ޚަބަރު / އައިލެންޑް އޭވިއޭޝަން

ގަން އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓެއް ޖައްސަން އުޅެނިކޮށް ލޭޒާ ލައިޓެއް އެޅުވި މައްސަލައެއް ބަލަނީ

ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއް ޖައްސައިފައި.-- ފައިލް ފޮޓޯ

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަންގެ ފްލައިޓެއް ޖައްސަން ތައްޔާރުވަނިކޮށް، ބަޔަކު އެ ފްލައިޓަށް ލޭޒާ ލައިޓެއް އެޅުވި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އައިލެންޑް އޭވިއޭޝަން (އައިއޭއެސް) އިން މިއަދު ބުނެފި އެވެ.

މޯލްޑިވިއަން އެއާލައިން ހިންގާ ކުންފުނީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި މަހުގެ ދެ ވަނަ ދުވަހުގެ ރޭ ގަން އެއާޕޯޓަށް ޖައްސަން ދިޔަ ފްލައިޓަކަށް ލޭޒާ ލައިޓެއް އެޅުވި މައްސަލައެއް ފެންމަތިވުމުން، ކަމާ ގުޅޭ ހުރިހާ އިދާރާއެއްގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ މިދިޔަ ހަފުތާގައި އިއުލާނެއް ނެރެފަ އެވެ. އެ އިއުލާނުގައި ވަނީ މޯލްޑިވިއަންގެ ފްލައިޓް Q2-106، ގަން އެއާޕޯޓަށް ޖެއްސުމުގެ މަރުހަލާ ފެށުމުގެ ތައްޔާރީތައް ވަމުން އަންނަނިކޮށް، ފެހިކުލައިގެ ލޭޒާ އައްޔެއް އެ މަތިންދާބޯޓަށް އެޅިފައިވާ ކަން، މޯލްޑިވިއަން އިން އެ ކައުންސިލަށް އަންގާފައިވާ ކަމަށެވެ.

މަތިންދާބޯޓު ނައްޓާލަން ނުވަތަ ޖައްސަން ތައްޔާރުވާ ވަގުތަކީ މުހިއްމު އަދި ވަރަށް ނާޒުކު މަރުހަލާއެއް ކަމަށާއި މިފަދަ ވަގުތުތަކުގައި އެ އަށް ލޭޒާ ލައިޓެއް އެޅުވުމަކީ އެކަމުގެ ސަބަބުން، ކޮކްޕިޓަށް އެ އަލި އެޅުމުގެ ފުރުސަތު ބޮޑުވެ، ކޮންޓްރޯލްގައި ތިބޭ ޕައިލެޓުންގެ ފެނުމަށް ބުރޫ އަރައި، މަތިންދާބޯޓުގެ ކޮންޓްރޯލް ގެއްލިދާނެ ކަމެއް ކަމަށް ސިޓީ ކައުންސިލްގެ އިއުލާނުގައި ހަނދާން ކޮށްދީފައި ވެ އެވެ.

ލޭޒާ ލައިޓް ނުވަތަ އެފަދަ ވަސީލަތްތައް އެއާޕޯޓާއި ކައިރި ސަރަހައްދުތަކުގައި ބޭނުން ނުކުރަން އައްޑޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

26 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 60%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޯކަޅުބެ

29 August 2021

ޢައްޑުއަށް ވެރިކަން ނު ގެން ގޮސް ގެން ކޯފާވެ ގެން މިތާ ގައި ކޮމެންޓްކުރާ އޮނަރަބްލް އަފީފް ދީދީ އަށް އެއްޗެއް ވިސްނޭތޯ؟

The name is already taken The name is available. Register?

ނުރަ ދޮންމަނިކޭ.

30 August 2021

ކަލޭ އަފީފު އާއި ހާދަ ވަރަކަށް ޖައްސާލައިގެން ތިއުޅެނީ. ބަލަ އައްޑޫ މީހުން ނޫޅެއޭ ކޮންމެހެން ވެރިކަން ބޭނުން ވެގެންނެއް. އެމީހުނާއި އަހަރުމެން ބޮޑު ތިލަދުންމަތީ މީހުންވެސް މިބުނަނީ ކ.އަތޮޅު މާލެ އެކޭ އެއްގޮތަށް އެހެން އަތޮޅުތަކަށްވެސް ބަޖޭޓްގެ ޙައްޤު މިންވަރު ދޭށޭ.

The name is already taken The name is available. Register?

ޙބގފ

29 August 2021

ޗަހަރަ ކަންތެއް ކުރާނީ ހަމަ އައްޑޫމީހުންނޭ. ތަހުޒީބާ ތަމައްދުންގެ ކަންފުޅެއްވެސް ހުންނަބައެއް ނޫން ޗަކިޔާ އައްޑޫމީހުންނަކީ.

The name is already taken The name is available. Register?

މަގުބޫލް99

29 August 2021

ޕައިލެޓުން ވެއްޖެއެއްނު ލޭޒާ ބޮލޮކް ކުރާކަހަލަ އައިނު އަޅަން. އެމީހުން ތިބެނީ ފެންސީ އައިނު އަޅައިގެން މޭކަޕްމުޅި މޫނުގަ ޖައްސައިގެން. އަސްލު ޕްރޮފެޝަނަލް ޕައިލެޓުން ތިބެނީ ގޮގުލްވެސް އަޅައިގެން ޒައިތޫނި ތެޔޮލައިގެން. ޒައިތޫނި ތެޔޮލީމަ ޔޫވީ ރޭޑިއޭޝަނުން ސަލާމަތްވާނެ. ދިވެހި ޕައިލެޓުންގެ އަދި ތަޖުރިބާ މާ މަދީ.

