06 އޯގަސްޓް 2021 - 22:13
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިރޭ ފުރި ފްލައިޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އަލުން ޖައްސައިފި އެވެ.
އެނގިފައިވާ ގޮތުގައި ވީއައިއޭ އިން ދޯހާ އަށް ފުރި ގަތަރު އެއާވޭސްގެ ފްލައިޓު އަލުން ޖެއްސީ ދެންމެއަކު އެވެ.
އެކަމާ ގުޅިގެން، ރާއްޖޭގެ މައި އެއާޕޯޓް މިހާރު އޮތީ ކުއްލި ހާލަތަށް ގެނެސް ރަންވޭ ކައިރިއަށް ފަޔާ ލޮރީތަކާއި އެހެނިހެން ސަލާމަތީ އެހީތެރިކަން ދިނުމަށް ތައްޔާރުވެފަ އެވެ.
މަތިންދާބޯޓު އަނބުރާ ޖައްސާފައި ވަނީ ބިއްލޫރިގަނޑު ތަޅައިގެން ގޮސްގެން ކަމަށް އޮތީ އަޑު ފެތުރިފަ އެވެ. ނަމަވެސް އެމްއޭސީއެލުން އެކަން ކަށަވަރު ކޮށެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
07 August 2021
އެއްވެސް މީހަކަށް ގެއްލުންނުވިކަމަށްޓަކައި ﷲ އަށް ޙަމްދުކުރަން.
ހުސޭނާ1
06 August 2021
ބަލަ ކީއްވެގެންހޭ ފްލައިޓް ފުރުމުގެ ކުރިން ޗެކްކުރި މީހުންނަށް އިންޖިނޭރުންނަށް މައްސަލަ ފާހަގަ ނުވީ ނުހޯދުނީ. އިލެކްޓްރޯނިކް ސެންސަރ ސިސްޓަމުންވެސް މައްސަލައެއް އުޅޭކަން ނޭނގުނީ ކީއްވެހޭ؟ ބ
ޢަބްދުލް
07 August 2021
ބަލަ ހުސޭނާ ކަލެއަށް ތިހާބޮޑަށް އެނގެނީ ކީއްވެހޭ؟؟
ހުސޭނާ2
07 August 2021
މައްސަލައަކީ ހުސޭނުމެނަށް ހުރިހާ ކަމެއް އެނގޭތީ.! ހަމަ ކަމެއް ދިމާވާ ހުރިހާ ފަހަރަކު ބްލޭމް ގޭމު ކުޅެން ތިއުޅެނީ ބަލަ ބައެއް ކަންކަމަކީ ކުއްލިއަކަށް ހިނގާ ކަންކަމޭ.!ދެން އިންޖީން ފެއިލިއާއެއްގަ ވެސް ބުނެފާނަންދޯ ކީއްވެހޭ ފެއިލްވާންއުޅޭކަން ނޭނގުނީ.! ހުސް ރޯނު އެދުރުން
ކުޗީ
07 August 2021
ހުސޭނު ކިޔެވީ ކޮންތާކުންތަ؟ ވަރަށް ގިނަމީހުން ބޭނުންވާނެ އެމީހުންގެ ދަރިން ތިތަނަކަށް ނުފޮނުވަ ވޭތޯ ބަލަން.
އަހުމިއްޓޭ
07 August 2021
މަށަށްހީވަނީ ހުސޭނުއަކީ މޫސާ ސޯލިހު ކައިރިން އެދުރުވި މީހެއްހެން. މޫސާ ސޯލިހުވެސް ބުނާނެ އެއަރޕޯޓުގެ ޓެކްނީޝަނުންނާއި ދިމާލަށް “ޑިއުޓީނިންމާފަ މާލެ ދާންޖެހޭނީ އެއްވެސް އެއްޗެއް ލައްސަލަ ނުޖެހޭނެކަން ޔަޤީންކޮއްފައޭ”.