28 ޖުލައި 2021 - 15:20
މިސްކިތްތަކުގައި ކުޑަކުދިން ލައްވައި އިމާމުވެ ޖަމާއަތުގައި ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އެދިއްޖެ އެވެ.
މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ "މިހާރު" އަށް ވިދާޅުވީ ހުޅުމާލޭ ސަހަރާގެ މިސްކިތުގައި ކުޑަކުދިންތަކެއް އިމާމުވެ ޖަމާއަތުގައި ނަމާދުކުރި މައްސަލައެއް ވަރަށް ފަހުން ވެސް ފެންމަތިވި ކަމަށާއި އެ މައްސަލަ މިނިސްޓްރީން މިހާރު ބަލަމުން އަންނަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވިގޮތުގައި، އިމާމުންނާ މިސްކިތްތައް ހަވާލު ކުރަނީ ބަންގި ގޮވުމާއި ނަމާދު ކުރުމަކީ އެ އިމާމަކު ކުރަންޖެހޭ ކަމެއް ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެހެންވެ، ބަންގި ގޮވުން އަދި އިމާމުވެ މިސްކިތުގައި ނަމާދު ކުރުމަކީ އިމާމު މީހާ ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިސްކިތްތަކުގައި ކުޑަކުދިން ލައްވައި އިމާމުވެ، ނަމާދު ނުކުރުރުވުމަށް އަންގައި ސާކިއުލާއެއް ފޮނުވަން ނިންމާފައިވާ ކަމަށާއި އަންނަ އާދިއްތަ ދުވަހު ސަރުކާރުގެ އޮފީސްތައް ހުޅުވުމުން އެ ސާކިއުލާ ފޮނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މ އަސްލު
29 July 2021
ވ ރަގަޅު ފިޔަވަޅެއް، ރީތިކޮށް ގުރުއާން ކިޔަވަން އެގުމަކީ އިމާމުވެ ނަމާދު ކުރުވަންޖެހޭ ސަބަބެއްނޫން، ސިޔާސީ އިލްމްވެރރިން ދެކޮޅުހައްދަވާނެ އެކަމަކު އެއްވެސް ގޮތަކަށް ރަގަޅުކަމެއްނޫން، ތަފާތު އުމުރުފުރައިގެ މީހުން ނަމާދު ކުރާއިރު ކުޑަކުއޖްކު ލައްވާ އިމާމުކަން ކުރުވުމަކީ ހައިބަތް ކުޑަވާނެ ކަމެއްވެސްމެ، އިމާމުވެ ނަމާދު ކުރުވަންވާނީ ކުޑަކުއްޖަކަށް ވިއަސް އިމާމު ކޯސްހަދާފަ ވާނަމަ، ކޯސް ނެހެދިއަސް ބޮޑުމީހަކަށް ކުރެވެންވާނެ.
އީސާ
28 July 2021
އާ ކަންތައްތައް ތާރަފުކޮށްގެން އެންމެފަހުން ދީނަކީވެސް ކުޅޭކުޅޭ އެއްޗަކަށް ހަދާނެ. ފަހުޒަމަނުގެ އަލާމާތެއްތޯއްޗެ.
ދަރިންގެދަރިއެއް
28 July 2021
އިޚުލާސްތެރިކަމެއް ހުރީވިއްޔާއި ބަރަހަނާ ސައިޓުތައް ބަންދުކޮށްބަލަ.
އިއްލޭ
29 July 2021
އޭރުންވެސް ރުޅިގަދަވާނީ ޝައިޚުން.
ކުޅިވަރު
28 July 2021
އެކުދިންލައްވާ ކުޅިވަރު ޕްރެކްޓިސް އޯކޭ ދޯ
ރަދީފްއޮފިޝިއަލް
28 July 2021
2 ނަމާދު ދޭތެރޭ ޓްރެކް ސަރަހައްދަށް ގެންގޮސް ކުޅިވަރުކުޅުވުން އޯކޭ ވޭ.ދެރަ ދޯ.ވ.ވެދުން
ނިމެރިދޫނި
28 July 2021
އަބަދު އެއްބަޔަކުތިބޭކަށް ނުޖެހޭ. އެކުދިން އެއީ.މާދަމާގެ މުސްތަޤުބަލް
އެކިރާފް
28 July 2021
އެކުދިން ލއްވައި.ނަމާދު ކުރުމުން އެކުދިންގެ ހިތްތަކުގައި ދީނީ ލޯބި ގަދަވާނެ.
ވާސްސަރީވާ
28 July 2021
ދީނުގެ ކަންކަން އަށެގަނެދާނެތީ އެކަން ބަންދުކުރަން ބަޔަކު ތެޅޭވަރެއްދޯ...
ރަދީފްއޮފިޝިއަލް
28 July 2021
''ކުޑަކުދިން'' މިހާލަތުގަ ތިޔަ ޑިފައިން ކުރަނީ ކޮންގޮތަކަށް ތޯ؟؟ ފުރަތަމަ އެކަން ސާފުވާން އެބަޖެހޭ.
ޖަމަލު
28 July 2021
މީގެ ހުއްޖަތަކީ ކޮބާކަން ބުނެދީ. އަހަރެންނަށް ދެވުނު އިސްލާމީ ގައުމު ތަކުގަ މީ އާއްމު ކަމެއް، އަދި ތަރުހީބުވެސް ދޭ ކަމެއް.
ށަވިޔަނި
28 July 2021
ގައުމު ހަލާކު މިވަނީ ބޭރުން ފެންނަ ހުރިހާކަމެއް ކުރަން އުޅެގެން ނޫން. ކޮޕީކުރާ ބަޔަކަށްވެ ކިޔަވާ ތަންތަނުން ދަސްވާހާ ފިލާވަޅު މިތާގައި ދަސްކޮށްދޭން ނުޖެހޭ. މިތާވެސް ތިބީ މުސްލިމުން. އިސްލާމީ ދައުލަތެއްގައި މިފަދަ ކަންކަން އޮންނަންޖެހޭ ގޮތް ކަނޑައަޅާނީ ދައުލަތުގެ މުއައްސަސާ. ލަޓޯފަޓޯއިންނެއްނޫން.
ސައްތާރު122115
28 July 2021
މިރިނުވެ ގޮބޮޅި ކާށިވާތަން މިހެރެފެންނަނީ ދަންނަބަޔަކަޢް ފުދިގެންވާ ޢިބުރަތެއް