އެންމެ ގާތް އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލެއްވި ކަން ވެސް ނަޝީދު ވަނީ އިއުލާން ކުރައްވާފައި. އެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ނަޝީދު ކުރައްވަން އުޅުއްވި އެއް ކަމަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީއާ އެކު އެމްޑީޕީން ކޯލިޝަން ހެދުމަށް ބާރު އެޅުން.
ުކުރީގެ ރައީސް ނަޝީދާއި ގާސިމް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު.
05 އޯގަސްޓް 2021 - 13:02
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ކުރީގެ ރައީސް އަދި އޭރު ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެ ބޭފުޅުންގެ ޖެހުނު މައްސަލަތަކުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިބުރަތް ހޯއްދަވަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ބައިވެރިޔާ ގާސިމް މިދިޔަ އަންގާރަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އެހެން ވިދާޅުވިއިރު، އެމްޑީޕީގެ އެންމެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް ނަޝީދާ ދެމެދު ސިޔާސީ ގޮތުން ވަރަށް ބޮޑަށް ހިޔާލު ތަފާތުވުން އުފެދި ޕާޓީގެ ތެރޭގައި އެ ދެ ބޭފުޅުންގެ ދެ ފެކްޝަނެއްގެ މަސައްކަތް ވަނީ ފަށައިފަ އެވެ.
އެންމެ ގާތް އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލެއްވި ކަން ވެސް ނަޝީދު ވަނީ މިދިޔަ މަހު އިއުލާން ކުރައްވައިފަ އެވެ. އެ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން ނަޝީދު ކުރައްވަން އުޅުއްވި އެއް ކަމަކީ އިދިކޮޅު ޕީޕީއެމް/ޕީއެންސީއާ އެކު އެމްޑީޕީން ކޯލިޝަން ހެދުމަށް ބާރު އެޅުމެވެ.
ގާސިމް ވިދާޅުވީ، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ އެންމެ އިސް ދެބޭފޫޅުންގެ މެދުގައި އުފެދިފައިވާ މައްސަލަގަނޑު އަސަރު ކުރާނީ ރައްޔިތުންނަށް ކަމަށެވެ. އެހެންވެ އޭނާ ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި ޔާމީނާއި މައުމޫނާ ދެ ބޭފުޅުންގެ ދެމެދުގައި އުފެދުނު މައްސަލަގަނޑުން އިބުރަތް ލިބިގަނެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު މަސައްކަތްޕުޅުން ކުރެއްވުން ވަރަށް މުހިންމު ކަމަށެވެ.
"މައުމޫން އެ ގޮތަށް އުޅުއްވީމާ ކަންތައް ވީ ގޮތް ދެ ބޭފުޅުން ވެސް ބަލަންޖެހޭ. ރައީސް އިބޫ ސޯލިހަށް ވެސް އެނގިވަޑައިގަންނަވަން ޖެހޭނެ ރައީސް ނަޝީދާ މެދު ކަންތައް ކުރެވޭ ގޮތަކުން ނަތީޖާ އަންނާނީ ކިހިނެއްކަން،"--- ގާސިމް
"އެކަން އެގޮތަށް ވާނެއެކޭ އަޅުގަނޑު ދަންނަވަނީކީ ނޫން. އެކަމަކު ކޮވިޑުގެ މި ބަލިމަޑުކަމުން ކިރިޔާ އަރައިގަނެވޭ އިރަށް ރައީސް އިބޫއާ ދިމާކޮށްލައިގެން އެމްޑީޕީގެ ބައެއް ބޭފުޅުން އަމިއްލަ އެދުން ކުރިއަށް ނެރުއްވައި އެ އުޅުއްވާ އުޅުއްވުން އަޅުގަނޑު ބަލައެއް ނުގަންނަން. ރައީސް ނަޝީދު ވެސް ވިސްނަވަން ވާނެ އެގޮތަށް ކަންތައް ކުރައްވައިގެން ލިބިވަޑައިގަންނަވާނެ ވަކި މޮޅެއް ނޯންނާނެކަން. މާޒީ އަށް ބަލަން ޖެހޭ،" ގާސިމް ވިދާޅުވި އެވެ.
