ލައިފްސްޓައިލް / ދުޅަހެޔޮ ދިރިއުޅުން

މޭވާ އާއި ތަރުކާރީގެ ލޭބަލުން ބައިވަރު މައުލޫމާތު

ބޭރުން އެތެރެކޮށްގެން ބާޒާރުގައި ވިއްކާ ތަރުކާރީ އާއި މޭވާގެ ބާވަތްތައް ގަންނަ އިރު އެ އެއްޗެހީގެ ބޭރުގައި ކުޑަ ލޭބަލެއް ޖަހާފައި އިންނަކަން ފާހަގަކުރެވޭނެ އެވެ. އެކަމަކު އެ ލޭބަލަކީ އާންމުކޮށް ގިނަ ބަޔަކު އެހާ ސަމާލުކަންދެ އެއްޗެއް ނޫނެވެ. ނަމަވެސް އެއީ އުފެއްދުމަކާ ގުޅޭ ވަރަށް މުހިއްމު މައުލޫމާތެވެ.

ކުރިން އެ ލޭބަލަށް މާ ބޮޑު ސަމާލުކަމެއް ދެވިފައި ނުވާ ނަމަ ބާޒާރަށް ދެން ދާ ފަހަރަކުން މި ބުނާ ލޭބަލްގައި ބުނާ އެއްޗެއް ބަލައިލުން ރަނގަޅުވާނެ އެވެ. މިއަށް އާންމުކޮށް ކިޔައި އުޅެނީ ޕްރައިސް ލުކަޕް (ޕީއެލްޔޫ) އެވެ. އޭގައި ހުންނަ ނަމްބަރުތަކަކީ ފައިސާ ދައްކާ އިރު، ކޭޝިއަރު ބޭނުން ކުރާނެ ނަމްބަރުތަކެވެ.

ހަމައެއާ އެކު އެއީ އުފެއްދުމެއް ނިސްބަވްވާ ތަނާއި އޭގެ ކޮލިޓީ ވެސް ވަޒަންކޮށްދޭނެ އެއްޗެކެވެ.

ޕީއެލްޔޫ ކޯޑްގައި އިންނަ ނަމްބަރުތަކަށް ބަލާ އިރު ފަސް ނަމްބަރުގެ ކޯޑަކަށްވެފައި ފެށޭ ނަމްބަރަކީ 9 ނަމަ އޭގެ މާނަ އަކީ އެ އުފެއްދުމަކީ ތިމާވެއްޓާ ރައްޓެހިކޮށް އުފައްދާފައިވާ އޯގެނިކް އުފެއްދުމެއްކަމެވެ.

ހަތަރު ނަމްބަރު ކޯޑަކަށްވެފައި ފެށޭ ނަމްބަރަކީ 3 ނުވަތަ 4 ނަމަ އޭގެ މާނަ އަކީ އެ އުފެއްދުމަކީ އާންމުކޮށް ގިނަ ތަންތަނުގައި ދަނޑުވެރިކަމުގެ ބާވަތްތައް އުފައްދާ ގޮތަށް ގަސްކާނާއި އާއި ކެމިކަލާއި ތަފާތު އެކި ބާވަތުގެ ބޭސްތައް ވެސް ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެެއްކަމެވެ.

ފަސް ނަމްބަރުގެ ކޯޑަކަށްވެފައި ފެށޭ ނަމްބަރަކީ 8 ނަމަ އެއިން ރަމްޒުކޮށް ދެނީ އެ ޖެނެޓިކް ބަދަލުތަކެއް ގެނެސްގެން އުފައްދާފައިވުމެވެ. މިގޮތަށް ތަރުކާރީ އާއި މޭވާ އުފައްދަނީ އެ އެއްޗެހި ހަލާކުނުވެ ގިނަ ދުވަހު ބެހެއްޓުމުގެ ގޮތުންނެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ އެގޮތަށް އުފައްދާ އެއްޗެހީގެ ޒާތްޒާތުގެ ކެމިކަލް ވެސް ބޭނުންކޮށްފައި ހުންނާނެކަމެވެ.

ފަސް ނަމްބަރު ކޯޑަކީ އުފެއްދުންތައް ނެރޭ ކުންފުނިތަކުން މާ ބޮޑަށް ބޭނުންކުރާ އެއްޗެއް ވެސް ނޫނެވެ. ސަބަބަކީ މި ކޯޑްތައް ބޭނުންކުރުން ކޮންމެހެން މަޖުބޫރު ކަމަކަށް ވެސް ނުވާތީ އެވެ. އެހެންވެ ޖެނެޓިކް ބަދަލުތައް ގެނެސްގެން އުފައްދާ އެއްޗެހި އާންމުކޮށް ވިއްކައި އުޅެނީ ހަތަރު ނަމްބަރު ކޯޑްގަ އެވެ.

ތަރުކާރީ އާއި މޭވާ ފަދަ ކާ އެއްޗެއް ތާޒާކަންމަތީގައި ގަންނަ އިރު، ޕީއެލްޔޫ އަށް ފާރަވެރިވުމަކީ ސިއްހަތަށް ބަލާ ނަމަ ވަރަށް މުހިއްމު ކަމަކަށް ވާނެ އެވެ.

4 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 33%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ާަސދފ

30 June 2021

ކިއު އާރ ކޯޑެއް ޖަހަން ފެނެ

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

30 June 2021

ވަަރަށް ބޭނުންތެރި މައުލޫމާތުކޮޅެއް.މައުލޫމާތުގެ ހަޒާނާ މުއްސަންދި ކޮއްލުމަށް ކޮންމެވެސް އެއްޗެއް ލިބިއްޖެ.ޝުކުރިއްޔާ އަލް އަހް އަހްމަދު އަދްޝަން.މަށް ވަރަށް ގިނައިން ކިޔާލެވޭ ''ޕިންކް ލޭޑީ'' މި ލޭބަލް ޖަހާފަ ހުންނަ އާފަލުގެ ލޭބަލް.ވ.ވެދުން

The name is already taken The name is available. Register?

ކިޓޫ

30 June 2021

މީ ޓޫ ރަދީފް.."ޕިންކް ލޭޑީ" އާފަލަކީ އަހަރެންނާއި މިގޭ ދޫނިތަކުގެ ފޭވަރިޓް..

The name is already taken The name is available. Register?

ކިޓު

30 June 2021

އެހެންވީމާ "ޕިންކް ލޭޑީ" (4128#)އާފަލަކީވެސް އަނގަޔަށް މީރުވެފަ ފޭވަރިޓަކަސް ކާން އެންމެ އެކަށީގެން ވާއެއްޗެއް ނޫން ދޯ..ހުރި ހިތާމައެއްގެ ބޮޑުކަމާއެ އަބޫ ޝަމަސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454