ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖޭޕީގެ ލީޑަރު ގާސިމް ރަސްމިއްޔާތެއްގައި: ސިޔާސީ ތަޅާފޮޅުމަށް ނުކުންނަ ނަމަ އެ ކަމަށް އެންމެ ރަނގަޅީ 2023 ގެ ކުރީކޮޅުން ފެށިގެން ކަމަށް ގާސިމް ވިދާޅުވި.
03 އޯގަސްޓް 2021 - 11:08
ސިޔާސީ ބާރުވެރިކަމާއި ވެރިކަން ހޯދުމަށްޓަކައި "ތަޅާފޮޅަން" އަދި މާ އަވަސް ކަމަށާއި ގައުމު މިހާރު އޮތް ހާލަތަށް ބަލާއިރު ސަރުކާރު ހިންގާ ކޯލިޝަން ދެމެހެއްޓުން މާ މުހިންމު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމު މިނިވަންކުރުމުގެ ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ފަށާފައިވާ ކެމްޕެއިނުގައި ބައިވެރިވާން ޖޭޕީ އަަށް ދިން ދައުވަތާ ގުޅޭ ގޮތުން "މިހާރު"ން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ، "ސިޔާސީ ކަންތައްތަކުގައި އުޅެން އަދި މާ އަވަސް" ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ހާލަތުގައި ވަރަށް މުހިންމު ކޯލިޝަނާއިގެން ކުރިއަށް ގެންދަން. ކޯލިޝަނުން އެއްބަސްވި ކަންކަމާ ގާތަށް ވެސް ސަރުކާރުން ކަންތައް ކޮށްދީފައި ނެތް ނަމަވެސް އަަޅުގަނޑުމެން ނޫޅެން އެއާ [ކޯލިޝަން އެއްބަސްވުން] ހިލާފު ވެގެން އުޅޭކަށް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނަން އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައީސް ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް ފުއްދައި ދިނުމަށް ވައުދުތަކަކާ އެކު ކަމަށް ވާތީ، ކޯލިޝަން ދެމެހެއްޓުމުގެ ބޭނުމަކީ ރައްޔިތުން ނިކަމެތިވިޔަ ނުދިނުން ކަމަށެވެ. އެހެންވެ، ކޯލިޝަން ދަމަހައްޓަން ރައީސަށް އެހީތެރިވާން އެންމެންނަށް ލާޒިމު ކަމަށް ގާސިމް ވިދާޅުވި އެވެ.
"ކިރިޔާ ނޭވާލެވޭ ވަރުވާ ތަން ފެންނަ އިރަށް ތަޅާފޮޅުމަކީ ރައްޔިތުންނަށް އިތުރަށް މި ހާލަތުގައި ނިކަމެތިކަން ލިބޭނެ ކަމެއް. އެ ނިކަމެތިކަން ލިބޭ އެއްވެސް ކަމަކަށް ޖާގަ ދޭކަށް އަޅުގަނޑުމެން ނެތިން. --- ގާސިމް
"ކޮވިޑްގެ މި ހާލަތުގައި ގައުމުގެ އިގްތިސޯދު ފުނޑުނުއިރު ރައްޔިތުން ބަނޑަށް ނުޖެހުނުކަން އެއީ އަޅުގަނޑުމެން ޝުކުރުވެރިވާން ޖެހޭނެ ކަމެއް. އާސަންދަ ކަންތައް ވެސް ނުހުއްޓި، އެދެވޭ ވަރަކަށް ކުރިއަށް އެބަ ގެންދޭ. މި ހުންނަނީ ކޯލިޝަން ދަމަހައްޓައި ރައީސް އިބޫ އަށް އެއްބާރުލުން ދޭން ޖެހޭ ސަބަބުތައް،" މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް ވިދާޅުވި އެވެ.
"ކިރިޔާ ނޭވާލެވޭ ވަރުވާ ތަން ފެންނަ އިރަށް ތަޅާފޮޅުމަކީ ރައްޔިތުންނަށް އިތުރަށް މި ހާލަތުގައި ނިކަމެތިކަން ލިބޭނެ ކަމެއް. އެ ނިކަމެތިކަން ލިބޭ އެއްވެސް ކަމަކަށް ޖާގަ ދޭކަށް އަޅުގަނޑުމެން ނެތިން. އަޅުގަނޑު މި ދަންނަވަނީ ގޯސްކަންތައް ހުރި ކަމުގައި ވިޔަސް ރައީސަށް ހުރިހާ ކަމެއް ކޮންޓްރޯލް ނުކުރެވި ހިނގައިދާނެއޭ، ހަމަނުޖެހުން އުޅޭނެ. އެކަމަކު، ކުރެވުނު ކަންކަމަށް ޝުކުރުވެރި ވެސް ވާން ވާނެ."
