14 ޖުލައި 2021 - 07:26
އާދީއްތަ ދުވަހު އިޓަލީ ޗެމްޕިއަންކަން ހޯދައިގެން ނިންމައިލި ޔޫރޯ 2020 ފުޓްބޯޅަ މުބާރާތުގައި ތިން ރެކޯޑެއް ހަދާފައިވާކަން ގިނިސް ވޯލްޑް ރެކޯޑުން ކަށަވަރުކޮށް ދީފި އެވެ.
އިނގިރޭސިވިލާތު ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި އިޓަލީ އާއި އިންގްލެންޑް ބައްދަލުކުރި ވާދަވެރި ފައިނަލް މެޗްގެ އެއް ރެކޯޑަކީ މެޗުން ބަލިވި އިނގިރޭސި ޓީމުން ޔޫރޯ މުބާރާތެއްގެ ފައިނަލް މެޗްގައި އެންމެ އަވަހަށް ލަނޑު ޖެހުމުގެ ރެކޯޑެވެ. މެޗް ފަށައިގެން އެއް މިނިޓާއި 57 ސިކުންތު ތެރޭ ލަނޑު ޖެހި އެވެ.
ފައިނަލް މެޗްގައި ރެކޯޑް ވަގުތުކޮޅެއްގެ ތެރޭގައި ލަނޑެއް ޖަހައިގެން އިނގިރޭސި ޓީމަށް ރެކޯޑެއް ހެދުނަސް، އެ ގައުމު ބަލިވީ އިތުރު ވަގުތުގައި ކުޅެން ޖެހި ޕެނަލްޓީން 3-2 އިންނެވެ.
ޔޫރޯގެ ދެވަނަ ރެކޯޑަކީ ޔޫރޯގެ މުބާރާތެއްގެ ފައިނަލް މެޗެއްގައި ލަނޑެއް ޖެހުމުގެ ޝަރަފު ދުވަސްވީ ކުޅުންތެރިޔަކަށް ލިބުމެވެ. އެ ރެކޯޑް ލިބުނީ އިޓަލީގެ ކުޅުންތެރިޔާ ލިއޮނާޑޯ ބޮނުޗީ އެވެ. މެޗްގެ 67 ވަނަ މިނިޓްގައި އިނގިރޭސިވިލާތާ 1-1 އިން އެއްވަރުކުރި ލަނޑު ޖެހި ކުޅުންތެރިޔާގެ އުމުރަކީ މެޗް ކުޅުނު ދުވަހަށް 34 އަހަރާއި 71 ދުވަހެވެ.
An emotional, record-breaking @EURO2020 final #EURO2020 #ENG #ITAhttps://t.co/dlhfShIsqM
— Guinness World Records (@GWR) July 12, 2021
ކުރިން ޔޫރޯގެ ފައިނަލެއްގައި ލަނޑެއް ޖެހި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑް އޮތީ 1976 ގެ ޔޫރޯގައި ޒެކެލޯސްވާކިއާއާގެ ގޯލަށް ހަމަލާދިން ބާންޑް ހޯޒެންބީން އެވެ. އެ މެޗްގެ އެ މެޗްގެ ފުރަތަމަ ހާފު 2-2 އިން އެއްވަރުވެގެން ނިންމައިލި ލަނޑު ބާންޑް ޖެހި އިރު މިހާރު އުމުރުން 75 އަހަރުގެ ކުޅުންތެރިޔާގެ އުމުރަކީ 30 އަހަރާއި 103 ދުވަހެވެ.
އެ މުބާރާތް ޒެކެލޯސްވާކިއާ އިން ކާމިޔާބުރީ ޕެނަލްޓީން ޖަރުމަންގެ މައްޗަށް 5-3 އިން ކުރި ހޯދައިގެންނެވެ.
މި ފަހަރުގެ ޔޫރޯގެ ތިން ވަނަ ރެކޯޑަކީ މުބާރާތެއްގެ ފައިނަލް މެޗަކަށް އެންމެ ގިނަ ވަގުތު ނެގުމުގެ ރެކޯޑެވެ. ފުޓްބޯޅަ މެޗެއްގެ ފުރިހަމަ ވަގުތަކީ 90 މިނެޓް ކަމަށް ވިޔަސް މި ފަހަރުގެ ފައިނަލް މެޗްގެ ފުރިހަމަ ވަގުތު ހަމަވި އިރު 1-1 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ އިތުރު ވަގުތު ކުޅެ އަދި އޭގެ ފަހުން ޕެނަލްޓީންނެވެ. އެގޮތުން 3-2 އިން އިޓަލީ ކުރި ހޯދި މެޗް ނިންމައިލަން ޖުމްލަ 120 މިނިޓް (ދެ ގަޑިއިރު) ނެގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަބަރޭ
14 July 2021
އަދި އެހެންރިކޯޑެއްދޯ އިޓަލީ އިންގުލެއްޑު ކުޅުނުފަނަލުމެޗެއް ކުރިން ޓީވީން ނުބަލާހާ ގިނަ ދިވެހިން މިފަހަރުބެލި
ހެެ
14 July 2021
މެޗް ކުޅުންވެސް ތީ ރިކޯޑއް
ޖުހާނާ
14 July 2021
މެޗު ނިންމައިލަން ނެގީ 120 މިނިޓެއް ނޫން. ކޮބާ އެކި ހާފުތަކުގައި ދެއްކި އިތުރު ވަގުތުތައް؟ ކޮބާ ޕެނެލްޓީ ޖަހަން ހޭދަވި ވަގުތު؟ މެޗު ނިމުނުކަމަށްވާނީ، ޕެނެލްޓީ ޖަހާނަމަ، ޕެނެލްޓީ ޖަހާ ނިމުނީމާ.
ކައުންސެލަރު
14 July 2021
މިމެޗް މީވެސް ރެކޯރޑެއް. ތާރީޚަކު ނެތް ޔޫރޯ ފައިނަލަކު އިނގިރޭސީންނާ އިޓަލީ 1-1 ން އެއްވަރުވެގެން ޕެނަލްޓީޖަހައިގެން މިނަތީޖާއިން އިޓަލީ މޮޅުވެފައެއް. މެޗްގެ އެ މިނެޓް ތަކުގަ ލަނޑުޖަހައިގެން. ކަކަކަ
ގެދާނޯމޮސް
14 July 2021
ގިނިސްރެެކޯޑް ހަދާމީހުން ގެ ހިތުގަ ޖެހިގެން އުޅެނީ އިނގިރޭސިން ބަލިވެގެން. 120 މިނިޓްގެ އެންމެ ގިނަނޭވާލި މެޗްގެ ރެކޯޑްވެސް ދޭންޖެހެއެވެ.