The name is already taken The name is available. Register?

999888

29 August 2021

ތައުލީމެއް، އަދަބެއް ސަދަބެއް ނެއް ބަޔަކު ތިފަދަ ކަންތައް ކުރާނީ. ލޭޒާލައިޓް އެތެރެކުރުމާ، ގަނެވިއްކުމާ ގެންގުޅުން މަނާކުރަންވީ. ޑިމޮކުރަސީ އައިފަހުން މިކަހަލަ ކުދިކުދި ކަންތައްވެސް ކޮންޓޮރޯލްނުވެ. ބަރުލަމާނީ އައިމަ މިސައިލަކުން ޖަހާ ބޯޓު ވައްޓާލާތަންވެސް އަންނާނެ.

The name is already taken The name is available. Register?

އާރި

29 August 2021

ކޮބާ އެއުޅޭ އަމިއްލަ އަށް "އޮނަރަބަލް" ކިޔައިގެން ކޮމެންޓްކޮށް، އައްޑޫ މީހުންނޫނީ ތަންދޮރު ދަންނަ ނުވަތަ އެއްޗެއް އެނގޭ ބަޔަކު ނޫޅޭކަމަށް ހެދުމުގެ އިތުރުން، މުޅި ރާއްޖޭގެ މީހުންވަޒަން ވެރިވެގެން އުޅޭ އެންމެންގެ މާލެ އަށް "ރަށްގަނޑު" ފަދަ ބަސްބަހުން ދެރަބަސް ބުނެ، ނުވިތާކަށް އަނެއްކާ، ޖަނަވާރުންނަށް ކަމޭ ހިތާވަރަށް ވުރެވެސް އިހާނާތްތެރިކޮށް ގައުމުގެ އާދައިގެ ރައްޔިތުންނަށް ހިތާ ގައުމުގެދަށަށް ދާން ފަހަކަށް އައިސް ހިތްވަރުދޭ ކަލޭގެ؟

The name is already taken The name is available. Register?

ބާރީ.

29 August 2021

އާރީ ހާދަ ވަރެއްވެފަ ތިހުންނަނީ. ބަލަ ތިޔަ ބުނާ އޮނަރަބަ؛ލް މީހާ ދައްކާ ގިނަ ވާހަކަ ވަރަށް ރަނގަޅު. މާލެ އޭ ކިޔައިގެންވެސް އޭނާ ދައްކާފައި ހުރީ ހަމަ ރަނގަޅު ވާހަކަ. ރާއްޖެތެރޭ އެއްވެސް ރަށަކަށް ކަމެއްކޮށްނުދީ ހުރިހާ ކަމެއް ސަރުކާރުން ކުރަނީ މާލެއަށް. އެކަން ގޮދުކުރާން އުޅޭނެ ކަމެއްނެތް.

The name is already taken The name is available. Register?

ޖުއްބާ

29 August 2021

އަވަހައް ގާނޫނު އަސާސީ ބަލާބަލަ ފުލައިޓެއް ޖައްސަން އަންނަނިކޮއް ލޭޒާބީމެއް ފުލައިޓާ ދިމާލައް އެޅުވުމުގެ އުގޫބާތަކީ ކޮބާތޯ..................

The name is already taken The name is available. Register?

ބަލާނިމޭއިރު

29 August 2021

އޭގަ ލިއެފަ ނެތީމަ އަދަބު ނުދެވޭނެ.

The name is already taken The name is available. Register?

ށަލާ

29 August 2021

އައްޑޫގަ މީހުން އުޅޭތަ

The name is already taken The name is available. Register?

ޑޫގަމީހުން

29 August 2021

ވަރަށް ވަގުން އުޅޭކަމަށް ވަނީ.

The name is already taken The name is available. Register?

ޜުސްތުމް

29 August 2021

ނާތަހުޒީބު ބަޔަކު އުޅޭ ތަނެއް

The name is already taken The name is available. Register?

ޑޫގަމީހުން

29 August 2021

ތަހުޒީބުވާވަރަކުން މާލެ ބަދަލުވާތީ އެހެންވަނީ.

The name is already taken The name is available. Register?

ޕައިލެޓްސޮރު

29 August 2021

ކޮންމެ މީހަކު ކުރިޔަސް ގޯސް ވަނީ ގޯސް ފުލައިޓެއް ގެ ސޭފްޓީ ގެއްލޭނެ ކަން ކަން ނުކުރަންވީ

The name is already taken The name is available. Register?

ށަވިޔަނި

29 August 2021

ދީނީ ދަންނަ ބޭކަލުން ކިކޭބާ ބުނަނީ؟

The name is already taken The name is available. Register?

ސަލަފު ފާރޮށި

30 August 2021

ފާރޮށި ކިޔާ ބ.އޭދަފުޓަށް އުފަން ސިޔާސީ ސޭހު ގެ ޓުއިޓަކަށް އުއްމީދު ކޮށްގެން މިހުން ނަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454