"މާރިއާއާ އިލްޔާސް ހިއްސާކުރެއްވި މައުލޫމާތު އެމްއެންޑީއެފްގެ ލީޑަޝިޕާ ހިއްސާކުރައްވަން ޖެހިވަޑައިގަންނަވާނެ. އެކަމަކު އޭނާ އެ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާކުރައްވާފައެއް ނުވޭ"
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވިގޮތް ބަލަން ކުރިއަށް ގެންދިޔަ ޕާލަމެންޓްރީ އިންކުއަރީއަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މައުލޫމާތު ދެއްވަނީ. ފޮޓޯ: ރައްޔިތުންގެ މަޖްލިސް
08 ޖުލައި 2021 - 23:30
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން، ހަރުކަށި ފިކުރުގެ ބަޔަކާ ތިން މިލިއަން ޑޮލަރު ހަވާލުކޮށްފައިވާ ކަމުގެ މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް ދެންނެވުމުން އެ ވާހަކަ އަށް އަޅައި ނުލައްވައި ހުންނެވި ކަމަށް މަޖިލީހުން ހެދި އިންކުއަރީގެ ރިޕޯޓްގައި ބުނެފި އެވެ.
ނަޝީދު އަވަހާރަކޮށްލަން މޭ މަހުގެ ހަވަނަ ދުވަހުގެ ރޭ ބޮމުގެ ހަަމަލާއެއް ދިން އިރު އެ މަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތް ބަލަން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދިޔަ އިންކުއަރީގައި އެކުލަވައިލި ރިޕޯޓް އާއްމުކުރީ މިއަދެވެ.
އެ ރިޕޯޓްގައިވާ ގޮތުން، ނަޝީދުގެ ސެކިއުރިޓީ ބެލެހެއްޓުމާ ހަވާލުވެފައިވާ އެމްއެންޑީއެފާ، އިލްޔާސް ހިއްސާކުރެއްވި މައުލޫމާތު މާރިޔާ ހިއްސާއެއް ނުކުރައްވަ އެވެ.
ނަޝީދަށް ހަމަލާދިނުމުގެ ކަންކަމާ، ހަރުކަށި ފިކުރުގެ ބަޔަކު ހަވާލުވެފައިވާ ކަމުގެ މައުލޫމާތު އިލްޔާސްގެ ރައްޓެއްސަކާ ހަވާލާދެއްވައި، މާރިޔާއާ ހިއްސާ ކުރެއްްވީ ރިޕޯޓުން އެނގޭ ގޮތުގައި ފޯން ކޯލެއްގެ ޒަރިއްޔާއިންނެވެ. އިލްޔާސް ގުޅުއްވާފައި އެ ވާހަކަ ވިދާޅުވި ވިދާޅުވުން އެއީ މައުލޫމާތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް މާރިޔާއާ ހަވާަލާދީ ރިޕޯޯޓްގައި ބުންޏެވެ.
"... މެމްބަރު އިލްޔާސްް ލަބީބު ފޯނުން މިނިސްޓަރު އަރިހު ދެންނެވި ވާހަކަ، މިނިސްޓަރު އެއްވެސް ފަރާތަކާ ހިއްސާ ނުކުރެއްވި އެއް ސަބަބު ކަމަށް މިނިސްޓަރު ވިދާޅުވީ އެއީ މައުލޫމާތު ނޫން ކަމަށް ވާތީ ކަމަށެވެ،" ރިޕޯޓްގައި ވެ އެވެ.
މާރިއާ ވިދާޅުވި ސީދާ އިބާާރާތް ވެސް އިންކުއަރީ ރިޕޯޓްގައި ހިމަނައި ހައިލައިޓްވެސް ކޮށްފައި ވެ އެވެ. އެ އިބާރާތުން އެނގޭ ގޮތުގައި އިލްޔާސް ދެއްކެވީ ނުރައްކާތެރި ކަމެއްގެ ވާހަކަ ކަމަށް ވިޔަސް، މިނިސްޓަރު އެ ވާހަކަ އަށް މާ ބޮޑު ސަމާލުކަމެއް ނުދެއްވަ އެވެ. އަދި އެ ވާހަކައިގެ ތަފްސީލު ހޯއްދަވަން ވެސް ނޫޅުއްވަ އެވެ.
"ހުޅުދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރުގެ ފަރާތުން އަޅުގަނޑަށް ލިބުނީ ފޯނުކޯލެއް. މައުލޫމާތެއް ނޫން. އެއީ މައުލޫމާތެއް ކަމަށް އަޅުގަނޑު ބަލަނީ، މީހެއްގެ ނަމެއް ނުވަތަ ފޮލޯ ކުރެވޭނެ ގޮތެއް އަޅުގަނޑަށް ފޯރުކޮށްދެއްވިއްޖެ ކަމަށް ވަންޏާ،" މާރިޔާ ވިދާޅުވި ކަމަށް ރިޕޯޓުގައި ބުންޏެވެ.
މާރިޔާގެ އެ ވާހަކައަށް ކޮމިޓީން ކޮށްފައިވާ ކޮމެންޓްގައި ބުނީ އިލްޔާސް ދެއްްވީ މުހިއްމު އަދި އެއީ އެމްއެންޑީއެފްގެ ކަމާ ބެހެ ފަރާތްތަކާ ހިއްސާކޮށް ފިޔަވަޅު އަޅަން ޖެހޭ މައުލޫމާތެއް ކަމަށެވެ.
ތްރެޓް ކްރިޓިކަލް ކަމަށް ކަނޑައަޅާފައިވާ އެއްވެސް ފަރާތަކާ ގުޅޭ ގޮތުން ލިބޭ އެއްވެސް މައުލޫމާތަކީ ޑިސްރިގާޑް ކުރެވޭނެ ނުވަތަ އަޅާނުލާ ދޫކޮށްލެވޭނެ މައުލޫމާތެއް ނޫން ކަމަށް އެމްއެންޑީއެފްގެ ފަންނީ ތަޖުރިބާކާރުން މި އިންކުއަރީއަށް މައުލޫމާތު ދީފައި ވެ އެވެ--- އިންކްއަރީ ރިޕޯޓް
އިލްޔާސް އެ ވާހަކަ ވިދާޅުވި އިރު ނަޝީދުގެ ސެކިއުރިޓީ އޮތީ "ކްރިޓިކަލް ލެވެލް" ގައި ކަމަށް އެމްއެންޑީއެފުން ކަނޑައަޅާފައި ކަމަށާއި އެކަން މާރިޔާ އަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް ރިޕޯޓްގައި ކޮމިޓީން ބުންޏެވެ.
"...ތްރެޓް ކްރިޓިކަލް ކަމަށް ކަނޑައަޅާފައިވާ އެއްވެސް ފަރާތަކާ ގުޅޭ ގޮތުން ލިބޭ އެއްވެސް މައުލޫމާތަކީ ޑިސްރިގާޑް ކުރެވޭނެ ނުވަތަ އަޅާނުލާ ދޫކޮށްލެވޭނެ މައުލޫމާތެއް ނޫން ކަމަށް އެމްއެންޑީއެފްގެ ފަންނީ ތަޖުރިބާކާރުން މި އިންކުއަރީ އަށް މައުލޫމާތު ދީފައި ވެ އެވެ،" ރިޕޯޓުގައި ބުންޏެވެ.
އެހެންވެ، މާރިއާއާ އިލްޔާސް ހިއްސާކުރެއްވި މައުލޫމާތު އެމްއެންޑީއެފްގެ ލީޑަޝިޕާ ހިއްސާކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. އެކަމަކު އޭނާ އެ މައުލޫމާތު އެއްވެސް ފަރާތަކާ ހިއްސާކުރައްވާފައެއް ނުވެ އެވެ.
