ރިޕޯޓް / އިންޑިއާ ހައި ކޮމިޝަން

މީޑިއާތަކަށް ފިޔަވަޅު އަޅަން އެދުމުން އިންޑިއާގެ ހައި ކޮމިޝަނަށް ފާޑުކިޔުން!

މާލޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަން: ދިވެހި މީޑިއާތަކަށް ފިޔަވަޅު އަޅައިދޭން އެދުމުން އެ ކޮމިޝަނަށް ވާނީ ފާޑުކިޔުން އަމާޒުވެފައި.-- ފޮޓޯ: އަހްމަދު އަވްޝަން / މިހާރު

"ގަބޫލު ކުރެވެނީ މިއީ ދިވެހި ސަރުކާރާއި އިންޑިއާ ހައި ކޮމިޝަން ގުޅިގެން އިންޑިއާ އާއި މި ސަރުކާރުން ހިންގާ ޖަރީމާތަކުގެ މައުލޫމާތު ގެނެސްދޭ މީޑިއާތަކާއި ފަރުދުންނަށް ބިރުދައްކަން ހިންގާ ޖަރީމާއެއް ކަމަށް،" ދިވެހި މީޑިއާތަކަށް ފިޔަވަޅު އަޅައިދޭން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން އެދުނު މައްސަލައިގެ ހަބަރު "މިހާރު" ގައި ޖެހުމުން، ފޮނުވި ކޮމެންޓެއްގައި މީހަކު ފާޑުކިޔައި، ބުނެފައިވެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނާއި އެ ތަނުގެ އިސްވެރިންގެ ކަރާމަތަށް، ބައެއް މީޑިއާތަކުންނާއި ސޯޝަލް މީޑިއާ ޕޯސްޓްތަކުން "ހަމަލާ ދޭ" ކަމަށް ބުނެ، އެކަން ހުއްޓުވަން ފިޔަވަޅު އަޅައިދިނުމަށް، ފޮރިން މިނިސްޓްރީގައި އެދުމުން، ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެ ކޮމިޝަނަށް އަމާޒުވެފަ އެވެ.

އިންޑިއާގެ ހައި ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި އެ ސިޓީގައި ބުނެފައި ވަނީ، ރާއްޖޭގެ ބައެއް މީޑިއާތަކުގައި ޝާއިއުކުރި ލިޔުންތަކަކާއި ސޯޝަލް މީޑިއާ ޕޯސްޓްތަކުގައި ހައި ކޮމިޝަނާއި އެ ތަނުގެ ވެރިން އަދި ޑިޕްލޮމެޓިކް މުވައްޒަފުންގެ ކަރާމަތަށް "ހަމަލާ" ދީފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީ އަށް އެ ސިޓީ ފޮނުވީ، އެކަން ދިވެހި ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ކަމަށް ސިޓީގައި ބުނެފައި ވެ އެވެ.

އިންޑިއާގެ ހައި ކޮމިޝަނާއި އެތަނުގެ އިސްވެރިންގެ ކަރާމަތަށް "ހަމަލާދޭ" ކަމަށް އެ ތަނުން ގަބޫލުކުރާ މީޑިއާގެ ލިޔުންތަކާއި ސޯޝަލް މީޑިއާ ޕޯސްޓްތައް ލިޔުނު މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅައިދޭން އެދިފައި އޮތީ ޑިޕްލޮމޭޓުންގެ ރައްކާތެރިކަމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ "ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް"ގެ 29 ވަނަ މާއްދާއާ ހަވާލާދީ އެވެ.

އެ މާއްދާގައި ބުނަނީ، ޑިޕްލޮމެޓިކް މިޝަން ހުންނަ ގައުމުން ޑިޕްލޮމެޓުންނަށް ހާއްސަ ރައްކާތެރި ކަމެއް ދޭން ޖެހޭނެ ކަމަށެވެ. ޑިޕްލޮމޭޓުގެ ޒާތަށާއި މިނިވަން ކަމަށް އަދި ކަރާމަތަށް ދޭ ހަމަލާތަކުން ދިފާއުކުރަން މިޝަން ހުންނަ ގައުމުން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް އެ މާއްދާގައި އޮވެ އެވެ.