ގާސިމް ވިދާޅުވިގޮތުގައި، ރާއްޖޭގެ މިނިވަންކަން ގެއްލޭ ފަދަ އެއްވެސް ކަމަކަށް އޭނާ އާއި ޖުމްހޫރީ ޕާޓީން ދުވަހަކު ވެސް އެއްބަސް ނުވާނެ އެވެ. އެއީ މީގެ ކުރިން ވެސް ގަބޫލު ކުރެއްވި ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާއެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ވާހަކަ ދައްކަވަނީ.--- ފައިލް ފޮޓޯ/މިހާރު
"ބަނޑުހައިހޫނު ކަމުގައި ތިބެން ޖެހުނަސް މިނިވަންކަމަކީ 1،000 ނިއުމަތަށް ވުރެ ބޮޑު ކަމެއް. އަޅުގަނޑުމެން އެކަން ކޮމްޕްރޮމައިޒެއް ނުކުރާނަން. ތާއީދެއް ވެސް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ވެރިކަމަށް އަންނަން ބޭނުންވިޔަސް އެކަމުގައި "ތަޅާފޮޅުމަށް" ނުކުންނަން ވާނީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި 2023 ގެ ކުރީކޮޅުން ފެށިގެންނެވެ.
"މިނިވަންކަމުގެ ދިފާއުގައި-ދިވެހިން"ގެ ނަމުގައި ޕީޕީއެމް/ޕީއެންސީން ފެށި ކެމްޕެއިންގެ ދައުވަތު ދިނީ ޖޭޕީ އާއި ގާސިމްގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށާއި އެ މަނިކުފާނުގެ ޕާޓީ އެމްއާރުއެމަށާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އަދާލަތު ޕާޓީއަށާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި އެމްޑީއޭ އަށެވެ.
ނަމަވެސް މީގެ ތެރެއިން ސަރުކާރުގެ ކޯލިޝަން ޕާޓީތަކުން އިދިކޮޅުގެ ދައުވަތަށް މަރުހަބާއެއް ނުކިޔަ އެވެ. ސިޔާމާއި އެމްޑީއޭގެ ވިސްނުމެއް އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބެ
04 August 2021
އަދި މެކްސިމަމް ޕްްރޮފިޓް ހޯދާލާނީ ތަޙުތުގަ ހުރިމީހާ ކާންދިންވަރެއް އޯކޭ
ސިކުޑި
03 August 2021
މިނިވަން ކަމޭ ދީނޭ ކިޔައިގެން އޭރެއްގަ އިދިކޮޅުގަ ތިބޭބަޔަކު އަބަދުވެސް ބަލަނީ ރައްޔިތުން މޮޔަހައްދަން.
ރ. މާމަ އިނގިލި
03 August 2021
ގާސިމް ދެން މިޔޮތް ހުރިހާދުވަހު އަދި ވޭތުވެދިޔަ އަހަރުތަކު ކުރީކީއްތަ. ވެރިކަމުގަ ތަޅާފަ ފޮޅީދޯ.
އޮނަރަބްލް އަފީފު ދީދީ.
03 August 2021
ވެރިކަމަކީ ރައްޔިތުންގެ އެއްޗެއް. އެއީތަޅައި ފޮޅައިގެން، ބަޤާވާތް ކޮށްގެން، ރިޝްވަތު ދީގެން ނުވަތަ ކޯޓްގެ ތެރެއިން ފޭރިގަންނާ އެއްޗެއްނޫން. # ރައްޔިތުން ވެރިކަމަށް އިސްކުރާ މީހާއަށް ވެރިކަން ކުރުމުގެ އުސޫލު ތަކާއި ނުވަތަ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގައި ބުނެފައިވާ ގޮތަށް ވެރިކަން ކޮށްނުދެވޭނަމަ "އޭނާ" ނުވަތަ އެވެރިކަމެއް "ވައްޓާލަން" ރައްޔިތުން ބޭނުންވެއްޖެ ކޮންމެ ވަގުތަކު އެމީހުނަށް ނިކުމެވޭނެ. ގާސިމަށް ތިއެގެނީ ވަރަށް ކުޑަ މިންވަރެއް.
