ޕީޕީއެމްގެ ރައީސް މައުމޫން: އެމަނިކުފާނަކީ ޕީޕީއެމްގެ ރައީސްކަން ކަށަވަރުކޮށްދޭ ލިއުމެއް ހުށަހަޅަން ސިވިލް ކޯޓުން ވަނީ އެދިފައި. --ފޮޓޯ: ނިޝާން އަލީ
24 ނޮވެމްބަރ 2016 - 10:57
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ޕީޕީއެމްގެ ރައީސް ކަމުގެ ލިއުމެއް ހޯދަން އިލެކްޝަންސް ކޮމިޝަންގައި އެދުމުން އެފަދަ ލިޔުމެއް ނުދިން ކަމަށް މައުމޫން ފެކްޝަނުން ބުނެފި އެވެ.
ދެ ބައި ވެފައިވާ ޕީޕީއެމްގައި، ރައީސް މައުމޫންގެ ފެކްޝަނުން ނައިބު ރައީސް ކަމަށް އައްޔަންކޮށްފައިވާ އައިމިނަތު ނާދިރާ މިއަދު ވިދާޅުވީ މައުމޫނަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމެއް ބޭނުންވީ ޕާޓީގެ އަސާސީ ގަވައިދާ ޚިލާފަށް ޕާޓީގެ ޒިންމާތައް ކައުންސިލުން މުސްތަޝާރާ ހަވާލުކުރި މައްސަލަ ކޯޓުގައި ކުރިއަށް ގެންދިއުމަށް އެފަދަ ލިޔުމެއް ކޯޓަށް ހުށަހަޅަން ޖެހުމުން ކަމަށެވެ.
ނާދިރާ ވިދާޅުވި ގޮތުގައި ލިޔުން ހޯދަން ސިޓީ ފޮވައިގެންނާއި ފޯނުކޮށްގެން މަސައްކަތްކުރުމުން ވެސް ލިބޭ ގޮތް ނުވުމުން އެންމެ ފަހުން އިއްޔެ ކޮމިޝަނަށް ގޮސްގެން ވެސް ލިޔުން ލިބޭ ގޮތެއް ނުވި އެވެ.
ކޯޓަށް ހުށަހަޅަން ޖެހޭ ލިއުން ވީހާވެސް އަވަހަކަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދޭން އެދިފައިވިއަސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ ފަރާތުން ލިބުނު ޖަވާބުން އެ ލިއުން އެހާ އަވަހަށް ލިބޭނެ ކަމުގެ އުއްމީދެއް ނެތް ކަމަށް ނާދިރާ ވިދާޅުވި އެވެ. ނާދިރާ ވިދާޅުވި ގޮތުގައި، މައުމޫން އެދިވަޑައިގަތް ލިއުން ދޫކުރުމާ ގުޅޭ ގޮތުން ފުރަތަމަ ޖެހޭނީ ކޮމިޝަންގެ މެމްބަރުންގެ ބައްދަލުވުމެއް ބާއްވައި ގޮތެއް ނިންމަން ކަމަށް ސެކްރެޓަރީ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.
"މެމްބަރުންގެ ބައްދަލުވުން މިއަދު ބާއްވާފައި ޖަވާބެއް ދެއްވާނެ ކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ. ކޮމިޝަންގެ ލީގަލް ޓީމުގެ ލަފާ ހޯދާފައި ގޮތެއް ނުނިމިއްޖިއްޔާ އެޓާނީ ޖެނެރަލްގެ ވެސް ލަފާ ހޯދާނެ ކަމަށް،" ނާދިރާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި އެދެނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ލިއުމެއްގެ ފޮޓޯ ކޮޕީ އަށް. އެ ބޭފުޅުން [އިލެކްޝަނުން] ވިދާޅުވަނީ ކޯޓުގައި ހިނގާ ބައެއް މައްސަލަތަކުގައި ކޯޓުން ވެސް އެދޭ ކަމަށް އެ ކޮމިޝަނުގައި ލިއުން ހޯދަން."
މައުމޫނަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމެއް ކޯޓަށް ހުށަހަޅަން ބުނި ކަމުގައި ވިޔަސް ޕީޕީއެމްގެ ރައީސްގެ ބާރުތައް މުސްތަޝާރާ ހަވާލުކުރިއިރު، އެފަދަ ލިއުމެއް ކޯޓުން ހޯދާފައި ނުވާ ކަމަށް ނާދިރާ ވިދާޅުވި އެވެ.