މި ސިޓީގައި ތުހުމަތުކޮށްފައިވާ ގޮތުގައި ބައެއް މީޑިއާތަކާއި ސޯޝަލް މީޑިއާގައި ޖެހި ލިޔުންތަކުގައި އަމާޒުކޮށްފައި ވަނީ އިންޑިއާގެ ހައި ކޮމިޝަނާއި ހެޑް އޮފް މިޝަން އަދި ޑިޕްލޮމެޓިކް މުވައްޒަފުންނާ މެދު ނަފުރަތާއި ހަމަނުޖެހުން އުފެއްދުމަށެވެ. އެހެންވެ، މައިގަނޑު ދެ ފިޔަވަޅެއް އަޅައިދޭން ހައި ކޮމިޝަނުން އެދިފައިވެ އެވެ.

އޭގެ އެއް ކަމަކީ އިންޑިއާގެ ހައިި ކޮމިޝަނާއި ޑިޕްލޮމެޓުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްދިނުމެވެ. ދެ ވަނަ ކަމަކީ ނަަފުރަތާއި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ ފަރާތްތަކާ ދެކޮޅަށް، ބައިނަލްއަގުވާމީ ގާނޫނުތަކާއި ރާއްޖޭގެ ގާނޫނުތަކުގައިވާ ފިޔަވަޅުތައް އަޅައިދިނުމެވެ.

"މިއީ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސްއެޅުން"

"ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްގައި ބުނެފައި އޮންނަނީ މި ގައުމުގެ ދާހިލީ ކަންކަމާ ބެހެންތަ؟ މި ގައުމުގެ ސަރުކާރުން އިއުލާނުކުރުމުގެ ކުރިން މި ގައުމުގެ ކަންކަން އިއުލާކުރަންތަ؟ މިނިސްޓަރުންނަށް ބައިތިއްބަންވީ މީހުން ބުނެދިނުމަށްތަ؟،" އަބުދުލް ގާދިރުގެ ނަމުގައި ކޮމެންޓްކުރި މީހަކު ބުންޏެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ހުންނަ އިންޑިއާގެ އެމްބަސީތަކުން، މި ކަހަލަ ސިޓީއެއް ގައުމެއްގެ ފޮރިން މިނިސްޓްރީ އަށް ފޮނުވަން ނުކުރޭނެ ކަމަށާއި އަދި މިފަދަ ސިޓީއެއް ފޮނުވި ނަމަވެސް ދޭންޖެހޭނެ ޖަވާބަކީ އެފަދަ ކަމެއް ސަރުކާރަށް ނުހުއްޓުވޭނެ ކަމަށް، އެހެން ކޮމެންޓެއްގައި މީހަކު ލިޔެފައިވެ އެވެ. ޑިމޮކްރަސީއެއްގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސްއެޅުމަށް ގޮވާލުމަކީ، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި އިންޑިއާ އޮވެ، ކުރަން ލަދުގަންނަންޖެހޭ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ވިއެނާ ކޮންވެންޝަންގެ 29 ވަނަ މާއްދާގެ ދަށުން ލިބިދޭ ޑިޕްލޮމެޓިކް އިމިއުނިޓީ ހުއްޖަތަކަށް ހަދައިގެން، އެ މުއާހަދާގެ 41 ވަނަ މާއްދާގެ ދަށުން އަދާކުރަންޖެހޭ ވާޖިބުތަކުން ރެކުމުގެ ހައްގު އިންޑިއާ ހައިކޮމިޝަން ވެސް ލިބިގެންނުވާ ކަމަށް ވިދާޅުވެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވެސް ވަނީ މި މައްސަލައިގައި ފާޑުކިޔުއްވައިފަ އެވެ.

