އިދިކޮޅު ކޯލިޝަނުން މިހާރު އައްޑު އަށް މިހާރު ކުރާ ދަތުރުގައި ޕީޕީއެމަށް ސޮއިކުރި މީހެއްގެ ފޯމާ ޕާޓީގެ ލީޑަޝިޕުން ހަވާލުވަނީ.---ފޮޓޯ: ޕީޕީއެމް
21 އޯގަސްޓް 2021 - 12:41
އައްޑޫގައި މި ސަރުކާރުން އިސް ނަގައިގެން ގިނަ މަޝްރޫއުތަކެއް ހިންގާ ކަމަށް ބުންޏަސް ޕީޕީއެމް/ޕީއެންސީން މިހާރު އެ ސިޓީ އަށް ކުރާ ދަތުރުގައި އެ މަޝްރޫއުތަކެއް ފެނިވަޑައިނުގެންނެވި ކަމަށް އެ ޕާޓީގެ ނައިބު ރައީސް އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އައްޑޫގައި 200 މިލިއަން ޑޮލަރުގެ މުހިންމު މަޝްރޫއުތަކެއް ހިންގަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން މުހިންމު މަޝްރޫއުތަކެއް ހިންގަން ނިންމާފައި ވަނީ އިންޑިއާގެ ސަރުކާރުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.
އިދިކޮޅު ކޯލިޝަނުން މިހާރު އައްޑު އަށް މިހާރު ކުރާ ދަތުރުގެ ތެރެއިން އެ ކޯލިޝަންގެ އިސް ބޭފުޅުންނަށް މަރުހަބާ ކިޔަނީ.---ފޮޓޯ: ޕީޕީއެމް
އިދިކޮޅު ކޯލިޝަނަށް މެމްބަރުން އިތުރުކުރުމަށް އައްޑު އަށް މިހާރު ވަޑއިގެން އުޅުއްވާ ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ސިޓީގައި ހިންގާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި، 60 މަޝްރޫއު ފެނޭތޯ މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް އައްޑު އަށް ވައުދުވި ކަންކަމާއި އިންޑިއާ އިން ނެގި ލޯނުތަކުން ރައްޔިތުންނަށް ކޮށްދޭން ބުނި އެއްވެސް ކަމެއް ތަންފީޒުވާ ތަން ފެނިވަޑައިނުގެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
"40 ބިލިއަން ބަޖެޓުގައި އައްޑޫ އަށް ވައުދުވި ކަންކަމާއި އިންޑިއާ އިން ނެގި ލޯނުތަކުން ރައްޔިތުންނަށް ކޮށްދޭން ބުނި އެއްވެސް ކަމެއް ތަންފީޒުވާ ތަނެއް ނުފެނުނު. ރައްޔިތުންގެ އިތުބާރު މި ސަރުކާރަށް ނެތް،" ސައީދު ވިދާޅުވި އެވެ.
RSolih Addu City gai kuriah dhaakamah vidhaalhuvi 60project hoadhan varah masakkaiy koffin! 40 billion budget gai Addu ah vaudhuvi kankamaaai India in negi loanu thakun rayyithun nah kodheyn buni evves kameh thanfeezu vaathaneh nufenunu. Rayyithunge ithubaaru mi sarukaarakah neiy pic.twitter.com/TqICubJkSM
— Mohamed Saeed (@em_saeed) August 21, 2021
ސައީދުގެ ޓުވީޓް
އައްޑޫގެ އިތުރުން ގދ. ގައި ވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ޓީމެއް މިހާރު ހަރަކާތްތެރިވަމުން ގެންދެ އެވެ. އެ ދެ ޓީމުގެ މަސައްކަތުން އެ ދެ ސަރަހައްދުން ގިނަ ބަޔަކު އިދިކޮޅާ ގުޅިފައިވާ ކަމަށް ޕީޕީއެމުން ބުނެ އެވެ.
އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫގައި ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ތެރޭގައި، ގަން އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމާއި އެ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި ބޮޑު ސަރަހަައްދެއް އެކި ބޭނުންތަކަށް ހިއްކުން ހިމެނެ އެވެ.
އަދި ގްރާންޓް ޕްރޮޖެކްޓްތަކުގެ ދަށުން މަސް ޕްލާންޓްތައް ހެދުމާއި އިކޯ ޓޫރިޒަމް ޒޯނަކާއި ޑްރަގް ރިހެބިލިޓޭޝަން ފެސިލިޓީއެއް ގާއިމް ކުރަން ވަނީ ނިންމައިފަ އެވެ. ބައެއް މަސައްކަތްތަކުގެ އަމަލީ މަސައްކަތް ވެސް ވަނީ ފަށައިފި އެވެ.
