ޕީޕީއެމްގެ ރޭގެ ހަފުލާގައި ޝުޖާއު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
30 ޖުލައި 2021 - 12:26
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދެވިކަން ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވަން ޖެހޭނީ މީޑިއާގެ ކުރިމަތީގައި ކަމަށާއި އެއީ އިދިކޮޅު ޕީޕީއެމްގެ ޝަރުތެއް ކަމަށް އެ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމާ އަލަށް ގުޅުނު ބައެއް މީހުންގެ ފޯމުތައް އެ ޕާޓީއާ ހަވާލުކުރުމަށް ބޭއްވި ހަފުލާގައި އޭނާ އެހެން ވިދާޅުވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޔާސީ ގޮތުން ކުރެއްވި ތާއީދު އަނބުރާ ގެންނަވާފައިވާ ކަމަށް ނަޝީދު ވަނީ އިއުލާން ކުރައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ތާއީދު ހޯދުމަށް ވާހަކަފުޅު ދައްކަވަން ފައްޓަވައިފަ އެވެ. އަދި އެމްޑީޕީން ޕީޕީއެމް/ޕީއެންސީއާ އެކު ކޯލިޝަން ހެދުމަށް ބާރު އަޅައި ވެސް ނަޝީދު ވަނީ އެކި ފަހަރުމަތިން ވާހަކަފުޅު ދައްކަވައިފަ އެވެ. އެކަމަކު، ނަޝީދުގެ އެ ދައުވަތުތަކާއި ވާހަކަފުޅުތަކަށް އިދިކޮޅު ކޯލިޝަނުން ދެމުން އަންނަނީ ބީރު ކަންފެތެކެވެ.
ރޭގެ ހަފުލާގައި ވެސް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއު ވިދާޅުވީ، ނަޝީދު ކޮންމެ ގޮތަކަށް ވާހަކަފުޅު ދެއްކެވިޔަސް މިއީ ނަޝީދުގެ "ވެރިކަން" ކަމަށާއި އެކަން އެ ނޫން ގޮތަކަށް ބަދަލުވިކަން ހާމަކުރައްވަން ޖެހިވަޑައިގަންނަވާނީ ދިވެހި މީޑިއާގެ ކުރިމަތީގައި ކަމަށެވެ.
"އެއީ އަޅުގަނޑުމެންގެ ޝަރުތަކީ. އެއީ އެ މަނިކުފާނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރާ މީހެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރާނެ ކަމަކީ އެއީ. އެހެން ނަމަވެސް އެ މަނިކުފާނާ އެކީގައި ޕީޕީއެމް/ޕީއެންސީން ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނެތް،" މާލޭ ސިޓީ ކައުންސިލްގައި ޕީޕީއެމް ތަމްސީލު ކުރައްވާ ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ޕީޕީއެމްގެ މެމްބަރުން ތިބީ އެ ޕާޓީ ފަސާދަ ކުރުމުގެ ފުރުސަތު ނަޝީދަށް ދޭ ގޮތަކަށް ނޫނެވެ.
ރޭގެ ހަފުލާގައި ވެސް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއު ވިދާޅުވީ، ނަޝީދު ކޮންމެ ގޮތަކަށް ވާހަކަފުޅު ދެއްކެވިޔަސް މިއީ ނަޝީދުގެ "ވެރިކަން" ކަމަށާއި އެކަން އެ ނޫން ގޮތަކަށް ބަދަލުވިކަން ހާމަކުރައްވަން ޖެހިވަޑައިގަންނަވާނީ ދިވެހި މީޑިއާގެ ކުރިމަތީގައި ކަމަށެވެ.
މި ވެރިކަމާ ގުޅޭ ގޮތުން ނަޝީދު ދައްކަވާ ވާހަކަފުޅުތަކަށް ޖޯކު ޖައްސަވަމުން ޝުޖާއު ވިދާޅުވީ، އެ މަނިކުފާނު އުޅުއްވަނީ ރައްޓެހި ވެގެން އުޅޭ އަންހެންކުއްޖާ ރުޅި އައުމުން ކަން ކުރާ އުސޫލުން ކަމަށެވެ.
"ރައްޓެހިވެގެން އުޅޭ އަންހެންކުއްޖާގެ ސިފައިން ސިފަ ކުރަނީ. ދެން މިރޭ ދިޔައީމާ އޭނާ އެހާ ހިތްހަމައެއް ނުޖެހުނޭ، ވަރަށް ފާޑަކަށޭ އޭނާ ހުރީ. ދެން އަހަރެން މިރޭ ވަރަށް ހިތްހަމަނުޖެހެއޭ އޭނާ ވާހަކަ ދައްކާ ގޮތުން،" ސިޔާސީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރެއްވި ތާއީދު ނުކުރައްވާކަން އިއުލާން ކުރެއްވުމަށް ފަހު، ނަޝީދު އުޅުއްވާ ފާޑަށް މަލާމާތް ކުރައްވަމުން ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު "ތާހަކަށް ލައި، ތެލުލާން" ޕީޕީއެމް ކޯލިޝަނުން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ވިދާޅުވީ، ޔާމީންގެ ޒައާމަތަކީ ދިވެހިންގެ މިނިވަންކަމާއި އިސްތިގްލާލު "ތާހަކަށް ލައި، ތެލުލާން" ފުރުސަތު ދިން ވެރިކަމެއް ނޫންކަން އެންމެން ވެސް ގަބޫލުކުރާ ކަމަށެވެ.