މާލޭގައި ހުންނަ އިންޑިއަން ހައި ކޮމިޝަން: ދިވެހި މީޑިއާތަކަށް ފިޔަވަޅު އަޅައިދޭން އެދުމުން އެ ކޮމިޝަނަށް ވާނީ ފާޑުކިޔުން އަމާޒުވެފައި.-- ފޮޓޯ: އަހްމަދު އަވްޝަން / މިހާރު

އެ މުއާހަދާގެ 42 ވަނަ މާއްދާގެ 1 ގައި ބުނެފައި އޮންނަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިގެން ގައުމެއްގައި ދިރިއުޅުއްވާ ބޭފުޅުން އެ ގައުމެއްގެ ގާނޫނާއި ގަވާއިދުތަކަށް އިހުތިރާމު ކުރުމަށެވެ. އަދި އެ ގައުމެއްގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުވަނުމަށް ވެސް އެ މާއްދާގައި ބުނެފައިވެ އެވެ.

އަބްދުﷲ ދީދީ ވެސް ވިދާޅުވީ މި މާއްދާގައި މިހެން ބުނެފައި އޮންނައިރު، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އިހުތިރާމުކުރުމާއި ރާއްޖޭގެ ދާހިލީ ކަންތަކުގެ ތެރެއަށް ނުވަނުމަކީ އިންޑިއާ ހައި ކޮމިޝަނުގެ މައްޗަށް ލާޒިމުވާ ކަމެއް ކަމަށެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހެޔޮ ނިޔަތުގައި އަދާކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދުމަކީ ބުނެވުނު ކޮންވެންޝަންގެ 41 ގެ (1) އާ ހިލާފަށް، އިމިޔުނިޓީ ނަހަމަގޮތުގައި ބޭނުންކުރުން،" އަބްދުﷲ ދީދީ ވިދާޅުވި އެވެ.

ރަސްމީކޮށް މައްސަލަ ހުށަހަޅައިފައެއް ނުވޭ: އެމްއެމްސީ

މީޑިއާތަކާ ގުޅޭ މައްސަލަތައް ބެލުމުގެ ޒިންމާ އަދާކުރާ، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ ފޮރިން މިނިސްޓްރީން ނުވަތަ އެހެން އިދާރާއަކުން ވެސް ރަސްމީ ސިފައެއްގައި މި މައްސަލަ ބަލައިދިނުމަށް އެ ކައުންސިލުގައި އަދި އެދިފައި ނުވާ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މެސެޖު ކުރައްވައި، މި މައްސަލަ ސަމާލުކަމަށް ގެންނަވާފައިވާ ކަމަށް ޝަހުބާން ވިދާޅުވި އެވެ. އެކަމަކު މި މައްސަލަ ބަލަން އެދިވަޑައިގެންފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ އެހެން ބައެއް މެމްބަރުން ވެސް ގުޅައިފައި، ނުރަސްމީކޮށް އަޅުގަނޑުގެ ސަމާލު ކަމަށް މި މައްސަލަ ގެނެސްފައި އެބައޮތް،" ޝަހުބާން ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ވެސް، މި މައްސަލައާ ގުޅޭ ގޮތުން ވާހަކަދެކެވުނު ކަމަށާއި މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށް ފަހު ނިންމީ ފޮރިން މިނިސްޓްރީ އާއި މަޖިލީހުގެ ފަރާތުން ވެސް މިހާތަނަށް އެއްވެސް ސިޓީއެއް ރަސްމީކޮށް ލިބިފައި ނުވާތީ އަދި މި މައްސަލަ ނުބެލުމަށް ކަމަށެވެ.

"އޭގެ މާނައަކީ، ފޮރިން މިނިސްޓްރީން މިސާލަކަށް މިކަމުގައި ރިކުއެސްޓްކޮށްގެން، މިކަމުގައި މި އޮންނަ ގާނޫނާއި ގަވާއިދުގެ ތެރެއިން މިކަން ކޮށްފި ނަމަ، މި މައްސަލަ ކައުންސިލުން ނުބަލާނެއެކޭ ނޫން،" ޝަހުބާން ވިދާޅުވި އެވެ.

