ޚަބަރު / ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ކޮވިޑް ވެކްސިން ނުޖަހާ ސަރުކާރުގެ މުވައްޒަފުން ކޮންމެ ދެ ހަފުތާއަކުން ޓެސްޓު ހެދުން ލާޒިމުކޮށްފި

ވެކްސިން ޖަހަން ސެންޓަރަކަށް އައިސް ތިބި ބައެއް. ޝަރުތު ހަމަވާ ނަމަވެސް، ވެކްސިން ނުޖަހާ މުވައްޒަފުން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކޮންމެ ދެ ހަފްތާއަކުން ނެގަޓިވް ޕީސީއާރު ޓެސްޓެއް ދިނުން ލާޒިމް --- ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮވިޑް ވެކްސިން ޖެހުމަށް ޝަރުތު ހަމަވި ނަމަވެސް އެކަން ނުކުރާ ސިވިލް ސާވިސްގެ މުވައްޒަފުން އަންނަ މަހުން ފެށިގެން ކޮންމެ ދެ ހަފުތާއަކުން ނެގެޓިވް ޕީސީއާރު ޓެސްޓެއް ހަދައި އެ ހުށަހަޅަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ލާޒިމުކޮށްފި އެވެ.

އެ ކޮމިޝަނުން މިއަދު ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން ވެކްސިނަށް ޝަރުތު ހަމަވި ނަމަވެސް ވެކްސިން ނުޖަހާ މީހުން ކޮންމެ ދެ ހަފުތާއަކުން ނެގެޓިވް ޕީސީއާރު ޓެސްޓުގެ ސާމްޕަލެއް ދޭންޖެހޭނެ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވާފައިވާ ކަމަށެވެ.

ސަރުކާރުގެ ހުރިހާ އޮފީހަކުން މި ގަވާއިދަށް އަމަލުކުރާކަން ކަށަވަރު ކުރުމަށާއި ވެކްސިނަށް ޝަރުތު ހަމަވި ނަމަވެސް އެއްވެސް ޑޯޒެއް ނުޖަހާ މުވައްޒަފުން ވެކްސިން ޖެހުމަށް އެ ކޮމިޝަނުން ވަނީ ސަރުކާރުގެ ހުރިހާ އިދާރާތަކަށް އިލްތިމާސް ކޮށްފަ އެވެ.

އެޗްޕީއޭ އިން ދާދި ފަހުން ވަނީ ކޮވިޑް ވެކްސިން ނުޖަހާ މީހުންނާ މެދު ތަފާތުކޮށް އަމަލުކުރަން ނިންމައި އެކަން އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި އާންމު ހިދުމަތްތައް ހޯދާ މީހުންނާއި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ވެކްސިން ނުޖަހާ މީހުންނަށް ވަކި ކަންތައްތަކެއް ޝަރުތުކުރުމަށް ހުއްދަ ދިނުން ހިމެނެ އެވެ.

ސަރުކާރުގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 90 ޕަސެންޓުގެ ވެކްސިން ފުރިހަމަ ކުރުމެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ އެންމެންނަށް ވެކްސިން ޖެހުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ.

މުޅި ދުނިޔެ އަށް ވެސް ކުރިމަތިވި ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމުގެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ވެކްސިން ޖެހުން ކަމަށް ވާއިރު، އެކަމަށް ބާރު އެޅުމުގެ ގޮތުން އެހެން ބައެއް ގައުމުތަކުން ވެސް އަންނަނީ ހިދުމަތް ދިނުމުގައި ހަރުކަށި އުސޫލެއް ގެންގުޅެމުންނެވެ.

22 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 0%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮމެންޓު1

14 August 2021

ތިވަރުގެ ނިންމުން ނިންމާއިރު ޖެހޭނެ ކުރިން ބުނަން ވަގުތު އޮއްވަ. ފުރަތަމަ ޑޯޒް ޖަހާފަ 2މަސް ބޭނުންވޭ 2ވަނަ ޑޯޒް ޖަހަން. އެއްފަހަރާ 2 ޑޯޒް ޖެހޭހެން ހީވަނީ

The name is already taken The name is available. Register?

ކިނބޫ

13 August 2021

ދެންވެސް ވެކްސިން ޖަހަން މަޖުބޫރެއް ނުކުރަމޭ. ކޮންމެ މިވެނި ވަރަކަށް ލާރި ދޭށޭ ބުނަންވީނު. ލާރިއާހުރެ ހޭކެނޑެނީ.

The name is already taken The name is available. Register?

ނަލަ މޮހޮންމަދު

13 August 2021

މިކަހަލަ ހަރުކަށި ފިޔަވަޅު އެޅުުމުގެ ކުރިން ޖެހޭނެ ދުރާލާ އެކަން އަންގަން. ސްކޫލު ހުޅުވެން ހަފްތާއަކަށް ވީމަ މި އަންގަނީ ދެޑޯޒުނުޖަހާ ބެލެނިވެރިންގެ ދަރިންނަށް ސްކޫލަށް ނުދެވޭނެ ވާހަކަ. އޭގެ ކުރިން އެތައްދުވަހެއް މިވީ ދެވަނަ ޑޯޒު ނުލިބިގެން ނުޖެހިފަ. އެހެންވެ ފުރަތަމަ ޑޯޒަށް ވެސް އަލުން ފުރުސަތު ހުޅުވާލީ މިމަހު ކުރީކޮޅު. މިދައްކަނީ ބޮޑު ސިޓީއެއްގަ ވީ ގޮތް.