"އެ މަނިކުފާނުގެ ޒައާމަތުގައި މި ގައުމުގެ މިނިވަންކަމާއި އިސްތިގްލާލާއި މާތް ވެގެންވާ އިސްލާމްދީނަށް އައި ހުރިހާ ހުރަސްތަކަކާއި އައި ހުރިހާ ގޮންޖެހުންތަކަކާ ފާޅުގައި ކުރިމަތިލައިގެން މި ގައުމު ސަލާމަތް ކުރުމުގެ މަސައްކަތް ފިސާރި ރަނގަޅަށް ކޮށްފައި ވުމަކީ މިއަދު އެ މަނިކުފާނު މި ވެރިކަމުގެ އަނިޔާވެރިކަމުގައި ތާށިވެފައި އޮންނަން ޖެހޭ ޖެހުން ކަމުގައި ދިވެހި ހުރިހާ ރައްޔިތުން އެބަ ގަބޫލުކުރޭ،" މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނާ ގުޅޭ ގޮތުން ޝުޖާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި އެ ކޯލިޝަންގެ ލީޑަޝިޕް ފިޔަވައި ދެން ހުރިހާ ޕާޓީތަކަކުން ވެސް ތާއީދު ކުރަނީ ރާއްޖެ "ވިއްކައިލަން" ކަމަށެވެ.
"އެއީ ދިވެހި ރައްޔިތުން ވިސްނަންވީ ކަމަކީ. އެއީ ދިވެހި ރައްޔިތުންނާ މިއަދު ކުރިމަތިވެފައި އޮތް އިމްތިހާނަކީ،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ރޭ ވެސް ވިދާޅުވީ، 2023 ގައި "ޔާމީން ވެރިކަމަށް ގެނެސްފައި ނޫނީ" ޕީޕިއެމްގެ މަސައްކަތްތައް ނުނިންމާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވާނުވާގައި
31 July 2021
ދައްކާ ވާހަކަ ދުވަހަކުވެސް ދިމާނުވާ ތެދެއް ހަދަން ނުދަންނަ މަކަރުވެރި ޚުދުމުޚުތާރު ޑިކްޓޭޓަރު ދައްކާ ވާހަކަ ގަބޫލުކުރަން ހެޔޮނުވާނެ. އެއީ ވަރިހަމަ މީޑިއާ ކީއްކުރަން ހަތްފެނުން ފެންވަރައިގެން ހުދުފޮށައެއް ގައިގައި އޮޅައިގެން ނުކުމެ ރައްޔިތުންގެ މެދުގައި ހުރެ ބުންޏަސް، މާދަމާ ބުނެފާނެ އެއީ ފަލްސަފާއެކޭ.
ސަސް
30 July 2021
ދުލެއް އޮތީމަ ތަޅަނީ، ދައްކާ ވާހަކަ ދެކޮޅު ދިމާ ނުވިޔަސް ހެޔޮ.
އަރުތަ
30 July 2021
"އަޅުގަނޑުމެންގެ ޝަރުތަކީ، އެ މަނިކުފާނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ނުކުރާކަން ހާމަކުރައްވަން ޖެހިވަޑައިގަންނަވާނީ ދިވެހި މީޑިއާގެ ކުރިމަތީގައި، އެހެން ނަމަވެސް އެ މަނިކުފާނާ އެކީގައި ޕީޕީއެމް/ޕީއެންސީން ކުރާނެ އެއްވެސް ސިޔާސީ މަސައްކަތެއް ނެތް،" މާލޭ ސިޓީ ކައުންސިލްގައި ޕީޕީއެމް ތަމްސީލު ކުރައްވާ ޝުޖާއު ވިދާޅުވި އެވެ. ދެން ކޮން ޝަރުތެއްގެ ވާހަކަބާ! ކޮންމެ މީހަކު މިހުންނަނީ ބޮލަށް ތެޔޮއަރާފަ އުތަ.