އައްޑު އަށް ފުރުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީގެ އިސް ފަރާތްތަކުން ވިދާޅުވީ، މި ސަރުކާރުން އަތޮޅު ތެރެއަށް ވި ވައުދުތައް އެއްވެސް ވަރަކަށް ނުފުއްދާ ކަމަށެވެ. އަދި ކުރީގެ ރއީސް އަބްދުﷲ ޔާމީން ގެންނެވި ތަރައްގީއާ އަޅައި ކިޔައި، ރައްޔިތުން އެ މަނިކުފާނުގެ ފިކުރަށް ބަދަލުވަަމުންދާ ކަމަށް ބުނެފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަޙުމަދު.
18 November 2021
ސައީދޫ. ބަޔަކު ރަނޑަވެ މޮޔަގޮވާނީ ތިޙާކަންހާވަރަށް.
އަލްޖިބްރާ
22 August 2021
ރުހުމުގެ ލޮލަކަށް އަބެއް ނުފެންނާނެއޭ ބުނަނީ ތިހެން ވެގެން ! ކަލެއަށް ފެންނާނީ ހަމައެކަނި ޔާމީނު ކޮށްފަ ހުރި ރަގަޅު ކަންތަށް ކަމަށް ކަލޭ ދެކޭ ކަންތަށް ! އޭނަ ކޮށްފަހުރި ނުބައި ނުލަފާ އެއްވެސް ކަމެއް ކަލެއަކަށް ނުފެންނާނެ ! އެހެންމީހަކު ރަގަޅުކަމެއް ކުރިއަސް ކަލެއަކަށް ނުފެންނާނެ !
އަލިތޯފީ
21 August 2021
1- ބޮޑު ލޮރީ އެއްގައި ކޮންމެދުވަހަކު 6 ހޮޅި ހިފައިގެން ދެއިރު ދެދަޅައަށް ދުއްވުން. 2- ބޮޑު ދިދަ ނެގުން. 3- ގޭގެއިން ކުނި ނެގުން. 4- ހޮސްޕިޓަލް ކައިރީގައި ހުރި ގޯތިތައް ނެގުން. ސްޓޭޑިއަމް ކައިރިން ގޯތިދިނުމަށްޓަކައި ބިން ސާފުކުރުން. 5- ކްރެސް ގާރޑަންގެ އިރުމަތީގައިފަރާތުގައި ކޮންކްރީޓް ތަނބުތަކެއްޖެހުން. 6- މަގުމަތީގައި ހުންނަށް ވަޅުގަނޑުތަކުން ފެންނެގުން. 7- ކައުންސިލް އިދާރާ ކުރިމަތީގައި ދަނޑުހެއްދުން. ސައީދުއަށް ނުފެންނަނީތަ.
ބަބޫ
21 August 2021
ދިވެހި ރާއްޖޭގައި ޔާމީނު ކުރިޔަށް ގެންދިޔަ މަޝްރޫއެއްވެސް ނުފެނިގެންތާ އޭނަޔަށް ވޯޓް ނުދިނީ. ދިވެހިންނަކީ ކަނު ބައެއް. މީހަކު ދައްކާ ވާހަކައެއްގެ ތެދެއް ދޮގެއް ކުރިމަތީ ފެންނަން ހުއްޓަސް ބަލާނުލާނެ.
ސަންޕައްތަ
21 August 2021
މޭޔަރު ހުރޭ ސިޓީކައުންސިލުގެ ވަތްގަނޑުތަކަށް ތިޔަ 70 ޕޮރޮޖެކްޓް އަޅައިގެން ދުވާލު ދެއިރު ވަތްގަނޑުތައް ހުޅުވާ ބަލާލަބަލާލާ, މޮޔަމޭޔަރު
ސަންޕަދަރި
21 August 2021
މޭޔަރު އަންގަނީ މަސްރޫއުތައް ބަލާލަން ސިޓީކައުންސިލަށް ސައީދު ދާން, ހުރިހާ މަސްރޫއެއް ހިނގަނީ ސިޓީކައުންސިލް ގޯތިތެރޭގަ, ރަށުގެ މަގުތަކާ މަސްފެކްޓްރީއާ ބުރިޖަކާ ސްޓޭޑިއަމް އެއްވެސް އެބަ ރާވާ ސިޓީކައުންސިލް ގޯތިތެރޭގަ, ދެންޖެހޭނީ ބޮޑު ކުރޭނުގަ ގެންގޮސް ރާވާލަން.