މާރިޔާ އަމަލުކުރައްވާފައިވާ ގޮތް އިންކުއަރީ ރިޕޯޓުން ހާމަވުމުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް، މަޖިލީހުގެ މިރޭގެ ޖަލްސާގައި ވިދާޅުވީ މާރިޔާއަށް ލިބިވަޑައިގެންނެވި މައުލޫމާތަކީ މުހިއްމު މައުލޫމާތެއްކަން ނުވަތަ ނޫންކަން އަމިއްލައަށް ކަނޑައެޅުއްވުމަކީ ކުރައްވައިގެން ވާނެ ކަމެއް ނޫން ކަަމަށެވެ. އިލްުޔާސް ދެއްވި މައުލޫމާތުގެ މައްޗަށް އެއްވެސް ކަމެއް ކުރާނެ ފުރުސަތު އެމްއެންޑީއެފަށް ނުލިބުނީ މާރިޔާ އެ މައުލޫތު ނުދެއްވުމުން ކަން ރިޕޯޓުން އެނގޭ ކަމަށް ވެސް މީކާއީލް ވިދާޅުވި އެވެ.
"އިއްޒަތްތެރި ރައީސް، ކްރެޑިބަލް މައުލޫމާތެއްތޯ ނޫންތޯ ކަނޑައަޅާނީ ޓެކްނިކަލް ނޯހައު ނޭނގޭ ސިޔާސީ މީހެއް ނޫން. އެ ސިޔާސީ މީހާގެ ޒިންމާއަކީ އެ ޓެކްނިކަލް ނޯހައު އެނގޭނޭ މީހުންނަށް އެ މައުލޫމާތު ފޯރުކޮށްްދިނުން. އެހެން ނަމަވެސް މި މައުލޫމާތު އެ މީހުންނަށް ފޯރުކޮށް ނުދީ އޮތުމުގެ ސަބަބުން، އެއްވެސް ގޮތަކަށް ޑިފެންސް އިންޓެލިޖެންސަށް މި މައުލޫމާތު ފޯރާފައި ނުވާކަން އަޅުގަނޑު ފާހަގަކުރަން،" މީކާއީލް ވިދާޅުވި އެވެ.
ނަޝީދުގެ ސެކިއުރިޓީ ބްރީޗްވި އިރު އެކަމުގައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅަން 241 ކޮމިޓީގެ ރިޕޯޓްގައި ލަފާދީފައި އެބަ އޮތެވެ. އެ ލަފާ ތަންފީޒުކުރަން މީކާއީލް ގޮވައިލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިބަރުވަދު
09 July 2021
ކުށާ އިހުމާލުގެ ލިސްޓު ތަރުތީބުކުރެވެންއަންނަނީ މިގޮތައް 1 އިލްޔާސްލަބީބައްއެންގިފަރާތް! 2 އިލްޔާސްލަބީބު! 3 އަންނި4 މާރިޔާ މިއިންއެއްވެސް މީހަކުގާނޫނީވާޖިބުއަދާކޮއްފަކާނުވޭ!މިބާވަތުގެބޮޑަތިކަންތަކުގަފޯންކޯލަކީ އިތުބާރުހިފޭއެއްޗެއްނޫން މާރިޔާއަކައްވެސްނުކެރޭނެ މާރިއައްފޯނުކުރީ އިލްޔާސްކަމައް ހުވާކުރާކައް!އަންނިއަކަށް ވެސްނޭގުނުއޭނަޔައްއެމަޢުލޫމާތުލިބުނީމަޢަމަލު ކުރަންވީގޮތެއް އިލްޔާސްއެއީޤާނޫނުމުށައްލައިގެން އިންންމީހާ އޭނަޔަކައްވެސްނޭގުނު އެގައޮތްއެއްޗެއް ދެންކީއްވެތަމާރިއިސްތިއުފާދޭންޖެހެނީ!!
ކަންނެލި
09 July 2021
ލިސްޓ
ފާތުމަ..
09 July 2021
މިއީ ދުވަހަ ކުވެސް ވެރި ކަމަށް ގެން ނަން ކުފޫ ހަމަ ވާނެ ބައެއް ނޫން..
