13 ޖުލައި 2021 - 07:10
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދަން އިނގިރޭސީން ކުރި އުންމީދު ފެނަށް ވިޔަސް، މި މުބާރާތުގެ ފައިނަލް މެޗުން އެ ޓީމަށް ދުނިޔޭގެ ރެކޯޑެއް ލިބޭނެކަން ކަށަވަރުވެއްޖެ އެވެ.
އެ ރެކޯޑަކީ ޔޫރޯ މުބާރާތެއްގެ ފައިނަލް މެޗެއްގައި އެންމެ އަވަހަށް ލަނޑެއް ޖެހުމުގެ ރެކޯޑެވެ. އަމިއްލަ ގައުމުގައި، ލަންޑަންގެ ވެމްބްލީ ސްޓޭޑިމްގައި އިޓަލީއާ ދެކޮޅަށް ކުޅުނު ފޯރި ގަދަ އަދި ވާދަވެރި މެޗްގައި އިނގިރޭސި ޓީމުން ލަނޑު ޖެހީ މެޗް ފަށައިގެން އެއް މިނިޓް 57 ސިކުންތު ތެރޭގަ އެވެ.
އެހާ އަވަހަށް ބައިކޮޅަށް ލަނޑެއް ވަނުމުން، އިޓަލީ އަށް ޝޮކަކަށްވި އެވެ. އެއާ އެކު މެޗުގެ ތެރެއަށް އެނބުރި އަންނަން އިޓަލީއަށް އުނދަގޫތަކެއް ކުރިމަތިވި އެވެ. އަވަހަށް މެޗްގެ ތެރެއަށް ވަންނަން އުޅެ އިޓަލީ އަށް ގިނަ މިސްޓޭކުތަކެއް ހެދުނެވެ. ނަމަވެސް ފަހު ބޯޅަ ކޮންޓްރޯލްކޮށް ހަމަޖެހިލައިގެން ކުޅެން މަސައްކަތް ކުރުމުން އިޓަލީ އަށް ފުރުސަތުތައް ތަނަވަސްވި އެވެ.
Our team will look into this 👀 https://t.co/QNQAzsMncL
— Guinness World Records (@GWR) July 11, 2021
އިނގިރޭސި ޓީމްގެ ހިތްވަރުން ޖެހި ފުރަތަމަ ލަނޑުގެ ވާހަކަ ގިނިސް ވޯލްޑް ރެކޯޑުން ފާހަގަކޮށް ބުނީ އިނގިރޭސީ ޓީމަށް އެ ރެކޯޑް ރަސްމީކޮށް ކަށަވަރުކޮށް ދިނުމާ ގުޅޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.
މެޗްގެ އެންމެ ކުރީކޮޅު ލަނޑެއް ޖަހާނެ ފުރުސަތު އިނގިރޭސި ޓީމަށް ލިބުނު ނަމަވެސް މެޗްގެ ފުރިހަމަ ވަގުތު ނިންމައިލަން ޖެހުނީ އިޓަލީގެ ލަނޑާ އެކު 1-1 އިން އެއްވަރުވެގެންނެވެ. އަދި ފައިނަލްގެ ނަތީޖާ ނެރުނީ ޕެނަލްޓީންނެވެ.
އިޓަލީ މުބާރާތް ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން 3-2 އިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެންދީ
13 July 2021
އިނގިރޭސި ޓީމްގެ ވަކިވަކި ކުޅުންތެރިންނަށް ސަޕޯރޓްކުރަން. އެކަމަކު އިނގިރޭސި ޓީމަށް ސަޕޯރޓެއް ނުކުރަން. މުސްލިމުންނާއި ދުނިޔޭގެ ހަލާކު ތި އިނގިރޭސިންނަކީ.
ރަދީފްއޮފިޝިއަލް
13 July 2021
ތިޔާ ރެކޯޑުން ތަމެންނަށް ކެއްކޭނެ އެއްވެސް ރިހައެއް އޮންނާނެކަމަށް މަމެން ނުދެކެން.
ރަދީފްއޮފިޝިއަލް
13 July 2021
މުބާރާތުގަ 15 ކުޅުންތެރިން ލައިގެން ކުޅުނު ޓީމް.މިވެސް ރެކޯޑެއް.ހެހެހެހެ
އިނގިރޭސި
13 July 2021
ހޫނ ރެކޯޑް ހަދާފައި ބަލިވި ޓީމުގެ ރެކޯޑުވެސް ތިޔޮތީ ހެދިފަ.
ކައުންސެލަރު
13 July 2021
ތަންކޮޅެއްބާރަށް ފޮޑިއެއް ޖެއްސަސް އެވާނެ ދުނިޔޭގެ ރެކޯރޑަކަށް. ވަރަށް ސަލާން