ޝަހުބާން ވިދާޅުވީ އަންނަ ހޯމަ ދުވަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ހާޒިރުވާން އެމްއެމްސީ އަށް އަންގާފައިވާ ކަމަށާއި އެ ބައްދަލުވުމުގައި މިކަމާ ގުޅޭ ގޮތުން ސުވާލުކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އެއަށް ޖަވާބު ދެއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުުމުގެ ތެރެއިން ފަހަކަށް އައިސް އެޅި ބައެއް ފިޔަވަޅުތަކަށް، މީޑިއާ އާއި ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔައިފައިވެ އެވެ. އެކިއެކި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން އަނބުރާ ފޮނުވައިލަން ގޮވާލައި ސޯޝަލް މީޑިއާގައި ވެސް ބައެއް ފަރާތްތަކުން ދަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ކެމްޕޭނެއް ހިންގަމުންނެވެ.

އިންޑިއާގެ ހައި ކޮމިޝަނުން ފޮނުވި ސިޓީގައި ޝަކުވާ އުފުލައިފައި ވަނީ ކޮންކޮން މީޑިއާތަކެއްގައި ޖެހި ލިޔުމަކާ ދެކޮޅަށްް ކަމެއް އަދި ސާފެއް ނުވެ އެވެ.

38 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 0%
icon angry icon angry 94%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މ‫ުޙުއްމާ

03 July 2021

ދ‫ިވެހިންނަކީ އިންޑިއާ ހައިކަމިޝަނަރ ހީކުރާހާ ގަމާރު ބަޔެއްނުން. ދިވެހިންނަށް ވަރަށް ރަގަޅަށް އެގޭ ވިއެއްނާ ކޮންވެންޝަން. 41 ވަނަ މާއްދާއި ޚިލާފުވެގެން ތިއުޅެނީ ހައިކަމިޝަނަރ ކަން ދިވެހިންނަށް ވަރަށް ރަގަޅަށް އެގޭ. ސަރުކާރާ ހައިކަމިޝަނަރ އޮޅުވާލަން އުޅުނަސް ދިވެހިން ނޮއޮޅެނެ. ދިވެހިން މިތިބީ 2023 ގެ އިންތިޒާރުގަ. ވަރަށް ސަލާމް.

The name is already taken The name is available. Register?

ދިނަށަ

01 July 2021

އިންޑިޔާ އައުޓް.

The name is already taken The name is available. Register?

އަފުރާސިޔާބު

01 July 2021

އިންޑިއާ އާއި ދެވިރާއްޖެއަކީ އެއްމާބަނޑު ދެބެއިން. އެހެންނަމަވެސް އެކަކު އަނެކެއްގެ މައްޗަށް ވެރިވެގަންނަން ބާރު ދައްކާނަމަ ދަރިންނެއް ނުރުހޭނެ ބޮޑުބޭބެއަށް ވިޔަސް ދަށުވެގެން އުޅޭކަށް. މިކަހަލަ ގޮތެއް ވެގެން ތިއުޅެނީ 2009 ގެ ކުރިން އިންޑިޔާ އައުޓޭ ކިޔާފައި ނޫސްތަކުގައި މީހުން އެތިވަރު ނުގޮވާނެހެން ހީވަނީ.

The name is already taken The name is available. Register?

ފޫގި

01 July 2021

ކަލެއަށް ގައުމުތަކުގެ މިނިވަންކަން ކުޑަކޮށްވެސް ނޭންގޭ

The name is already taken The name is available. Register?

ވަޑިޔައްތޮކިނަބާ

01 July 2021

ކޮމެންޓް ކުރާ ގިނަ މީހުންނަކީ ބައިނަލްއަޤުވާމީ ދުނިޔެ ނުދަންނަ، އެދުނިޔެއަށް ބީރައްޓެހި އަދި ދިވެހިރާއްޖެ ސޮއިކޮށްފައިވާ މުއާހަދާތައްވެސް ނުދަންނަ މީހުންނެވެ. މިކަމުގެ ސަބަބުން އިންޑިޔާއަށް ވާނެ އެއްވެސް ގެއްލުމެއް ނެތެވެ. ހުރިހާވެސް ގެއްލުމެއް ލިބޭނީ ދިވެހިރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށެވެ. ތިމާއަށް ނޭނގޭ ކަންކަމުގައި ބަސްނުބުނެ ހަނުހުރުން މާ ބުއްދިވެރިއެވެ.