އަންދަލީބު
03 August 2021
ވެރިކަމާ ތަޅާފޮޅަން އަދި މާއަވަސް ކަމަށް ބުނުމުގެ ފަހަތުގައިވަނީ އަދި ވެރިކަމާ ތަޅާފޮޅުން ކުރިޔަށް އެބައޮތޭ!؟
ބޯގޯސް އަފީފް ކުރަފިކަތިލައިގެން ހޯދި ދީދީ
03 August 2021
އެއީ ތެދެއް. އަނބިމީހާ ވަޒީރުކަމުން ވަކިކުރާ ދުވަހަކުން ޓަކާޓަކާޔާ ޖެހޭނީ. އެހެންނޫނީ އެވަގުތެއް ނާންނާނެ. ދެންހުރިމީހާވެސް ހުރީ ދަރިފުޅުގެ މިނިސްޓަރުކަން ގެއްލޭތޯ ބަލަބަލައި. ދެންހުރީ އަމިއްލަގޮނޑި ގެއްލިއްޖެއްޔާ ޓަކާޓަކާޔަށް ތެދުވާމީހެއް. އެހިސާބުން ދެން ގައުމަށްޓަކައި ދީނަށްޓަކައި އާ ޖެހޭނީ.
މުޙުއްމާ
03 August 2021
ޤާސިމް އެއްބަސް ނުވިޔަސް އެއޮތީ މިނިވަންކަން ނަގާލާފަ އެއްނުން. ރާޖޭގެ މެދާ ދެކޮޅުގަޢިންޑިއާ ސިފައިން އެބަތިބި. އެމީހުން ތިބީ ޑިޕްލޮމެޓިކް އިމިއުނިޓީލިބިގެން. ވިސާ ހަމަވެގެން ދާށޭ ބުނީމަކާވެސް ނުދިޔަ. ދެން ކޮން މިނިވަންކަމެކޭ ތި ކިޔަނީ. ﷲ ގަންދީ ބުނަން މިފަހަރު އިންޑިއާ ސިފައިން ބާލާނެކަމަށް ވަޢުދުވާ މީހަކަށް ނޫނީ ރިއާސީ އިންތިޚާބުގަ ވޯޓެއް ނުދޭނަން. އިންޑިއާ އާއި އިންޑިއާ ރައއޔިތުންނާ އެއްވެސް ދެކޮޅުވެރިކަމެއް ނެތް. އެއްވެސް ޤައުމެއްގެ ސިފައިން ރާއްޖޭގަ ތިބޭކަށް ޤަބޫލެއް ނުވެވޭނެ.
ނަޖުމީ
03 August 2021
އަންހެނުންގެ ވަޒީފާ ގެއްލިދާނެތީ ބިރުން ަވަހޭ އެބުނީ އެދުން ބޮޑުގޮލައެއްތީ
ސަރުކާރު އިސްތިއުފާ
03 August 2021
މިސަރުކާރު މިވަނީ ކޮވިޑް ބަހަނާ އަކަށް ހަދައިގެން ދައުލަތުގެ ޚަޒާނާ ދަވާ ހުސްއަރުވާލާފައޭ ދެން ސަރުކާރު ޖެހޭނީ އެއްކޮށް އިސްތިއުފާ ދޭންއޭ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ ސަރުކާރު އިސްތިއުފާ
ހާމިދު ޝާހިދު
03 August 2021
ބަސްމަދު، އިބްރާހިމް ސޯލިހާ ވެރިކަން ހަވާލުކޮށްގެން މިމީހުން މިތިބެނީ އަންހެނުންނާއި ގާތްތިމާގެ އެންމެނަށް ވަޒިފާތައް ދީގެން ވަރަށް ހެވިފައި. އެހެންވީމާ، މިމީހުނަށް ހީވާނެ އަދި ވެރިކަމާ އުޅެން ތަންކޮޅެއް އަވަސް ވެއްޖެކަމަށް.