ކުޑަ ކުއްޖާ މަރާލާފައި އޮއްވައި ފެނުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
24 ޖޫން 2021 - 13:01
މަރާލާފައި އޮއްވައި ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާ އެރުވި ތިން ޓެކްސީއެއް ހޯދައި އޭގެ ތެރެއިން އެއް ޓެކްސީއަކުން ސާމްޕަލް ނެގުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ކުއްޖަކު ރަހީނުކޮށްގެން އުޅޭ ކަމަަށް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ރިޕޯޓާ ގުޅިގެން އެ ކުއްޖާ ހޯދަމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:30 ހާއިރު ފެނުނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މީހުން ވަދެ އުޅެވޭ ގޮތަށް އޮންނަ ސަރަހައްދުން ކަރުތާފެނާ ހިސާބު މޫދުންނެވެ.
އެ މައްސަލައިގެ ތުހުމަތަށް ނ. ލަންދޫ ބަގީޗާގޭ އިބްރާހިމް ޒިހާން، 27 އާއި އުމުރުން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރުކޮށްފައި ވެ އެވެ. އެއީ މަރާލި ކުއްޖާގެ އެކުވެރިންތަކެކެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި 13 އަހަރުގެ ކުއްޖާ އުފުލި ޓެކްސީތަކުގެ ޑްރައިވަރުންގެ ބަޔާން ވެސް ވަނީ ނަގައިފަ އެވެ.
ކުއްޖާގެ މަރުގެ މައްސަލާގައި ހިންގާ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނުން ފިޔަވައި ފުލުހުން އަދި ތަހުގީގާ ބެހޭ ގޮތުން މައުލޫމާތެއް ނުދެ އެވެ. ނަމަވެސް ތުހުމަތަށް ހައްޔަރުކޮށްފައިވާ ދެ މީހުންނަށް ވެސް ގަސްދުގައި މީހަކު މެރުން، މާރާމާރީ ހިންގުން، ރަހީނުކުރުން އަދި ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ވެސް ކުރެ އެވެ.
ފުލުހުން ވަނީ ކުއްޖާގެ މަރުގެ ހަގީގަތް ހޯދުމަށް ޕޯސްޓްމޯޓަމް ހަދަން ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބުލް ބުލާ
26 June 2021
އަލަށްވެގެން އުޅޭ ކަމެއްތޯ.މީގެ ކުރިން ކިތެއްމީހުން މަރާލިތޯ.އިންސާފު ލިބުނުތޯ؟މިގައުމުގަ އިންސާފެއް ނުލިބޭނެ.އިންސާފު ލިބޭނީ އިސްލާމީ ޝަރީއަތް ހިގާ އިތުބާރު ހިފޭ ޝަރުއީ ނިޒާމެއް އޮވެގެން.އިންސާފަށް ލޯބިކުރާ ދައުލަތެއް އޮވެގެން.
ހަސަން މަނިކު
26 June 2021
ތިޔަ ޓެކްސީތައް ދުއްވަން ތިބި މީހުންނަށް އެއްވެސް ކަމަކަށް ޝައްކު ނުކުރެވޭތޯ؟ ބޭރަށް ނުކުމެ އުޅުމަށް ޕަރމިޓް އޮތްތޯ ޗެކްކުރިތޯ؟
ވަރަށް ސަލާމް
25 June 2021
ދިވެހި ރާޢްޖޭގައި ޤާނޫނުތައް ހަދާ ރައްޔޮތުންގެ މަޖުލިސް ކުށްވެރިކުރަން. ކޮންމެހެން ޖެންޑަރ މިނިސްޓްރީގެ ވާހަކަ ދައްކާކަށް ނެތިން
ނަންނ
25 June 2021
"މަރާލި ކުއްޖާ" ބަދަލުގަ ނަން ބޭނުން ކުރަން ވީނުންތޯ؟
ޖެން
25 June 2021
އަނެއްކާ ޖެންޑަރ އިން ޓެކްސީ ޑުރަވަރުން ޖޫރިމަނާ ނުކުރާނެބާ
އަލީ
25 June 2021
ތިވާނީނުފޫޒެއް ބާރެއްނެއް އާދައިގެ މީހެއްގެދަރިޔެއްކަމައްކަމައް, އޭނަގެ ވަނަވަރު ހާމަކޮއްގެން ބައެއްމީހުން ފައިގަރެވިތެޔޮ ލައިގެންހީވަނީ އެހެންކަމެއްހެން!
ލޮލު
25 June 2021
ތިތަހުގީގު ނިމޭނެބާ
ގެދާނޯމޮސް
24 June 2021
މަރުތަކުގެ މާނުރައްކާ ކޭސްތަށްވެސް އަދި ހުރީ ވިޔަފާރި އުސޫލުން ފަނޑިޔާރުންނާއި ވަކީލުން ކުޅެން ގެންގޫލޭ ފައިލްތަކުގަ އެވެ.
ފޮނިޓައްޕު ހަސަނު
24 June 2021
ރަހީނުކޮށްގެން އުޅޭ ކަމަަށް ފުލުހުންނަށް ރިޕޯޓުކުރީ މިދިޔަ އާދިއްތަ ދުވަހު އަދި މަރާލައިފައި އޮއްވާ ފެނުނީ އާދީއްތަ ދުވަހު. 3 ދުވަސް ފާއިތުވެގެން ދިއައިރު އިރު މިކުޑަ ކުޑަ މާލެއިން އެކުއްޖާ ނުހޯދުނު. ގަބޫލު ކުރެވެނީ ނުހޯދުނީ ނުންކަމަަށް ގަބޫލު ކުރެވުނީ ފުލުހުންނަށް މާ ސީރިއަސް ކަމަކަށް ނުވީމަ ހޯދަން އެކަޝީގެން ވާމަސައްކަތެއް ނުކުރީ ކަމަށް.
ޢިހްސާސް
24 June 2021
ފުލުހުން އިސްކަންދިނީ މަގުމަތީ ފާސް ނެތި އުޅޭމީހުން ހިފަހައްޓައި ޖޫރިމަނާކޮށް ހެދޭތޯ ކަންނޭގެ.
ބާބާ
24 June 2021
މިހާ ބޮޑު ނުރައްކާތެރި އަދި ސީރިއަސްކަމެއް ހިގިއިރު ސަރުކާރު ހަމަހިމޭންކޮށް އޮންނާތީ ކަންބޮޑުވޭ. މިއީ އާދައިގެ ކަމެއްނުން. ކުޑަކުއްޖަކު. ކިޑްނެޕް. ޖިންސީގޯނާ. މަރާލީ. މިވަރު ބޮޑުކަމެއް ދުނިޔޭގެ އެހެންގައުމެއްގައި ހިގިނަމަ ގައުމު އުތުރިއަރައިގެންގޮސް ހަވަރު އެއްވެ، އިމާޖެންސީ ހާލަތަކަށްދާނެ. އިންޑިއާގައިވެސް 2012 އަހަރު، ބަހެއްގައި އަންހެން ކުއްޖަކު ކިޑްނެޕްކޮށް، މަރާލުމުން ސަރުކާރުގެ މީހުންގެ އުދާސް ފިލުވަން ވަރަށް ކަންތަކެއް ކުރި.