ރައްޔިތެއްގެ
21 August 2021
ޕީޕީ ކުދިން އައްޑޫއޭ ކިޔާފަ އަނގަގަދަނުކުރޭ. ތިއީ އައްޑޫ ފަނާކުރިބަޔެއް. އައްޑޫގެ ރަމްޒުކަމުގައިވާ "ދޮންދީނާ"، ފަންނުވެރިންގެ ބުރަމަސައްކަތުން ހަދާފައިވަނިކޮށް އޭތި ފުނޑުކޮށްލި. އައްޑޫގެ ސިޓީސުކުއަރގައި ހުރި ބޮޑުދިދަ އާއި އެމައިޒާން ބިމާހަމަކޮށްލީ. ދެންް މިހާރު ކުރިޔަށްދާ މަޝްރޫއުތައް ނުފެންނަ ނަމަ އައްޑޫގައި ވެސް ލޮލުގެ ކުލިނިކުތައް ހުރިވާހަކަ ދަންނަވާލަން.
ޒިހާނިއޯ
21 August 2021
ތިބުނާ ދޮންދީނިއެއް ވުޖޫދަށް އައި ގޮތް ނޭނގޭ ރައްޔިތެއް ނެތް. ފަސް މިލިޔަންގެ ދޮންދީނިއިން ތިބުނާ ފަންނުވެރިންނަށް ދިނީ ބައިރުފިޔާ.! މޮޅު ވާހަކަ ދެއްކީމަ ބޭޒާރުވުން ނޫންކަމެއް ނުވާނެ!
ޕީޕީބައޯ
22 August 2021
ތިއީ އެކަންކުރުވި މީހުންގެ ތެދުވެރިކަން. އެއީ ކައުންސިލުން ނަގަންޖެހޭ ޒިންމާއެއް ނޫން. އެހެން ނޫނަސް ތިޔަދެއްކީ ސަރުކާރުން އޭތި ހަލާކުކޮށް ނަގާލަންޖެހޭ ސަބަބެއް ނޫން. ދެން ހިތުން ތިޔަދެެއްކީ ވަރަށްމޮޅު ވާހަކައެއްތާ؟ ފައިސާ ނުލިބިއޮތް ބައެއްގެ މައްސަލަ ސަރުކާރުން ބަލައި އިންސާފު ހޯދައިނުދިނީ ކީއްވެބާ؟ ތަންތަން ފަނާކުރަން ހިތްވަރުދޭ މީހުންނަކީ އަމިއްލަ ފައިދާއަށް އުޅޭބައެއް. ވަރަށް ސާފު.
ރަށްއިތުމީހާ
21 August 2021
ތި ހުސް އަމިންލަ އެދުމުން ފޯވެފަ ތިބި މީހުން. ސިޔާސީ މީހުން މުސާރަބޮނޑް ކޮށްލާގެން ތިބެނި ރަށްއިތެއްގެ މުސާރައެއް ބޮނޑް ނުވޭ. ކޮންމެ ސަރުކާރަކުން ވެސް ކަން ކުރަނި އެއްގޮތަކަށް. ތި ސައީދުމެން ތީ މިއަދު މުންސަދި މަހުޖަނުން ކޮންތާކުން ހޯދި ރުފިޔާއެއްބާ?
އޮނަރަބްލް އަފީފު ދީދީ.
21 August 2021
ތެދެއް ސޯލިޙް ވެރިކަމަށް ވަޑައިގަތުމަށާއި މަޖިލިސް ވޯޓް ހޯއްދަވަން "އައްޑޫ ވައުދު ނާމާ" ގެ ނަމުގައި ހުށަހެޅުއްވި އެއްވެސް ކަމެއް މިސަރުކާރަކުން ކޮށްނުދިން. # ނަމަވެސް ސައީދު ހިމެނޭ ޔާމީނު ސަރުކާރު ކަންތައް ކުރީވެސް ރަނގަޅަކަށްނޫން. ކުވެއިތު، ސައުދީ ފަންޑާއި އޭޑީބީގެ އެހީ ލިބިފައިވަނިކޮށް އައްޑޫ ހޮސްޕިޓަލް އިމާރާތް ނުހަދާ އައްޑޫގެ ލޭންޑް މާކެއްގެ ގޮތުގައިހުރި ECC ހަލާކުކޮށްލީ ޔާމީނު. އަދި އައްޑޫގައި އަޅާންޖެހޭ ފްލެޓް ހުޅުމާލެއަށްވެސް ބަދަލު ކުރި.
އެއްކަލަ މީހާ ދޯ
21 August 2021
ލޮލުގެ ޑޮކްޓަރެއް އައްޑޫގަ ނެތްކަން އިނގޭ