The name is already taken The name is available. Register?

ވަހުތާން

01 July 2021

އ އައުޓް 100011111 ފަހަރުވެސް އ އައުޓް އައުޓް

The name is already taken The name is available. Register?

އިނގޭތޭއިނގޭތޭ

01 July 2021

އިންޑިއާ އުޅެނީ އިންޑިއާ އަށް އިންޑިއާގެ ސައިޒު އޮޅިގެން ކަން މަމެންނަށް ހާދަ ބޮޑަށްހީވެއޭ އިންޑިއާ މަހަށްދޭބަލަ މަހަސް މަހަށް މަހަށް މަހަށް މަހަށްދޭބަލަ ރާއްޖޭގެ މީޑިއާ ތަކަށް އިންޑިއާ އަންގައިގެން ފިޔަވަޅެއް ނޭޅޭނެ އިންޑިއާ ހޭބަލި ވެގެން ނޫޅޭތި އިނގޭތޭ...

The name is already taken The name is available. Register?

ބޯގޯސް އަފީފުގެ ކުރަފިކަތިލައިގެން ދީދީ ކިޔާ އަތޮޅު

01 July 2021

އެންމެ ވާހަކައެއް ބުނެލަން ބޭނުމީ. އިންޑިޔާއަކީ ދިވެހިންގެ ވަރަށް ގާތް ރައްޓެއްސެއް. އެރައްޓެހިކަން ދެންވެސް އޮންނާނެ. ނޯންނާނީ އިންޑިޔާއާއި ދިވެހިރާއްޖޭގައި މިއޮތް 2 ސަރުކާރު. އެސަރުކާރެއްގެ މުއްދަތުޖެހުމުން އެސަރުކާރެއް ދާނެ. އެކަމަކު ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުންވެސް ހަނދާން ބަހައްޓަންވީ މިއީ ނޭޕާލް ނޫންކަން. ލަންކާ ނޫންކަން. މިއީ ދަނޑިފަލިޖަހާފައިގޮސް ދަ ގްރޭޓް ބްރިޓަންގެ ސަފީރު އެޒަމާނުގައިވެސް ކުޑަކަކޫމައްޗަށް ތިރިކުރި ދިވެހިންކަން.

The name is already taken The name is available. Register?

އަލް އުސްތާޒު

01 July 2021

ކޮންމެ ވެރިކަމެއް އޮތަސް ދިވެހިންގެ މިނިވަންކަމާއި ކުޅެންޔާ ފާޑުކިިޔާ ސަރުކާރަށް ޕްރެޝަރ ކުރާނަން. ޑިފެންސް މިނިސްޓަރަކަށް ލާފަ އެހުރީ ދިވެހިންގެ ޤާނޫނު އަސާސީއަށް ކޮޅުފައިން އަރާފަ ސިފައިންނަށް ބާޣީންނަށް ގޮވާފަ ހުރި ޤައުމިއްޔަތެއް ނެތް އަންހެނެއް. ހައިކޮމިޝަނުން ދަންނަން ޖެހޭނެ މީ އިންޑިއާ ނޫންކަން. މިހާރު މޑޕ ވެރިކަމުގައި އޮތަސް ދައުރު ހަމަވުމުން އިންތިޚާބު ބާއްވާނެ. މިތާގެ އަހުލުވެރިން މިނިވަންކަމާއެކު ވާހަކަ ދައްކާ ފާޑުކިޔާނެ. ނުހުއްޓުވޭނެ

The name is already taken The name is available. Register?

އުދުހޭ

01 July 2021

އެ ސިޓީގެ ޖަވާބުގައި ފޮރިން މިނިސްޓްރީން އިންޑިޔާ ހައިކޮމިޝަނަށް އަންގަންވީ އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީނުކޮށް ސިޔާސީ ޕާޓީ ހިންގުމަކީ މަނާކަމެއްކަމުގަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454