މައުމޫންގެ ބާރުތައް މުސްތަޝާރާ ހަވާލުކުރަން ކުރި އަމުރާ އެއްގޮތަށް، ޕާޓީގެ ހުރިހާ ކަމެއް މިހާރު ހިންގަވަނީ ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުންނެވެ. ކުރިން ހ. ތެމާގައި ހިންގި ޕީޕީއެމްގެ ރަސްމީ އޮފީހުގައި ހުރި ހުރިހާ މުދަލާއި ތަކެއްޗެއް ވެސް ވަނީ ރައީސް ޔާމީންގެ ފެކްޝަންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. ތެމާގައި މިހާރު ހިންގަނީ ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީހެވެ..
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާޢާނު
14 December 2016
މައުމޫން މިއުޅެނީ ދަރިއަށް ވެރިކަން ނުހޯދިގެން...ވެރިކަން ކުރި އިރު މައުމޫނޭ ބުނާ އިރު އޮންނަނީ އަދަގޮނޑީގަ...ލިބުނު އިއްޡަތާ އެއްކޮށް މައިތިރި ވާން ވެއްޖެނު..ކުރިއަށް ތިގޮތައް ދަންޏާ ޕާޓީން ވަކި ދެން ކުރާނީ!!!
ޒީ
30 November 2016
އެހެން ވީމާ އީސީ އަކީ ޕާޓީތަކުގެ ދަފުތަރު ބެލެހެއްޓުން ތެރިއެއްގެ ޝަރޮޠް ފުރިހަމަ ނުވާ ފަރާތެއްކަމުގައި މަތީ މަރުޙަލާެއްގައި ސާބިތު ކުރަންޖެހޭ
ބޮލައްތުރާ
24 November 2016
މައުމޫނަށް މައުމޫނުގެ 30 އަހަރުގެ ވެރިކަން ރައްޔިތެއްގެ ލޮލުން ތިފެންނަނީ! ވެލްކަމް ޓު ދަ ކްލަބް ބްރޯ!
ހާދީ
24 November 2016
އެމީހަކަށް ދައްކަވަން ހުރިތަނެއް ދައްކަވާނެ
ާއަޙްމަދު
24 November 2016
ރައީސް މައުމޫނުގެ 30 އަހަރުގެ ދިގުވެރިކަމުގައި ކިތައް ކިތައް މީހުން ކިހާސިޓީއެއް އޭރުގެ ސަރުކާރުގެ ވުޒާރާތަކައް އަޅާފަހުއްނާނެބާ؟؟؟ ގަވާއިދުން ކިތައް ކިތައް ރައްޔިތުންނައްބާ ސީދާ ސާދާ ޖަވާބުދެއްވިފައި ހުރީ؟؟؟ މިއަދު މީސްތަކުން މިކަން ހަނދާން އެބަހުރިބަ؟؟؟ މިި ދިގު30 ތިރީސް އަހަރު ހަނދާނެތް ނެތްތޯ؟؟؟
ކަކުނި
24 November 2016
ބައްލަވާ އިއްޒަތްތެރި ކުރީގެ ރައީސް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ތިކަން ގެންދަވަންވީނުންތޯ ފުރަތަމަވެސް
މުންތި
24 November 2016
މިހާރު މައުމޫނަށް އެނގޭނެ އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ތަކަކީ އިޚްލާސްތެރި މަސައްކަތް ތަކެއްކަން.
ރާޅު
24 November 2016
ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން ގައި މައުމޫނަކީ ދިވެއްސެއްކަން އެނގޭ ލިޔުމެއްވެސް މިހާރު އޮންނާނެހެންހީއެއްނުވެއެވެ،
އަލިފުޅު
24 November 2016
ބައެއްފަހަރު ދުނިޔެމަތީގައި އެމީހަކަށް އެދުވަސް ދައްކަވައެވެ. ރައްޔިތުންނާ ދޭތެރޭ އިންސާފުން ކަންކުރަންވީ އެހެންވީމައެވެ. ބާރެއް ލިބޭ ދުވަހު ބޮޑާ ނުވާށެވެ.
މަރުތަޅު
24 November 2016
މައުމޫަށް އިންސާުފު ނުލިބޭނަމަ ދެން އިންސާފު ލިބޭނި ކާކަށް؟