ހުރި މީހެއްގެ މޭމަތީގައި ފައިން ޖެހުމަށް ފަހު، ހަޅޭއްލަވަން ފެށުމުން މައްސަލަ ހޫނުވީ އެވެ.

އެ މައްސަަލައާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލޭގެ 171 ނަމްބަރު ފްލެޓް ކައިރީގައި ހުންނަ ވަގުތީ މިސްކިތަށް ވަދެ އަޑުގަދަކޮށް، މީހުންނަށް އުނދަގޫކުރި މީހަކަށް ނަސޭހަތްތެރިވި މީހާ އާއި އަޑުގަދަ ކުރި މީހާއާ ދެމެދު މާރާމާރީއެއް ހިންގައިގެން އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ރޭ މަގްރިބް ނަމާދު ވަގުތު ކަމަށެވެ.

އެ މާރާމާރީގައި އެކަކަށް ކުދިކުދި އަނިޔާވި ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

39 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 8%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް

24 June 2021

ޖިހާދުގެ ތަމްރީނެއް ބާއްވާލީތަ؟

The name is already taken The name is available. Register?

ހށނ

23 June 2021

ނިއު ނޯމަލް

The name is already taken The name is available. Register?

ކުމާރު ސާނޫ

23 June 2021

މިފިލްމުގެ ކެމެރާމަނަކީ ކާކުބާ؟

The name is already taken The name is available. Register?

މަކަރުވެރި

23 June 2021

އަނެއް ފިކުރުގެ މީހުން ގިނަވަނީ އެއީ ވާގޮތަކީ

The name is already taken The name is available. Register?

ކިޔު

23 June 2021

ކޮޅުފައިން ޖަހާތަން ފޮޓޯއިން އެފެންނަ މީހާއަކީ ހަޑިހުތުރު އެއްޗެތި ގޮވައި މީހުންނާ މެދު މާރާމާރީ ހިންގާ، ނަފްސާނީ މައްސަލަތަކެއް ހުންނަ މީހެއް. ހުޅުމާލޭ އެންޒީ ހިސާބުގަނޑު މީހުންނާއި ހުޅުމާލޭ ފުލުހުންނަށް މިކަން ރަނގަޅަށް އެނގޭނެ. އެތައް ފަހަރަކު ޕޮލިހަށް ރިޕޯޓުކުރެވޭ. އޭނާގެ އާއިލާގެ މީހުންނަށް ނުބެލެހެއްޓޭނަމަ، ދައުލަތުގެ ކަމާނެހޭ ފަރާތުން އެމީހާ އެކަހެރި ކުރަންޖެހޭ ނޫންތޯ؟! އެމީހާގެ އުނގަގުލުން އެހެން މީހުން ރައްކާތެރިކުރަންޖެހޭ ނޫންތޯ؟!

The name is already taken The name is available. Register?

ހާމިދު ޝާހިދު

23 June 2021

ފަހުޒަމާނަށް އައިސް މިބައި މީހުންނަކަށް މިސްކިތެއް އެހެންތަނެއްނެތް. އެތަނުގެ ހުރުމަތްވެސް ކަނޑާ ކޮޅުފައިން ވީއްލާލަނީ. ރޯ އޮރިއާމާވެސް މިސްކިތައް އަރަނީ. ފަތްބޯ ބައިގަނޑުވެސް މިސްކިތައް އަރާ އެ ތަ ން ނަޖިސްކުރަނީ. ކީކޭ ބުނާނީ. މި އިޖްތިމާޢީ ނޮހޮރުއްޕާނުން މި ގައުމު ސަލާމަތް ކުރުމަށް ގައުމީ މަސައްކަތެއް ފަށަންޖެހިފައި މިއޮތީ ސިޔާސީ ހިޔާލު ތަފާތުވުންތައް އެއްކިބާކޮށްފައި. އެމްޑީޕީ އާއި ޕީޕީއެމްވެސް އުވާލުމަށްފަހު ސުލްހަވެރިޕާޓީތަކެއްއުފަންވާންވީ.

The name is already taken The name is available. Register?

ހާމިދޫ

23 June 2021

ޕާޓީތައް އުވާލާފަ ހަދާ ޕާޓީތަކުގަވެސް ތިބޭނީ ހަމަ އެމީހުން. ޕާޓީއެއްވިއްޔާ ޖެހެނީ އެއްތާކު.

The name is already taken The name is available. Register?

ދުރުމި

23 June 2021

އިންސާނާ އަމިއްލައަށް އޭނާގެ ޙުރުމަތް ކަނޑާލީމާ، އޭނާއަށް ދެން ކޮން ތަނެއްގައި، ކަމެއްގައި، ކޮން ބަޔަކަށްތޯ ޙުރުމަތެއް އޮންނާނީ. ހަމައިން ނެއްޓިފައި ތިބޭ ބަޔަކަށް މިސްކިތްތައްވެސް ފެންނާނީ އެމީހުން ބޭނުންވާކަހަލަ ޙާއިވާނީ މަސްތީ އައްޑަ ތަކެއްގެ ސިފައިގާ. އެއީ އެބުނާ ބަލި ކުދިންގެ ޙާލަތު

The name is already taken The name is available. Register?

ބސވސ

23 June 2021

މިސްކިތްތައް ހުރުމަތް ކަނޑަން ކުރާކަންކަން ދަނީ އިތުރުވަމުން.

The name is already taken The name is available. Register?

ޮަޕަކާސް

23 June 2021

މިދެމީހުން ލައްވާ މަޖީދީ މަގުގަ ލނގިރި ޖަހުވަންވީ އަދަބެއްގެ ގޮތުން . ތިބިގޮތުން ހީވަނީ ވަރަށް ތަޅުވާލާނެހެން

The name is already taken The name is available. Register?

ނަމަނަމަ

23 June 2021

ޕާކިސްތާނު ހެދުން އަޅައިގެނ ފަޓްލޫނު ބުރިކޮށްގެން ހުރި މީހާ ހާދަ ނުރައްކާ ވައްތަރަކަށޭ އެއުޅުނީ. އޭނަ މީހަކަށް ކޮންމެފަދަ އަނިޔާއެއްވެސް ކޮށްފާނެ ވައްތަރަކަށް އެފެންނަނީ. ވަރަށް ބޮޑަށް ރާވައިގެން ވިސްނުންތެރިކަމާއެކު ހަމައިގަ ހުރެގެން އެ އަނިޔާ ކުރީ. ވަކި ނިޔަތެއްގަ ވަކި ބާރެއް ލިބިފައިވާކަމަށް ގަބޫލުކޮށްގެން.

The name is already taken The name is available. Register?

އަހުމަދުވަގާރު

23 June 2021

މި ތައުލީމީ ކޮމެންޓް ކިތައް މީހުންނަށް ބާ އިނގޭނީ

The name is already taken The name is available. Register?

ބިލް ކުލިންޓަން

23 June 2021

ކޮވިޑާއެކު ރައްޔިތުން ތިބީ ބޯގޮވާފާ. ކުޑަކުޑަކަމެއްވެސް ތަހައްމަލްނުކުރެވޭހާ ހާލުދެރަވެފާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454