ޕީޕީއެމްގެ ރައީސް މައުމޫން: ލިޔުން ހޯދަން އެ މަނިކުފާނު މި ފަހަރު ހުށަހެޅުއްވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން. --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
28 ނޮވެމްބަރ 2016 - 16:13
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ޕީޕީއެމްގެ ރައީސް ކަން އަންގައިދޭ ލިޔުމެއް އިލެކްޝަންސް ކޮމިޝަނުން ނުދިނުމުން، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ ލިޔުން ހޯދުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް މައުމޫންގެ ފަރާތުން ހުށަހަޅައިފި އެވެ.
ޕީޕީއެމް ދެބައިވެފައި ވަނިކޮށް މައުމޫނަކީ އެ ޕާޓީގެ ރައީސްކަން އަންގައިދޭ ލިޔުމެއް ހޯދަން މައުމޫންގެ ފަރާތުން އިއްޔެ އަނެއްކާވެސް އެދުނީ ކުރިން ފަހަރު އެ ކޮމިޝަންގައި އެދުމުން ވެސް އެ ލިޔުން ނުލިބުމުންނެވެ.
ކުރިން ފަހަރު މައުމޫން އެ ލިޔުން ހޯއްދަވަން އެދިވަޑައިގަތީ ސިޓީއަކުންނެވެ. އެ ފަހަރު އިލެކްޝަންސް އިން އެ މަނިކުފާނަށް ޖަވާބު ދިނީ، ޕާޓީތަކާ ގުޅޭ މައުލޫމާތު ދޭނީ އެ ޕާޓީއަކުން ކަމަށެވެ.
މި ފަހަރު މައުމޫން އެކަމަށް އެދިވަޑައިގަތީ މައުލޫމާތު ހޯދުމާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅާ ފޯމެއް ހުށަހަޅައިގެންނެވެ. މައުމޫނަކީ ޕާޓީގެ ރައީސްކަން އަންގައިދޭ ލިޔުމުގެ އިތުރުން އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގެ ޔައުމިއްޔާގެ ކޮޕީއެއް ހޯދަން ވެސް މައުމޫން މި ފަހަރު އެދިވަޑައިގަތެވެ.
އެ ލިޔުން މައުމޫން ހޯއްދަވަނީ ޕާޓީ ހިންގުން ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރަން ޕާޓީގެ ކައުންސިލުން ނިންމި ނިންމުން ބާތިލް ކުރަން މައުމޫން ކޯޓަށް ހުށަހެޅުއްވި މައްސަލާގައި އެ ލިޔުން ބޭނުންވާތީ އެވެ. އެކަމަކު ކޯޓުން އިއްޔެ ވަނީ އެ މައްސަލަ ބޭރު ކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުﷲ ސަޢީދު ގދ.ގައްދޫ.
29 November 2016
ތިޔަކަމަށް ގެނަސް ދެއްވާފައިވާ ފައިސިލާގައި ދަށުކޯޓުގެ ޙުކުމަށް މަތީ މަރްޙަލާގެ ކޯޓްތަކުން ތާއީދު ކޮށްފައިވަނީ، ކީއްވެގެންތޯ ސުވާލު ނުއުފެދޭނެއެވެ. އެހެނީ، މައުޟޫޢީ ދަޢުވާ އާދައިގެ އިޖުރާތުގެ ދަށުން ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ އިތުރުކަމެއް އޮތް މައްސަލައެއް ނޫންކަން އެގޭ ޙާލަތުގައި އޮންނާނީ އެމައްސަލައެއްގައި ޙުކުމުހޯދުމެވެ.
ނަސޭހަތް
29 November 2016
ތިޔަ ލިޔުމެއް އެއް ގާނޫނެއްގެ ދަށުން ވެސް ނުލިބޭނެ. ލިޔުމެއް ބޭނުމިއްޔާ ޕީޕީެއްމް އަށް ސިޓީ އަކުން ހުށަލަޅުއްވާ. އޭރުން މައުމޫން އަކީ ބާކީވި ކުރީގެ ޕީޕީއެމްގެ ރައީސް ކަން ބަޔާން ކުރާ ލިޔުމެއް ފަހަރެއްގަ ލިބިދާނެ.