މަޖިލިހުގައި އިދާރާގައި އޮތް ރަސްމިއްޔާތެއްގައި މަޖިލިހުގެ އޭރުގެވރައީސް ގާސިމް އިބްރާހިމާއި ކުރީގެ ރައީސް ނަޝީދު ސަލާމް ކުރައްވަނީ.---ފައިލް ފޮޓޯ: މިހާރު
އޭނާ ވިދާޅުވިގޮތުގައި، ހަމަ އެގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެ ކަންކަމަށް ސަމާލުކަން ދެއްވަން ޖެހެ އެވެ.
"މައުމޫން އެ ގޮތަށް އުޅުއްވީމާ ކަންތައް ވީ ގޮތް ދެ ބޭފުޅުން ވެސް ބަލަންޖެހޭ. ރައީސް އިބޫ ސޯލިހަށް ވެސް އެނގިވަޑައިގަންނަވަން ޖެހޭނެ ރައީސް ނަޝީދާ މެދު ކަންތައް ކުރެވޭ ގޮތަކުން ނަތީޖާ އަންނާނީ ކިހިނެއްކަން،" ގާސިމް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (ވ)، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު (މ) އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަޖިލީހުގެ އިދާރާއަށް ވަޑައިގަންނަވަނީ--- ފޮޓޯ: މަޖިލިސް
ޔާމީންގެ ވެރިކަމުގައި މައުމޫނާ ދެ ބޭފުޅުން މެދުގައި އުފެދުނު ކޯޅުންގަނޑުގެ ތެރެއިން މައުމޫން އަތުން ޕީޕީއެމް "ބީވެ" އެ ޕާޓީގެ ބާރު ޔާމީންގެ އަތްޕުޅަށް ގެންނެވި އެވެ. އޭގެ ބަދަލުގައި އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން މައުމޫން މަސައްކަތްޕުޅު ފައްޓަވައި، އެމްއާރުއެމްގެ ނަމުގައި ވަކި ސިޔާސީ ޕާޓީއެއް އުފެއްދެވި އެވެ. އެ ހަމަނުޖެހުމުގެ ތެރޭގައި މައުމޫނާއި ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ދަނބިދަރިކަލުން މުހައްމަަދު ނަދީމް ވެސް ޔާމީންގެ ވެރިކަމުގައި ޖަލަށް ލި އެވެ. މި ހުރިހާ ކޯޅުމުގެ ތެރެއިން މައުމޫން ސީދާ މަސައްކަތްޕުޅު ކުރެއްވީ ޔާމީންގެ ވެރިކަމާ ދެކޮޅަށެވެ. އަދި ޕީޕީއެމްގައި އޭރު ތިއްބެވި މަޖިލީހުގެ ބައެއް މެމްބަރުން ވެސް ޔާމީން ދޫކުރައްވައި މައުމޫންގެ ފަޅިއަށް އަރާވަޑައިގެން ޔާމީންގެ ސަރުކާރު ބަލިކުރުމުގެ މަސައްކަތް ވަރަށް ފުޅާކޮށް، 2018 ގެ އިންތިހާބުން އެ މަނިކުފާނު ބަލިވީ އޭގެ ނަތީޖާއެއްގެ ގޮތުންނެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުގައި ގާސިމް ވިދާޅުވެފައި ވަނީ ސިޔާސީ ގޮތުން "ތަޅާފޮޅަށް" އަދި މާ އަވސް ކަމަށާއި ކޮވިޑުން ރަނގަޅަށް އަރައިނުގަނެވިގެން އުޅޭއިރު އެފަދަ ކަމެއް ފަށައިފި ނަމަ ސީދާ ގެއްލުން ވާނީ ރައްޔިތުންނަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާސިމް
07 August 2021
މައުމޫނަށް ދިމާވި ކަންކަމުން ޢިބުރަތް ހާސިލުކުރަންވީ ކުރީގެ ރައީސް ނަޝީދުހެން ހީވަނީ.
ހަސީނު
07 August 2021
ޤާސިމްގެ މަޤުޞަދަކީ ކޮބައިކަމެއް ބުނާކަށެއް ނޭނގޭނެއެވެ. އެކަމަކު ކަންހިނގާފައިވާ ގޮތްގޮތަށް ބަލާނަމަ، އެދައްކަވާވާހަކައާއިމެދު ދެލީޑަރުންވެސް ވިސްނުމަކީ ބޭނުންކަމެއްކަމުގައި ބެލެވޭ.