The name is already taken The name is available. Register?

ާ45632

13 August 2021

ފިހާރަތަކަށް ވަންނަމީހުން ވެކްސިން ޖަހާފަހުރުން މުހިންމު. ވެކްސިން ނުޖަހާމީހުން ހަފްތާއަކު އެއްފަހަރު ޓެސްހަދާފަ ހުންނަން ޖެހޭ ގޮތަށް ހަދާދެއްވާ. އޭރުންތާ އަޅުގަޑުމެން ރައަކާތެރިވާނީ

The name is already taken The name is available. Register?

ތިޔަވެކްސިން

13 August 2021

ތިޔަވެކްސިނަކާ އަޅައިގަނެގެން އުޅޭއިރު ކިހާވަރެއްގެ ގެރެންޓީއެއްދެވިދާނެތޯ 3ވަނަ ވެކްސިނެއް ނުޖަހާ އުޅެވިދާނެކަމައް ދުނިޔޭގެ ސުޕރޕަވަރ އެމެރިކާ އެތައްޔާރުވަނީ 3ވަނަޑޯޒަކައް އަދި އެކިޔާ އިންޑިއާގެ ވައިރަސް ޑެލްޓާ އެއީ މާނުރައްކާ އެއްޗެއް ކޮބާތޯ އިންޑިއާވައިރަސްގެ ވެކްސިން ގުދްރަތީ ކާރިސާޔަކުން ސަލާމަތެއް ވެވޭނެ ބަޔެއް ނެތްކަން މިދަނީ ފެންނަމުން ވެކްސިން ނުޖަހާމީހުންނައް ފިޔަވަޅު އަޅާއިރު އެންމެނުރައްކާ ވައިރަސް ފެނުނު ގައުމުގެމީހުން ހަބޭސް

The name is already taken The name is available. Register?

ލީލާ ބަންސާލީ

12 August 2021

ވަރަށް ހުދުމުޚުތާރު ނިންމުމެއް.

The name is already taken The name is available. Register?

ސަރުކާރު ޢޠފ

12 August 2021

ގޭގަތިބި އިރު ދަށުން ދަމާ ކުޅެންތަ ބޭތިއްބީ، އަޅެއެ ވެކުސިން އަށް ތިހާ ފަރުވާ ކުޑަވާކަ ނުވާނެ. ޕުރައިވެޓް ކުންފުނި ތަކުމީހުން ނަމަ އެއްޗެކޭ ބުނާކަ ނެތިން. ދެން ކައުންޓަރުގަ އެކަކުވެސް ނުތިބޭނެ ޕީސީއާރު ހަދަން ދުވަނީއޭ ކިޔާފަ. ސަރުކާރު މުވައްޒަފުންނަށް ވަރަށް ސަލާމް

The name is already taken The name is available. Register?

ނުބައި

12 August 2021

އިންސާނުން ހެއްދެވިފަރާތުން ބަލިހެއްދެވީވެސް އިންސާނުއްނައް ޥެސް ބޅިޖައްސަވަނީ ބަލިހެއްދެވިފަރާތުން ވީމާ ހެއްދެވިފަރާތް ހަދާންނެތިއްޖެނަމަ ބަލިމަޑުކަން ޢާއްމުވެ ފިތުނަފަސާދަ ުފެދި މުޖުތަމަޢު ބޮޑުނައަމާން މައުޙާލަކައް ބަދަލުވާނެ

The name is already taken The name is available. Register?

އިންސާނުން

14 August 2021

މިބަލި ހެދީ ޗައިނާ ވޫހާން ލެބަކުން

The name is already taken The name is available. Register?

ހެޔޮއެދޭ

12 August 2021

އެބަ އުޅޭ 1 ޑޯޒް ޖަހައިގެން އުޅޭ މުވައްޒަފުން ވެސް. އެ ވެސް ވެކްސިން ދޭން ފެށި ތާ ކުރީކޮޅު. މި މީހުންނަށް ވެސް ފިޔަވަޅު އަޅާ.

The name is already taken The name is available. Register?

2030

12 August 2021

ވަރަށް ރަގަޅު ނިންމުމެއް. އަހަރަމެން ވެކްސިން ޖެހިމީހުންގެ ސަބަބުން ދުޅަހެޔޮކަން މި ލިބެނީ މުޅި ގަުމަށް. އިގްތިސާދު؛ ޓޫރިޒަމް، ހޮޓާ، އަދި ވިޔަފާތިތަށް، ސޮކޫލްތައް މިދަނީ ހުޅުވެމުން. ވެކްސިން ނުޖަހާ މީހުންގެ ސަބަބުބް މިކަންކަން ގެއްލިގެން ދިޔަދީގެން ނުވާނެ. ރަސްމީކޮށް ކުރަން ޖުހޭ މަސްކަތް ނިމުމުން އަވަހަށް އޮފީހުން އެމީހުން ނެރޭތި. އާންމުން ވެކްސިން ނުޖަހަމީހުނާ ގާތްވާކަށް ބޭނުމެއްނުވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454