ވިލި
28 November 2016
ކަނޑުގުރުވަނޫނިއްޔާނުކާން ހިއްވަރުކުރޭ އެބަ ބޭފުޅަކު ފަޙުރާއެކީ!؟
މޯޑު
28 November 2016
މިހާރު ސަރުކާރުގެ އެއްވެސް ތަނަކުން ވަކިބަޔަކު ހުށަހަޅާ އެއްވެސް ކަމަކަށް އިޖާބައެއް ނުދެއެވެ. ސަރުކާރު ހުރިހާ އޮފީހެއްގެ ބްލޮކް ލިސްޓް އޮތީ ސިއްރުން މިސަރުކާރުގެ ސިެްރުވެރިންނަށް ދީނިންމާފައެވެ. އެލިސްޓްގައިވާ އެއްވެސް މީހަކު ކަމަކަށް އެދިއްޖެނަމަ ޖަވާބު ދިނުމުގެ ކުރިޔަށް އެކަމެއްގައި ދޭންވީ ޖަވާބު އަހާނޭ މީހަކު ވަނީ ޢައްޔަންކޮށް ނިންމާފައެވެ. އެލިސްޓްގައި ހިމެނެ އެއްވެސް ފަރާތަކަށް އެފަރާތެއްގެ ކިތަންމެ ބޮޑު ޙައްޤެއް ގެއްލުނަސް އެކަމެއް އެމީހަކަށް ކާމިޔާބު ވާގޮތަކަށް ޖަވާބެއް ނުދޭނެއެވެ. މައުމޫންގެ ހައްޤުތައް ނުޙައްޤުން ފޭރިގަނެގެން ކުރިޔަށް އޮތް ދައުރުގައި ވަކިމީހަކު ރައީސްކަން ހޯދަން ބޭނުންވާ ފަދައިން ދެން ތިބި ބައެއް ފަރާތްތަކުގެ ޙައްޤުތައް ހަމަ އެގޮތަށް ފޭރިގަނެގެން ބޭނުންވަނީ އެގްރޫޕްގައި ހޮވާލެވިގެންތިބި ވަކި ބައެއްގެ ޒަވާޖީ ޙަޔާތުގެ ބައިވެރިން ކަމުގައި ހަދާލަ ދިނުމަށެވެ. މިކަހަލަ ނޭއްގާނީ އަނިޔާތައް ސިފަކުރަން އެންމެ ފަސޭހަ ގޮތަކީ އިޒުރޭލުން ފަލަސްޠީނަށް ދިން ބޭއިންސާފު އަނިޔާތަކެވެ. އެމީހުންގެ ބަސްމަގާއި ޢަމަލުކުރާ ގޮތްތަކުގެ ޙުކުމް ހުރީވެސް ހަމަ އިޒްރޭލުން ފަލަސްތީނާ ދޭތެރޭ އެކަންކަން ކުރަމުން ދިޔަ ގޮތާ އެއްވެސް ތަފާތެއް ނުވާގޮތަށެވެ.
ާަހާމިދު
28 November 2016
މައުމޫނަކަށް ލިޔުމެއް ނުލިބޭނެ. ކޯޓު އަމުރުގެ ދަށުން ޕާޓީގެ ހިންގުން މުޝްތަސާރު އާ ހަވާލު ކޮށްފައިިވާއިރު އެހެން ގާނޫނަކުން ލިޔުން ލިބޭނޭ އެއްވެސް ހަމައެއް ނެތް. ޢީސީ އިން ބަލާނީ ކޯޓް އަމުރަށް.
ޢަބްދުﷲނާފިޒު
28 November 2016
މައުމޫން އެކަމަށް އެދިވަޑައިގަތީ މައުލޫމާތު ހޯދުމާ ލިބިގަތުމުގެ ގާނޫނުގެ ދަށުން، އެ ޤާނޫނަކު މުޝްތަސާރޭ އަފިހުނޭ ލިއެފައެއް ނެތޭ، މަޢުލޫމާތު ހޯދުމާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން އެކަން ކޮށް ނުދީފިއްޔާ އަނެއްކާވެސް ޤާނޫނަކަށް އަރާގަނެވުނީ ދެއްތޮ، ސުލޭމާނު މިދަނީ ހަމަ ގޮޅިއަށް ފެތެމުން.......
އަލީ
28 November 2016
ދަށުން ދަމާ ކުޅެން ދެއްތޯ ތިއުޅުއްވަނީ... ތިލިޔުން ދީފިއްޔާ އެވެރިންގެ ސޯޓް ބޭލޭނީ، އެހެންވީމަ ޖެހިދާނެ މައުލޫމާތް ގާނޫން އުވާލަން.
ޢަބްދުﷲނާފިޒު
28 November 2016
ކޮށްފާނެ، ޤާނޫނެއް އުވާލައިގެން ނަމަވެސް ގޮއްމުށުގެ ބާރުގަ ވެރިކަން ކުރެވޭތޯ އެއުޅެނީ، ނޫނޭ ތާހިރު ވެރިކަމެއް ކުރާ މީހެއް މިހިރީ....