ބައިރޯ
05 August 2021
ގާސިމް ބޭނުން މީހަކު ވެރިކަމަކަށް ނެއެރުވޭނެ، ވެރިކަމުގައި ހުންނާނީ ރައްޔަތުން ހޮވާ މީހެއް، ގާސިމް %2 ވޯތު ނުލިބޭ މީހަކު ފުލުގައި ލައިގެން ވެރިކަމަކށް ނާއާދެވޭނެ
ނަނަނަ
05 August 2021
އަހަރެއް ނުވަނީސް ގާސިމް ނުކުމެ އަންނި ވެރިކަމުން ވެއްޓިއިރު އޯކޭ؟
ޢިބޫ
05 August 2021
ބައެއް މީހުން ރައީސް ފަހަތުގަ ތިބެނީ ރައްޔިތުންގެ ހަރުމުދާތަށް ދަމާގަންނަންވެގެން، އެނޫން އިތުރުކަމަކުނޫ.
ބައިރޯ
05 August 2021
ޔަގީންތާ
މުހައްމަދު..
05 August 2021
ރާއްޖޭގެ ރައީސަކަށް މިހާރު ދެން އަންނަން ރަނގަޅީ ޑރ ހަސަން ސައީދު.
ކަމީލާ
05 August 2021
މައުމޫނު، ޔާމީން، ނަޝީދު، ގާސިމް، ޑރ.ވަހީދު، އިބޫ މިއީ ހުސް ވެރިކަން އަދި އާއިލީ ވެރިކަން، މައްޝޫރުކަން، ފައިސާ ހޯދުމަށް ދެވި ހިފާފަ ތިބި ބައެއް! މި މީހުން ހިމާޔަތް ކުރަނީވެސް މުޅީން ބޮޑެތި ކުއްވެރިން. ނޫން ނަމަ މި ދިވެހިރާއްޖެ ތަރައްގީ ކޮށް ދިވެހި ދަރީން ޑްރަގްސް އަދި ބަނގުރާ ފަދަ ބޮޑެތި ކުށްތަކުން ސަލާމަތް ކުރުން އެއީ އެއްވެސް ކަމެއް ނޫން! އިހްލާސްތެރިކަން ނެތީ! ކައިރީގައި ކުޑަކުދީނާއި ބެހޭ މީހުން ތިބޭ އިރުވެސް ހިމާޔަތް ކުރޭ! ދެރަވަރު!
ނާމްދި ކާނޫ
05 August 2021
މި ސިޔާސީ ބޭފުޅުން ކުޅޭ ގޭމުތަކަކީ މުޅި ގައުމުގެ ހަލާކު!
ރޯމިޔޯ ބަޓް ޖޫލިޔެޓް
05 August 2021
ދުނިޔެވީ އެދުމުން ކޮންމެ މީހަކު ފޯވީމަވެސް ވާނީ ތިވަރު. އަމެއްލަ އާއިލާ ރަހުމެއްތެރިންނެއް ނީންނާނެ. ހުރިހާ އެންމެންވެސް ތަޅާނީ ތަހުތައް. ފޮނިކަނޑަމުން، ގީބަ ބުނަމުން، ދިމާކުރަމުން، ބާރުލިބުމުން އިދިކޮޅު މީހުންނަށް ހޭއަރުވާލަމުން މުޅި އުމުރު ހުސްކޮއްލާނީ. އާޚިރަތު ލައްޒަތާ ކާމިޔާބު ބޭނުންވާމީހަކު ސިޔާސީ ކަންތަކުގެ ތެރޭގާ އުޅޭތަނެއް ނުފެންނާނެ.
ބޮލުރޮދި ކެނޑިއްޖެ
05 August 2021
ދެން އެއިރު ތިޔަބުނާ "މައުމޫނު އުޅުއްވިގޮތާ" ބައިވެރިވެ ޔާމީނާ ދެކޮޅުވެ ރައްޔިތުންނަށް ގެއްލުންދޭން ގާސިމު ބައިވެރިވީ ކީއްވެތަ؟ އެމްޑީޕީ2008 އާ ޕީޕީއެމް2013 އަށްފަހު ސިޔާސީ ހަރު ބޭފުޅުންތަކެއް ކެރިއަރ އޮތްކަމަށް ސިޔާސީ ފިކުރެއްކަމަށް ހީކޮށް ޖޭޕީއަށް އައި. އެކަމަކު ގާސިމު ބޭނުންފުޅުވީ ސިޔާސީ އަޅުން. މިހާރު ތި އުޅުއްވަނީ އެއްގޯސްވެ ބޮޑުމަންޒަރު ބަދަލުވެގެން.