ތިންގަޑިސައްބީސް
30 July 2021
މިރާއްޖެ ދުށް އެންމެ ޚުދުމުޑުދާރު ދެވެރިންނަކީ ކެނެރީގޭ ނަސީދާ، ކާމިނީގޭ ޔާމީނު، ދެމީހުން އެކުވެއްޖެއްޔާ ދެން އުފެދޭނީ ހުރަގޭ ވެރިކަމެއް، ގާނޫނެއް ގަވާއިދެއް ބެލުމެއްނެތި ޖެހުނުހާ މީހަކު ހިފާހައްޔަރުކުރަން މިހާރުވެސް ނަސީދު އެދަނީ ގޮވާ ނަގަމުން، ޔާމީނުވެސް މާޒީގައި ދެއްކީ ހަމަ އެފިލައިވަޅު، މައުމޫނާ ފާރިސް އާ 12 މެންބަރުން އަދި ގިނަދިވެހިންގެ ބޮލުގައި ޓެރަރިޒަމްގެ ތުހުމަތުއަޅުވާ އަދަގޮޑި ޖެހި ހަދާން އަދި ނުނެތޭ، އަބުޅޯ ގާޒީއަށް ހެދިގޮތޯ
ބަރާބަރުބާރަބުރިބެޓެރި
30 July 2021
ތިޔައީ ކޮންކަމަކށް ކުރި ސަރުތެއްކަމެއް ނުބުނެދޭ، ޕީޕީކުދިން މިބުނަނީ ނަސީދާއެކު މަސައްކަތް ކުރާކަށް ނެތީމޭ، ދެން ކޮން ސަރުތެއްގެ ވާހަކައެއްތަ މި ދައްކަނީ، މީހަކު އެންތަރީސެއް ނުވާނެތަ؟
އަރުތަ
30 July 2021
ނޭގެ، ރޭގެ ހަފުލާގައި ވެސް ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއު ވިދާޅުވީ، ނަޝީދު ކޮންމެ ގޮތަކަށް ވާހަކަފުޅު ދެއްކެވިޔަސް މިއީ ނަޝީދުގެ "ވެރިކަން" ކަމަށާއި އެކަން އެ ނޫން ގޮތަކަށް ބަދަލުވިކަން ހާމަކުރައްވަން ޖެހިވަޑައިގަންނަވާނީ ދިވެހި މީޑިއާގެ ކުރިމަތީގައި ކަމަށެވެ". ހާމަ ކުރަން ޖެހޭނެ ގޮތް އެނގެނީވެސް ސުޖާއުއަށްތަ، އެމީހަކަށް ފެންނަ ގޮތަކަށްދޯ ހާމަކުރާނީ.
ބޮމްބޭ ދަރުބާރު
30 July 2021
ތަކުރާރުކޮށްވެސް ކުރަން އޮތީ، އެއްކޮމެންޓު، ނަޝީދާ ޔާމީނު ކޯލިޝަން ހެދިޔަސް ، އަދި އެއިން މީހަކު ވެރިކަމަށް ކުރިމަތިލިޔަސް ދިވެހި ރައްޔިތުން ދެމީހުން ފޭލިކޮށްލާނެ
ސޮއި
30 July 2021
ގޮންޖަހާފައި މިދަންނަވަނީ، ﷲ ގެ އިރާދަފުޅާއެކު 2023 ގައި ރައީސް ޔާމީނު ވެރިކަމަށް ނުގެނެވޭނެ. އެކަމަށް ދިވެހިން ޖާގައެއް ނުދޭނެ، ޚިޔާލުތަފާތުވި އެންމެން ހުރަގެއަށްލާ ކުށެއް ބުށެއްނެތި އަނިޔާދިން ދިނުން އަބުރާ އިޢާދަކުރަން އެދޭ ދިވެހިންނެތް ނެތް، ރައީސް ޔާމީނަކީ ޑިކުޓޭޓަރެއް
ދޢަހުމަދު
30 July 2021
ނަޝީދަށް ރައްޔިތުންގެ ތާއީދު ދަނީ ގެއްލެމުން. އޭނަޔާ ކޯލިޝަން ހަދައިގެން އޮތީ ހުސް ގެއްލުން
ވަވައައި ބާ
30 July 2021
ނަޝީދު ހަދާ ބޮލު ގެ އެއްޗެއްގެ ސަބަބުން ކަލޭމެން އަރާ ތިބެ ނަަޝީދާއި އިބޫގެ ވާހަކަ އެކަނި ދައްކަނީ ގަދަ!
ހުސްނުހީނާ
30 July 2021
ނަޝީދު އަކީ އަމިއްލަ އެދުން ބޮޑު މީހެއްކަން އެނގި ކަށަވަރު ވެއްޖެ. އަމިއްލަ ޕާރޓީއާއި ، އަމިއްލަ ޕާރޓީ މެޖޯރިޓީ އޮތް ސަރުކާރެއް ފަސާދަ ކުރި މީހަކު އެހެން ޕާރޓީއެއް ފަސާދަ ނުކުރާނެ ކަމައް ގަބޫލުކުރާނީ މޮޔައެއް. a