ނެކްސްޓް
09 July 2021
އިލްޔާސް ކީއްވެތަ މިކަހަލަ މައުލޫމާތު އަންގަން އޮންނަ އުސޫލުގެ ދަށުން ކަމާބެހޭ ފަރާތަށް ރަސްމީގޮތެއްގައި ނުއެންގީ؟ އެހާސީރައަސް މައްސަލައެއްގައި އޮންނަ އުސޫލުން އަމަލު ނުކުރުމަކީ މާރިޔާގެ މައްސަލައެއްނޫންދޯ؟
މާރިޔާ
09 July 2021
މާރިޔާ ބޮޑުތަނުން ފެއިލްވެއްޖެ
ކްރިޓިކަލް
09 July 2021
އެމްއެންޑީއެފްއާ އެކޯލުގެ ވާހަކަ ހިއްސާކުރުމުން “މީހެއްގެނަމެއް ނުވަތަ ފޮލޯ ކުރެވޭނެގޮތެއް“ ހޯދަން މަސައްކަތް ކުރާނެ އިންޓެލިޖެންސްއިން. އެކެން ނުދަންނަ ނުވަތަ ނޭގޭ މީހަކު ޤައުމެއްގެ ޑިފެންސް މިނިސްޓަރަށް ހުރުމީ މުޅިޤައުމަށްވެސް ހުރި ނުރައްކަލެއް. ތަނެއްގަ ބޮމެެއް ހަރުކުރެޔޭ މާރިޔާގާތު މީހަކުބިނެފިނަމަ މަޢިލޫމާތެއް ނޫނޭ ބުނެ އަޅާނުލާ ހުރެދާނެދޯ. ބޭރުބަޔަކު ރާއްޖެއަށް އެޓޭކް ކުރާނެ ވާހަކަ ބުންޏަސް….
ކިއެއްވެތޭ
09 July 2021
ހަމަލާދޭން އުޅޭ ވާހަކަ އިލްޔާސް ވިދާޅުވުމުން މާރިޔާ އަޅައެއް ނުލެއްވިއޭ މާރިޔާ ނުޖެހޭ އަޅާލާން އިލްޔާސް ލަބީބުގެ އެއް ހިއްސު މަދު ކަމުން ދޯ އެކަން ޑިފެންސް މިނިސްޓަރު މާރިޔާ އަށް އަންގާނީ އެކަން އަންގަން އޮންނަނީ ޕޮލިހަށް ގޮސް ޕޮލިހަށް ބަޔާނެއް ދީގެން އިލްޔާސް ލަބީބު ހުރީ ފުރަމާލޭގައި ދެން ކިއެއްވެތޭ އޭނާ ފުލުހުންގެ އިދާރާ އަށް ގޮސް އެކަން ރިޕޯރޓް ކޮށް އެކަމަށް ބަޔާނެއް ދީ ބަޔާން ގައި ސޮއި ނުކުރީ ނުވަތަ ޕޮލިހުންގެ އިދާރާ އަށް ސިޓީ އެއް ނުލީ..
ކޮއްކޯ
09 July 2021
އޭބަލަ ކޮއްކޯއޭ! ކޮއްކޯއޭ! ހޭ ޖެހިބަލާ! އަންނިއަށް ސެކިއުރިޓީ ދެނީ ޕޮލިހުންތަ؟ ޕޮލިހަށް އަންގަންޖެހެނީ
ވައިފައި
09 July 2021
ކީއްވެ ބާ ރާވާ ވާހަކަ ނަޝީދަށް ނުދެންނެވީ ލަބީބް؟
ބިލް ކުލިންޓަން
09 July 2021
އިސްތިއުފާ.
ޖާބެ
09 July 2021
ޕްލޭންކުރި ބަޔަކާ ، ހަމަލާދިންބަޔަކާ ، އިންގިހުރެ އިހުމާލް ވިބަޔަކާ މިއީ އެއްބަޔެއް ކަމައް މިދޭހަވަނީ..